ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުތައް ނުހިއްކައި ފަޅު މަތީގައި "ފްލޯޓިން" ގޯތި އަޅައިގެން ދިރިއުޅުމުގެ ޕްލޭން ކޮންސެޕްޓް ނުވަތަ ތަަރައްގީގެ ތަސައްވުރެއް ތައްޔާރުކޮށް ނިމިފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ލޭންޑް ޔޫސް ނުވަތަ ބިނާވެށި ޕްލޭން ކުރުމުގެ ބިލްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ފަޅުގައި "ފްލޯޓިން" މޫދު ކޮޓަރި އަޅާ ވާހަކަ ދެއްކުމުން ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް އެ ވިސްނުމަކީ ދޫކޮށްލައި ނުވާނެ ކަމަށް ދެކޭ ވިސްނުމެއް ނޫން ކަމަށެވެ.

ޕްލޭނިން މިނިސްޓްރީ އިން މި ވިސްނުން ހަގީގަތަކަށް ހެދުމަށް ކުރަން ޖެހޭ ކަންކަމުގެ ދިރާސާ ކުރަމުންދާ ކަމަށާއި މިހާތަނަށް މީހުން ދިރިއުޅޭ އެއް ރަށެއްގެ ފަޅުގައި ގޯތި އަޅާނެ ގޮތުގެ މޮޑެލްއެއް ހަދާފައިވާ ކަމަށެވެ. އެއީ ކޮން ރަށެއް ކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ. އެކަމަކު ރަސްމީކޮށް މި ކަންކަން އިއުލާން ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ އެއް ރަށެއްގައި އަޅުގަނޑު މިހާރު އެބައޮތް މޮޑެލެއް ހަދާފައި. އެގޮތަށް ބިން ބޭނުން ކުރެވޭނެ. އަޅުގަނޑަށް އަދި އޭތި މުޅިއަކުން ފުރިހަމަ ނުވި ނަމަވެސް ކޮންސެޕްޓެއް އަޅުގަނޑުމެނަށް އެބައޮތް ހެދިފައި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، ފަޅަށް ވެލި އަޅައިގެން ބިން ހިއްކައިގެން ދެން ގެދޮރު ބިނާ ކުރުމަށްދާ އަގާއި މޫދުގައި "ފްލޯޓިން" ގެދޮރު އަޅައިގެން ހިނގާނެ ހަރަދުގެ އަގު ވެސް ދިރާސާ ކުރެވެމުންދެއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޓޫރިޒަމް މެދުވެރިކޮށް މި މަޝްރޫއުތަކަށް ވިޔަފާރި ނަފާ ވެސް ލިބެން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީތި ކޮންޕެއާ ކުރަން މި ޖެހެނީ ބިން ހިއްކާފައި އެ ލިބޭ ޑްރައި ލޭންޑްގެ ވެލިއުއާ އަޅުގަނޑުމެން މިދެންނެވި ގޮތަށް އޯވަ ވޯޓާގައި ލިވް ކުރަން އެ ދާ އަގާއި އަކަފޫޓަކަށް ދާ އަގާއި މި ދޭތީގެ ހުރި އަގުގެ ތަފާތުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

"ފްލޯޓިން އައިލެންޑް" ގެ ތަސައްވުރު އަސްލަމް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރަށްރަށުގެ ފަޅު ހިއްކުމުން ރަށްރަށް ގިރުން ފަދަ ތިމާވެއްޓަށް އަސަރު ކުރާ މައްސަލަތަކާާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރެވުނު ދުވަހެއްގައެވެ.

އެއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެމަނިކުފާނު ބައެއް ފަހަރު ވާހަކަ ދެއްކެވި ތަސައްވުރެކެވެ. އާންމު ގޮތެއްގައި ބައިނަލް އަގްވާމީ ފެންވަރުގައި ބޭއްވޭ ތިމާވެށީގެ ފޯރަމްތަކުގައެވެ. އަދި ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި ވެސް ޕްލޭން ކުރެވުމުން އަންނަ ކޮންސެޕްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ގަމާރު

