ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް މަރުވި ދިވެއްސެއް ކަމަށްވާ ރައުދާ އާތިފްގެ މަރާއި ގުޅިގެން އޭނާގެ ބައްޕަ އަނެއްކާވެސް އާވާހަކަތަކެއް ދައްކައިފިއެވެ.

މީގެ ކުރިންވެސް ތަކުރާރުކޮށް ރައުދާގެ މަރާއި ގުޅޭ ގޮތުން ސުވާލު އުފައްދާފައިވާ ޑރ.މުހައްމަދު އާތިފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޮސްޓރޭލިއާގެ ސިޑްނީ ޔުނިވަރުސިޓީގެ ފޮރެންސިކް ޑިޕާޓްމަންޓުގެ ހެޑް ޕްރޮފެސަރު ޑރ.ޖޯޑިފްލޫ އާއި އިންޑިއާގެ ދެޑޮކްޓަރުންނާއި ރާޖްޝާހީގެ ސަރުކާރު މެޑިކަލްކޮލެޖުގެ ޑަކްޓަރުންވެސް ރައުދާގެ ކްރައިމްސީނުގެ ފޮޓޯތަކާ ޕޯސްޓްމޯޓަމްގެ ފޮޓޯތަށް ދިރާސާކޮށްފައި ރައުދާ ވަނީ މަރާލަފަކަމަށް ބުނާކަމަށެވެ. ބަންގާލު ރާޖްޝާހީ ކޯޓުން ސީއައިޑީއަށް ތަހުގީގުހިންގަން އަމުރުކުރީވެސް ރައުދާ މަރާލާފައިވާކަމުގެ ސާބިތު ހެކިހުރުމުން ކަމަށް އާތިފް ލިޔެފައި ވެއެވެ.

ފުރަތަމަ ތައްޔާރު ކުރި ޕޯސްޓްމޯޓަމް ރިޕޯޓަކީ ރައުދާގެ ޕޯސްޓްމޯޓަމް ލަންކާގައި ހެދުމަށް އެދިފައިވަނިކޮށް އާއިލާއަށް އެންގުމެއް ނެތި ރައުދާ ކިޔަވަމުންދިޔަ ރާޖްސާހީ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖުގެ ދެ ޑޮކްޓަރުން ހިމަނައިގެން ރާޖްޝާހީ ފުލުހުން މަކަރާ ރޭވުމުން ތައްޔާރު ކޮށްފައިވާ ދޮގުރިޕޯޓެއް ކަމަށް ވެސް އާތިފް ފޭސްބުކްގައި ލިޔެފައި ވެއެވެ.

އަމިއްލައަށް ދަންޖެހޭ މީހުންގެ ހުންނާނޭ ލިގޭޗާމާކު ނުވަތަ ދަންޖެހެން ބޭނުން ކުރާވާގަނޑުން ކަރުގައި އުފެދޭނެ ނިޝާނުގެ ޓެކްސް ބުކް ޑެފިނީޝަން ލިޔެލާ ސޮއިކޮށްލާ ތައްޔާރުކޮށްފައިވާ ބަޔާނެއް ކަމަށް ވެސް ޑރ.އާތިފް ލިޔެފައި ވެއެވެ. ޕޯސްޓް މޯޓަމް ހަދަން ޑޮކްޓަރުން ފޮލޯކުރަންޖެހޭ ސްޓޭންޑަޑް ޕްރޮޓޮކޯލް އެއްވެއެވެ. ގުދުރަތީ މަރަކުން ނޫން ގޮތަކަށް މަރުވާމީހުންގެ އެކްސްރޭ ނުވަތަ ސީޓީސްކޭން ވެސް ރިޕޯޓްގަ ހިމަނަންޖެހޭ ކަމަށް އޭނާ ބުންޏެވެ. ގުދުރަތީ މަރުނޫން ގޮތަކަށް މަރުވާ މީހުންގެ ޕޯސްޓް މޯޓަމް ހެދުމުގެ ކުރިން މުޅިހަށިގަނޑުގެ އެކްސްރޭ ނަގަންޖެހޭ ކަމަށާއި ނަމަވެސް އެންމެކުޑަމިނުން ރައުދާގެ ކަރުގެ ބޭސިކް އެކްސްރޭވެސް ނަގާފައި ނުވާކަމަށް އާތިފް ލިޔެފައި ވެއެވެ.

