އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމުގެ ކުށަށް އިއުތިރާފްވެ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) މިއަދު ވިދާޅުވެއްޖެއެވެ.
މނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އަހުމަދު ހަލީމް ވިދާޅުވީ ދައުލަތަށް އެއްބާރުލުންދީ ހުރިހާ މައުލޫމާތެއް ހާމަ ކުރާ ގޮތަށް އަދީބު ތައްޔާރު ވުމަކީ މައްސަލަ ތަހުގީގު ކުރުމުގައި މި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިންގެ ގޮތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ އަދީބާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލި ޖަލު ހުކުމްތަކުގައި ތިބުމާ ހަމައަށް މައްސަލަ ގެންދެވުމަކީ ވެސް މުހިއްމު ފިޔަވަަޅެއް ކަމަށް އަހުމަދު ހަލީމް ވިދާޅުވިއެވެ.
"މިއަދު އަދީބު އެ ކުރައްވާ ކަމަކީ ގައުމީ މަސައްކަތެއް. އަދީބު ގޭގައި ބަހައްޓައިގެން އަދީބަށް ބޭސްފަރުވާ ދީގެން ވެސް އަދީބުގެ ފުރާނަ ސަލާމަތް ކޮށްގެން އަދީބުގެ ފަރާތުން ހުރިހާ މައުލޫމާތެއް ހޯދަން ޖެހޭ. އެމަނިކުފާނު ހުރީ މި ރާއްޖެއަށް ޓަކައި އެ ހުރިހާ ކަމެއް ހާމަ ކުރަން." ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުންނާއި އަދީބުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ބައިވެރިން ހޯދައި އެ ބައިވެރިންނަށް ވެސް ދައުވާ އުފުލި އަދަބު ދެވިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ސިއްހީ ހާލަތަށް ރިއާޔަތްކޮށް އަދީބު ގޭބަންދުގައި ހުންނެވިއިރު މި މަހުގެ ކުރީކޮޅު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފް ވުމުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން 20 އަހަރު ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއްގެ ހުކުމް އިއްވިއެވެ. އަދީބުގެ މައްޗަށް އިއްވުނު ހުކުމް ލުއި ވެގެން ދިޔައީ ކުށަށް އިއުތިރާފްވެ، ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ދައުލަތާއެކު އެއްބަސްވުމެއް ގާއިމް ކުރުމުންނެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގައި އަދީބު ވިދާޅުވި ގޮތުގައި އެއެމްޕީއާރުސީ މެެދިވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ބޭނުން ކުރަމުން ދިޔައީ ޔާމީންގެ އިޝާދުގެ ދަށުންނެވެ. އަދި މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި ކޯޓުތަކުން ވަކި ގޮތަކަށް ޝަރުއީ ހުކުމްތައް ނެރުމަށް އެ ފައިސާ ބޭނުން ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ފަނޑިޔާރުންނަށާއި، ކުރީގެ ބައެއް ރައީސުންނަށާއި، މިނިވަން މުއައްސަސާތަކުގައި ތިބި އޭރުގެ ބައެއް ވެރިންނަށާއި، މަޖިލީހުގެ ގިނަ މެބްބަރުންތަކަކަށް އެ ފައިސާ ބެއްސެވި ކަމަށް އަދީބު ވިދާޅުވިއެވެ. އެ ފައިސާއިން ފައިދާ ނުލިބޭ ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 500 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާއިރު، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދަނީ ފުލުހުންނާއި އޭސީސީއާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކޮމިޝަނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގުޅިގެން ޖޮއިންޓް ތަހުގީގެއްގެ ގޮތުގައެވެ.
ތިވިދާޅުވަނީ ވައްކަންކުރުމަކީ، ގައުމީ މަސައްކަތެކޭތޯ؟
އާނ! ޔަޤީނެއްނު! އެހެން އެ ބުނަނީ ފެރީދަތުރުވަގު!
