މުޒާހަރާއެއް ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ސިފައިންނާއި ފުލުހުން ވެސް މިއަދު ބޮޑުފަޅިއަށް އަރައި ޣައިރުގާނޫނީ އަމުރުތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާޓީތަކުން އިއްޔެ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ވެއްޓެވުމުންދާ ސަރުކާރެއް ދެމެހެއްޓުމަށް ހުރިހާ ވިޔާނުދާ ގޮތްތަކަށް އަމަލު ކުރި ނަމަވެސް ރައްޔިތުންގެ ހައްގުތައް ނުލިބޭނަމަ ރައީސް ޔާމިންގެ ވެރިކަން ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

"ރައީސް ޔާމިންގެ ވެރިކަން ދިފާއު ކުރުމަށް ރާއްޖޭގެ 3 ބާރުގެ ތެރެއިން ދެބާރު އެވަނީ ތަޅުއަޅުވައި ހިސާރުކޮށްފައި. އެއީ ވެރިކަމެއް ކުރާއިރުގައި އެކަން އޮންނަންޖެހޭ އުސޫލެއް ނޫން. މިކަންމުން ވެސް މިހިގަނީ ރައްޔިތުންގެ ވެރިކަމެއް ނޫންކަން ވަރަށް ސާފު" އިމްތިޔާޒް ވިދާޅުވިއެވެ.

ޚިޔާނަތްތެރިވި ވެރިއަކަށް މިގައުމުން ޖާގަ ނުލިބޭނެކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ، ސިފައިންނާއި ފުލުހުން ވެސް މިއަދު ބޮޑުފަޅިއަށް އަރައި ޣައިރުގާނޫނީ އަމުރުތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

"ރައްޔިތުންގެ ބާރާއި ނުލައި ދިވެހި ދައުލަތް ނުހިންގޭނެ. ރައްޔިތުންނަށް ދޭންޖެހޭ ހައްގުތައް މިހާރުން މިހާރަށް ދޭންޖެހޭ" އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ ސަރުކާރު ހިންގާ ޕީޕީއެމްގެ އެއްވުންތައް ބާއްވަން ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުންދޭ ކަމަށާއި، ނަމަވެސް ގުޅިފައިވާ ޕާޓީތަކުން ބާއްވާ އެއްވުންތަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރާ ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވި "ވާމް އަޕް" މުޒާހަރާގައި ވެސް ފުލުހުން މަސައްކަތް ކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި، ފުލުހުންގެ އަމަލުތަކުގެ ސަބަބުން އާންމުގެ އެތައް ބަޔަކަށް އަނިޔާވިކަމަށެވެ.އަދި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ބޮޑު އެއްވުމެއް ބާއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. އަނިޔާވެރިންނަށް ކާމިޔާބް ނުލިބުން އެދެން. އަނިޔާވެރިންނަކީ ކޮންބަޔެއްކަން މޮޅަށް ދެނެވޮޑިގެން ވާނީﷲ

  2. ބޮޑުފަޅިއެއްނޫންބުދުފައްޅިތީ

  3. ބޮޑުފަޅިއަށް އަރާކަށް ނުޖެހޭ، އިންސާފުގެ ފަޅީގައި ފުލުހުންނާ ސިފައިން ތިބެންޖެހޭނީ....؟ ބޭއިންސާފާ ފަސާދަޔާ ބަޣާވާތާ ޣައްދާރުވުމާ ރިޝްވަތުޖެހުމާ ދައުލަތު ގެފައިސާ އަމިއްލަޖީބަށް ކަހާލާ ފަޅިއެއްގައި ފުލުހުންނާ ސިފައިން ނެއް ނުތިބޭނެ....!!!

  4. ސިފައިންނާއި ފުލުހުން ކަލޭމެންހެން ހޭބައްޔެއްނުވޭ.... ކަލޭމެން ހީކުރަނީތަ ޖީބުފުރެންދެން ރުފިޔާނަގާފަ ގައުމަށް ގައްދާރުވާހެން ފުލުހުންނާއި ސިފައިން ވެސް ގައްދާރު ވާނެކަމަށް... މީ ވަރައް ވާހަކާ