"ސީޓީސްކޭން ހަދާފައެއް ނުވެއެވެ. ގާސްޓްރިކް އެނަލައިސިސް ހަދާފައެއް ނުވެއެވެ. މަރުވި ގަޑިބަޔާން ކޮށްދީފަވެސް ނުވެއެވެ. މަރުވިމީހާގެ މަރާގުޅޭ ގޮތުން ފައިނަލް ނިންމުން ނިންމޭނީ ޕޯސްޓްމޯޓަމްގެ ފެތޮލެޖީ، ވިސިރާ ނުވަތަ ޓޮކްސިކޮލޮޖީ (ވިހައިގެ ރިޕޯޓް) ވެސް ލިބުމުންނެވެ. އަދި މިދެރިޕޯޓް ވެސް ނުލިބެނީސް އޮޓޮޕްސީ ޓީމުން ރައުދާ މަރުވިގޮތުގެ ފައިނަލް ނިންމުން ނިންމާ ރައުދާ މަރުވީ އަމިއްލަޔަށްދަންޖެހިގެން ކަމަށް ބުނެ މީޑިއާގަ އިއުލާން ކުރީ ހަގީގަތް މުޅިން އޮޅުވާލުމަށެވެ. ދަންޖެހިގެން މަރުވާމީހުންގެ ކަރުގެ އަދި ކަނދުރާގެ އެތެރޭގެ ސްޓްރަކްޗާތަކަށް ވެސް ގެއްލުންވާނެއެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހަދާއިރު ނަގަންޖެހޭ ސީރިއަލް ޕޮޓޯގެ ޕިކްޓޯގްރާމް ޕޮޓޯ އަދި ވީޑިއޯ ހެކިވެސް އެޓީމުގެ ރިޕޯޓާއެކު ހުށަހަޅާފައެއް ނުވެއެވެ." އާތިފް ލިޔެފައި ވެއެވެ.

އޮޓޮޕްސީ ސީރިއަލް ފޮޓޯތަކުންއެނގޭނެ މަރުވިމީހާ މަރުވީ އަމިއްލަޔަށް ދަންޖެހިގެންތޯ ނުވަތަ އޭނާމަރާލާފަ ބަޔަކު އޭނަ އެލުވީތޯ ނުވަތަ ބަޔަކު އޭނާގެ ކަރުގަ ވާގަނޑެއް އަޅުވާ ބާރު ކޮށް މަރާރީތޯ (ލިގޭޗާ ސްޓްރޭންގިއުލޭޝަން) ނުވަތަ އޭނާގެ ކަރުގަ އަތުންހިފާ ބާރުކޮށް މަރާލީތޯވެސްވެސް ސާބިތުވާނެ ކަމަށް އާތިފް ލިޔެފައި ވެއެވެ. ކަރުގެ ކަށިކޮޅެއް ކަމަށްވާ ހިޔޮއިޑް ބޯން، ތައިރޮހިއިޑް ކާޓިލޭޖް ނުވަތަ ތައިރޮޢިޑްގެ ބޭރުން އޭގެ ސަލާމަތައްވާ މަޑު ކަށިކޮޅުވެސް މުގުރިފައި ހުރިކަން ކަރުގެ އެކްސްރޭއިން އެނގޭނެ ކަމަށް އާތިފް ބުންޏެވެ. ކަރުގަ ބަޔަކު ވާގަނޑެއް ބައްދާ މަރާލުމުން ނުވަތަ ކަރުގަ ހިފާމަރާލުމުން މިދެކަށިކޮޅަށް ގިނަފަހަރަށް ހުންނާނީ ގެއްލުން ވެފައި ކަމަށް ވެސް އޭނާ ލިޔެފައި ވެއެވެ. ވީމާ ފުރަތަމަ ޕޯސްޓް މޯޓަމް ރިޕޯޓުން ރައުދާ އަމިއްލަޔަށް މަރުވިކަމަށް ނިންމީ ކޮން ފޮރެންސިކް ހެއްކެއްގެ މަޢްޗަށް ވޭތޯ އާއި މިރިޕޯޓް ޕޯސްޓް މޯޓަމް ރިޕޯޓަކަށް ވޭތޯ އާތިފް ވަނީ ސުވާލު އުފައްދާފައެވެ.