  ވިއްސާރަވެ ވައިގަދަވެ ގެގަނޑު ފުރޮޅާލީމާ ފުލޯޓިން ހޮސްޕިޓަލަށް ހިލޭދެއްކޭނެތަ؟ 😃

  23
  2
 2. މާމި

  ތިޔަ އުޅެނީ މީހަކު އެތައް ރައްޔިތުން ނައް ޓަކާ އަޅާފަހުރި 7000 ފުލެޓު ވެސް އޭގެ ހައްގު ވެރިންނައް ޙަވާލު ނުކުރެވި ގެން ދެން ކޮން ފަޅެއްގަތަ ދިރި އުޅެން ގެތައް އަޅާދެވޭނީ ހިނދުކޮޅުގަ ހުންނަވާގެން ވެސް މީހުންނައް ގަބޫލު ކުރެވޭ ކަހަލަވާހަކަ ދެއްކިއްޔާ ރަގަޅުވާނެ..

  35
  2
 3. ބެއްޔާ

  ނަނާ ހުވަފެންދުށީމޭ. މިލަވަ ބާރަށްކިޔަންވީ

  29
  1
 4. ޢެއްގަން

  ރައްޔިތުންނަށް ގޯތި ބޭނުންވަނީ އެއްގަމުން. ޢިމާރާތްްކުރެވޭނީ އޭރުން. ޢަދި ބިން ތަރައްގީކޮށް އެހ ހެންބޭނުމެެއްވެސް ކުރެވިދާނެ.

  ފްލޯޓިންގ ގޯޗަށް އަސްލަމް އަދި ތި ޕްލޭން ހެދި މީ ހުން ދޭ. އެކަމަކު އެއްގަންބިންތައް ދޫކޮށްފަ ދާންޖެ ހޭނީ.

  23
  1
 5. ހ

  އާނ ރަނގަޅު! ދިވެހިންނަށް ފަޅު، އިންޑިއާ ކުލީ ސިފައިންނަށް ރަށުގެ ބިން! ޝުކުރިއްޔާ އމޑޕ!

 6. ވިލެޖް

  އަސްލަމް ދޭ މޫދުގަ ދިރިއުޅެން އަހަރެމެން ނޫޅެން

  21
  2
 7. ކެޔޮޅު

  އަސްލަމްކަލެޔަށް ވަރަށްފަސޭހަވާނެތަ ހުރިހާމޫދުމަހެއް އެއްގަމަށް ދިރިއުޅުންބަދަލުކުރަން އެހެންކަމުގައިވާނަމަ ރަށްޔަތުން މޫދަށް ދިރިއުޅުން ބަދަލުކޮށްދީފާނަންތަ.

  4
  1
 8. ނީނާ

  ރިއަން ކުންފުންޏަށް ލާރިބޮޑި އަންނަ ގޮތަކަށް ބަޔަކަށް ވާނެ ޑިޒައިން ކުރަންދޭން. ކޮބާތޯ އަސްލަންޓޭ ހަރުގެ ކުރިމަތީ އެޅި ފްލޯޓިންގ އިކޯ ލައިޓިންގ ޕާކް. ކިހާ ކަރަންޓެއް އެތަން ދިއްލަން ނަގާތޯ. ބިމުގައި އަތުރާލި ގާތަކުގައި ފެހި ދަވާދު އުގުޅީމާ އެތަން ވެސް އެޔޮތީ އީކޯ ފްރެންޑްލީވެފަ. ދެންކޮން ފްލޯޓިންއެއް އަސްލަންޓޭއަށްވާނީ.

 9. ހުސޭނުބޭ

  ފްލޯޓިން އެއް ނޫން.......... ފްލައިއިން ގޯތި އަޅަގަ! ފަޅަށްވުރެ ޖައްވުތެރެ ޖާގަ ބޮޑުވާނެ! ވައިގެ ތެރޭގައި އަޅަންވީނު! ރައްޔިތުން ގުނބޯހެއްދިޔަސް ތިއީ ބޮޑުވަރު!

  10
 10. ހަޑިމިލޭރު

  ތިޔައީ އިންޑިޔާ މިހުންނަށް ކޮށްދޭ ޕްލޭނެއްކަން ކަށަވަރު.

