އަނިޔާވެރިކަމުން ސަލާމަތް ވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވޯޓް ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖީދީމަގާއި އަލިކިލޭފާނުގެ މަގާއި ގުޅުނު ކަންމަތީ ހުންނަ "ނޫރާނީވިލާ" ގޭގައި ރައީސް ނަޝީދުގެ ކެމްޕެއިން ޕޯސްޓަރެއް ނެގުމަށް އިއްޔެ ހަވީރު ބޭއްވި ހަރަކާތުގައި އީވާ ވިދާޅުވީ ރައީސް ޔާމިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު އުއްމީދަކީ ވެސް ރައީސް ނަޝީދު ކަމަށެވެ.

"ސިޔާސީ ހައްޔަރީން މިނިވަން ވުމަށް އޮތް އެންމެ ބޮޑު އުއްމީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު, ދެކެން ބޭނުމީ ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ފަރާތްތައް ވެސް މިނިވަން ވެގެންދިއުން" އީވާ ވިދާޅުވިއެވެ.

އީވާ ވަނީ އެމްޑީޕީގެ ވީހާ ވެސް ގިނަ ބަޔަކު ޕްރައިމަރީގައި ވޯޓު ދިނުމަށް ގޮވާލައްވާފަ އެވެ. އަދި މި ކެމްޕެއިންގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް އޭނާ ގޮވާލެއްވި އެވެ.

"އަނިޔާވެރިކަމުން ސަލާމަތްވާން އަޅުގަނޑުމެން އުއްމީދެއް ކުރަންޏާ، އެ އުއްމީދު ހޯދަން މަސައްކަތް ކުރަން އަޅުގަނޑުމެން އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރަށް،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ގިނަ ބަޔަކު ބުނަމުންނ ދާއިރު އެކަމަށް ރައްދު ދެއްވަވާ ނަޝީދު ވިދާޅުވެފައިވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވުނީ އެންމެ ފަހުވަގުތު ކަމަށާއި މިފަހަރު ވެސް އެންމެ ފަހު ވަގުތު އެމަނިކުފާނަށް ވާދަ ކުރެވޭނެ ގޮތައް ކަންތައްތައް ނިމޭނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް ނަޝީދަށް ވަނީ އިއްވާފައެވެ. މިއާއެކު އެމަނިކުފާނަށް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ހުރިހާ ދޮރެއް ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

  1. ަހަސީ

    ނަޝީދަކަށް ވޯޓެއް ނުދޭނަން

    • ސާޔަން

      އަނިޔާ އަކީ އަމިއްލެޔައް ލިބިގަންނަ އެއްޗެއް އޭގެން ރެކެންވެސް އިގޭނީ އަމިއްލެޔައް

  2. ާއައިޝާ

    ނަސީދަކީ އަނިޔާވެރިއެއްކަމަށް އީވާ ގަބޫލުކުރީތީ ވަރަށް އުފާވެއްޖެ

  3. މަމީ އެންމީ

    ނަސީދަކީ މި ޤައުމުދުއް އެންމެ ބޮޑު ނުލަފާ ޖައްބާރު. އީވާ މެނަށް މި ޤައުމެއް އަދި ނޭނގޭނެ. އަނގަ މައިތިރިކޮށްގެން ހުރޭ. ތި އަންނި މި ޤައުމުގެ ހަލާކު.

  4. ރެޓޭ

    އަނެއްކާވެސް ބަޔަކު ވަގަށް ނަގަން އުތަ؟ މާރަނގަޅެއްނު ޢަބްދުﷲ ޤާޟީ ވެރިކަމަށް ކުރިމަތި ލައްވާށޭ ކިއްޔާ!

  5. ބުއްްޅަަަބޭ

    އަނިޔާވެރިކަމޭ! އަނިޔާއަކީ ހޯދީމަލިބޭއެއްޗެއް! ބުރުމާއަތުން އެއްމެ 3 މިލިޔަން ރުފިޔާއަށް ޝޭޚް މޭ 1ގަ ހަޅޭފަޅޭޖެހީމަ ސަރުކާރު ވެއްޓުނުބާ! އެއިގެ ފަހުންވެސް ނުވެއްޓުނު. 90% ރަައްޔިތުންނަށް އެނގޭ މިއީ ރަނގަޅު ވެރިކަމެއްކަން.

  6. އަނާރާ

    ކަލޭމެން ނަޝީދުގެ އަނިޔާއިން ސަލާމަތްވެބަލަ...

  7. ޢަލީ

    އޮރިޔާމުން އުޅެ އެހެންދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލެވޭނީ ނަޝީދަށް ވޯޓު ދީގެން
    ވީމާ މިމީހުންގެ މަޅީގައި އެކަކުވެސް ނުޖެހެމާ

  8. ނާރެސް

    ބަލަ ކެނެރިގޭ ލާދީނީ ނަޝީދު މެންކަހަލަ ދީނައްފުރައްސާރަކުރާ މީހަކު މިގައުމަން ގެނާމާއެއްކަލަ ބޮވޭނެ ބޯވާނެ ޒުވާޖީލް ހާލަކުތެރެޔައްވެޓޭނެކަންޔަގީން މިހާރު ކެނެރީގާ ނަޝީދު ވެރިކަމާހެދިމޮޔަވަނީ މއީ ދިވެހި މޭއިސްތި ލަކުޑި ގުދަނެއްގެ ކޮޑިއަޅަންނޭގުނުމީހަކުވެރިކަމަކައްކުފޫހަމަވާނެގޮތެއބުނެބަލ؟؟

  9. އަމިއްލަ މީހާ

    އީވާމެން އެތިބީ ހަމަހޭގަތޯ ބަލަން އެބަޖެހޭ

    • ލައިލާގެ އަމާ

      އީވާ ހަމހޭގަ ހުރިވަގުތެއް މަދުވާނެ، ނަޝީދުބެޔާއި ދެމީހުން އެކީ ރޯއޮރިޔާމުން އުޅެން އޭނަނުގެނިވެގެން އެއުޅެނީ، އެކަމެއްނުވާނެ އިރާދަ ކުރެއްވިޔާ! މިގައުމަށް އަޔަސް އަހަރަމެން އޭނަ ދޫކޮށެއްނުލާނަން ގައްދާރު ކަލޭގަ މިގައުމަށް އިންޑިޔާ ސިފައިން ފޮނުވަން އަދި އެބަގޮވިއެއްނޫން!!!!!

      • އިވަ

        ހެހެހެހެހެ

  10. ލާހޫރޭ

    ޖަޒީރާ ރައީސް ޖަރީމާ ރައީސް ދޮއެއްތޯ އެހެންނޫނަސް އެއީ ޤައިދީއެއް ވޯޓް ދެވޭވަރު ކުފުއު ހަމަވާ ސައްހަ ބޭފުޅަކު ނެރެ ތިހެން ކިޔާބަލަ ފުތަރަމަ ޖަލުހުކުން ތަންފީޒު ނުކޮށް ރާނީގެ ތޮއްވަރީގައި ވަދެ އޮތުމަކުން ހުކުން ތަންފީޒުވީއެއް ނޫން ތިޔަ އަންނިތަކުރަށް ވުރެ ކަލާ މަންނަވެސް މާހިތްވަރު ގަދަ ކާލާ ބައިސާ ޖަލަށް ގެންގޮސްގެން މަންމަ އާއި ގުޅިގެން އެއުޅެނީ

  11. އަޙްމަދު

    ނަޝީދަށް ވޯޓް ލައިގެން ދިމާވާނީ އަނިޔާވެރިމަށް ވުރެ ގޯސް ބަލާވެރި ކަމަކާއި ނުފޮރޮއްޕާނަކާ. ވޯޓް ނުދޭނަށް. އެންޑީޕީން އެހެން މީހަކު ނެރޭ އެރުން ވޯޓް ލިބިދާނެ