ވީމާ މަރުކަމިޝަނުގެ ތަހުގީގުން އަދި އެކޮމިޝަނުގެ އޭރުގެ ރައީސް އަދި މިހާރު ސްޕްރީމްކޯޓުގެ ފަނޑިޔާރު ކްރައިމްސީންއަށް ވެސް ނުގޮސް ރައުދާ މަރުވިގޮތެއް ސާބިތުކުރީ ކޮންހެއްކެއްގެ މައްޗަށް ބިނާކޮށްތޯ އާތިފް ސުވާލު ކޮށްފައި ވެއެވެ. ރައީސް ޞާލިހް އެކަމިޝަނަށް އަށްޔަނުކޮށްފައި ތިބީ ތަންދޮރުނުފިލާ ކުޑަކުދިންތޯ ނުވަތަ ކަންޑައެޅިގެން ހަގީގަތް އޮޅުވާލާބުހުތާން ދޮގު ވާހަކަ ދައްކާބަޔަކުތޯ އާތިފް ސުވާލު ކޮށްފައި ވެއެވެ.

އާތިފް ބުނީ ރައުދާގެ މައްސަލަ މަރު ކޮމިޝަނަށް ހުށަހެޅީ ރައުދާ ދަންޖެހުނުތޯ ބަލާކަށް ނޫނެވެ. އޭނާ މަރާލަން ބަޔަކު ފޮނުވި އިންޒާރު ހެދީވެސް ބަންގާޅު ސީއައިޑީ ފުލުހުން ކަމަށްވާތީ އަދި އެބަޔަކުތިބީ ރާއްޖޭގައި ކަމަށްވާތީ އެބަޔަކުހޯދަން ކަމަށް އާތިފް ލިޔެފައި ވެއެވެ. ނަމަވެސް މަރުކަމިޝަނުން ކުރީ އެކަމެއް ނޫންކަމަށާއި މުޅިން އޮޅުވާލީ ކަމަށް އާތިފް ބުންޏެވެ. "ރައުދާގެ ކަރުގައި ބަޔަކު ހިފައިމަރާލާފައި ހުރި އަނިޔާގެ ނިޝާންތަކަކީ އެކަމުގެ އެންމެމުހިއްމު ހެކިތަކެވެ. ރައުދާގެ ކަރުގައި ހުރިއަނިޔާގެ ނިޝާންތަކަކި އުފަން ލަފެއްނޫނެވެ. ރައުދާގެ އައިޑީކާޑު ޕާސްޕޯޓް އަދި މޮޑެލިން ފޮޓޯތައް އެއީ އެކަންސާބިތު ކުރެވޭނެހެއްކެވެ." އާތިފް ލިޔެފައި ވެއެވެ.