  5. ބޮޑުފަޅިއަކީ ކޮބައިކަން ނޭގުނު! މުޒާހަރާޔަކަށް ގޮވައިލީމާ މުޅި މާލެ ސަރަހައްދުންވެސް ފަނަރަސަތޭކަ މީހުންވެސް ނުނެރެވުނު! ފށިއިރު 300 ވެސް ހަމނުވޭ! ނިމުނުއިރު 500 ވެސް ހަމަނުވޭ! މިކަން ފޮރުވުމަށް މީސްކޮޅު ގްރޫޕްތަަކަށް ބަހާފަ ކާބޯތަކެއްޗާއެކު ސިފައިންނާތަޅަން ލަޓިބުރިދީފަ އެކިދިމަދިމާއިން ގޮރިއްލާ ހަނގުރުވީ! އިންތިޚާބަށް މަޑުކުރޭ! ބައިބޮޑި ކޮންކޮޅަކަށްކަން ދައްކާލާ އެއްލަކިން ރައީސް ޔާމީން ހޮވާނީ އންޝާއަﷲ!

  6. ތިޔަބުނާ ބޮޑުފަޅިއަށް 2008 ގައި އޮޅިގެން ދިވެހި ރައްޔިތުންނަށް އެރުމުގެ ހިތި ނަތީޖާ މިއަދު މިފެނިގެންދަނީ. މިއަދުމިއޮތީ ކަލޭމެން ރީނދޫ ބާޣީންގެ ސަބަބުން މިގައުމުގެ މިނިވަންކަމާ އިސްތިގުލާލުގެ އިތުރުން މާތްވެގެންވާ އިސްލާމްދީނަށް ވެސް މި ގައުމުގައި ނުރައްކައުތެރި ކަން ކުރިމަތިވެފައި.

  7. ޑިމޮކްރަޓިސްޓް

    ތިދޯ މިހާރު ނުވެފައޮތްކަމަކީ### ގޮތްހުސްވީމަ ދެން ވާނީ ތިހެން### ފެންވަރުނެތިއްޔާ މައިތިރި އަރައިގެން ތިބެބަލަ### ކަލޭމެން ޖެހޭނީ ހަމަ ތިހެން ތެޅިބާލަން### ދުވާލަކު މޮޅުވާހަކައެއް ޓްވީޓްކޮށްލަ ކޮށްލަ###

  8. އިންތިމެން އާއިލީ މިހަކު ވެރިކަމަގެންނަން ތިއުޅެނީ މިހާރު އިމްޑީޕީ ތާއީދު ކުޑަވެއްޖެ

  9. މިރަށުގަ 1800 މީހުންއުޅޭ މުޒާހަރާއަށް ނިކުތީ 12މީހުން ކޮބާ ބޮޑުފަޅިއަކީ އިންތި ބުނެދީބަލަ

  10. ކޮބާބާ؟ ބޮޑުފަޅިއަކީ؟ ތިފަޅީގަ ބޮޑީ އަނގަ.

  11. ޢަނިޔާވެރި ބަޔަކު ބޮޑުފަޅިއަށް އެރީމަ ކޭކު ފޮތި ބަހާއިރު އިންތި މެންނަށް މަދުވާނެ ބޮޑުފަޅި ނަމަ އޮންނާނީ ވެރިކަމުގަ ކުޑަފަޅިވީމަ ތިގޮވަނީ ބޮޑުފަޅިއަށް އަރާށޭ، އެކަމަކު ދުވަހަކުވެސް ފުލުހުން އަދި ސިފައިން ތިޔަ ޔަހޫދީންގެ ފަޅިއަކަށް ނާރާނެ ތަހްތު ހަވާލު ކުރިއަސް މާދަމާ އިސްތިއުފާދީފަ ފަރަންޖީންނާ އެކު ގައުމަށް ގެއްލުންދޭން

  12. ބޮޑުފަޅިއަކީ ސަރުކާރު ފަޅި ތާއީދު ބޮޑުބަޔަކު ވެރިކަންކުރާނީ މިހިރަ ބީތާޔާ

  13. އިންސާﷲ ބޮޑުފަޅިވަރައްސާފު،ޕީޕީއެމްގެ އިވެންޓްތަކާ އެމްޔޫއޯގެ އިވެންޓްތަކުން ބޮޑުފަޅި މިހާރުއެނގޭނެ.

