ޗައިނާއާއެކު ކުރީ ސަރުކާރުން ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެހެން ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫއަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި ވާހަކައަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް ރައްދު ދެއްވައިފިއެވެ.

އެގޮތުން ފައްޔާޒު ވިދާޅުވެފައި ވަނީ ޕީއެސްއެމްގެ ޗެނަލްއަކަށް އިންޓަވިއު ދެއްވަމުންނެވެ. ފައްޔާޒް އެ ދުވަހު ވިދާޅުވީ، އެ އެއްބަސްވުމަކީ ސޮއި ކުރުން ހެޔޮވެސް ނުވާނެ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން އިގްތިސާދަށް ގެއްލުން ވާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ޑިއުޓީ ފްރީކޮށް ތަކެތި އެތެރެ ކުރާއިރު، ޑިއުޓީ ނަގާފައި ތަކެތި އެތެރެ ކުރާ ގައުމުތަކާއި އެކު އޮންނަ ވިޔަފާރިއަށް ބުރޫ އަރާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މިކަމަށް އިޝާރާތް ކުރައްވައި މިއަދު ޗައިނާ ސަފީރު ކުރެއްވި ޓުވިޓުގައި ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ޗައިނާއަށާއި ރާއްޖެއަށްވެސް ފައިދާ ވާނެ ކަމަށާއި އެ އެއްބަސްވުމަކީ ފެންވަރު ރަނގަޅު އެއްބަސްވުމެއް ކަމަށެވެ.

"އެއްބަސްވުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ އެއްބަސްވުމެއް. އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދާއި ވިޔަފާރީގެ ގުޅުން މުޅިން އެހެން ހަރުފަތަކަށް އުފުލިގެންދާނެ" ޗައިނާ ސަފީރު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާ ސަފީރު ވިދާޅުވީ، އެގައުމުން 22 ފަރާތަކާއެކު 18 އެފްޓީއޭގައި ސޮއިކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެގައުމުތަކުން ވިޔަފާރީގެ ގުޅުން ބާއްވާ ގައުމުތަކުގެ ގުޅުމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް އައިސްފައި ނުވާ ކަމަށެވެ.

އެއްބަސްވުމުގައިވާ ގިނަ ކަންކަމުން ރާއްޖެއަށް ވާނެ މާބޮޑު ފައިދާއެއް ނެތް ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ، އެ އެއްބަސްވުމުގެ ގިނަ ކަންކަން އޮތީ ޗައިނާ ކޮޅަށް ބުރަވެ ހުސްވެފައި ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، އޭނާ އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެން ޗައިނާ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށާއި، އެއީ މަތީ ދަރަޖައިގެ ކަންކަން ކަމަށް ވުމުން އަދިވެސް އަންނަނީ އެއްބަސްވުމުގައިވާ ކަންކަން ބައްލަވަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހައިމިން

    ތިޔަ އެއްބަސްވުން އިންޑިއާ އެކު ހަދާފައި އޮތް ނަމަ ތިޔަ ވާނީ 100 ގެ އެގްރިމެންޓަކަށް. މި ސަރުކާރު މި ހިނގަނީ ބީޖޭޕީ އިން އެމްޑީޕީ އަކުންނެއް ނޫން.

    20
  2. ޙާކިމާ

    އެގްރީމެންޓް ކިޔަން ނޭގޭ ނަމަ އެގޭ މީހަކު ގެނެސްގެން ނަމަވެސް އަވަހަށް ތިކަން ކޮށްބަލަ.

    14
  3. ގެރިއެއް

    އިންޑިޔާގެ ތަ އްޕާހަށް ވެ އްޓިގެން މިހާތަނަށް ކުރި އެންމެ ފައިދާއެއްވެސް ބުނެބަލަ

    16
  4. ކަޅުމަރިޔަނބު

    މީ ހަމަ ކަނޑުކޮހުންގެ ސަރުކާރެއް!

