އެމްއެމްޕީއާރުސީ ބޮޑު ހިނާޔާތުގެ މޭސްތެރިޔާގެ ގޮތުގައި ތުހުމަތު ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަމިއްލަފުޅު ފޯނުގައިވާ 70،000 އެއްހާ ޓެކްސްޓް މެސެޖްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އެ މެސެޖްތަކުން އެކަނި ގިނަ ބަޔަކަށް ދައުވާ އުފުލޭނެ ހެކި ހިމެނޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ބިލަށް މެންބަރުން ބަހުސް ކުރެއްވިއިރު ގިނަ މެންބަރުން ފާހަގަކުރައްވަމުން ގެންދެވީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ލަސްވަމުން ދިއުމެވެ.

އާންމު ގޮތެއްގައި އެއް މެންބަރަކު ވާހަކަ ދައްކަވައި ނިންމެވުމުން އިތުރު މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން ވަރަށް ސާފުކޮށް އެނގެން އޮތް އިރުގައި ވެސް ދައުވާ ނުއުފުލި މައްސަލަ ލަސްވާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެމްއެމްޕިއާރުސީގެ މައްސަލާގައި ހިމެނޭ މީހުން ސާފުކޮށް އެނގޭ އިރުގައި އެ ކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަދި ފުލުސް އޮފީހުން ވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް، އެއްވެސް ދައުވާއެއް ނުއުފުލައި، މިއީ އަޅުގަނޑަށް ވެސް ވަރަށް ބޮޑަށް ހުއްޓުން އަރާ ކަމެއް." ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަދީބުގެ ފޯނުގައި 70،000 އެއްހާ މެސެޖްތައް މަޖިލީހަށާއި ކަމާ ބެހޭ އިދާރާތަކަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ކަމަށެވެ. ބައިނަލް އަގްވާމީ ނޫސް އެޖެންސީ، އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓް "ސްޓީލިން ޕެރެޑައިޒް" ގައި އަދީބުގެ ފޯނުގައިވާ ބައެއް މެސެޖްތައް ދައްކާފައިވެއެވެ.

އަދީބުގެ ފޯނުގައިވާ ޓެކްސްޓް މެސެޖްތަކުންނާއި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް ކްރިމިނަލް ކޯޓުގައި ހިނގި ޝަރީއަތުގެ އަޑުއެހުންތަކުގައި ކުށަށް އިއުތިރާފް ވަމުން އަދީބު ދެއްކި ވާހަކަތަކުންނާއި މެސެޖްތަކުގައިވާ ވާހަކައާއި ޝަރީއަތުގައި ދެއްކި ވަހަކައިން އެކަނި ދައުވާ އުފުލޭނެ ބަޔަކު ހޯދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"[އަދީބުގެ އިއުތިރާފް] އެ ވާހަކަތަކާއި [އަދީބު ފޯނުގައިވާ] މި ޓެކްސްޓްތަކާއި ހުރި ގުޅުން ވެސް ވަރަށް ސާފު. ތަހުގީގީ މާހިރަކަށް ވާކަށް ވެސް ނުޖެހޭ. ގާނުނީ މާހިރަކަށް ވެސް ވާކަށް ނުޖެހޭ. މިހާ ސާފުކޮށް އޮތް ކަމެއްގައި،" ކަމާބެހޭ މުއައްސާތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއްގައި އަދީބު ވިދާޅުވި ގޮތުގައި އެމްއެމްޕިއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ހޭދަކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދަށެވެ. މި ގޮތުން އެ ފައިސާ ހޭދަކުރީ ރައްޔިތުންގެ މަޖިލީހުން ވަކި ކަންކަމެއް ފާސް ކުރުމަށާއި ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މި ގޮތުން ބައެއް ފަނޑިޔާރުންނަށާއި، ކުރީގެ ބައެއް ރައީސުންނާއި، މިނިވަން މުއައްސާސަތަކުގެ އޭރުގެ ވެރިންނަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ފައިސާ ބެހި ކަމަށް އަދީބު ވިދާޅުވިއެވެ. ހިޔާނާތުގެ ފައިސާއިން ފައިދާ ނުލިބޭ ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 500 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އެކުލަވާލާފފައިވާއިރު، އެ ތަހުގީގު މިހާރު ހިނގަނީ އޭސީސީއާއި ފުލުހުންނާއި ޕީޖީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކޮމިޝަން ގުޅިގެންނެވެ.

