ބޭރު ގައުމުތަކުންނާއި ކުންފުނިތަކުން ދިވެހި ދައުލަތަށް ދަރަނީގެ ގޮތުގައި ފައިސާ ދޭނެ ކަމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ރާއްޖޭގައި ވިޔަފާރި ކުރަން އިންވެސްޓް ކުރަން ފައިސާ ހޭދަ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްމަންޓް އިތުރު ކުރަން ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި މައްސަލަ ތަޅުމަށް އިއްވައި ދެއްވި ފަހުން ނަޝީދު ވިދާޅުވީ ކަރަންޓަށް އިންވެސްޓް ކުރާނެ ބަޔަކު ހޯދަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ދައުލަތް ހިނގަން ޖެހޭ އާންމު އުސޫލެއް އެބަ އޮތް ކަމަށެވެ.

ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިންތިހާބުތަކާ ދިމާކޮށް ވައުދުތަކެއް ހުށަހަޅައި އެ ވައުދުތައް ރައްޔިތުންނަށް ތަފްސީލްކޮށް ދިނުން ކަމަށާއި އިންތިހާބު ކާމިޔާބުވުމުން އެ ވައުދުތައް ފުއްދަން ގާނޫނީ އޮނިގަނޑެއް އެކުލަވާލައި އެ އޮނިގަނޑު ތަންފީޒު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި މަޖިލީހުން ފެނާއި ނަރުދަމާގެ ގާނޫނެއް އެކުލަވާލާފައި. ލާމަރުކަޒީ ގާނޫނެއް އެކުލަވާފައިވޭ. ޔުޓިލިޓީ ގާނޫނެއް އެބަ އޮތް ކޮމިޓީގައި. މި ގާނޫނުތަކުން ޖާގަ ދޭން ކައުންސިލްތަކުން ޓެންޑަރު ކުރަން. ކަރަންޓު އުފައްދައި ކަރަންޓު ހިދުމަތް ދޭނެ ބަޔަކު ހޯދަން." ނަވަރާވަނަ މަޖިލީހުން އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރެވޭ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބޭރުގެ ގައުމުތަކުންނާއި ކުންފުނިތަކުން ވެސް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރާއްޖޭގައި އިންވެސްޓްކޮށް ވިޔަފާރި ކުރުމަށް ކަމަށެވެ. ވަކިން ހާއްސަކޮށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަކީ ދެކޮޅު ޖެހޭ ވިޔަފާރިއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޭރުގެ ކުންފުނިތަކުން އަޅުގަނޑުމެންނަށް ދަރަންޏަށް ލާރި ދޭނެ ކަމެއް ނެތް ބޭރުގެ ގައުމުތަކުންނެއް. އަޅުގަނޑުމެން މާ ވަރަކަށް ކިޔަމުންނެއް ވެސް ނުދަން އެހީ ދޭށެކޭ ވެސް. އަޅުގަނޑުމެންނާއެކު ވިޔަފާރި ކުރަން އެ ގައުމުތަކުގެ ކުންފުނިތަކުން އައުމަށް އަޅުގަނޑުމެން މި އެދެނީ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ގޮތަށް ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު އައި ފަހުން އަވައްޓެރި އިންޑިއާއާ ގުޅުން ގާތްކޮށް އިންޑިއާއިން ދެމުންދާ ލޯނު އެހީގެ ފައިސާ ދަނީ ނަގަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާއާ ވާދަވެރި ޗައިނާއިން ގިނަ އަދަދެއްގެ ލޯނު އެހީ ހޯދިއެވެ.

މި ސަރުކާރުގައި އިންޑިއާއިން ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސާފައިވެއެވެ. އެ ކްރެޑިޓް ފެސިލިޓީގެ ދަށުންނާއި އިންޑިއާގެ ހިލޭ އެހީގެ ދަށުން ގިނަ މަޝްރޫއުތަކެއް ހިނގަމުންދާއިރު، 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕެއް ވެސް އިންޑިއާއާއެކު ހިމެނެއެވެ. ދާދި ފަހުން ބަޖެޓް ސަޕޯޓްގެ ގޮތުގައި ވެސް 200 މިލިއަން ޑޮލަރު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަމަލު ފޮޑި

    މި ހިޔަޅު ރާއްޖެ އިން އިންޑިޔާ އަށް ފޮނުވާލަންވީ..