ރައުދާ މަރުވި ދުވަހުން ފެށިގެން އާތިފް ގެންދަނީ ރައުދާގެ މަރުގެ ތަޙްޤީޤާއި ގުޅޭ ގޮތުން ތަކުރާރުކޮށް އެތައް ފަހަރަކު ސުވާލު އުފައްދާފައެވެ. ނަމަވެސް ބަންގްލަދޭޝްގެ ފުލުހުން އެތައް ފަހަރަކު ތަކުރާރުކޮށް ކުރި ތަޙްޤީޤުތަކަށް ފަހު ނިންމާފައި ވަނީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. އެނިންމުން އާތިފް ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ހުސޭނުބޭ

  މިހާރު ދެން މައިތިރިވާން ވެއްޖެނު! ދަރިފުޅަށް ހެޔޮދުޢާކޮށްދނިއްޔާ ވާނީ ކީއް! މި ދުނިޔޭގައި އިންސާފު ނުލިބުނަސް އިންސާފު ލިބޭނެ ދުވަހެއް ހަމަ ގައިވެސް އަންނާނެ!

  88
  36
  • ޝިއާންޓޭ

   އަނިޔާކުރާކަށް އަދި އަނިޔާ އަށް ރުހިގެ ހުންނާކަށްވެސް ނޯވޭ.މޮޔަ ނުގޮވާ ކަލޭގެ ދަރިޔަކު ބަޔަކު ކަނޑައެޅިގެން މަރާލިކަމަށް އެގޭނަމަ ހަމަތިހެންތަބުނާނި.އެހެންނޫންނަމަ ރިލުވާންގެ މަންމައާ ޔާމީންގެ މަންމަވެސް ބަހެއްނުބުނެ ތިބޭނެތާ.ދެން ތިހެން ބުނަންވީނު ރަޢިސް ސޯލިހު ކައިރީގަ.ރައީސް ޔާމިނުގެވެރިކަމުގެ ދުވަސްވަރުގައޭ ޑރ.އަފުރާސީމު،ޔާމިނު ރަޝީދު ،ރިލުވާނުވެސް މެރީ ދެން މިވެރިކަމުގަ އެމައްސަލަ ނުބަލާ މަރުކަމިޝަނުވެސް އުވާލާ ބަކަރި ޝިޕްމަންޓެއް އަނެއްކަވެސް އިންޑިއާއިންގެނެސް ގުރުބާންކޮށް ރައްޔިތުންނަށް ސޮދަގާތް ކޮށްލާ އަނެއް އިންތިހާބަށް ތައްޔާރުވާށޭ.

   16
   1
 2. Anonymous

  އާތިފަށް ހަމަރަގަޅަށް އެގޭނެ ސުޢޫދު އަކީ ކާކުކަން

  51
  4
 3. އަމީ

  ސުއޫދު އަށް ސުޕްރީމްކޯޓުގެ ފަނޑީޔާރުކަން ދޭން ޖެއްސި ގޭމެއްތި މަރު ކޮމިޝައނަކީ.

  24
  4
 4. ކަބުރުބޭ

  ދެން ތިބުނަ ޑޮކްޓަރަކު ބަންގްލަދޭޝް ސަރުކަރާ ތިމައްސަ ޖައްސަންވީނު. ތީ ރާއްޖޭގަ ވީކަމެއް ނޫން. އެނޫނަސް ކޮމިޝަންގެ މެމްބަރުން ތި މަރާގުޅޭ ކަމެއް ތަހުގީގު ކުރަން ބަންގްލަދޭޝް އަށް ނުދާތާ ތިބުނާ މަރެއް މަރުވިކަންވެސް އެނގުނީ ހަމަ ޑރ. ޢާޠިފް ބުނީމަ ދޯ. އެހެންވީމާ ދެން ދރ. ޢާޠިފް ތިކަން އިންޓަރނޭޝަނަލް ކޯތް އޮފް ޖަސްޓިސް ގަ މައްސަލަޖައްސަންވީނު. ދިވެހި ސަރުކާރާ ތިކަމާ ނުބެއްސިއްޔާ ރަނގަޅުވާނީ. ޑރ.ޢާޠިފް ގެ ވަހަކައިން ނިކަންރަނަގޅަށް އެނގޭ މިހާރުވެސް ތިހުރީ ދިވެހި ސަރުކާރާ ރައީސް ޞޯލިޙް ދެކެ ނިކަން ރަނގަޅަށް ރުޅިއައިސްފަކަން. އެކަމު ތިކަން ހަމަރަނގަޅު ވާނީ ޝޭޚް ޙަސީނާ ކައިރިން ސާފުކުރިއްޔާ