އޢާނނ.. އަނެއްހެން ބިޔަބޮޑު ޕްރޮޖެކްޓެއް ހިންގަނީ
ތިހެން ވިއްޔާ ކޮންމެ މީހަކުވެސް ކިތައްމެ ބޮޑު ކުށެއް ކޮށްފައިވެސް އެޢުތިރާފްވީމާ ގައުމީ ބަޠަލަކަށްވާނެދޯ؟ މޯދީއަށް އެރުވި އިއްޒަތުގެ ލަގަބު އަދީބުގެ ކަރުގައި އަޅުވަންފެނޭ.
1.2 ބިލިޔަން ޑޮލަރުވެސް ދިރުވާލީ ޤައުމީ މަސައްކަތަށް...
ތިހުރިހާ ހަޑިއެއް ތިހާވަނީ އިބޫ ރައީސްގެ ސޯޓް ބޭލިދަނެތީ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުން. ރިޝްވަތު ނެގި އެމްޑީޕީގެ މެމްބަރުން ކޮބާ؟؟ ޕާޓީތަކުގެ އިސްވެރިންކޮބާ؟ އެއީވެސް ގައުމީ މަސައްކަތެއްބާ؟؟
އަވަހަށް ގައުމީ އިނާމަށް ނަން ހުށަހަޅުއްވާ ވައްކަން ކުރުމަކީ ގައުމީ ކަމެއް ކަމުގައި މަޖްލީހުގެ ޢިއްޒަތްތެރި ގަމާރުން ނިންމައިފި.
ކަލޯ ދޮންބިލަތާ މިސަރުކާރަކައް ނުކެރޭނެ އަދީބު ޖަލައްލާކައް އެއައްވުރެން ބޮޑައް ނިގޫފިތިފަތިބީ
އަދީބު ފައިސާ މަތީގައި ރަސްކަން ކުރިދުވަސްވަރުގައި ވެސް އެމްޑީޕީގެ ވެރިންނާއި މައްސޫލުވެރިންނާއި ޤައުމީ މަޖިލީހުގެ މެމްބަރުންނާއި، 18 ވަނަ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް އަދީބު ރަންގަނޑަކަށް ވި ނޫންތޯއެވެ. އެއިގެ ސަބަބުން ރާއްޖޭގެ ބިން ބޭރުމީހުންނަށް މިލްކުކުރެވޭގޮތަށް ޤާނޫން އަސާސީ އަށް ބަދަލު ގެނައުމަށް ވޯޓު ވެސް އެމްޑީޕީގެ މަޖިލީސް މެމްބަރުން ދިނީ ކިހާ އުފަލަކުން ތޯއެވެ؟ އެދުވަހު ޤައުމެއް ވަތަނެއް އަދީބު އަތުގައި ހުރި ފައިސާގެ ނާޖާއިޒް ކަމެއް ހަރާމްކަމެއް ނުވަތަ ނަޖިސް ކަމެއް ހަނދާންހުރީ ތިޔައިގެ ތެރެއިން ކާކަށް ތޯއެވެ. ވީމާ މިއަދު އަދީބުގެ އިއުތިރާފްގެ ސަބަބުން ކަރަށް މަޅި ފެތޭނެ ކަމުގެ ބިރު އުފެދުމާއި އެކު އަދީބު އަނެއްކާ ވެސް ރަންގަނޑަކަށްވެ މައުސޫމު ސިއްދީޤަކަށް ތިޔަބޭފުޅުން ނުހަދާންވީ ކީއްވެތޯއެވެ؟ ވީމާ ިވެހި ރައްޔިތުން ހައިރާން ވާނީ ތިޔަބޭފުޅުން ތިޔަ މޭރުމުން ވާހަކަ ނުދައްކައިފިއްޔާ އެވެ. ވީމާ އަވަހަށް ސަލާމަތް ހޯއްދަވާށެވެ. ސަލާމަތް ލިބޭނީ އަދީބު މިނިވަން ކޮށްގެންނެވެ ނުނީ ނިޒާމުން ގެއްލުވާލައިގެންނެވެ. އެކަން ކުރަން އެމްޔޫއޯގެ ލީޑަރު މިސްޓާ ބަރުލަމާނީ ވަރަށް ކުޅަދާނަ ވާނެ އެވެ.
