ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނޭ ގޮތަށް މި ސަރުކާރުގެ އިސް ބޭފުޅުން ޖަލަށް ލުން ވާނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެންމެ ބޮޑު އިންތިހާބީ ވައުދު ކަމަށާއި އެ ކޯލިޝަންގެ ވެރިކަމެއްގައި އެ ވައުދު ފުއްދާނެ ކަމަށް އެ ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ޖަލްސާގައި އެ ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ޔަގީން ކަން ނެތް ނަމަވެސް ގައުމުގެ މިނިވަން ކަމަށް އަސަރު ކުރާ އެއްބަސްވުންތަކުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފައިވާ ކަން ޔަގިން ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އިބްރާހިމް މުހައްމަދު ސާލިހަށް ހުކުމް ނުކުރެވުނަސް، ގައުމަށް ޣައްދާރުވެ، އަޅުވެތިކަމަށްދާ ގޮތަށް ގާއިމް ކުރަމުންދާ އެގްރިމަންޓްތަކުގެ މައްސަލަތަކުގައި ހަމަ ގައިމު ވެސް ބައިވެރިވޭ، އިބްރާހިމް މުހައްމަދު ސޯލިހްއަށް އެ މައްސަލާގައި އަޅުގަނޑުމެންގެ ވެރިކަމެއްގައި ހުކުމް ކުރާނަން،" އަދުރޭ ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެފައި ވަނިކޮށް، ހިނގާފައިވާ ކޮރަޕްޝަންތަކުގެ ޒިންމާ ފުރިހަމައަށް ރައީސް ސޯލިހް ނަންގަވަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލާގައި ރައީސް ސޯލިހް ބައިވެރިވި ކަމަށް "ހަދާފައި" ޖަލަށް ލާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ވެސް ރައީސް ސޯލިހްއާއި އެމަނިކުފާނުގެ ކަންކަމަށް ވާގިވެރިވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުން ޖަލަށް ލުން ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިންމާ ނުލާނެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހައްޔަރު ކޮށްގެން ނޫނީ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ ވާހަތަކަށް ތާއީދު ކުރައްވަމުން އަދުރޭ އިތުރަށް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އެންމެ މުހިއްމު އިންތިހާބީ ވައުދު ފުއްދުމަށްޓަކައި އެ ކޯލިޝަންގެ ސަރުކާރުގެ ހޯމް މިނިސްޓަރު ކަން ވެސް ހަވާލު ކުރައްވާނީ ޝުޖާއު އަށް ކަމަށެވެ. އަުރޭ އެހެން ވިދާޅުވުމުން ޖަލްސާގައި ތިބި ކޯލީޝަންގެ ސަޕޯޓަރުން ގެންދިޔައީ ވަރަށް ބޮޑަށް ފޯރިދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދާދަ

    ސޯލިހުގެއުމުރުގެ ބާކީ ބައި ހޭދަކުރަށްވާންޖެހޭނީ ޖަލުގައިކަމުގެ ފެހި ސިގުނަލް ގެރަންޓީވެއްޖެ އިންޝާﷲ.

    73
    36
  2. ހަސަދު

    މީސްމީހުން ޖަލަންލާން ވައުދު ވަންޏާ މިހާހިސާބުން އިންތިޚާބު ގެއްލުނީ. މީހުންޖަލަށް ލެވެންވާނީ ޝަރިއްޔަތެއް ކޮށް ކުއްވެރި ވަންޏާ. އިންތިޚާބީ ވައުދު ތަކުގެ ތެރޭގައި ކޮށްދެއްވާނެ ކަންކަން ހަމަ ކޮސްދެއްވާ. އަދި އެއީ ފުއްދޭ ވަރުގެ ވައުދަށް ވެސް ވާން ޖެހޭ.

    69
    28
    • ޙައްގުބަސް

      ނޫނޭ ތި ހީކުރަނީ މުޅިން ގޯސްކޮށް!! މީހުން ޖަލަށްލާ ވާހަކަ ބުނެ ވަޢުދުވެ އަދި ވަގަށްގޮވާ ހެއްދެވިހާ އެއްޗެއް ކިޔާ ހެދާ ހިތައް އެރިހާ ވަޢުދެއްވުމުން މިރާއްޖޭގެ އިންތިޚާބު ކާމިޔާބު ވާނީ!! މިހާރު މިއޮތް ސަރުކާރު ވެރިކަމަށް މިރާއްޖޭގެ ރައްޔިތުން "ހޮވީ" އިލެކްޝަންގެ ބޮޑުއޮޅުވާލުމާ މަދަދާއެކު ނޫންތޯ؟ ރައިސް ޔާމީނަށް ޖަލަށްލާން ވީ ވަޢުދު ފުއްދަން ނޫންތޯ މިރާއްޖޭގައި މިހާރު މިއޮތް ސަރުކާރު ރައްޔިތުން ގެނައީ!! ކިތައް ދޮގު ބުހުތާން އަދި ނުފުއްދޭ ވަޢުދުތޯ މިސަރުކާރުންވީ؟ މިރާއްޖޭގެ ރައްޔިތުންނަކީ މީހުން ދައްކާ ފުލޯކު ވާހަކައަށް ނިކަން އަވަހަށް ހެއްލޭ އަދި ވަގުތީ ގޮތުން ލިބޭ މަދު ފައިސާ ކޮޅަށް ވޯޓުވެސް ނިކަން ފަސޭހައިން ވިއްކާ ބައެއް ނޫންތޯ؟ މިހާރު މިއޮތް ސަރުކާރުގެ އިސް ބައެއް ފަރާތްތައް ޖަލަށްލާން މިހާރުގެ އިދިކޮޅުން އެވީ ހަމަ ރަގަނޅު ވަޢުދެއްކަމަށް ގަބޫލުކުރެވޭ! ސަބަބުތަކަކ.. 1-ގާނޫނު އަސާސީ އާއި ޚިލާފަށް މިރާއްޖޭގެ އިސްތިގުލާލު އިންޑިޔާއަށް ވިއްކާލާ ގާނޫނު އަސާސީއާއި ގާނޫނު ތަކާއި ޚިލާފަށް އިންޑިޔާއާއިއެކު އެއްބަސްވުންތަކެއް (އިންޑިޔާގެ ސިފައިން މިރާއްޖޭގައި ތިބުމާގުޅޭ) ހަދާ އެކަން ތަންފީޒުކުރަމުންދާތީ!! 2-ކޮވިޑްގެ ބޮޑު ޚިޔާނާތާއި ވައްކަން! 3-އިސްލާމްދީނާއި ދެކޮޅަށް ކުރި ކަންކަމަށް ފިޔަވަޅު ނޭޅުން!

      26
      13
  3. Anonymous

    އިސްލާމީ ޤައުމެއްގެ ދީނީ ވަހުދަތު ނަގާލާ،
    މިދިވެހި ފަސްގަނޑު ގެ މިނިވަން ކަން ގެއްލޭ ދަރަޖައަށް އިންޑިޔާގެ ގެރި މޯދީއާ އެއްބައި ވާކަށްނޫން ސޯލިޙާއި ވެރިކަން ޙަވާލުކުރީ.
    މީ މިނިވަން މުސްތަޤިއްލު ޤައުމެއް. އަދިވެސް ލާދީނީ ރިޕޯޓް ނެރުނު މީހުން ފުރިހަމަ މިނިވަންކަން މަތީ. ޤައުމުގެ މައިދޮރުއަށިވެސް ވެރިއަކަށް އިންޑިޔާ މީހެއް. ކުބާ ބޭނުމެއް . ދިވެއްސަކަށް އެޑޮލަރު ކޮޅުވެސް ލިބިދާނެތީ. މިހާރު ޓްއަރިޒަމަށް އަތްބާނަށް އެއުޅެނީ. އިންޑިޔާ މީހުން ނުވަނަކަސް ދިވެހިންނަށް އެކަން ކުރެވޭނެ. ހުރިހާ އިންޑިޔާ ސިފައިން ބާލަންވީ މިޤައުމުން.

    54
    18
  4. ސޯސް

    ތި ސިޔާސީ ކުޅިވަރު އެއްފަރާތް ކޮށް ގައުމާ ދޭތެރޭ ވިސްނާނީ ކޮން އިރަކުން. ދެން ސުޖާގެ ވެރިކަން ނިމޭއިރަށް ދެން ލިބޭ މީހަކު ސުޖާ ޖަލަށް ލައި ތުނބުޅީގަ ރެޑްވޭވުން ގަންނަ ސޯސްހާކައި ތުނބުޅި ބައިލަންވީ. ރީތި ގޮތަކީ ވެރިކަން ލިބިއްޖެނަމަ އެއްމެން އެއްބައިވެ ރައީސުން ޖަލަށް ނުދާނެ ގޮތެއް ހޯދަންވީ. ޔަހޫދީ އެމެރިކާނުންވެސް ދިވެހިންނަށްވުރެ ގިނަ ކަންކަމުގަ ރަނގަޅު.