ފައިސާ ލިބި ފައިދާ ނަގައި ހިޔާނާތުގައި ބައިވެރިވި ކަން ސާބިތުވާ މިންވަރަށް ހެކި ލިބި ދައުވާ އުފުލޭ މަރުހަލާއަށް ދިއުމުން ފަހަރަކު ނަމެއް ހާމަ ކުރާނެ ކަމަށް އިދާރާތަކުން ބުނެފައިވެއެވެ. އެކަމަކު މިހާތަނަށް ދައުވާ އުފުލުނީ ޔާމީނާއި އަދީބާއި އަބްދުﷲ ޒިޔަތަށެވެ. ހުކުމް ކުރީ ޔަމީނާއި އަދީބަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އިބޫ

  އިންޑިއާއެކު ހެދި ޑީލް އޮއްބާލަން އަނެއްކާ އެމް.އެން.ޕީ.އާރު.ސީ އަތުވެއްޖެ!

  59
  3
 2. ކަނބާ

  ތިޔަ 70000މެސެޖަކީ ކަލެޔާ އަދީބާ ދެމީހުންވެގެން ތައްޔާރުކުރި މެސެޖްތަކެއްނު. އެހެންވީ އޭގައި ހުންނާނީ ހަމައެކަނި ކަލޭ ބޭނުންވާ ބަޔަކު ކުށްވެރިވާ ގޮތަށް ހުރި މެސެޖެވެ.

  15
  1
 3. ބެއްޔާ

  އަދީބަކީ ނަޝީދުއެޅުވި ފަންޏެއްކަމަށް އަމިއްލަފުޅަށް ވިދާޅުވި. އަދީބު ކުށްވެރި ވަންޏާ ނަޝީދުވެސް ވާންޖެހޭ. ޕޮލިހުންނާއި އޭސީސީ ޕީޖީ ހިމޭނުންތިބީތީ އަޅުގަނޑުވެސް މިހިރީ ހުއްޓުންއަރާފަ. ތިކަން ކުރިޔަށް ނުގެންދެވިގެން އުޅެނީ ތިފައިސާގަ ގިނައިން ޖެހިފަތިބީ މިސަރުކާރުގެ އެންމެ އިސްވެރިޔާއާއި ދެންޖެހުނ ވެރިޔާއި މަޖްލިސްގިނަ މެމްބަރުން. އެހެންވެ މިނިވަން މުއައްސަސާ ފްރީޒްވެފަ އެތިބީ.

  14
 4. ޒުއްބަ

  މަނިކުފާނަށް އަދީބުގެ ފޯނު ލިބުނީ ކިހިނެތް؟ އެ ފޯނު ހޯދީ ކިހިނެތް؟ މަނިކުފާނާއި އަދީބު އާއި އޮތީ ކޮން ގުޅުމެއް؟ އަދީބު ބައިވެރި ކޮށްގެން އެމްޔޫއޯގެ ނަމުގައި އިނގިރޭސި ވިލާތުގައި ސިޔާސީ ހަރަކާތް ހިންގުމުގައި މަނިކުފާނާއި އޮތީ ކޮންގުޅުމެއް؟ މަނިކުފާނާއި އަދީބާއި އެކު ވެވުނީ ކޮން މަޝްވަރާތަކެއް؟ އަދި 2018 ގެ އިންތީޚާބަށް އަދީބު ވެދިނީ ކޮން އެހީއެއް؟ ދިނީ ކޯޗެއް؟

  އަގަފުޅު ނުހުޅުވާ އިންނަވާ. ދުވާނީ އަނގަވަސް އެކަންޏެއް ނޫން. ދުވާނި ވަގުވަސް، މަކަރުވަސް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފައިސާ ވަސް. ހަޤީޤަތް އެނގޭ މީހުން ދުނިޔޭގައި އެބަތިބި!!!