ކަލޯ ރޯބިލެތާ އަދީބު ދެކެ ތިހާބިރުގަންނަނީ އިބޫ އައްދިން 37މިލިއަން ރުފިޔާ ގެވާހަކަ ދައްކަފާނެތީ ކިތައްމެ ވަރަކައް ފޮރުވަން އުޅުނަސް ތިކަމެއް ނުވާނެ ... އަދި ބލެތައް ވެސް އަދީބު ހުނިކޮޅެއް ދިންކަމައް ވަނީ އެހެންވެ ތިހާ ފޮނުއަރުވަނީ.. ބިރުން
ޖަޒީރާއްޖޭގައި ވައްކަން ކުރުމަކީ ގައުމީ މަސައްކަތަކައް މިވީ ސާބަސް ޖަޒީރާ ކުދިންނޭ..
ވަރަށްމަޖާދޯ ޔާމީނުގެ ނައިބަކަށް އަދީބު ހުރިއިރު އަދީބުވަރުގެ ނުލަފާ ވައްކަންކުރާމީހަކުނެތެވެ. މިހާރު އަދީބު ބުނާހުރިހައިވާހަކައަކީ ޝަރީއަތަށާއި ރީދޫކުދިންނަށް ގަބޫލުކުރެވޭ ވާހަކައަކަށްވެއްޖެއެވެ. އަދީބު ބުނަންވީ އަފްރާޝީމު މަރާލަންވެސް އެފައިސާ ބޭނުން ޔާމީނުކުރިޔޭ ހަމައޯކޭދޯ. މަށަށް ފެންނަނީ ތިހާބޮޑު ގައުމީ މަސައްކަތެއްކުރާތީ އަދީބު މިނިވަންކޮށް އުއްތަމަ ފަޑީޔާރުގެ މަގާމުގައި ބަހައްޓާށެވެ. އޭރަށް ރީދޫކުދިން ސަލާމަތްވެ އެނޫންމީހުނަށް އަދަބު ސަޅިވާނެއެވެ.
ކޮއެފުޅާކަންބޮޑުނުވޭ ސަުކާބަދަލުވިހާއަވަހަަށް ތިޔަބޭފުޅާ މުއްސަނދިވިގޮތްވެސް ބެލޭނެ އެދުވަހުން ގައުމީމަސައްކަތާ އެނޫންމަސައްކަތް ކުރާމީހުންއެނގޭނެ
އަދުލު އިންސާފުގެ މައްޗަށް މިހުޅުވިގެން ދަނީ ވަރަށް ނުބައިދޮރެއް.
ކުރިޔަށް އޮތްތަނުގައި ވައްކަން ކުރާހުރިހާ އެންމެން އެކުރާ ވައްކަމެއް ކޮށްފައި ވައްކަމުގެ ބައިވެރިންގެ ތެރެއިން ސަލާމްތްވާން ބޭނުންވާމީހާ ސަރުކާރާއިއެކު އެގްރިމެންޓީވީމައި އޭނާ އެކުރި ވައްކަމުން ބޮޑު މަންފާ އޭނާއަށް ލިބިފައި އަދި އޭނާ އަށް ލިބެންޖެހޭ އަދަބުވެސް ލުއިވެ ނުވަތަ އަދަބެއްގެ ނަމުގައި ގޭގައި އަނބިދަރިންގާތު މިނިވަންކަމާއި އެކު އުޅުމުގެ ފުރުސަތު ހުޅުވިގެން މިދަނީ. އަދި މުޅި މައްސަލައިން އޭނާ ރެކި ދެންތިބި ބައިވެރިންގެ ބޮލަށް ހުރިހާ ކަމެއްކަނޑާލަން ފުރުސަތު ހުޅުވިގެން މިދަނީ. އަނެއްހެން ބުނަންޏާމު ވަގުންގެ ގްރޫޕް އެންމެންނާއި ސަރުކާރުން ޑީލްހަދައި އެމީހުން މިނިވަންކަންމަތީ ބައިތިއްބާފައި އެއިގެތެރެއިން އެއްވަގެއްގެ ބޮލުގައި ހުރިހާކަމެއް އަޅުވައި މައްސަލަ ނިންމާލަން މިއުޅެނީ. ސަރުކާރުން ކުއްވެރިކުރާން ބޭނުންވާމީހާ ކުށްވެރިވެގެން ސަލާމަތްކުރާން ބޭނުންވާ މީހާ ސަލާމަތްވެގެން މިދަނީ.
