ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ޔުނާން އާއި ރިހުލާގެ މައްޗަށް ތުހުމަތު ކުރެވެނީ ކުޑަފިރިހެން ކުއްޖަކާއި ބަދުއަޙްލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ.

އެ މައްސަލާގައި މިދެމަފިރިން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި ދެމަފިިރިން ހައްޔަރުކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއް އޮކްޓޯބަރު ތިން ވަނަ ދުވަހު ހުށަހެޅުމުންނެވެ.

މި މީހުން ހައްޔަރުކޮށް ފުރަތަމަ ބަންދަށް ޖަހާފައި ވަނީ ހަތް ދުވަހެވެ.

އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހި ހަތް ދުވަސް މިދިޔަ ހޯމަ ދުވަހަށް ވަނީ ހަމަވެފައެވެ.

ފުލުހުން ވިދާޅުވީ، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ީއިންސާފް

    ރަނގަޅު....

    27
    2
  2. ީއިންސާފް

    ރަނގަޅު

    28
    1
  3. ތުއްތު

    ގިނަ މަޝްހޫރު މީހުންގެ ހާލު

    20
    1
  4. ސާނީ

    ރިސްބުނީ ދެން ލަލަލާޔޯ....... ކަލޭމެން ކޯޓަށް ދާނީ ހިހިހީ.......

    19
    3
  5. މަޗު

    މިއީ ޕީޕީއެމް ގެ އާއިލާގެ.އެތާ ނޫޅޭނެ އެނުން އެއްޗެއް.

    8
    33
  6. ދަރަނި ދަންތުރަ

    އަދިވެސް ފިލްމުސްޓާރުންނޭ ކިޔާތި ލަދުން ބޯހަލާކު

    28
  7. ނިއުމާ

    އެދުވަހު މަގުމަތީގަ ދަރި އުރައިގެން ރޯން ތިބީ ހުސް މަކަރުން ދޯ ލާރިގަނޑެއް ލިބޭތޯ. ލަދުން ބޯ ހަލާކު
    އަމިއްލަ ދަރިއާ ދޭތެރޭ ވިސްނާލިންތަ އެވަރުކަމެއް ކުރިއިރު

    41
    1
  8. ސައި ކުރާ

    މި މީހުންނާއި އަލްހާނާއި އެއް ބައެއްބާ؟

    15
    1
  9. އލަި

    ފިލްމީ ތަރި އެކޭ ކިޔަތީ އަހާލާހިއްވޭ. ފިލްމީ ތަރިއަކައްވަނީ ކިހިނެއް ވީމަތަ

    20
  10. ބަބްލްރިޝް

    މަ އޭރުވެސް ބުނީމެއްނުން މިދެމީހުން އުޅޭ ގޮތުގެ ވާހަކަ. އެކަކުވެސް ޤަބޫލެއް ނުކުރި

    29
  11. ޖަމަލު ފޮޑި

    މިއީ އެމްޑީޕީން މި ރާއްޖޭގައި ފަތުރާ ބޮޑުޙަރަކާތް....

    19
    8
    • ސަލްވާ

      ޕީޕީއެމެއްނުން ޒުވާން ޕާޓޭ ކުދިންނަށް ހިތްވަރުދީގެން ވޯޓި އެއްކުރަނީ

      2
      2
  12. ހޮކި

    ތި ދޭތި މިގައުމުން ބޭރުކުރޭ

    12
    2
    • ޕުތުރީ

      އިންޑިޔާއަށް

      10
      2
  13. ޏަމް

    ރިސްފާ އެކީ ތެދުކަން މިހާރު ގަބޫލުކުރެވޭ. ތީމް ގޭދޮށުގައި މުޒާހަރާކޮށްގެން ލަާރިހޯދައިގެން އަގިުބޮޑު ފޯނުގަނެ އިްންޑިޔާއަށްގޮސް_---------

    18
  14. ނަބާ

    މިދެމީހުންވެގެންތަ އެކުޑަ ފިރިހެން ކުއްޖާއާއި ބެހުނީ !! އަނެއްކާ މީ އެބުނާ ގުރޫޕްގެ ދެމީހުންބާ؟ ލަދުން ބޯހަލާކު ؟؟ ކުޅިކޮށް ނޫޑްލިސް ކައިގެން ކުރާކަންތަކަކީ މިއީދޯ ؟؟ މިވެސް “ މުސްލިމުންނޯ” ކީކޭ ދެންބުނާނީ !! އަވަހަށް މި ދެމީހުން ފޮނުވާލާ ޔޫރަޕަށް އެބުނާ ވައްތަރުގެ ފިލްމް ކުޅެން !! % 100 މުސްލިމް ޤައުމެއްގައި މިކަހަލަ ނަޖިސް މުޑުދާރު ފާޙިޝް އަމަލު ކުރާ ކުރާ މީހުން ބައިތިއްބާނެ ކަމެއް ނެތް !!!