    29
    1
  2. މަދިހާ

    މީ ކީއްވެގެން އުޅޭ ބީތާއެއްތަ މިހާރުހިއެއްނުވޭ މީނަގެ ސިކުޑިވެސް ރަގަޅުހެނެއް އެހެއްވާނީ ލާދީނީވީމަ

  3. ގައުމީ ލޯބި

    ހެޔޮނުވާނެ މީނާ މިގައުމުން ބޭރުކޮށް ޔޫކޭ އަށް ނުވަތަ އިންޑިޔާގެ ތަރައްގީއަށް އެއިން ރަށަކަށް ފޮނުވާލާ.!

    މީ މިގައުމު ދުވަހަކުވެސް ނުފެތޭވަރުގެ އަދަވަޅަކަށް ވައްޓަން އުޅޭ ބާޢީއެއް ތޯ؟

    ނުވަތަ ޢައްދާރެއްތަ؟

    އަބަދު ގައުމަށް ގެއްލުން ހުރިކަންކަން ކުރަން މިއުޅެނީ.؟

    23
  4. ސަލާ

    އެހެންވީމައި ހިޔަޅުގެ ބަހުރުވައިން ތިޔަބުނަނީ އިންޑިޔާގެ ވޯރާ ވިޔަފާރިވެރިން އައިސް މިގައުމުގައި ވިޔަފާރިފަށައި މިގައުމުގެ މީހުން މިކުރަމުންއަންނަ ވިޔަފާރިތަށް ބަނގުރޫޓުކޮށްލާށޭދޯ.
    މިހާރުވެސް އިންޑިޔާގެ ވިޔަފާރިވެރިންގެ ނުހޮރުއްޕާނާހެދި މިއުޅެނީ އަދިވެސް މިކަލޭގެ މިއުޅެނީ މިވަރުންވެސް ނުފުދިގެން އިތުރަށް އެމީހުންގެ ބާރު މިގައުމުގައި ހިއްޕާލަން ފުރުސަތުދޭންވެގެން.
    މިއީ ދިވެހި ރައްޔިތުން ހާއްސަކޮށް ވިޔަފާރިވެރިން ވިސްނަންވެއްޖެކަމެއް. މިއީ ޖޯކެއްނޫން މިއީ ދުރާލައި ރޭވިގެން ހިންގަމުން އަންނަ ބޮޑު ޖަރީމާއެއް.

    12
  5. ހުސޭނުބޭ

    ކަލޭ ތި ހީކުރަނީ އުނގުވިޔަފާރި ކޮށްގެން މިކަން ވާނެކަމައްތަ؟

    13
  6. ސަމްކުޅިބޭ

    ކަލޯ! ބޭރުމީހުން ދަރަނި ދެނީ ކަލޯމެން އާދޭސް ކުރާތީ. ސޯލިހުކައިރީގައި ކަލޯ ބުނޭ ބޭރުންދަރަނި ނުނަގާށޭ. ތިމަންނާގެ ބަފާ އަތުން ދަރަނި ނަގާށޭ. މީހަމަފައްކާ ބީތާއެއް.

    11
  7. ސަލާމްއަބްދުﷲ

    މީނާ މިއީ ކޮން މަޒުހަބެއްގެ ކޮންތައްތަރެއްގެ ކާކު؟ މީނާ ހެނދުނު ހުންނަ ގޮތަކަށް ނޫން ހަވީރު ހުންނާއީ. މޫނާފިގަކު ކުތައް އަނގައިން ވާހަަ ދައްކަފާނެ ބާ؟ މާތްﷲއާ ވަކީލު

  8. ޙަސަން

    މި ވަރަށް ނުބައި ހިޔަޅެއް. މިތަނަށް ކާފަރުން އިތުރުކުރާނެ ރޭވުން މި ހިޔަޅު ރާވަނި

  9. ވަތުބަތާނަ

    އެއިރުންތާ ކޮންމެވެސް އެޗެކޭކިޔާފަވެސް އިންޑިޔާ މިހުން މިގައުމުގައި ގިނަވާނީ. ދެން ބުނާނެ ތިމަންނާއޭ އެންމެ ގިނަ އިންވެސްޓްމެންޓްތައް މިގައުމަްގައި ކުރުވީ. އެ ހެޔޮ ނިކަމެތި ދިވެހިން ބަނޑަށް ޖެހުނަސް. މިހާރުވެސް ތިޔަނޫސްވރިންބަލާބަލަ މީނާގެ ބޭބެގެ ކުންފުންޏަށް އައި ޖީ އެމް އޗް ގެ އިންޖިނައިރރއިން ކޮންސަލްޓަންސީ ދިނީ ކިހިނެއްތޯ. އެތައްމިލިޔަނެއް މަހަކު އެކުންފުންޏަށްވެސް. އިއްޒަތްތެރި ގަމާރު.

  10. ސސ

    ޖައްބާރު ބޭރުކުރޭ