  14. ސިފައިންނާ ފުލުހުން ބޮޑު ފަޅިއަކަށް ކޮންމެހެން އަރާކަށް ނުޖެހޭ. އެމީހުން ތިބެންޖެހޭނީ ޤައުމުގެ ވަލީއުލް އަމުރު އަންގަވާ ގޮތެއްގެ މަތިން ގައުމަށް ހިދުމަތް ކޮށްދިނުމަށާއި، ސުލްހަ މަސަލަސްކަން ގާއިމް ކޮށްދިނުމަށް. އެހެނީ، މަގުމައްޗަށް އެންމެ ފަރުދަކު ނުކުމެ ހަމަނުޖެހުމެއް ހިންގިޔަސް، ނުވަތަ މުޒާހަރާއެއް ކުރިއަސް، ނުވަތަ ޓްރެފިކް ހުއްޓުވާ، ލައުޑު ސްޕީކަރުން އަޑުގަދަ ކުރިއަސް އެކަމުގައި ބައިވެރި ނުވާ އެތައް ހާސް އެތައް ސަތޭކަ ރައްޔިތުންނަށް އެކަމުން އުނދަގުލާއި ދުއްތުރާ ކުރިމަތިވޭ. އެހެންކަމުން، ސިފައިން ތިބެންޖެހޭނީ އެކަންކަން ހުއްޓުވަން.
    ދެން އޮތް ސުވާލަކީ ކޮބައިތޯ ބޮޑު ފަޅިއަކީ! ވޯޓެއް ނަގައިގެން ބޮޑު ފަޅި ފެނުނީމާ ކިޔާ މިއޮތިއްޔޭ ބޮޑުފަޅި. މިހާރު ލަފައެއް ނުކުރެވޭ، މާދަމާ އިންތިހާބެއް ބޭއްވި ނަމަވެސް، ނަޝީދު ގާސިމް މޫން ފޯމިއުލާއަކުން ބޮޑުފަޅި ލިބޭނެހެނެއް. ރައްޔިތުންގެ ގިނަ ބަޔަކު ތިބީ އެމީހުން ދައްކާ ވާހަކަތަކާއި ހުވަފެންތައް ދެކެ ފޫހިވެފައި. އަޑުގަދަ ހައެއްކަ ރައްޔިތުން ނެރެގެން ކިތަންމެ އަޑުގަދައެއް ކުރިނަމަވެސް، ކިތަންމެ ބޮޑު ލައުޑު ސްޕީކަރަކުން ލަވަ ޖެހިނަމަވެސް، ރިޔާސީ އިންތިހާބު ނިމުނީމާ އިނގޭނީ ބޮޑުފަޅިއަކީ ކޮބައިކަން ބުނަން....! އެހެންވީމަ، އިންތިއެއްކަމަކު ތިހެން ނުކިޔާ "ސިއެސްޓާ"ގެ ރަނޑު ކަންތައް ކުރަން ދޭ...!

  15. އެ ދެބައިމީހުންވެސް އެތިބީ ބޮޑުފަޅީގަކަން އިންތި އަށް ނޭގުނީމަ އަޖައިބު ވެއްޖެ.

  16. ކޮން ބޮޑު ފަޅިއެކޭ ކިޔާކަށް!! ތީ ބަޣާވާތުގެ ފަޅި!!! ގައުމު ފުނޑާލަން މަސައްކަތްކުރާފަޅި!!! ބޭރުގެ ސިފައިން ރާއްޖެއަރާ ގައުމުގެ މިނިވަންކަން ނަގާލަން މަސައްކަތްކުރަން ގޮވާލާ ފަޅި!!! ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ފަޅި!! މގުމައްޗަށް ޒުވާނުން ނެރެ އެމީހުން ލައްވާ ކުށްކުރުވަން މަސައްކަތްކުރާ ފަޅި!! ރާއްޖޭގެ ތަރައްގީއަށާ ކުރިއެރުމަށް ހުރަސްއަޅާ ފަޅި!! ހަމަނުޖެހުމާއި ފިތުނަ ފަސާދަ އުފައްދަން ތަކުރާރުކޮށް މަސައްކަތް ކުރަމުންދާ ފަޅި!!! އެއްވެސް ޙަޔާތެއްނެތި ވަލުޖަނަވާރުން އުޅޭގޮތަށް އުޅޭ މަދުބަޔަކު އުޅޭ ފަޅި!!! ވޯޓަކާ ހަމަޔަށް ދާން ނުކެރިގެން މަގުމަތިން ވެރިކަން ވައްޓާލަން މަސައްކަތްކުރާ ފަޅި!!! މިކަހަލަ ވިޔާނުދާ ނާތަހުޒީބު އަދި އަމިއްލައެދުމުން ފޯވެފައިތިބި ގައުމިއްޔަތެއް ނެތް ބަޔަކު އުޅޭ ފަޅިއަކަށް ގައުމަށްޓަކައި އަބަދުމެ ގުރުބާންވާން ތައްޔާރަށް ތިބޭ ގައުމީ ސަލާމަތީ ބާރުތަކުން ދާނެ އެއްވެސް ސަބަބެއްނެތް!!!