    32
    14
  5. މެކުނު

    ވެރިކަމާ ހެދި ހޭދެބައިވިޔަސް ބޮޑުވަރު. ވަގުން އެތިބީ ޖަލުގަ
    ވެރިކަމެއްނުލިބޭނެ

    42
    62
  6. ރައްޔިތުމީހާ

    ވަރަށް މޮޅު ވާހަކަަ އެއއ އް. މަ އްސަލަ އަދި ނުވެސް ބެލެނީސް އެއ އަންގަނީ ޖަލަށްލާނެ ވާހަކަ. މީ އެކަމު ދީންވެރިވެގެންގޮސް ދީނާހެދި މަރުވާ ބަ އެ އްކަމަށް ވަނީ. ތި އޮތީ ވަރަށް އިންސާފުވެރިވެފަ

    17
    19
  7. މުހައްމަދު

    ހޭކރޑުނަސް ބޮޑުވަރު

    16
    11
  8. މާމީ

    އިރާދަކުރެއް ވިއްޔާ 2023 ގަ ވަގުންނަކީ ކޮންބައެއްކަން މެކުނައް ފެންނާނެ ދުނިޔޭގަ އެދުވަހާ ހަމަޔައް ދުނިޔޭގަ ހޭބުއްދި ސަލާމަތުން ހުރިއްޔާ...

    17
    3
  9. ސަމޭދާން

    އއމަގޭވޯޓް ޔަގީނއް.

    5
    5
  10. Anonymous

    ސާބަހޭ. މިތިބީ ފަހަތުގައި ކުރިއަށްދާން

    18
    14
  11. އަލްޖިބްރާ

    ޖަމީލު ބުނި ވެރިކަމަށް ހޮވުނަސް ވެރިކަން ހަވާލެއް ނުކުރާނަމޭ ! ވީގޮތް ކަލޭމެނަށް ފެނޭތަ ؟ ވައްކަންކުރާކަން އެގި އޮޑިޓަރ ޖެނެރަލް ޔާމީނުގެ ގާތުގައި އެވާހަކަ ބުނީމާ ޔާމީނުބުނީ ކަލެއަށް އެކަމުން ވަނީ ކޮން ގެއްލުމެއް ހޭ ؟ ވީގޮތް ކަލޭމެނަށް ފެނޭތަ ؟ ތިޔައުޅެނީ މިރިނުވެ ގޮބޮޅި ކާއްޓަށް ވޭތޯއެވެ. އެކަމެއް ނުވާނެއެވެ.

    13
    9
    • Anonymous

      މީނަ ހިތުން ވަރަށް މޮޅުވާހަކަޔެކޯ މި ބުނެވެނީ. ބުއްޅަބޭގެ ޕަޕެޓް އަށް ހެޔޮވާނެ ލާދީނީ ބައިިގަނޑަށް ސަނާ ކިޔެވެނިކޮށް. ކެޔޮކޭވަރު އިނގޭނީ ބިތުފަންގި ނެގީމާ.

      2
      2
  12. ފައްޔާޒު

    ސޮރީ ކޯލިޝަން ސޯލިހުގެ ބަދަލުގަ އަންނި ނަން އޮތްނަމަ ތާއީދު ކުރާނަން.

    8
    17
  13. ޝައްކެއްނެތް

    ﷲއިރާދަކުރެއްވިއްޔާ އަހަރުމެން ދެންކިތަންމެ އަވަހައް ރިޔާސީ އިންތިޚާބެއް މިގައުމުގަ ބޭއްވިޔަސް އެއިންތިޚާބުގަ ވޯޓުދޭނީ ރައީސް.އިބުރާހިމް މުހަންމަދު ސޯލިހު ޖަލައްލާނެކަމައް ވަޢުދުވާ މީހަކައް އެމީހަކައް އަހަރެމެންގެ ތާއީދު އޮންނާނެ

    3
    3
  14. ރާއްޖެތެރޭމީހާ

    ހުސްވަގުންވަގުންނަކަށްވެރިކަންދޭކަށްބޭނުމެއްނޫން