ޔުވެންޓަސްގެ އެންމެ މުހިންމު އެއް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ފައްސިވިތާ އެއްދުވަސް ފަހުން އެޓީމަށް ކުޅޭ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީވެސް ފައްސިވުމާއި ގުޅިގެން މުޅި ސްކޮޑް އެކަހެރިކޮށްފިއެވެ.

ޔުވެންޓަސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސިއްހީ މާހިރުން ނެރެފައިވާ ގައިޑްލައިންތަކުގެ ދަށުން ކުރިޔަށްގެންދިޔަ ޓެސްޓުތަކުން މެކެނީ ކޮވިޑް-19ށް ފައްސިވެފައިވާ ކަމަށެވެ. އެއާއެކު މުޅި ޓީމު އެކަހެރި ކުރިކަން އެޓީމުން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. މުޅި ޓީމު އެކަހެރި ކުރި ނަމަވެސް، ސުންކު ނެގުމަށްފަހު ވައިރަހަށް ނައްސިވާ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިޔަށްގެންދާނެކަމަށް އެ ޓީމުން މައުލޫމާތު ދެއެވެ.

މިއީ ޔުވެންޓަސްގެ މުޅި ޓީމު އެކަހެރިކޮށްފައެވެ. އެހެން ނަމަވެސް އެ ފަހަރު ޔުވެންޓަސްގެ ބައެއް ކުޅުންތެރިންވަނީ ވަނީ ސުންކުގެ ނަތީޖާ ނުލިބެނީސް ގައުމީ ޓީމުގެ މެޗުތައް ކުޅެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކަށް ގޮސްފައެވެ. ނަތީޖާ ނުލިބެނީސް ގައުމީ ޓީމުތަކަށް ގޮސްފައިވަނީ ރޮނާލްޑޯ، ޕައޮލޯ ޑިބާލާ އާއި، ހުއާން ކުއަޑްރާޑޯ އާއި، ޑަނީލޯ އަދި ރޮޑްރީގޯ ބެންޓަންކޫރުއެވެ. މި ކުޅުންތެރިންގެ މައްސަލަ އިޓަލީގެ އިދާރާތަކުން އަންނަނީ ބަލަމުންނެވެ.

އިޓަލީގެ ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްއިން އައިސޮލޭޝަން ޤަވާއިދާ ޚިލާފުވި ކުޅުންތެރިންގެ މައްސަލަ ވަނީ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. އަދި މި މައްސަލައިގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕްރޮސެކިއުޓަރުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި މައްސަލައިގައި ޓޫރިންގެ ޤާނޫނީ އިދާރާތަކުން މި ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔުވެންޓަސްއިން މިއަދު މެކެނީ ފައްސިވެފައިވާއިރު އިއްޔެ އެޓީމުން ފައްސިވި ރޮނާލްޑޯ ގައުމީ ޓީމާއެކު ޕޯޗުގަލްގައި ނޭޝަންސް ލީގަށް ކުރަމުން އައި ކޭމްޕުން ވަކިވެ އައިސޮލޭޝަންގައި ހުރުމަށްފަހު މިއަދު ވަނީ ޕްރައިވެޓް އެމްބިއުލާންސް ޖެޓެއްގައި އިޓަލީގެ ޓޫރިންއަށް ކަރަންޓީންވުމަށް އައިސްފައެވެ.

މުޅި ޓީމު އެކަހެރިވާން ޖެހިފައިވާއިރު މިމަހުގެ 17 ގައި އެޓީމަށް އިޓާލިއަން ލީގުގެ މެޗެއް އަދި މިމަހުގެ 20 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ޑިނަމޯ ކީވްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެއް އެބައޮތެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުވެސް އެބައޮތެވެ.

ގިނަ ކުޅުންތެރިންތަކެއް ފައްސިވެއްޖެ ނަމަ މި ހުރިހާ މެޗަކަށް އޭގެ ބުރުއަރާ އިރު މިމަހުގެ ހަތަރުވަނަ ދުވަހު އެޓީމުން އިޓާލިއަން ލީގުގައި ނާޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި ނާޕޯލީގެ ދެ ކުޅުންތެރިއަކު ފައްސިވެ ނާޕޯލީއަށް މެޗު ކުޅެން އޮތް ޓޫރިންއަށް އެރުމަށް ވަނީ ހުރަސް އެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާލަބަލަ

    އަނގަޔަށް އެއްޗިހި ނުލާށޭ. ފައްސިވީމަ ފައްސި ވާތަން ފެންނަނީ. މިކަހަލަ ކޮވިޑް 19 އާއި ބީރައްޓެހި މަރުކޮހުން އުޅޭތީ މައްސަލައަކީ..

    5
    2
  2. މަޒް

    ފަހުގެ ފޮޓޯ ގަނޑެއްވެސް ނުލިބެނީތަ؟ ޕިރްލޯ ނޭންގޭ ދޯ.. ކީއްވެ ޒިދާންގެ ފޮޓޯގަނެއް ނުލީ