ކުށްވެރިން ވާދަކުރާ ރިޔާސީ ޕްރައިމަރީތައް ބާތިލުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީން މިހެން ވިދާޅުވިއިރު ކުށެއް ސާބިތުވެ ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރިމަރީ އަށް ކުރިމަތިލައްވާފައެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ރިޔާސީ ޕްރައިމަރީތައް ބާއްވާ އިރު ފަސް ކަމަކަށް ސަމާލުކަން ދިނުމަށް އަންގާފައިވެއެވެ. އެ ކަންތައްތަކަކީ:

- ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެ ގޮތް ބަޔާންކޮށްފައިވާނަމަ، އެގޮތުގެ މަތިން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން. އަދި ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާންކޮށްފައިނުވާނަމަ، މީގެ ކުރިން ޕާޓީގެ ޕްރައިމަރީތައް ބޭއްވުމުގައި ޢަމަލުކޮށްފައިވާ އުޞޫލާ އެއްގޮތަށް ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުން.

- ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދު ނުވަތަ އެނޫންވެސް ޤާނޫނަކާއި ނުވަތަ ގަވާއިދަކާ ޚިލާފަށް އެއްވެސް ޢަމަލެއް ނުހިންގުން.

- ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލުމުގެ ފުރުޞަތު ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް ފަހިކޮށްދިނުން.

- ހަމަހަމަކަމާއެކު ދެފުށްފެންނަ ގޮތަށް ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔުން.

- ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ކަށަވަރުކުރުން.

ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީ ތަމްޞީލު ކުރާނެ ކެންޑިޑޭޓެއް ހޮވުމަށްޓަކައި، ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާނަމަ، ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާނަމަ، އެކަން އެންެގުމަށް ވެސް އީސީގެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕްރައިމަރީއެއް ބާއްވާނަމަ، 21 މެއި 2018 އިން 01 ޖުލައި 2018 އާއި ދެމެދު ޕްރައިމަރީ ބާއްވާ، ޕްރައިމަރީ ބޭއްވުމުގެ 3 (ތިނެއް) ދުވަސް ކުރިން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މަޢުލޫމާތާއި ޕްރައިމަރީ ބާއްވާ ތާރީޚް އަންގަންވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަދި އިތުރުން ޕްރައިމަރީ ބޭއްވުމަށް ފަހު ޕްރައިމަރީގެ ނަތީޖާ 8 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ފޮނުވަންވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކުށްވެރިން ވާދަކުރާ ޕްރައިމަރީތައް ބާތިލުކުރާނެ ކަމަށް އީސީން ވިދާޅުވިއިރު ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރިމަރީ އަށް ކުރިމަތިލައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލެއްވީ ރައީސް ނަޝީދު އެކަނި ކަމަށްވާއިރު އެ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ގާދިރު

    ޙުންނާނީ ރާކަނިމަސް ކެވިފަ..އަވަހައް ބުރުމާ ޕާރޓީން ދިއްދޫ ސަމީރު ނެރޭ.. ދެން އުމަރު ވެސް ހުންނާނެ..
    ރައީސް ޔާމީން ޕީޕީއެމް
    ދިއްދޫ ސަމީރު ބުރުމާ ޕާރޓީ
    އުމަރު ނަސީރު މިނިވަން ކެޑިޑޭޓް

  2. Anonymous

    ބެސްޓް

  3. އުންމީދުބެ

    އެމްޑީޕީ އަކީ އެއީ ކެނެރީގޭ ވާރުތަ މުދަލެއް ނޫންކަން އެޕާޓީގައި މަކަރު ދަށުވެފައި ތިބި ރަށްޔިތުން ނަށް ވިސްނެން ވެއްޖެ ދޯ؟ މި ސަރުކާރުން ގާނޫންތްށް އިސްލާހުކޮށް ވަރުގަދަ ކުރަމުން ދަނީ ހަމަޔާއި އުސޫލުތަކަކީ މުޅި ދިވެހި ރަށްޔިތުން އެއަށް ކިޔަމަން ވާންޖެހޭ އެއްޗެއްގޮތަށްކަން.