    19
  5. އަހްމަދު

    ފައްޔާޒައް އެއެއްބަސްލިބޭނެ ފައދާއެއް ނޯންނާނެތާ އެވާހަކަ ތިބުނީދޯ ފައްޔާޒު ސިޔާސީ ނަޒަރަކުންނުބަލާ ޢިލްމީނަޒަރަކުން ބައްލަވައިފިނަމަ އެއީރައްޔިތުންނައްފައިދާކުރާނެ އެއްޗެއްކަންވަރައްސާފު އެހެނަސް ފައްޔާޒަކީ ޖީބައްއެއްޗެއްނުވަންނަނަމަ ނޯބުނާބޭފުޅެއްވީމަ ތިޔަވިދާޅުވަނީ ރަނގަޅައް

    14
  6. ބކރ

    މާ މަތީ ދަރަޖައިގެ އެއްބަސްވުމެއް ވީމަ އޭގަ އޮތް އެއްޗެއްވެސް ފައްޔާޒަށް އެގޭވަރުވެސް ނުވީ ތޯެއޗެއްް..

    16
  7. ދަރަނި ދަންތުރަ

    ގެރިމޯދިޔާ އެކު ފައްޔާޒުމެން ތިޔަޖަހާ ސަކަރާތުން މިގައުމަށްވަނީ ގެއްލުމެއްނޫންތަ ؟ ދަރިންގެ ދަރިންނަށް ދާންދެން ދަރާވިކިއްޖެ ...

    12
  8. މޫސަ

    ޗައިނާ ސަފީރުމެންކައިރީގައި ފައްޔާޒު ޖެހޭނީ ޗަކަވަޅު ކޮންނަން

  9. ސަރޭ

    ޗައިނާ ނުހަދާނެ ގޯހެއް.ހަދާ ނަމަ އެހާކުރީގަ ނޫޅޭނެ.

  10. ކިޔުންތެރިއެއް

    ފައްޔާޒުމެން ކަހަލަ ފާޅުކަން ބޮޑުގޮތެއްގައި ދިވެހި ގައުމަށް ހެޔޮނޭދޭމީހުން ރައްޔިތުންގެ ރުފިޔާއިން މުސާރަހިއްޕަވަން ލަދުނުގަނޭ. މި ދިވެހި ގައުމު ގެ މިނިވަންކަން ވިއަކާލަންއުޅޭ މީހުންނަށް އެއްމެ ހަރުކަށި އަދަބު ދެވެންޖެހޭނެ.

  11. އަހުމަދު

    އިނގިރޭސި ވިލާތް ފަދަ ގައުމު ތަކުން ޗައިނާ އާއި އެކުގައި މިނިވަން ވިޔަފާރީގެ އެއްބަސް ވުމެއް ހަދާނީ ފައިދާ ކުޑަވާތި ތޯ... މިހާރު ލަންކާއިން އޮތް ހަދަނީ ދެން ފޯނުތަކާއި ޓީވީތައް ލަންކާއިން އަގު ހެޔޮ ކޮށް ލިބޭނެ ... ފައްޔާޒަކީ ކުރި ވިޔަފާރިއެއް ވެއްޖެއްޔާ ވަނީ ބަނގުރޫޓް ވެފައި .. ފައްޔާޒަށް ބައި ނޭޅޭ ގޮތަށް އެއް ކަމެއް ވެސް މިސަރުކާރު ތެރެއިން ނުވޭ ބޭނުންވަނީ 2023 ގައި ރައިސް ސޯލިހުގެ ރަނިން މޭޓަކަށް ވުން އެކަމަށް ފައިސާ ހޯދަނީ އަންނި ބުނީ ދޮގެއް ނޫން އަހަރެންނަށް ވެސް އެކަން ވަނީ ކަށަވަރު ވެފައި އިންވެސްޓް ކުރަން އުޅުނު ބަޔެއްގެ އަތުން 3 މިލިއަން ޑޮލަރ ހޯދަން އުޅެ ނުލިބި އެއިންވެސްމަންޓް ވެސް ރާއްޖެއަށް ގެއްލުނީ

  12. ހޮޅިމީހާ

    ތިމާއަށް މި ގޮވެނީ ކޮސް ކަން ތިމާއަށް ނޭނގެނީ، ނޫނީ ތިމާމީހާ މި ދައްކާ ވާހަކަ އާއްމުންނަށް ނުވިސްނޭނެއޭ ހީވަނީ. މި ދެ ގޮތުގައިމެ، ދެބަންދިހާރެއް ކަމުގައި ނޫނީ ނުބެލެވޭނެ އެއްވެސް ގޮތެެއް ނެތް.