  7
  14
  • ރަޝީދު

   ބަކުރުބޭ އަށް އަދި ތިޔަ އެނގުނީ މަރުގެ އެއްބައި.ރައުދާ ދަންޖެހިގެން މަރުވިކަމަށް ބުނާއިރު ރައުދާމަރުވިތާ 4 ވަނަދުވަހު ބަންލަދޭސްގެ ރާޖްޝާހިއަށް ދިވެހި ފުލުުހުންގެ ކްރައިމްބުރާންޗުގެ ޗީފް ޢޭރުގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިއާޒާއި ޗީފް އިނިް ޕެކްޓަރު އޮފް ޕޮލިސް އަހުމަދު އަލި ވަޑައިގަތްއަދި ރައުދާގެ އާއިލާއާއެކު އޭރުގެ ދިވެހި އެމްބެސެޑަރު ރައުދާގެ ހޮސްޓެލް ކްރައިމްސީން ބެއްލެވި.އަތަނުގަ ކަންހިގގޮތް އެގޭނެ.ޑރ.އަފުރާޝީމް ގެ މަރުގެ މައްސަލަ ތައްފަދަ ބޮޑެތި މައްސަލަބަލާ ދިވެހި ފުލުހަކު ރާޖްޝާހީއަށް ގޮސް އެމަރުގެ ހެކިނައްތާލަން ހުސް އަތާ ރައުދާގެ ލިގޭޗާ ސްކާފް ހިފައިގެން އެރޫޅާލަން އުޅުނުވާހަަކަ ޑރ.އާތިފްގެ ފޭސްބުކުގަ ލިއުވާފައެބަހުރި ދިވެހި ބަހުން.ދަރިޔެއްގެ މަރަކީ ސިޔާސީވާހަކައެއްނޫން.ދަރިޔަކު މަރާލި ސާބިތު ހެކިހުރީމަ އެވާހަކަދައްކާނެ.ވެރިކަން ވެސްބަދަލުވެދާނެ.ނަމަވެސް ކޮންމެވެރިއަކުއަޔަސް އިންސާފުހޯދައިދިނުން އެއީވާޖިބެއް. އެއީ އާތިފުއަށްނަމަވެސް އަދި ރިލުވާން ނުވަތަ ޔާމިނު ރަޝީދު މަންމައަށްނަމަވެސް.މާލޭގަ ބަންގްލަދޭސް ޑޮކްޓަރެއްގެ ދަރިއަކު ސިމެންތި ބަސްތާތަކެއްގެ ދަށުވެ މަރުވީމަ މަޑުންތިބިތޯ؟

   13
  • ޖަމްޝީދާ

   ތަންކޮޅެއް ޒިންމާކޮށް ކޮމެންޓުކުރޭ.ރާއްޖޭގަ ވީކަމެއް ނޫން ކަމަށް ތިޔަބުނަނީ.އަދި އެކަން އިންސާފު ހޯދަން ޕްރައިމިނިސްޓަރު ހަސީނާ އަރިއަހަށް ދާން ތިޔަބުނަނީ.ދެން އެހެންކަމަށްވާނަމަ ރައުދާދަންޖެހިގެން މަރުވިކަމަށް ވަންޔާ އެތަނަށް ދިވެހި ފުލުހުންގެ ކްރައިމްބުރާންޗުގެ 2 އިސްއޮފިސަރުން އަވަސްއަރުވައިގެން ދިޔައީީއްވެ؟އަދި ރާޖްޝާހީއަށްގޮސް އެކަމުގެ ތެރެއަށްވަދެ ހަދާ ރައުދާ މަރުގެ ހެކިނައްތަންއުޅުނީކީއްވެ؟އަދި ރައީސްގެ މަރުކަމިޝަނަށް މައްސަލަ ބަލައިގަތީކީއްވެ؟އަދި ތަހުގީގު ނިމުނުއިރު އާއިލާއާ އެރިޕޯތް ރައީސް ސޯލިހު ހިއްސާ ނުކުރައްވާކަން ޑރ.އާތިފް އެބަ ވިދާޅުވޭ!އަންތަރީސް ވާވަރުވޭ!ތެދު ފޮރުވަންބަޔަކު މަސައްކަތްކުރާނިމިހެން