  17. ފުލުހުންނާއި، ސިފައިންނަކީ އިންތިޔާޒްމެން ކަހަލަ ދެބޯގަމާރު ބައެއް ނޫން އިނގޭތޯ

  18. މިހާރުވެސް އެތިބީ ބޮަޑު ފަަޅީގަ. އިންތި ހިސާބު ޖަހަން ދަސްކޮށްބަލަ...

  19. ކޮންތާކު އޮތް ބޮޑު ފަޅިއެއް. ތިމާ ހިތަށް އެރިހާ ގޮތަކަށް ފިތުނަވެރިވާހަކަ ދައްކައިގެން މީހުން ބޯކާލަން ނޫޅޭ. އެއްފަހަރު ހެއްދެވި ފަރާތް ހިތްމަސއްޗަށް ގެނެސް ތިމާމެން މިކުރާ ފިތުނަވެރި ފާފަތަކުގެ މަތިން ހަނދާންކޮށްބަލަ. ބޮޑު ފަޅި އަހަރުމެންނަށް ވަރަށް ރީއްޗަށް އެބަފެނޭ. ކެނެރީގޭ ނަޝީދާއި ޤާސިމު އިބުރާހީމު ވީމާ ބޮޑުފަޅި ވާނަމަ ގެއެއްގައި ތިބޭ ދެމަރިން ވީމަވެސް އެއީ ބޮޑުފަޅި. މީ ދެން ހާދަ ނުބައި ބައެކޭ. ޤައުމަށް ކޮންފަދަ ބަލާވެރިކަމެއް މިހެން އުޅޭ ވިއްސަކަށް މީހުނާ ހެދި.

  20. އިސްލާމް ދީންނައްތާލަން އެމް،ޑީ.ޕީ މަސައްކަތް ކުރަނީ ވަރަށްސާފުކޮށް އެގޭ

  21. ކިހިނެއް ބޮޑުވާހަކަ

  22. ކޮބާ ޤާނޫނު އަސާސީ ގަ ބޮޑު ކުޑަ މީހުން ތަފާތުކުރަން ބުނާ މާއްދާ އަކީ. މީ މާމޮޅުވެގެން ޤާނޫނު އަސާސީ މާނަ ކުރާ މީހުންގެ ހާލު.

  23. އިންތި ވަރަށް ރަނގަޅަށް އިންގޭ ،.ވެރިކަމާ ހެދީ ތިވަރށް ނޫޅޭނެ ރަނގަޅު ބައެއް.ސެޕްޓެމްބަރުގަ ވޯޓުލާން ގާނޫނުއަސާސީ ތަންދެނީ. ޑިމޮކްރަސީއޭ ކިޔައިގެން އަނގަ މޭލަކަށް ފުޅާ ކުރަންޏާ ލިޔެފަ ހުރި ގާނޫނުތަކަށް ތަބާވޭ އިންތި އަކަށް ނުފެންނާނެ ހަ އާނު މަތި މަތިން ޖެއްސަސް ނުފެންނާނެ

  24. ސިފައިންނާއި ފުލުހުން ގެ އަބުރަށް ގޮވާ އެމީހުންނަށް ކިޔުނު އަވަގުރާނެ އެއް ގޮވާ، އެމަީހުންގެ އަނބި ދަރީން މާލޭގަ އުޅެން އުނދަގޫވަރު ކުރީ ކޮންބާޔެއް.