  59
  4
 5. ބުޅާގެންގުޅޭ ނާއިފް

  މަގޭ ފޯނުނަމްބަރުން ކަލޭ ބޭނުންވާ މީހަކަށް ބޭނުންގޮތަކަށް ކަލޭގެ ފޯނުން މެސެޖްތައް ފޮނުވުމުގެ ޤާބިލުކަން މިއަދުގެ ޓެކްނޮލޮޖީ ވަނީ ހޯދާދީފަ! އެ މެސެޖް ކަލޭގެ ފޯނުން ފޮނުވިޔަސް މެސެޖް ޑެލިވަރވާނީ މަގޭ ނަމްބަރުން ފޮނުވި މެސެޖެއްގެ ގޮތުގައި! ވީމާ ފޯނަކުން ފޮނުވާފައިހުރި މެސެޖްތަކަކަށް ބަލައިގެން ކުށް ސާބިތުކުރުމަކީ މި ޒަމާނުގައި އަންދާ ޤާނޫނު! މިވަރު ނޭގޭ ބީތާއިން މިތިބެނީ.

  55
  4
 6. ކަނަމަނަ

  ބަލަމިހިރަގާމާރާ ޝަރީއަތައް މައްސަލައެއްގެ ކުއްސާބިތުކުރަން ހުސްއެކަނި ޓެކުސްޓް މެސެޖެއްނުފުދޭ އެހެންވެ އަހަރުމެން އަބަދު މިބުނަނީ ހިދުކޮޅުގައޭ ތިއިންނަވަނީ

  43
  2
 7. ޜޮބަޓް

  ސާބަހޭ! އަވަސް ކުރައްވާ!! ކޮންބޭފުޅަކަށް ތޯ؟ ތިޔަ މަޑުކުރައްވަނީ!! ތި މެސެޖުތައް ބަލާލާ ކިޔާލާ ހަދަން ރައްޔިތުން ތިބީ ކެތްމަދުވެފައި!! ދެން ފަހުން ނުބުނުއްވައްޗޭ 70 ހާސް މެސެޖެއް ނޫނޭ!! މާހައުލެއްނެތޭ!! އެއްކަލަ ރިޔާޒު އަށާއި އިމްރާންއަށް އަދިވެސް އެއުޅެނީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ލިބިފައި ހުރި މައުލޫމާތުތައް ހާމަ ކުރާނެ "ޕްލެޓް ފޯރމް" އެއް ނުލިބިގެން!!!!!!!

  50
 8. އަލީމޫސާ

  ދޮގުހެދުމާއި ، މަކަރުވެރިކަމުން ފުރިގެން ވާމީހުންނަށް ވެސް ދުވަހެއް އޮއްނާނެ. އަބަދަކު ހަމަހެއިން ނެއްޓިފަ ތިބެވޭނެ ކަމަށް ހީކުރުމަކީ އެއުޅޭ ދޮންމީހުންވެސް ގަބޫލުކުރާކަމެއްތަ؟

  47
  2
 9. Anonymous

  ބަލަ ނަޝީދޫ ތިބޭފުޅާއެއްނޫންތޯ ވިދާޅުވީ އަދީބަކީ އެސަރުކާރު ގައި ތިމަންނަ އެޅުވި ފަންޏެކޭ.
  އެހެންވީމާ ނަޝީދުއަށްވެސް ފިޔަވަޅު އަޅަން އެބަޖެހޭނޫންތޯ. އިސްލާމްދީނުގައި ފިތުނަފަސާދައަށް މަގުފަހިވާ ކަންކަން ހުއްދަ ނުވާނެ