  4. ގާގަނޑުރައީސް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ. ޖަޒީރާ ރައީސޭ ކޯއްޗެއްތޭ ބޮޑު އެއް ޖަޒީރާ ރައީސް އޮންނާނީ އިނގޭތޭ. ގާގަނޑު ރައީސް އިނގޭތޭ. ގާގަނޑޭ. އޫއްް ހޫއް. ތަމެން ގާގަނޑަކަށް ވީއެއް ނޫންތޭ. ގާގަނޑޭ ގާގަނޑޭ ގާގަނޑޭ ހާއްހަހަހާހާހާހާހާ ހާހާހާހާހާހާ ހޮހޮހޮހޮހޮހޮ.

  5. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ޖަޒީރާ ރައީސް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެވިފައި. ދެން ތަމެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  6. ކާބަފައިން

    ގަވާއިދުތަކާއި ގާނޫނުތަކާއި ވެރިކަމާއި ދެކޮޅަށް ޕރައިމަރީ ބާއްވަން ނިކުމެ ހިންގާނެ ހަމަނުޖެހުން އެއީ ދުރުގައިހުރެ ވަސްވާސްދޭ ޝަިތާނާގެ އަވައިގައިޖެހި ރައްޔަތުން އަމިއްލައަށް އަމިއްލަ ގައުމު ހަލާކުގެތެރެއަށް ވައްޓާލަން ކުރާނެ މަސައްކަތުގެ ފެށުން. ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގައި ގިސްލަމުން ހިތިކަރުނަ އޮއްސަން ޖެހިދެޔޭ އުމުރަށް މުޅީން.

  7. ރީޒަން

    ރިޔާސީ ޕްރައިމަރީގައި ކުށްވެރިންނަށް ވާދައެއް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކަމިޝަނުން އާންމު ކޮށް އިއުލާން އަކުން އަންގައިފިނަމަ އެގޮތަށް އަމަލު ކުރަން ޖެހޭނެއޭ ހުރިހާ ސިޔާސީ ޕާރޓީ ތަކުން ވެސް. ދެން އެހެންވީއިރުން ރާއްޖޭތެރޭގެ އެއްވެސް ރަށެއްގައި އެމެންނަަށް ޖަޒީރާ ރައީސޭ ކިޔައިގެން ކެނެރީގެ ނަޝީދުގެ ފޮޓޯ ޖަހައިގެން ޖަލްސާ ބޭއްވިގެން ނުވާނެއޭ އަދި އޭނާ އަކީ ރައީސް ނަޝީދެއް ނޫނޭ ބިކޮޒް އޭނާ އަކީ އެއީ މިހާރު ރާއްޖޭގެ ރައީސެއް ނޫނޭ ރައީސް ނަމުގެ ކުރިއަށް ކިޔޭނީ އެއީ މިހާރު ވެރިކަންކުރާ ރައީސް އަށް އެކަނިއޭ އެހެން ނޫން ނަމަ ވެރިކަން ނުކުރާ މީހުންނަށް ރައީސް އޭނާގެ ނަމުގެ ކުރިއަށް ލާފައި ކިޔާނަމަ ކުރިން މިނިސްޓަރު ކަން ކުރި ހުރިހާ މީހުންގެ ނަމުގެ ކުރިއަށް މިނިސްޓަރު ލައިގެން ވެސް ކިޔަންވީ ނޫންތޭ އެއީ ވަރަށް ދެކޮޅު ނުޖެހޭ ކަމެކޭ. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ...

  8. ހަސަނާ

    ބަރާބަރު. ގާނޫނީ ބާރު ހިނގަންވާނެ. ތިމަތިމާމެން ބޭނުންހާ ގޮތަކަށް ކަންކަން ނުހިންގޭނެކަން އަންގަންވާނެ. ސިޔާސީ ކަންކަން އެއީ ގައުމީ މަސްލަހަތު ހިމެނޭ ކަންކަން. މީކީ ބަދިގޭގެ ކުޅިވަރެއް ނޫން

  9. ގޮޅާ

    ބުއްޅަބޭ އަށް ހުރިހާކޮޅަކުންވެސް ނުލަފާކަން މިފެއްނަނީ! ބުއްޅަބޭޔަކަށް ނުލަފާކަން ނުދެއްކުނުތާ!