  25. ހެޔޮ ކިތަންމެ ބޮޑު ފަޅިވިޔަސް ތި ފަޅި އަށް ބުނާނީ ވަރަށް ބޮޑށް ސޮރީ ވަރށް ސާފުކޮށް މިބުނީ

  26. ސިފައިންނާއި ޕޮލިހުން މިހާރުވެސް ތިބީ ބޮޑު ފަޅީގަ ... ކަލޭ ހީކުރީ އެއީ ގަމާރުން ކަަމަށްތަ.. ބުރާންތި

  27. މެމްބަރު އަލީ ހުސައިން ފުލުހަށް ހާޒިރުވާން އަންގައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ައި ޔޫޒްޑް ޓު ތިންކް ވަން ޑޭ ދިސް ޓްރޫ ލަޔަރ ކޭން ބީ ޑިޓެކްޓެޑް ވަން ޑޭ ޓު ޑައިގްނޯޒް ދަ ޑީއެންއޭ އޮފް ހިމް ދޯ. މަމެންނަށް ހީވަނީ މީ އިންޑިއަން ޑީއެންއޭ ހެންނޭ މޫނު ވަރަށް ވައްތަރު ގޮތެއް ހުރެއޭ އިންޑިއާނޭ އަކާއި އަދި ވާހަކަ ވެސް ހުންނަނީ އެ ޒާތުގެ ރަނޑު ފާޑަކަށޭ އައި ބިލީވް އިން ދިސް. އައި ބިލީވް އައި އޭމް ރައިޓް. އައި ބިލީވް އައި އޭމް ރައިޓް. އައި ބިލީވް އައި އޭމް ރައިޓް.

  28. ބޮޑު ފަޅޯ އިންޗި

    އާޗާ ބޮޑު ފަޅި އޯލަ އިންޗި ކަލޭ ލޮލު ގެ ޑޮކްޓަރ އަކަށް ދައްކާ އވަހަށް

  29. ހެޔޮ ކިތަންމެ ބޮޑު ފަޅިވިޔަސް ދީނާ ގައުމު ދޫކޮށް ތި ފަޅި އަކަށް މަރާލި އަސް ނުދާނަން ވަރަށް ސާފު ހެޔޮ ކިތަންމެ ބޮޑު ފަޅިވިޔަސް ދީނާ މަގޭގައުމު ދޫކޮށް އެހެން ފަޅި އަކަށް މަރާލި އަސް ނުދާނަން ވަރަށް ސާފު ވަރަށް ސާފު

  30. މެމްބަރު އަލީހުސެއިން ފުލުހަށް ހާޒިރުވާން އަންގައިފިނަމަ އެކަމަކީ އެއީ އުފާކުރަން ޖެހޭ ކަމެކޭ. އެވްރީ ސިންގަލް ޑޭ ތަމެން ކަން ކަން ކުރާ ގޮތް މަމެން މިދަނީ ވަރަށް ކައިރިން ބަލަމޭ ދެން ތަމެންނަށް ނޯންނާނެއޭ މަމެން ޖަހާފައިވާ ނެޓް އިން ސަލާމަތް ވެވޭނެ އެއް ގޮތެއް ވެސް. އެވްރީ ލޯ ޔޫ ބްރޭކް އެވްރީ ރޫލް ޔޫ ބްރޭކް އެވްރީ ވެލިއު ޔޫ ބްރޭކް އެވްރީ ބޮންޑް ޔޫ ބްރޭކް އައި ވިލް ބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ. އޯ ކާންޓް ޔޫ ސީ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ.

  31. ހަސަނުގެ މުނިމުނި ކާފަދަރި

    މި އިންޗީގެ ދާއިރާމީހުންނުކުމެ މި އިންޗި ހަވަރަށްދޭން ވެއްޖެ

  32. ސިފައިންނަށާ ފުލުހުންނަށް ގޮވާލަން އެމް.ޑީ.ޕީ މީހުން އަންގާ އެއްވެސް ފަޚިއަކަށް ނޭރުމައް. ސިފައިންނާއި ފުލުހުން ތިބެންޖެހޭނީ ތެދުވެރި ކަމާއެކު ޤައުމަށް ހިދްމަތްކުރުމުގަ ސާބިތެވެގެން ސަރުކާރާއެކީ.

  33. މިއަދުގެ ކަންތަށް ހުރިގޮތުން އަމިއްލަ ސިކުޑިން މީގެތެރެއިން އެއްމެ ނުބައިބަޔަކީ ކޮން ބައެއްކަން ދެނެގަންނަންއުދަގޫވެއްޖެ. އަނިޔާވެރިންނަށް ކާމިޔާބް ނުލިބުން އެދެން. އަނިޔާވެރިންނަކީ ކޮންބަޔެއްކަން މޮޅަށް ދެނެވޮޑިގެން ވާނީﷲ.

  34. ބޮޑުފަޅި އެކީ ކޮންފަޅިއެއްކަން ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިނގިގެންދާނެ.