ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ އަށް މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުއެހުން ފަސްކުރީ ޔައުގޫބުގެ ފަރާތުން އެގޮތަށް އެދިވަޑައިގަތުމުންނެވެ. މިހާރު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އަޑުއެހުން ފަށާށެވެ.

ޔައުގޫބު މެންބަރު މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ޔަޢުޤޫބު އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އެ މަޤާމުން ފަހުން އޭނާ އިސްތިއުފާދެއްވިއެވެ. ނަމަވެސް މަޤާމާ ހަވާލުވެވަޑައިގެން މަޤާމުގެ ފަތްކޮޅާވެސް ޔަޢުޤޫބު ހަވާލުވެވަޑައިގަތެވެ.

ޔައުގޫބުގެ މެންބަރުކަމާއި މެދު ބައެއް ވަކީލުން ސުވާލު އުފައްދަން ފެށުމުން ޔައުގޫބު ވިދާޅުވީ ވަކީލުންނާއި ވާހަކަ ދެއްކެވުމުން އެކި ހިޔާލުތައް ލިބިވަޑައިގެންނެވި ކަމަށާއި އެގޮތުން އެ މަގާމުގައި އޭނާ އަށް ހުރެވިދާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވިއިރު އެ މަގާމުގައި އޭނާ އަށް ނުހުންނެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި އޭނާ ގަބޫލުކުރާ ގޮތުގައި އެ މަގާމުގައި ނުހުރެވޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ނަމަވެސް ލަފާ ދެއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން އެ އިދާރާއިން ވަކިވާން ނިންމެވީ ކަމަށެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ފުރަތަމަ ޝެޑިއުލްކުރީ އަންނަ ބުރާސްފަތި ދުވަހަށެވެ.

މިއީ 19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމާއި މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ. ނަމަވެސް އެންމެ ފަހުން ނިމިގެން ދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ ވަރަށް ގިނަ މެންބަރުންގެ މެންބަރުކަމާއި މެދު ސުވާލު އުފައްދައި ބައެއް މެންބަރުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް ވެސް ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބެއްޔާ

    މިދައުރު ނިމެންދެން ފަސްކޮށްލާ.

  2. ތުއްޓޭ

    ޔައުޤޫބުއެވެ! މަނިކުފާނު އިންތިޚާބުކުރީ ރައްޔިތުންގެ ވޯޓަކުންނއެވެ. މަނިކުފާނޫ މަޤާމުން ދުރުކުރެވެން ޖެހޭނީ ހަމައެކަނި ރިކޯލް ވޯޓަކުން ރައްޔިތުން ގޮތް ނިއްމައިގެންނެވެ. ނަމަވެސް ރިކޯލް ވޯޓުގެ ފުރުސަތު ރައްޔިތުންނަށް ނުދީ ބާއްވައިގެން ސިޔާސީ މީހުން އުޅެނީ މަނިކުފާނަށް މިހާރު ބުލީކުރަމުން މިދާ މީހުން ޙާސިލު ކުރަން އެއުޅޭ ނަތީޖާ ޙާސިލުކުރުމުގެ ނިޔަތުގައެވެ. އެއީ ބިރުދެއްކުމާއި ބުލީކުރުމުގެ ސިލްސިލާ އުކުޅު ބޭނުންކޮށްގެން މަނިކުފާނު ކަހަލަ އުސޫލުތަކާއި ހަމައިގައި ހިފަހައްޓައިގެން މަޖިލީހުގައި އޮޕަރޭޓް ކުރާ މެމްބަރުން ބަލިކަށި ކޮށްލައިގެން އަޅުވެތިކުރުމެވެ. ދަށުނުވާށެވެ، ޡަމީރު ވިއްކާނުލާށެވެ! އަޅުވެތިނުވާށެވެ! މަޤާމުން ދުރުކުރިޔަސް ދޫނުދެއްވާ ދެވަނަ ބުރަށް ވެސް އިންތީޚާބުގައި ބައިވެރިވެ ކާމިޔާބު ދައްކާށެވެ. އިތުރަށް އިންތިޚާބުގައި ބައިވެރި ނުވެވޭގޮތަށް ހަދައިފި ނަމަ ދެންވެސް ކުރަންޖެހޭ ކަނކަން ކުރާށެވެ. ދޫ ނުދޭށެވެ! މަނިކުފާނު ފަދަ އަތޮޅުތަކަށް ނިސްބަތްވާ ތައުލީމީ، ޡަމީރު މިނިވަން، ލީޑާޝިޕް ކޮލިޓީ ހުންނަ ނޫކަށި ޒުވާން ލީޑަރުން މަޖިލީހުން ބޭރުކުރުން އެއީ މިބައި މީހުންގެ ސިޔާސަތެވެ. ދޫނުދޭށެވެ! ޡަމީރު ވިއްކާ ނުލައްޗެވެ!

    1
    5
  3. ޓިނު ވަގު

    ދައުރު ނިމެންދެން ވެސް ފަސްކޮށްބަލަ...

