ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް ސީރިސް އަނިޔާތަކެއް ލިބިގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހިގެންނެވެ.

އޮފިޝަލް ވިދާޅުވީ، އެ އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު އިރުއޮއްސި 18:08 ހާއިރު ކަަމަށެވެ.

އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށާއި، ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ.

މި އެކްސިޑެންޓް ހިނގިއިރު ދެ އުޅަނދު ދުއްވަން އިން ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ފްރައިވެޓް ކާރާއި ވޭން އަދި ޕިކަޕް ދުއްވާ ގިނަ ޑްރައިވަރުން ވަރައް ބާރަށް ދުއްވާކަން ފާހަގަވޭ..

    37
    • ސަޅިބެ

      ފަހަރެއްގާވެދާނެ ސައިކަލް މާމަޑުން ދުއްވީކަމަށްވެސް.

      1
      16