  12. ޗިއްލޫ

    ހެއްހެއް ހާދަ ލަދުކުޑަވެސް އާއިލާއެކޭދޯ! އަބަދު ކެނޑިފަ ކަލެއާއި ކަލޭގެ ބޭބެ ނަޝީދުތިބެނީ، ދެމީހުން ތީމަގެއޭ ބުނީމަވެސް ލަދުގަންނަނީ އަހަރަމެން އެކީ އުޅެނީ އޮރިޔާމާ ބޮއެގެން އަބަދުހެން، އެކަމަކު ބޭބެޔޯ؟؟؟؟؟؟؟؟؟؟؟؟؟

  13. ސާކިރު

    ވަގުތު މީހުން ބިރުގަންނަނީތަ ސަރުކާރާ ދެކޮޅު ކޮމެންޓު ޖަހަން؟؟؟؟؟؟؟؟؟

  14. މޫސާ ޒަރުޤާވީ ފިކުރީބެ

    ކަލޭމެން ނަޝީދުގެ އަނިޔާއިން ސަލާމަތްވެބަލަ...އިބޫ ޝާހިދު

  15. އެހެނެތޭ

    ކެނެރީގެ ނަޝީދަށް ވުރެން އަނިޔާވެރި މީހަކު މަމެން ނުދެކެމެވެ. އޭނާ ވަނީ ގާޒީ އަކު ވަގަށް ނަގާ ރަހީނު ކޮށްފައެވެ

  16. ދަންޑެހެލު

    އަނިޔާވެރިކަމުން ސަލާމަތްވާން އެންމެބޮޑު އަނިޔާވެރިޔާއަށް ވޯޓްދޭންތަ ތިޔަ ގޮވަނީ!!!

  17. ހުސޭނުބޭ

    ނަޝީދަކީ ބޮޑު އަނިޔާވެރިއެއް. ލާދީނީ މީހެއް. އަނިޔާވެރިއަކަށް ވޯޓުދީގެން އަނިޔާވެރިކަމުން ސަލާމަތެއް ނުވާނެ.

  18. ހުސޭނުބެ

    ތިހެން ބުނި 2008 ވަނަ އަހަރުވެސް!! މައުމޫނުގެ އަނިޔާވެރިކަމުން ސަލާމަތްވާނީ ނަޝީދަށް ވޯޓް ދިނީމައޭ!! އެކަން ރައްޔިތުން އޭރު ގަބޫލުކޮށްގެން ބަދަލަކަށް ވޯޓްދީ ނަޝީދު ވެރިކަމަށް ރައްޔިތުން ގެނައީ!! އެކަމަކު އިހުނަށްވުރެ ނުލަފާ!! ތިމަންނާގެ ހުރި ނުލަފާކަން ދައްކާލާނަމޭ ފާޅުގައި ބުނެ އެންމެ ފުރަތަމަ ކުރިކަމަކީ ރައްކުރިއަރުވާ ކޮމެޓީތަކުގެ ލާރިކޮޅު ކަޓުވާލީ!! ދެން ސިވިލް ސަރވިސްގެ މުސާކޮޅު ކަޓުވާލީ!! ދެން ރާއްޖޭގެ މައިދޮރޯށި ރައްޔިތުންނަށް ގެއްލުންވާގޮތަށް ވިއްކާލީ!! ދިރާގު ، ފެންކުންފުނީގައި އޮތް ރާއްޖޭގެ މެޖޯރިޓީ ޙިއްސާ ވިއްކާލީ!! ދެން ޑޮލަރުގެ އަގުބޮޑުކުރީ!! ދެން ރިސޯޓްތަކުގައި ހަށިވިއްކަނީއޭ ބުނެ އެކަން އިޢުލާންކޮށް ފުލުހުން ރިސޯޓްތަކަށް އަރުވާ ޓޫރިޒަމް ފުނޑާލަން މަސައްކަތް ކުރީ!! އެންމެ ފަހުން ރާއްޖޭގެ އިގުތިސާދު ފުނޑާލީ!! ދެން ޝަރުޢީ ދާއިރާގެ ތެރެއަށް އަތްބާނާ އެންމެފަހުން ފަނޑިޔާރަކު ރަހީނުކުރީ!! ދެން ސިޔާސީ މީހުން ހައްޔަރުކުރަން ފެށީ!! އޭގެފަހުން ބޯންޖެހޭނެޔާ ބޮވެންވާނީބުނެ ރައްޔިތުންގެ ކރަށް ރާ އަޅަން ހިތްވަރުދިނީ!! މިހެންގޮސް ނަޝީދުގެ ހުރި ނުލަފާކަން ދައްކާލި އިންތިހާއަށް!! އެ ނުލަފާކަން ދައްކާލީ ހަމަ އެކަނި ރައްޔިތުންނަކަށް ނޫން!! މުޅި ގައުމަށް އެނުލަފާކަން ދައްކާލީ!! މިހާރު ދެން ރައްޔިތުން ހައްދައެއް ނުލެވޭނެ!!

  19. ޙަފްޞާ / މާލެ

    ވެރިކަންކޮށްލަން ލިބުނު 3 އަހަރުގެތެރޭގައި 3 ފަހަރު ރުފިޔާ ޗާޕްކޮށް ދިވެހި ރުފިޔާގެ އަގު ވައްޓާލި! ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އެރި! ޑީސަލްލިޓަރެއް 19 ރުފިޔާއށް ޕެޓިރޯލް ލިޓަރެއް 18 ރުފިޔާއަށް އުފުލުނު! ރާއްޖެއަށް އާމުދަނީލިބެންހުރި ހުރިހާ ދޮރުތަށް ބޭރުމީހުނަށް ވިއްކައިލި! ރަށްފުށުގައި އޮތް އަންހެނުންގެ ކޮމެޓީތަކާ ރަށްކުރިއަރުވާކޮމެޓީތަކާ އަތޮޅުކޮމެޓީތައް އަދި އަންހެނުންގެ މިސްކިތްތައް އުވާލާ އެތަންތަނުގަހުރި އެތަކެއް ސަތޭކަމިިލިޔަންރުފިޔާ ވަގަށްނަގާ ކައިލި! އެވަރުން ނުވެގެން ސިވިލްސާވަންޓުންގެ މުސާރައިން ބައެއް އަތުލާ ހިންދާލި! 3 އަހަރުގެ އޮޑިޓް ރޕޯޓްތަކުން ހާމަވީގޮތުގައި 3 އަހަރުތެރޭގައި އެކިތަންތަނުގެ ބަޖެޓުން 700 މިލިޔަން ރުފިޔާ ވަނީ މަޅާލާފަ! މިފަދަ އަނިޔާވެރިކަމަށް ދެން ފުރުޞަތު ނުދެވޭނެ!

  20. މަލަކާ

    ތި އަންނި އަށް ވުރެ ބޮޑު އަނިޔާވެރިއެއް އަހަރެން ނުދެކެން. އޭނާގެ ކިބައިން ސަލާމަތްވުމަށް ރެއާއި ދުވާލު އަހަރެމެންގެ ވެރި ރައްބަށް ދުޢާދަންނަވަން.

  21. އވަސް

    އަނިޔާވެރިކަމުން ސަލާމަތްވުމަށް އަނނި އައިސީޔޫއަށް ލާންޖެހޭ

  22. ޖަޒީ "ރާ"

    ޕްލީސް ޑިފައިން "އަނިޔާވެރިކަން"

  23. ސައްލޭ

    ކެނެރީ ގުންޑާއިންގެ އަތްމައްޗަށް މިގައުމު؟؟؟؟؟ ކެނރީ ގުންޑައިންގެ ވަސް މިގައުމުން ފުހެލަން ޖެހޭ. ކެނެރީ ގުންޑައިންގެ ސުވަރުގެ ކަމުގައިވާ ޔޫކޭ އަށް ދިޔައިމާ ނިމުނީނުން. މި ގައުމަށް ކޮން ބަލާވެރިކަމެއް ޖައްސާކަށްތަ؟ ވެރިކަމާ 1000ކމ ވެސް ގާތް ނުވެވޭނެ. އެންމގާތްވެވޭނީ ސިލޯނާ ހަމައަށް. ދެން އެެތަނުގއި ނޫނީ ޔޫކޭ ގައި ވަކި ސަރުކާރެއް ހަދައިގެން ކެނެރީ ގުންޑާ އިންތައް އުޅޭ.

  24. އުރަދު

    ކެރަފާ އާާއިޅާާ ބޭނުންވެގެން އުޅޭޭމިނިވަންކަން ދިވެހިން ބޭނުމެއް ނުވޭޭ މޮޔަނުގޮވާާ

  25. ޝަޒޫ

    ވޯޓްދިނެންނު ކިހިނެއްވީ ވޯޓްދިނީމަ ހެހުއްޓަކާ ނުދޭނަން ވޯޓެއް

  26. ހަގީގަތް

    ހެހެހެ އައްނި އަށް އިވާ ވޯޓް ދީ ، އައްނި ކަހަލަ އަމިއްލަ އެދުން ބޮޑު ލާ ދީނީ މީހަކަށް މަގޭ ބަސް ިހނގާ މީހަކު ވެސް ވޯޓް ނުދޭނެ

  27. ސޫޒީ

    ރައްޔިތުން ތިބީ ހޭލަ ދެން ތިބައިގަނޑަށް ވޯޓްޙަރާމް ކޮށްލާ..ކޮންކަމެއް މިޤައުމަށް ކޮށްދިނީ ތަންތަނުގެ ހުޅުޖަހާ އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހިންގެ އަގުވައްޓާލާ ރައްޔިތުންނާއި ޢާއިލާތައް ބައިބައިކުރުވާ، ނުވިތަނަކަށް އަންހެނުން މުޒާހަރާތަކަށް ނެރެ އަންހެނުންގެ ކަރާމާތަށް އަރައިގަނެ ތިބައިގަނޑުގެ ނަމާ ދިރުންވެސް މިޤައުމުން ފެހެވިގެން ދިއުމަށް ދުޢާކުރަން.

  28. އެނގޭތަ

    އަނިޔާ ވެރިޔަކައް ވޯޓް ދީގެން ކިހިނެއް އަނިޔާވެރިކަން ނައްތާލާނީ.އަންނި އަކީ އަނިޔާ ވެރިޔެއް. އިސްލާމްދީނައް އިހާނެތިކޮއް ކަންތައް ކުރުމައް ވުރެން ވަކިން ބޮޑު އަނިޔާވެރިއަކީ ކާކޫ. އަންނިވެސް ޔާމީންއަކީވެސް އެއްކަހަލަ 2 މީހުން. ޑިމޮކްރަސީ ގެ އެކަކައްވެސް ވޯޓް އެއް ނޫދޭނަން

  29. ފުތާބެއްޔާ 98އ

    އިންސާނަކަށް ދެވޭނެ އެެއްމެ ބޮޑު އަނިޔާއަކީ އިސްލާމްދީނުގެ ހިދާޔަތުން އެމީހާ ދުރުކުރުން. ނަޝީދުއަކީީ ދިވެހިރައީތުން އިސްލާމްދީނުގެ ހިދާޔަތުން ދުރުކުރުމަށް ޤުރުއާނާ ސުންނަތް ނޫން ގޮތްތައްހޯދަން ބޭރުގެ ހަރުބީީ ކާފަރުންގެ ކައިރިން މަދަދަށް އެދުނުމީހެއް. އަދި ތަފާތު އެކިތަންތާގަ އިސްލާމްދީނުގެ ހުކުމްތަކާ އިސްލާމުންގެ ގަބޫލުކުރުންތަކާ ހިލާފް ވާހަކަދައްކާ އެކަންކަމަށް ހިތްވަރު ދީފަހުރި މީހެއް. މިފަދަ މީހަކު ވެރިކަމަށް ގެނައުމަކީީ ދިވެހިރައީތުންނަށް ދެވޭނެ އެއްމެ ބޮޑު އަނިޔާއަށް ވެގެންވާނެ. މި އަނިޔާއަކީީ ދެދުނިޔޭގަވެސް ދެވޭނެ އަނިޔާއެއް. އެހެންވީމަ މިފަދަ ބޮޑު އަނިޔާއަކަށް ހިތްވަރު ނުދިނުމަށް ނަޝީދުއަށް ނޫނެކޭ ބުނަންޖެހޭނެ