  10
 10. މުނައްވަރު

  ޕީޖީއެސް ބުންޔޭ ތިކަހަލަ އެއްޗެއް 800އަހަރު ޖަލުގަ ހުންނަވަރަށް ހެކި ހުރިވާހަކަ

  11
 11. ޑައެލޯގް

  އެންމެ ފުރަތަމަ ހައްޔަރުކުރަންޖެހޭނީ ކަލޯއެވެ. އެއީ ކަލޯބުނީ ތިމަންނާއަށް އެގެޔޭ އަދީބަކީ ފަންޏެއްކަމާއި އަދީބުރުރާނެކަންކަން، ވީއިރު އެފަދަ ބޮޑުވައްކަމެއް ކުރުމަށް އެތައްޔާރުކުރިމީހާ ކުއްވެރިނުވާންވި ސަބަބެއްނެތެވެ. މިކަން އީސަލައްވާ ކުރުވަން ބައިވެރިވިކަމަށް އަމިއްލައަށް އެއްބަސްވެފައިވާ މީހަކު މިނިވަންކަމާއެކު އުޅޭތީ މިސަރުކާރުގެ އިންސާފުހާމަވެއެވެ.

  23
 12. ޑރ.މުހައްމަދު އާތިފު

  ރަޢިށް ނަޝީދު ތިޔަވިދާޅުވަނީ "[އަދީބުގެ އިއުތިރާފް] ވާހަކަތަކާއި [އަދީބު ފޯނުގައިވާ] ޓެކްސްޓްތަކާއި ހުރި ގުޅުން ވެސް ވަރަށް ސާފު. ތަހުގީގީ މާހިރަކަށް ވާކަށް ވެސް ނުޖެހޭ. ގާނުނީ މާހިރަކަށް ވެސް ވާކަށް ނުޖެހޭ. މިހާ ސާފުކޮށް އޮތް ކަމެއްގައި،"....ހަމަތިޔަގޮތަށް އަހަރެންގެ ދަރިފުޅު ރައުދާގެ މަރާގޫޅޭގޮތުން ބަންގާޅު ސީއއައިޑީން ހޯދި މަރުގެ އިންޒާރުތައްކަމަށްބުނާ މެޗެޖުތައްވެސްވާނީ މަރުކަމިޝަނަށް ހުށަހަޅާފަ.އަދި އޭރު ކަމިޝަނުގެ ރައީސް ހުސްނުސޫދު އަހަރެން އަދި އާއިލާގެ އެހެންމެމްބަރަކު ކަމިޝަނަށް ހާޒިރުކޮށްބުނި ރައުދާއަށް އިންޒާރު ފޮނުވިމީހުން ހޯދުނުކަމަށް އަދި އެއީ ކިތަންމެ ބާރުގަދަ ބަޔަކަސް އެކަންތަހުގީގުކޮށް އެމީހުންނާމެދު ފިޔަވަޅުއަޅާނެކަމަށް.ރައުދާ މަރާލާފަ ހުރިކަމުގެ ފޮރެންސިކް ހެކި އެބަހުރި.ދެން ކީއްވެތޯ މަރުކަމިޝަނުން ކުއްލިއަކަށް އޮޅުވާލީ.އަދީބުގެ ފައިސާގެ ހިޔާނާތާއި އެފައިސާޖެހުނު މީހުން އެނގޭ.މިޙާރު އޮތީ ޢެމްޑީޕީ މެޖޯރިޓީސަރުކާރެއް ތިކަންވެސް ބުނެދޭން އެނގޭނީ ތިޔަ ޕާޓީއާއި މިސަރުކާރުގެ ވެރިންނަށް

 13. ލައިލާ

  އެކަމު އަދީބު ގޭގެ. ސަދޫމް އިންސާފް

  11
 14. ސަރަގު

  ކޯޓްތަކަަށް ބަލައިގަންނާނީ ގާނޫނީ އިމުގެ ތެރެއިން ހޯދާ ހެކިކަން ނޭގޭ މީހަކު ޖޭއެސް ސީގެ ބައްދާގެން ރައީސް ހެދިފައި ކޯޓްތަކާއި ގާސީންގެ ކަންކަން ބަލަން ބައިންދަން ހެޔޮނުވާނު. ކަނޑުފަޅުގެ ޑިގްރީއެއް ގަނެގެން އައިސް ރޯނު އެދުރު ހެދިގަނެގެން ހުރިހާ ތަނަކަށް ދަނޑިބާނާގެން އުޅެނިކޮށް އަމިއްލަ ބިސްހާލި ވެސް އެވަނީ އެދަނޑިން ޖެހި ތަޅާގެން ގޮސްފައެއްނުތޯ

 15. އަބްދޫ

  ނަސީދަކީ ދަންނަ ނުދަންނަ އެދުރެއް އެގޭކަމެއް ނޭގޭކަމެއް ނޯންނާނެ.ހުރިގޮތަށްހުރި ރޯނު އެދުރެއް. ގާނޫނުއަސާސީ ބުނާގޮތުން ނަސީދު ހުށަހެޅުްވި އެސްއެމްއެސް ވަނީ ގައިރު ގާނޫނީ އެއްޗަކަށް މީހުންގެ ޒާތީ މުއާމަލާތް ބެލުމާ އަޑުއެހުމާ މިކަންކަމުންވައްކަން ކުރުމަކީ ކުށެއް. އެފަދަ ތަކެތި ހެކީގެ ގޮތުގަ ގަބޫލު ނުކުރެވޭނެ.

 16. ސިއްތި

  މިހާރު އަދީބުގެ ހެކިބަސް ޤަބޫލުކުރުމުން އިންސާފެއްނެތި އަދީބު ވަގު ހަދާދޮގުތަކަށް އިތުބާރެއް ކުރެވޭކަންނެތް އެއީ ބޮޑު ދޮގު މަކަރުވެރިއެއް

 17. އަބްދޫ

  ނަސީދު ގެ ބައްޕައާ ޅިޔަނު މައިޓް ކުންފުނީގެ މަގާމެއްގަ ބިބެމް އެ ކުންފުނި ހުލިވި އިރު ޅިޔަނާ ބައްޕަ މަހުޖަނުންނަށް ވުނަކީ ނުހައްގު މުއްސަނދިކަން ހޯދުނީކަމަށް ބެލުމުގަ ޖަގަ ނެތްބާ؟ ނަސިދުގެ ބައްޕަ މައިތްކުންފުނީގެ ފައިސާއަސް ހިޔާނަތްތެރިވަިކަމަށް ސާބިތުވެ އަދަބު ކަނޑައެޅުމުންއެސް އެފައިސާނުދައްކައިގެން އިފްލަސްކުރީ އިފްލާސް ނިމުމުން ދެޅިޔަނުންވެގެން ވިޔަފަރި ކުރިމަ ހައްގު މުއްދަނދިކަން ލިބުނީކަމަށް ވާނެތަ ؟ އެއި ވެސް ނުހައްގު މުއަސަނދިކަން . މިހާރު ވެސް ތަހުގީގު ކޮށް ތިޔަ ހަދާގާނޫނުމންއަދަބު ކަނޑައެޅެންވާނެ. މަޖީދިއްޔާ ގުރޭޑް 8 ކުން ނަސިދު ވަކިކުރުމުން ލަންކާގަ ބަހައްޓައިގެ ނުހައްގު މުއްސަނދިކަމުން ހަތަދުކުރީމް ނުހައގު މުއްސަނދިކަމުގެ މަންފަ ނަސިދަށް ނުލިބޭކަމަށް ވާނެތަ ؟

  5
  1
 18. ގޯނިބޭ ސަންތި މަރިޔަބު

  މައިޓް ކުންފުނި ކިޔާ ކުންފުންޏެއްގެ އަޑު ދިވެހިތާރީޚުގައި ފަނޑު ނުވާނެއެވެ. އެކުންފުނީގެ މަޤާމެއްގައި މުޙައްމަދު ނަޝީދުގެ ބައްޕާފުޅާއި ޅިޔަންބޭބެ ތިބިއިރު އެކުންފުނީގެ ފައިސާ އަށް ވީނުވީގޮތެއް ނޭގި އެކުންފުނި ބަގުރޫޓްކޮށް ބައްޕާފުޅާއި ޅިންބޭބެ މުއްސަނދި މަހުޖަނުންނަށް ވީގޮތް ދިވެހިރައްޔިތުން ވަރަށް ސާފުކޮށް ދަންނާނެއެވެ.
  އެހެންކަމާއެކު، އެޢަމަލަކީ ނުޙައްޤު މުއްސަނދިކަން ހޯދުނީ ކަމަށް ބެލެވެން އޮތް ކަމެކެވެ.

  މައިޓް ކުންފުނީގެ ފައިސާއަށް މުޙައްމަދު ނަޝީދުގެ ބައްޕާފުޅު ގ. ކެނެރީގެ ޢަބްދުއްސައްތާރު ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ ބައްޕާފުޅުގެ މައްޗަށް އަދަބު ކަނޑައެޅުމުން ވެސް ޙުކުމާއި އެއްގޮތަށް އެފައިސާ ނުދައްކަވައި ކޯޓްގެ ޙުކުމަށް ގޮންޖައްސަވައި އެންމެފަހުން އެފައިސާ އަދާނުކުރައްވައިގެން ކޯޓުން ދަރަނިވެރިޔާ އިފްލާސް ކުރި ހަނދާން އެއީ ދާދި އިހަކަށްދުވަހު ހިނގައިދިޔަ ކަމެކެވެ. އަދި ދިވެހިރައްޔިތުން ހިތަކުން މައިޓް ކުންފުންޏަށް ވީގޮތް ފިލައިގެން ނުދޭ ނޫންތޯއެވެ.

  ބައްޕާފުޅުގެ ޙުކުމް އިފްލާސްކޮށް ނިމުނު ތަނާހެން ބައްޕާފުޅާއި ޅިޔަން ބޭބެ އަނެއްކާވެސް މައިޓްކުންފުނި ދަވާލައިގެން ނެންގެވި ފައިސާއިން ވިޔަފާރި ކުރަން ފެށީމާ އެވިޔަފާރިއަކީ ނުޙައްޤު މުއްސަނދި ކަމުން ހޯދި ފައިސާއިން ފެށްޓެވި ވިޔަފާރިއެއްކަމަށް ބެލެވެން އެބައޮތެވެ.

  މުޙައްމަދު ނަޝީދު މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަން ހުއްޓާ މަޖީދިއްޔާ ސްކޫލުން ވަކިކުރުމާއި ގުޅިގެން ސްރީލަންކާގެ ބަހައްޓައިގެން ކިޔަވައިދޭން ޚަރަދު ކުރި ފައިސާއަކީ މައިޓްކުންފުނީގެ ފައިސާއިންކަން އެއްވެސް ޝައްކެތްނެތް މިންވަރަށް ދިވެހިރައްޔިތުން ޤަބޫލު ކުރާއިރު، ނުޙައްޤު މުއްސަނދި ކަމުގެ ޙަޤީޤީ ލާބައާއި މަންފަޢަ މުޙައްމަދު ނަޝީދު އަށް ލިބިވަޑައި ނުގަންނަވާ ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަން ބެލުމުގެ ޖާގަ އެބައޮތެވެ.

  ދެންފަހެ،

  ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނުޙައްޤު މުއްސަނދިކަމަކީ ކުށެއް ކަމަށް ކަނޑައަޅަން ޤާނޫނުލް ޢުޤޫބާތަށް އިޞްލާޙު ގެންނަން މާވަށު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛު މޫސާ ސިރާޖު ހުށަހެޅުއްވި ބިލު ޤާނޫނަކަށްވުމާއެކު:-
  މައިޓް ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ވެސް ބެލެން އެބަޖެހޭ ދެއްތޯއެވެ؟