   5
   1
  • ނަފީސާ

   ސާބަސް.ރިޕޯޓް ރަނގަޅަށް ކިޔާފަ ކޮމެންޓުކޮށްބަލަ.ރައުދާގެ މަރާގުޅޭގޮތުން ހިންގިތަހުީގުން ރައުދާއަށްބަޔަކު މަރުގެ އިންޒާރު ފޮނުވިކަމަށް ހޯދީވެސް ބަންގާޅު ސީއައިޑީ ފުލުހުން ކަމަށްވާތީ އަދި އެބަޔަކުތިބީ ރާއްޖޭގައި ކަމަށްވާތީ އެބަޔަކުހޯދަން ކަމަށް އާތިފް މަރުކަމިޝަނަށް މައްސަލަ ހުށަހެޅިކަމަށް އެބުނަނީ.އަދި މަރު ކަމިޝަން ކުރީއެބަޔަކު ހޯދުންނޫންކަމާ ރައުދާއަމިއްލަޔަށް މަރުވީކަމަށް ނިންމިކަމަށް އެބުނަނީ.ވީއިރު ރައުދާގެ އާއިލާގެ އިތުރުން ދިވެހި ޒިންމާދާރު ކޮންމެފަރުދަކުވެސް ކުރުން ހައްގު ސުވާލެއް އެއީ.އަދި އެގެން ޖެހޭނެމައުލުމާތެއް އެއީ.އެހެންވެރިއަކު ހުރިނަމަވެސް ޑރ.އާތިފް ކިއްތޯ ކޮންމެ ދިވެހި މަންމަޔަކާ ބައްޕައަކުވެސް އެސުވާލު ކުރާނެ.ރައުދާއަކީ ކިޔެވުމާ އެހެނިހެން ހަރަކާތް ތަކުން ރަންމެދެޑެލި ހޯދި އަޒުމްވަރުގަދަ ދިވެހިދަރިއެއް. އާތިފްގެ ތިއަމަސައްކަތް ﷲ ކާމިޔާބު ކުރައްވާށި.އާމިން

   5
   1
 5. ކަލޯ

  އިންސާފު ލިބޭނޭ ދުވަހެއް ވާނެ،
  ހަމަގާމުން ވެސް އެދުވަހަކީ އެއްވެސް ކަމެއް އޮޅުވާލެވޭނޭ ދުވަހެއް ނޫން،
  ދިރިތިބީންނައް އޮތީ ހެޔޮ ދުޢާކުރުން،

  32
 6. ފައްޔާޒު

  ހުސޭނުބޭ ބައްޕަޔަކު މަސައްކަތް ކުރަމުން އެދަނީ ދަރިޔަކައް އިންސާފު ހޯދަދެން ، އެކަމުންވެސް އެނގެނީ އެބައްފަ ދަރިފުޅުދެކެވާ ލޯބި ، އެބައްޕަ ނިމިދަންދެންވެސް އިންސާފު ހޯދަން މަސައްކަތް ކުރެވޭނެ މައިތިރިވާކައް ނުޖެހޭނެ.