  10. ނުވާނެއޭ

    ކެނެރީގެ ނަޝީދު ނޫން މީހަކު އެމެން އެބަޖެހޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަން ދައްކަން. މިހާރު ވެސް ބަލާބަލަ ބޮޑެތި އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދަށުން އޭނާ ބޭނުން ވަނީ ސިޔާސީ ޕާރޓީ ތަކުގެ ގާނޫނަށް 2013 ވަނަ އަހަރު ގެނައި އިސްލާހާއި ޚިލާފަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކޮށްގެން ޖަޒީރާ ރައީސޭ ކިޔައިގެން އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން އޭނާ ރާއްޖޭގެ ވެރިކަމަށް ފާވާން ވެގެންނޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ނަށް 2008 ވަނަ އަހަރު ރިޔާސީ ކެންޑިޑެސީ ލިބުނު އިރާއި އަދި 2013 ގައި ތަމެންނަށް ރިޔާސީ ކެންޑިޑެސީ ލިބުނު އިރު ވެރިކަމުގައި ތިބީ މަމެން ޕިންކީން ނޫން ދޯ މިފަހަރު މަމެން ޕިންކީން ދޯ މިތިބީ ވެރިކަމުގައި މަމެން ނުދޭނަމޭ ކުޑަ ވެސް ދުލެއް ތަމެންނަށް މަމެން މިއަންގަނީ ތަމެންނަށް ކެނެރީގެ ނަޝީދު ނޫން އެހެން މީހަކު ތަމެން ދައްކާށޭ ހެވޭ އިބޫ އަށް ވިއަސް ތަމެން ދައްކަގަ ގާނޫނާއި އެއްގޮތަށް ކުރިމަތި ލެވޭނެ މީހަކު އެނިމުނީއޭ. މިނޫން އިތުރުޗޮއިސް އެއްވެސް އަދި އެކްސްކިއުޒއް ވެސް...

  11. އަފޫ

    ތިބޭފުޅުން ނުބުންޏަސް އެވާނީ ބާތިލް. ނަޝީދުއަކީ އަބަދުވެސް ގަދަބާރުން ކަން ކުރަން ބޭނުންވާ ނުލަފާ މީހެއް.

  12. ވެރީހެޕީ

    ބާތިލްކުރާކަށް ނުވެސް ޖެހޭނެ އިތުރަކަށް އެއީ އުފެދުމުގަ ވެސް ބާތިލަ އެއްޗެއް..އެމީހުން އީސީ އަދި ފުލުހުންލައްވާ ޕުރައިމެރީ ހުއްޓުވާފަ ދުނިޔެއަށް ދައްކާލާނެ ފޮޓޯ ކޮޅެއް ހީދަން އަނބުރާ ގޭސްގަނޑެއްތީ..ގުއި ރީނުގަ ނުޖެހި ހަމަޖެހުން މުހިންމު.. އެ ބޭއްވިޔަސް ނުބޭއްވިޔަސް ނަޝީދަކަށް އިންތިހާބަކު ވާދައެއް ނުކުރެވޭނެ

  13. ރީޒަން

    ރިޔާސީ ޕްރައިމަރީގައި ކުށްވެރިންނަށް ވާދައެއް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކަމިޝަނުން ވިދާޅުވާނަމަ އެކަން އެގޮތަށް ހިނގަން ޖެހޭނެއޭ އަދި ކެނެރީގެ ނަޝީދު ބޮޑު ކުށްވެރިއެއްގެ ގޮތުގައި ހުރެގެން ޖަޒީރާ ރައީސް ނަމުގައި އޭނާ އަށް ރާއްޖެތެރޭގެ އެއްވެސް ރަށެއްގަިއ ކެމްޕެއިން ކޮށް އަދި އެފަދަ ޖަލްސާ ތައް އެމެންގެ ޓީވީ ސްޓޭޝަންސް ތަކުން ލަައިވް ވެސް ކުރެވިގެން ނުވާނެއޭ ސަބަބަކީ 2013 ވަނަ އަހަރު ސިޔާސީ ޕާރޓީ ތަކުގެ ޕްރައިމަރީ އާއި ބެހޭ ގޮތުން ގާނޫނަށް ވަނީ ބަދަލެއް ގެނެވިފައޭ އެގެނެވިފައިވާ ބަދަލުގައި އެބައޮތޭ ބަޔާން ކޮށްފައި އެއްވެސް ކުށެއް ކޮށް ކުށްވެރިވެ އަދި މިހާރު ކުށުގެ ހުކުމް ތަންފީޒު ކުރަމުން ދާ އެކަކަށް ވެސް ސިޔާސީ ޕާރޓީ އެއްގެ ޕްރައިމަރީ އެއްގައި ބައިވެރި ނުވެވޭނެ ކަމަށް އެހެން ވެއްޖެނަމަ ކެނެރީގެ ނަޝީދު ކުރިމަތިލި ފޯރމް ވެސް ވާނީ ބާތިލް ފޯރމް އަކަށޭ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ...

