ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވާދަނުކުރެވިއްޖެ ނަމަ، ރާއްޖޭގައި ދެ ސަރުކާރެއް އުފެދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރައީސް ނަޝީދަށް ރައްދުދީފިއެވެ.

ރައީސް ނަޝީދަށް ރައްދުދެއްވާ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބުދުﷲ ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަފާތު ވަކި ސަރުކާރުތަކެއް އުފައްދާ ގައުމު ބައިބައި ކުރުމުގެ ވިސްނުމާއި، ޚިޔާލަށް އާނބަސް ބުނެވެންނެތްކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކާއިއެކު މަސައްކަތްކުރަމުންދަނީ ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އޮންނާނެކަމަށް ދެކިގެންކަމަށް ވެސް ކަމާލުއްދީން ވިދާޅުވިއެވެ.

ރައީސް ނަޝީދު މިދިޔަ ހުކުރު ދުވަހު "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޭއިންސާފުން އިންތިހާބެއް ބާއްވައިފިނަމަ، އެހެން ސަރުކާރެއް އެކުލަވާލުމުގެ ހައްގު ވާދަވެރި އިދިކޮޅު ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. ސިޔާސީ ހަމަޖެހުން ލިބޭނީ އެމްޑީޕީގެ މެމްބަރުން ހިޔާރު ކުރާ ކެންޑިޑޭޓަށް ފުރުސަތު ދީގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޔާމީން މިގޮތަށް ގެންގޮސް ބޭއިންސާފު އިންތިހާބެއް ބާއްވާފައި ދެން ރައީސް ޔާމީންގެ ސަރުކާރުގެ ސައްހަ ކަމެއް ނޯންނާނެ. ވާދަވެރި އިދިކޮޅު ފަރާތްތަކަށް ފުރިހަމަ ހައްގު ލިބިގެންވޭ އެހެން ސަރުކާރެއް އެކުލަވާލަން. ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ. ސިޔާސީ ހަމަޖެހުމެއް ނުލިބޭނެ. އެމްޑީޕީގެ މެމްބަރުން ހިޔާރު ކުރާ ކެންޑިޑޭޓެއް ނުހިމަނައި ރައީސް ޔާމީން ކުރިއަށް ގެންދަވައިފިނަމަ ރާއްޖޭގައި ދެ ސަރުކާރު އޮންނާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިބްރާހިމް

    މިސޮރު ބޭނުންވަނީ ކޮންމެ ގޮތެއްހަދައިގެންވެސް ވެރިކަން.މީނާގެ ޕާޓީގެ ޑިމޮކްރަސީއެއްވެސް ނެތް

  2. ސަގަރޭ

    ހޫނހޫނ ތިޔައޮތީ އެމްޔޫއޯ އިން އެއް ކެނޑިޑޭޓެއް ނެރެވިފައިދޯ.

  3. ޤައުމު

    ތިޔައީ ވެރިކަމާހެދި ބޫތު ކައިފަ ހުރި މީހެއް.

  4. ޢަލީ ހަމީދު

    ތިޔަހަރެގެން ބުޅާ ގޯނިން ނިކުންނަނީ.. ޖުމުހޫރީ ކެޑިޑޭޓް ދިއްދޫ ސަމީރުގެ ބަސްދީ ގަތުމެއް މިކަމުގަ ދިނުން ވަރައް މުހިންމު.

  5. ޞާދިޤް

    ބަލަގަ ނަޝީދު މަނިކުފާނު މޮޔަފުޅުވެ ވަޑައިގަތީދޯ މިކުޑަކުޑަ ޤައުމު ބައިބައި ކުރަންނޫޅެ ގަމާރާ

  6. ޖަރީމާ

    ތީ ޖަޒީރާ ރައީސް އެއް ނޫން.
    ތީ ޖަރީމާ ރައީސް

    • އެޑަމްބެ

      ތިބުނީ ހަމަ ހެޔޮކޮށް! ޖަރީމާ ރައީސް!

  7. Anonymous

    ބަލަގަ އެހެން މީހުން ވެސް އެބަޅޭ ހޭބަލި ނުވެ މަޑުން ހުރޭ

  8. މާމިގިލީ މީހާ

    ޖޭޕީން ތިހެން ބުނާއިރު ކޮންމެ ޕާޓީއަކުން ވެސް. ބޭނުންވަނީ ވެރިކަން. ޖޭޕީ ޕާޓީ އަކަށް ވެރިކަމެއް ނުލިބޭނެ.. ލިބޭނެ ހަމަ އެއްގޮތް އިނީ އެއީ 2012ގައި މާމިގިލީ ގައި ބެލި ފާލައިން ދައްކާގޮތް.. ގާސިމް ނުނުކުމެ ގާސިމްގެ ބޭބެ އާދަނު ނެރުން.. އާދަނޭބެ ނެރުން..

  9. މުހައްމަދު

    އަދި އެބަކިޔާ ޖަޒީރާ ރައީސޯ! ޖަޒީރާ ކާފަރު ގަނޑު ކިޔާބަލަ މާރީތިވާނެ!

  10. އަނާރާ

    ވެރިކަން ބޭނުންވިޔަސް ތީދެން ބޮޑުވަރު.... ލަލަލަލަަލަަލލާލާލާ

  11. ހ

    ގަރުބަޗޯފް ހެދެންވީނު. ގައުމެއް ނެތް ވެރިއަކަށް ވެގެން ވެލޮޒިނީ ގޮވައިގެން ހުރޭ. އެއްކަހަލަ ދެ ގަމާރުން.

  12. ހަސަން

    އިގިރޭސިވިލާތުގެ ރައީސްކަމަށް 2018 ވަނަ އަހަރު ކުރިމަތިލާ

  13. ބީ އެމް

    ބަލަ ތިއީ މޮޔަ ކުއްޖެ އަޑުނާހާ އެސޮރު ބުނާ އެއްޗެއް

  14. Anonymous

    ފަޅުރަށަކަށް ކުކުޅު ތަކެއްލާފަ އޭގެވެރިކަން ނަމަވެސް އެ މަނިކު ފާނަށް ދޭންފެނޭ ވެރިކަމާ ހެދި އަވަދިވަނީ