މިއީ ވަރަށް ނުރައްކާތެރިކަމެއް. އަދުލު އިންސާފުގެ ކަންކަން މިގޮތަށް އޮތިއްޔާމު ކުރިޔަށް އޮތްތަނުގައި ކޮންމެފަދަ ނުރައްކާތެރިކަމެއް ކޮށްފައިވެސް އެކަން އެކުރާބަޔަކަށް ކުށުން ރެކި އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވުމުގެ ފުރުސަތު މިހުޅުވާލަދެނީ.
މިރާއްޖޭގެ އަދުލު އިންސާފު މިދަނީ ގެއްލި ސަދޫމްގެ ސިސްޓަމަށް ފެތެމުން. ގައުމުގެ ވެރިން ކުއްވެރިކުރާން ބޭނުންވާމީހާ ކުއްވެރިވަމުން މިދަނީ. މިއީ ވަރަށް ނުރައްކާތެރި ބިރުވެރިކަމެއް. މިއީ ހުރިހާ ދިވެހި ރައްޔިތުން މިއަދު ވިސްނަންޖެހޭކަމެއް.
މިއުޅެނީއަކީ ޔާމީނެއް އަދީބެއް ޒިޔަތެެއް މޮހޯ އެއް ކުށްވެރިވާތީއެއްނޫން. މިދައްކަނީ ގައުމުގެ އަދުލުއިންސާފުގައި އަށަގަންނަމުން އަންނަ ނުބައިކަމެއްގެ ވާހަކަ.
ޤައުމީ އިނާމު ދޭންޖޭހޭނެ އޭނާއަށް -
ސޯލިހުގެ ސޯޓު ބޭލިދާނެކަމުގެ ގަށްނާކުރަށްވާ ބިރުން އަދީބުގެ ވަށްކަން ގައުމީބަތަލަކަށް ވެއްޖެ ކިހާރަނގަޅު ވަށްކަންނުކުރާމީހަކު ޖަލުގައި ގަނަތަޅުވާ އަދީބަށް ބަތަލުކަންދީފި އަދީބުވެސް މިކަމާ ހީހީ ހަލާކުވާނެކަމީ ޝައްކެއްއޮތްކަމެއްނޫން.
ފަރީދަތުރަށްވީގޮތެއް މިފަހަރަކު ނުވާނެ ހަލީމް އަދީބަކީ ޔާމީނު މަރާލުމަށް ހަމަލާދިން ބޮޑުވަގެއް ދެން އޭނާގެ ހެކިބަސް ޤައުމީ ކަމަކަށް ހެދުމަކީ ވެވޭ ކޮރަޕްޝަނެއްނޫންތަ
ޑްރަގު ބޭނުންކޮށް ޑްރަގު ވިއްކާހެދުމަކީ ހައްގުކަމަކަށް ބެލިދާނެތަ؟ ޑްރަގުގެ މައްސަލާގަ ކޯޓުން ހުކުމްކުރީމަ ވިކްޓަރީ އަށް ފުޓްބޯޅަކުޅޭ މީހަކަށް ވެގެން މައުމޫނު މައާފްދިނީމަ ހައްގު މައާފަކަށް ވޭތަ ؟ ނަސިދު ދަތުރުފަތުރުގެ ނިޒާމޭހިޔާ ދިންފަލުރަށްތަކުންލިބުނު މުއަސަނދިކަން ހައްގު މުއްސަނދިކަމަށްވާނެތަ؟ ދަތުރުފަތުރުގެ ނިޒާމް މިހާރު ދިޔައީ ކޮންތާކަށް.
ލަދު ހަޔާތް ކުޑަވެގެންވެސް ވާނީ މިހާކަށްވަރު އެއްޗެކޭބުނު މަށްވުރެ ނުބުނިއްޔާ ރަގަޅުވާނީ މިމީހުން މިތިބީ މަސްތުގެ ހާލުގަ
ކުރާހުރިހާ ވައްކަމަކީ ގައުމީ މަސައްކަތެއް!