  14. 3ނިރު

    ބޮޑް ޓެރެރިސްޓަކަށް އެއްވެސް އިންތިހާބެއްގަ ވާދައެއްނުކުރެވޭނެ ޓެރެރިސްޓުންންނަކީ ދުނިޔެއިން ނަށްތާތލަންޖެހޭބައެއް

  15. Anonymous

    ރިޔާސީ ޕްރައިމަރީގައި ކުށްވެރިންނަށް ވާދައެއް ނުކުރެވޭނެ ކަމަށް އީސީން ނިންމައިފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ ދެން މިކަން ވަރަށް ޑެޑް ސީރިއަސް ކޮށް އެމްޑީޕީގެ ގައުމީ މަޖްލީހުން ނަގައިގެން މިކަން ކުރާނެ ކަަމަށް އެގޮތުގެ މަތިން އެބަޖެހެއޭ އެމްޑީޕީން އާންމު ކޮށް އިއުލާން ކޮށްލަން ކެނެރީގެ ނަޝީދު ފިޔަވައި އަދި އޭނާގެ އާއިލާ މީހުން ފިޔަވައި ބޭރުން އެހެން މީހުންނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެވޭނެ ގޮތް ހަދާ އެކަން އާންމު ކޮށް ހުޅުވާލަން. އެއިރުން މަމެންނަށް ޔަގީނޭ ރަންރީނދޫ ޓްވިޓަރޭ މެން އެންމެ ބޭނުންވާ ޕްރޯ ވެސް ކުރިމަތިލާނެ ކަން އެމްޑީޕީގެ ޕްރައިމަރީގައި. ކުރީގެ ހައުސިންގް މިނިސްޓަރު އަސްލަންޓޭ މެންނަކީ ދެ އިންތިޚާބުގައި ވެސް ފެއިލް ވެފައިވާ ބަޔަކަށް ވާތީވެ އެމެންނަށް ނޭގޭނެއޭ އިންތިޚާބު ތަކުގެ ނަތީޖާ ޕްރެޑިކްޓް ކުރަން އެމެން ކޮލިފައި ނުވާނެއޭ އެކަމަށް ދެން އެހެން ނޫނަސް ކުދި އާބާދީ ތަކުން އަންނަ މީހުންގެ މައިންޑް އަކީ ނެރޯމައިންޑެޑް މީހުންނޭ އައި ވޮނާ އާރގިއު އޮން ދިސް ވަޓް ޑޫ ޔޫ މީން އޮން ދިސް ޔޫ ވޮނާ މޭކް

  16. ސިންސް

    ކުށްވެރިން ވާދަކުރާ ޕްރައިމަރީތައް ބާތިލުކުރާނަން ކަމަށް އީސީން ވިދާޅުވުމުން މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އިނގޭނެ އެއް ނޫންތޭ މަމެންނާއި ނެކް ޓު ނެކް ޖައްސައިގެން ތަމެންނަށް ކުރިއެރުމެއް ނުލިބޭނެ ކަން. ދެން ތަމެން އިތުރަށް ކުރިއަށް ގެންދާނަމަ ކޯޓުގެ ވަގުތީ އަމުރެކޭ ދަށު ކޯޓް ތަކުން ތަމެންގެ މައްޗަށް ނެރޭނީ އެއިރުން ވެސް ތަމެން އެއަށް ބޯ ނުލަބައިފިނަމަ ދެން ނެރޭނީ ސްޕްރީމް ކޯޓުގެ ހުކުމް އެކޭ ތަމެންނާއި ދެކޮޅަށް ތަމެން ދަންނަން ޖެހޭނެއޭ ސިންސް ޔޫ ޑިކްލެއަރ ރިޔާސީ ޕްރައިމަރީ ޑޭޓް އައި ކާންޓް ބްރީދް ފޯރ ދަ ފަސްޓް ޓައިމް ނައު އައި ގެޓް ވަޓް އައި ވޯންޓް. ސިންސް ޔޫ ހޭވް ޑިކްލެއަރޑް ޕްރައިމަރީ ސިންސް ޔޫ ޑިކްލެއަރޑް ޕްރައިމަރީ އައި ކާންޓް ބްރީދް ފޯރ ދަ ފަސްޓް ޓައިމް ނައު އައިގެޓް ވަޓް އައި ވޯންޓް ސިންސް ޔޫ ޑިކްލެއަރ ދަ ޕްރައިމަރީ ސިންސް ޔޫ ޑިކްލެއަރ ދަ ޕްރައިމަރީ ސިންސް ޔޫ ޑިކްލެއަރ ދަ ޕްރައިމަރީ ޑޭޓް ނައު އައި ގެޓް ވަޓް އައި ވޯންޓް އައި ގެޓް ވަޓް އައި ވޯންޓް..