  4. ހުސޭނުބޭ

    ހުކުމް ތައްޔާރުކޮށްފައި ފޮނުވަންދެން ލަސްކުރުން މަޖުބޫރުވާނެ! އެހެންނޫނީ އެކިމީހުން ވަކިވަކިން ފޮޅާލާނެ!

  5. ހުވަދު އަތޮޅުން : ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙުމަދު އާބެ

    މާތްﷲ ވެ ވާގިފުޅާއެކު ތިޔަ ޙުކުމް ނިމޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް ދާންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ކަމުގެ ގޮނޑި ގެއްލިގެންނެވެ. ރައީސް ޔާމީނުގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓްގެ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާޢީދުކޮށް ޙުކުމް ކުރި ބީދައިންނެވެ. ޔަޢުޤޫބު ޢަބްދުﷲ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ޙަވާލުވެވަޑައިގެން މަޤާމުގެ ފަތްކޮޅާވެސް ޙަވާލުވެ ވަޑައިގެންފަހުން، ދިވެހިރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލުން ދާންދޫ ދާއިރާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމާއިމެދު ސުވާލު އުފައްދަން ފެށުމުން އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ މަޤާމް ދޫކޮށްލެއްވީ ވެސް މާޔޫސްވެ ގޮތްހުސްވެގެންނެވެ.

  6. ސިއްތި

    ބަލަންތިބޭ މި ސަރުކާރުން މި މައްސަލަ މި ފަސްއަހަރު ނިމެންދެން ފަސްނުކުރާނެބާ މަކަރާ ހީލަތުގެ ސަރުކާރު

  7. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

    މީގެ 1 އަހަރު ދުވަސް ކުރިން ވަގުތު ނޫހުގައި 19 ޖޫން 2019 ގައި ލިޔެފައިވާ ޚަބަރެއްގައި ދާންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެފައިވާ ޢިބާރާތް މިއަދު ކިޔުންތެރިން ހަނދާން ކުރަމާތޯއެވެ.

    އާދޭހެވެ! އެޢިބާރާތަކީ "އަޅުގަނޑު ރާއްޖޭގެ އެއްވެސް ފަނޑިޔާރު ގެއަކަށް އިޙްތިރާމެއް ނުކުރަން - ޔައުޤޫބު" މިޞުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރެވެ. ޔަޤޫބު ޢަބްދުﷲ އެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނެއޭ ބުނެ އުޅެއެވެ. ޤާނޫނުގެ ދިގު އަތް އަރާ ހަމަކުރާނެއެވެ. ޤާނޫނަށްވުރެ މަތީގައި ހަމަ އެކަކަށްވެސް ނުހުރެވޭނެއެވެ. ވަގުތު އައިސް ޖެހުނީއެވެ.

    21 އޮކްޓޯބަރ 2020 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތަށް ދެމެން މިއޮތީ ވަގުތު ކުޑަތަންވެފައެވެ. އެކިމީސްމީހުންގެ އަތުން ނުޙައްޤުން ހޯއްދެވި ހުރިހާ ފައިސާތައް ޤާނޫނީ ވަކީލުންނަށް ޚަރަދު ކުރަން ހުންނަވާށެވެ! ގަދަބަސް ވިދާޅުވެ އަދިވެސް ހުންނަވާށެވެ!

  8. ޏ. ފުވައްމުލަކުން: ބެއްޔާގެ ބެއްޔާ

    * ޔަޢުޤޫބޭ ތިޔަ އޮތީ ގުއިރޯނުގައި ޖެހިފަ. ދެން ކޮންމެހެން ބޯދަމައިގަންނަން ވެގެން ސަރުކާރުގެ މަތީފަޑީގެ ވެރިންނަށް ވައިޖަހައިގެން ތެތްގޯނި މަހަން އުޅޭނެ ކަމެއް ނެތް. ތިޔައީ ޔައުޤޫބުގެ ކަޑުކޮސްކަން.
    * ކިޔަވައިގެން ހުރިކަމަށް ދައްކައިގެން ތިޔަ އުޅޭއިރު އެއްވެސް ޙިކުމަތެއް ނެތް ފުޅިމަދު އުނގުރިއެއްކަމާއި ބޮލެއް ނެތް ބަރުބޮލެއްކަން މިހާރު ދާންދޫ ދާއިރާގެ ރައްޔިތުންނަށް އެނގިއްޖެ.
    * މުޅި ދާންދޫ ދާއިރާއަށާއި މުޅި ދިވެހި ޤައުމަށާއި ބައިނަލް އަޤްވާމީ މުޖުތަމަޢުއަށް ވެސް މިހާރު ހުރި ބޮޑު ލަދަކަށް ވެއްޖެ ޔައުޤޫބުގެ ތިޔަ ހުތުރު ޢަމަލުން. އިރާދަކުރެއްވިއްޔާ ދެން ދާންދޫ ދާއިރާގެ ގޮނޑިއަށް އަލްވަދާޢު ކިޔާލާ!
    * ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓް މިހާރު އެއޮތީ ތިޔަ ގޮނޑީގެ މައްސަލައަށް ފިސާރި ތައްޔާރުވެފައި.