 11. މުހައްމަދު އަންޖުމް

  ކިހާބޮޑުވެއްޖެ ނޮހޮރައްޕާނެއް މިއުޅެނީ އަހަރެމެން ނިކަމެތި ރައްޔިތުންނަށް ކޮތަރު ކޮއްޓަކުންވެސް ތަންކޮޅެއް ނުލިބިގެން އަދި އަނގަޔާއަތާ ދިމާނުވެގެން އަދިވެސްވީ ގައުމު ވިއްކައި ގެން އަންބޮނޑި ބޮޑުކުރަންތަ ކެވޭވަރު އަދިވެސްމަދީ އަހަރެ މެންރައްޔިތުން ނެވާލިޔަނުދޭތި ތިގޮތަށް ބިކަކޮށްގެން ގަނޑު ވަރުގަ ޕާޓީކުރަން ތިބޭތި ތިކަމުގެ ހިތި ފިސާރި ހިތިކޮށް ތިބާޔަށް ދައްކަވާށި

 12. ދޮންދީނި

  އަސްލަމޫ މިއުޅެނީ ފަޅުމަތީ ގެއެއް ނޭޅިގެންނެއްނޫން، ގެއެއް އަޅަން ހިގާ ހަރަދު ބޮޑުވެ ނަގާލޯނު ނުދެއްކި ސަންދޯކު އެއްކޮޅަށް ކޮންމެވެސް ބޭންކަކަށް ދައްކަންޖެ ހޭ ލޯނުނުދެއްކި ނިޔާވެގެން މިދަނީ ބޮލުގައި ބޮޑުލޯނެއްއެޅި އެއިން ސަލާމަތް ނުވެވި. އަދިވެސް އެއަށްވުރެ ބޮޑުލޯނެއް ބޮލުގަ އަޅުވަން ތިއުޅެނީ. ކޮބާތޯ %6 ދައްކަން ދޫކުރަންބުނި ލޯނު؟؟ ވެރިކަން ލިބުނީމަ ހަދާންނެތީދޯ؟؟ އަސްލމޫ ދެކެންތަ ރިސޯޓްތަކުގެ ފަޅުގައި ތަނބުޖަ ހާގެން ގެއަޅާފާ ހުއްޓާ ކުރަންޖެ ހޭ ހަރަދު އެގޭތަ؟؟ ވާއުދަގޫ އިހ ހހުސާސްވޭތަ. އެއްގަމުގަ ހުރި ގެއެއްގެ ހަތަރުފާރު އުމުރުން 50އަހަރަށް ދާއިރުވެސް ނިންމާނުލެވޭ ލިބޭއެއްޗަކުން. ސަރުކާރުން ކޮންމެ ވަޒީރަކަށް ފަޅުމަތިން ރެސިޑެންޓްސްވީޓް އެއް ރައްޔިތުން ފެލާގެން އަޅާދެންވީ. އެތަންތަނަށް ހަރަދުކުރާނީ ސްޓިކާޖަ ހާގެން. ހޯދާރުފިޔާއިން

 13. ސުހާ

  ތިޔަމޮޅު ރޭވުމަކީ ކަޑުވެ ދާނެގޮތަ ބަލާއިތުރަ ބިކަކޮއްލުން

 14. ހަސަން

  ބޯގޮވި މިނިސްޓަރު. ފުލޮޓިން ސަރުކާރު.

 15. ދުންތަރި

  ރާއްޖޭގެ ކަނޑުގެ ސަރަހައްދުގަ ލޮނުގަނޑު ނުޖެހޭ ގޮތަށް ލޮނުގަނޑުންފެށިގެން 3 މީޓަރުގެ އުސްމިނުގަ ގޯތި އަޅާނެ ޕުލޭނެއް ނުކުރައްވަންތޯ؟

 16. ލަނޑާ

  ކޯޗެއް ކައިގެން އުޅޭބައެއް މީ މާތް ކަލާކޯ.

 17. ބޯގާބޭ

  ހިކިފަސް ތަނެއް ޕުލޭން ނުކުރެވި ދިރާސާގަ އުޅޭ ބަޔަކައް ކޮން ފުލޯޓިންނެއްތޯ އެޅޭނީ ރަށެއްގަ ފުލޯޓިން ފާލަމެއް ނޭޅުބަޔަކައް ކޮންފުލޯޓެއް ތޯ އެޅޭނީ މުސްކުޅިން ބުނެ އުޅޭ ހަރުބަހެއް އަނގަ އޮތީޔާ ކާޅެއްނުކާނޭ އެވަރުވެސް ނުވެގެން 3 އަހަރުވެގެންދަނީ ކަރާފެޅުމާއި ދިރާސާކޮއް ތަޖުރިބާހޯދައް ބޭތިލްމާލް ހުސް