  17. ވެރީހެޕީ

    ބާތިލްކުރާކަށް ނުވެސް ޖެހޭނެ އިތުރަކަށް އެއީ އުފެދުމުގަ ވެސް ބާތިލަ އެއްޗެއް..އެމީހުން އީސީ އަދި ފުލުހުންލައްވާ ޕުރައިމެރީ ހުއްޓުވާފަ ދުނިޔެއަށް ދައްކާލާނެ ފޮޓޯ ކޮޅެއް ހީދަން އަނބުރާ ގޭސްގަނޑެއްތީ..ގުއި ރީނުގަ ނުޖެހި ހަމަޖެހުން މުހިންމު..

  18. ސަނދުވާ

    ކުށްވެރިންނަށް ވާދަކުރވެންޏާ އަމީން ދީދީ އާއި، ނާޞިރަށްވެސް ވާދަ ކުރެވެން ވާނެ.

  19. ޙެހެ

    އިދިކޮޅުގެ ބަނޑު ފަޅައިގެން ތިދިޔައީހެހެހެހެ ހުންނާނެފޯރިޔެއް ބަލަން މިތިބީ

  20. މޫސާ

    އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޖަލު ހުކުމެއް އޮންނަ އެއްވެސް ކަހަލަ ޖިނާއީ އަމަލެއް ހިންގާފައިވާ ފަރާތަކަށް އެމްޑީޕީގެ މަގާމުތަކެއް ނުފުރޭނެ އެވެ.

    އެމްޑީޕީގެ މަގާމުތައް ނުފުރޭ އިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ފަރާތެއް ވުމަކީ އަސާސީ ގަވައިދާ ހިލާފަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރަން ނަޝީދަށް ފުރުސަތު ދިނުންތޯ ސުވާލު އުފެދެ އެވެ.
    ވަރަށް ސާފުކޮށް އެމް.ޑީ.ޕީ ގެ އަސާސީ ޤަވާޢިދު ގަ ވެސް މިއޮތީ ބަޔާން ކޮށްފަ ވީމާ ދެން ޕްރައިމަރީގަ ޤަވާޢިދާއި ޚިލާފަށް ނަށީދު ބައިވެރި ވުމުގެ އެއްވެސް ބޭނުމެއް ނެތް

  21. އަހަންމާ

    ޢަންނިއަށް އަނެއްކާ އެފެންނަނީ ހުވަފެނެއް ވެރިކަން ވެރިކަން މާލެއަންނަން ނުކެރިފަ އެހެރީކީއްވެފަތަ

  22. ރަނގަޅު

    ރިޝްވަތުދިނުމާ އޭގާހިފުމަކީ އެންމެބޮޑަތިކުށް. ތިބޭފުޅުންތިޔަތިއްބެވީ ރިޝްވަތުގެތެރެއަށް ޣަރަގުވެފަ ކީކޭތިޔަވިދާޅުވަނީދެން؟ ހޯއް....

  23. ނަސޭހަތް

    ޕްރައިަމރީ އަކީ އެމީހުންގެ އަމިއްލަ އެއްޗެއް އެކަމަ ނުއުޅޭ ފޯރމު ބަލައިގަތުމާއި އިލެކުޝަންގެ މަސައްކަތް ޤާނޫނާއި އެއްގޮތަށް ކުރިއަށް ގެންދަވާ

  24. ލުއްޑާ

    ކަލޯތިއީވާ ކޮމިޝަނެއް ތިއީ ނުރައްކާތެރި ބައެއް ތިތިބީ 12 މެމްބަރުންގެ ގޮނޑިވެސް ބޯފެން ތައްޓަކާއެކު ދިރުވާލައިގެން. ސަހަރޯ ތިއީވާ މިނިވަން ކޮމިޝަނެއް؟