  36
  6
 7. ފަސާދަ

  ތިބުނާ ކުއްޖަކު އަހަރެންނަކަށް ނޭގޭ އަދި ނުވެސްދަންނަން.
  ނަމަވެސް އެކުއްޖާއަކީ ﷲގެ ދީނުން. އިސްލާމީ މިންގަނޑުން ބޭރުނުވެ ހުރި ކުށެއްނެތް ކުއްޖަކު ކަމުގައި ވަނީނަމަ ދެރަ.

  7
  7
 8. ޜޮބަޓް

  ބަލަ ހުސޭނުބޭ ކަލޭގެ ދަރިއަކަށް އެހެންވެއްޖެނަމަ މަޑުން ހުންނާނަންތޯ؟ ފަހަރެއްގައި ފައިސާގެ ދަހިވެތި ކަމުގައި އުޅޭ މީހެއްކަމަށްވަންޏާ، އެބައެއްގެ އަތުން ފައިސާ ނަގައިގެން ހުރެދާނެ. ތި ވިސްނުމެއް އެންމެންގެ ކިބަޔަކު ނުހުންނާނެ. އާތިފު ތިކުރައްވާ މަސައްކަތަށް ހަމަ ސާބަސް!! ޔާ ﷲ އާތިފު ކުރައްވަމުން ގެންދަވާ މަސައްކަތަށް ނަޞްރު ދެއްވާނދޭވެ. އާމީން.

  27
  2
 9. ހާމިދު ޝާހިދު

  ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވާނީ! އެކަމަކު ބައްޕައަށް ޤަބޫލު ނުކުރެވޭނަމަ އެވާހަކަ ދައްކަމުންދާނެ. ޕްރޮސީޖަރ އަދި ޕްރޮޓޮކޯލް މައްސަލަތަކެއް ފާހަގަ ވެފައި ވަނީ. ބުނާކަށް ނޭންގޭ އަމިއްލެއަށްކަމެއް ނުވަތަ މީހަކު މަރާލީ ނޫންކަމެއްވެސް.
  ރާއްޖެގޭ ކުއްޖަކު ނިވާކަންކުޑަ ހެދުންތަކުގައި އިންޓަރނޭޝަނަލް މޮޑެލިންގ މެގެޒިންއެއްގެ ކަވާއަށް އަރާފައިވާއިރު، އެކަމާ ނުރުހޭ އެތައް ބަޔަކު ތިބުމަކީވެސް އެކަށީގެންވާކަމެއް. "ޓޮލަރެންސް" ދޭން ބޭނުންނުވާ ބައެއް ފަރާތްތަކުގެ ހިތްތަކަށް ޝައިތޯނީ ވަސްވާސް ލެވި މައުސޫމު މީހެއްގެ ފުރާނަވެސް ގެއްލުވާލުމަކީ އެކަށީގެންވާކަމެއް. އެކަމަކު ދެން ކިތަންމެ ވަރަކަށް މިވާހަކަ ދެއްކިނަމަވެސް، ރައުދާއެއް އެނބުރި ނާންނާނެ. އޭ..! ބައްޕާ! "ދެން ކުރެވޭނެހާވެސް ކަމަކީ، އޭނާއަށް ހެޔޮ ދުވާކުރުން. ގެފުޅަށް ހައްޖުވެ، ދުވާ ދަންނަވާ".

  26
  3
 10. ޑރ. ރާމީ ހަސަން މަނިކު ވައިނުޖެހޭގެއާގެ

  (1) އިބޫ އުފައްދާފައިވަނީ ކުޅޭކުޅޭ ކޮމިޝަން އެކެވެ. (2) މިކަމުން ވެސް އިބޫ އަކީ ރައީސް ކަންކުރާވަރުގެ ވިސްނުމެއް ހުރި މީހެއް ނޫންކަން އިނގެއެވެ. (3) މަރުކޮމިޝަން ގެ ވާހަކަ ދައްކަން އިބޫ ބޭނުންވީ އިބޫ އަށް ވޯޓު ހޯދާށެވެ. (4) ކޮމިޝަން ގައި ޑޮކްޓަރަކު ނެތެވެ. ކޮމިޓީގައި ފޮރެންސިކް އެކްސްޕާރޓް އަކު ނެތެވެ. ކޮމިޓީ ގައި ކްރައިމް އިންވެސްޓިގޭޓަރ އަކު ނެތެވެ. (5) އިބޫ ގެ ހުރިހާ ކަމެއްވެސް މިހުންނަނީ އޭނާގެ އަމިއްލަ ފައިދާ އަށެވެ. (6) އިބޫ ގެ އަމިއްލަ ފައިދާ އަށް ނޫން ގޮތަކަށް އިބޫ ކުރި ކަމެއް ދައްކަ ބަލާށެވެ. ޙުދު އަމިއްލަ ޕާޓީ ގެ ޓްރެއިޓަރ އަކަށް އިބޫ ވަނީ ވެފައެވެ. ތާރީޙުން ބެލިއަށް އަމިއްލަ އެދުން ފުދުނީމާ ޕާޓީ ގައި ކޮޅުފައިން ޖެހިމީހަކު އިބޫ ނޫނީ ނެތެވެ.

  15
  8
  • ޑރ. ރާމީ ވައިނުޖެހޭގެއާގެ

   "ޓްރައިޓަރ" ގެ މާނައަކީ ބޭވަފާތެރިޔާ އެވެ. ގެއްލުންދޭ މީހާއެވެ. އިބޫ އަކީ ޓްރެއިޓަރ އެކޭ. ޤަސްތުގައި ޕާޓީ އަށާއި، ޤައުމަށް ގެއްލުންދޭ މީހެކެވެ.

   14
   3
  • ވައި

   ރާމީ އުޅޭގެޔަށް ވައި ނުޖެހޭތީ އޮކްސިޖަން ނުލިބިގެން މޮޔަ ގޮވެނީ

   2
   4
   • ޝައްފަ

    ވައިއަށް.އެހެންވެގެންދޯމެޖޯރިޓީ ލައިކު ޖަހާފަ އެއޮތީ. ގެއަކަށްކިޔާނަމަކާ މީހާ އާއި ކޮންކަމެއް؟ އެހެންވިއްޔާ، ކެލިފޯނިއާ ކިއާ ގެއަކީ އެމެރިކާގެ ބަޔަކަށްތާވާނީ؟އިބޫ އާއިބެހޭ ހުސް ތެދުލިޔެފައޮތީމާ ބުނާނެއެއްޗެއްނޭންގުނު ފާޑުޖަހަނީ.

   • އަޙްމަދު މުޙައްމަދު އދ ތޮއްޑޫ

    11މީހުން ލައިކް-ޖެހީމާ ހިތަށްތަދުވީތަ ކޮއްކޯ؟ބަލަގަ ގެއަކަށްކިޔާ ނަމެއްއެއީ. ދުނިޔެއަށް ލޯ ހުޅުވިބަލަ.

 11. Anonymous

  ބޮޑުވެ ފުރާވަރަށް އަރާފަހުރި ، އިންސާނީ ޚިދުމަތަށް ނުކުންނަށް ތައްޔާރުވަމުން ދިޔަ އަންހެން ދަރިފުޅުކަށް މިފަދަ ކަމެއް ދިމާވުމަކީ މައިންބަފައިންނަށް ފުންއަސަރު ތަކެއް ކުރުވާނެކަމެއް. ޚާއްޞަކޮށް މައިލަގޮނޑިއަށް ކެތްކުރަން ދަތިވާނެ ކަމެއް. ޔާﷲ ރަޢުދާގެ ފާފަތައް ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ލޮބުވެތި މައިންބަފައިންނަށް ކެތްތެރިކަން މިންވަރު ކުރައްވާނދޭވެ. އާމީން.