  30. ނަންހުރި

    އެމްޑީޕީން މިފަހަރު ނުކުންނަންވީ އީވާ އީވާރައިސްކަމަށް އައިސްެެްދެން ނަޝީދު މިނިވަން ކުރަނީ ޖެހިގެން އަންނަ ދައުރަށް ނަޝީދު ހުންނާނީ ބޭރަށް ފައްކާވެފައި މިދައުރު އީވަގެ ވެރިކަން ތޮށިގަނޑު އެތެރެއިން ހިްގަވާނީ ނަޝީދު

  31. ގަލޮޅު މީހާ

    ޙީ ހީ ހަމަ ހަލާކު. ނަށީދު މިގައުމުގެ ވެރިކަން އެއީ ކިހިނެށް

    ނަށީދު އައް ނޫނެކޭ ބުނެފި ދޯ

  32. ސޯބެ

    ނަޞީދު ވެރިކަމަށް އައިސްގެންތާ އީވާއައް ބުރަލުގަ މަޖާކުރެވޭނީ ލާދީނީގުރޫޕު

  33. ނުދޭނަން

    މި ބުނީ ނުދޭނަމޭ ،

  34. ނައިންޓީ

    އަނިޔާވެރިކަމަކީ ބޮޑާދައްކާ ބަސްގަބޫލް ނުކުރާ ނުކިޔަމަންތެރިންނަށް ދުނިޔޭގެ ކޮންމެތާކުވެސް ލިބޭ އެއްޗެއް. މޮޔަފުޅުވީތޯ

  35. 3ނިރު

    އަނިޔާވެރިކަމުން ސަލާމަތެއްނުވާނެ ޓެރެރިސްޓަކަށް ވޯޓް ދީގެންނެއް

  36. ގަމާރު

    އޭރުން މިޤައުމު ނަރަކައަކަށް ހަދާނެ.

  37. ކައުންސެލަރު

    މަވޯޓްދޭނަން މަންޖެއަށް! ކަޑަ؟

    • ސޮރީ

      ނުދޭނަން

  38. ާވަވަަަާ

    ނަޝީދު ދުނިޔޭގަ ހުރިހާ ދުވަހަކު ދިވެހިރާއްޖެއަށް އަމާންކަމާ ހަމަޖެހުމެއްނެތް. ދުނިޔޭގެ ޔަހޫދީ ބައިގަނޑު ނަޝީދަށް ބެކިންދީ ފަންޑުކުރަނީ ވަކި މަޤުސަދުތަކެއް ހާސިލުކުރަން.

  39. ގޮޅާ

    އަރެމެން ބޭނުމީ ތިބުނާ އަނިޔާ ވެރިކަން
    ތިބުނާ ދީން ދޫކުރާކައް ބޭނުމެއް ނޫން ދުވަހަކުވެސް

    • ހިދާޔަތް

      މުނާފިގު ކަމެއް، އަނިޔާވެރިކަމެއް، އެތީޒަމެއް ބޭނުމެއް ނޫން.

  40. ޢަފްލާ

    ﷲ އަކްބަރ ދުނިޔޭގަ އެންމެ ބޮޑު އަނިޔާވެރިއަކީ ﷲ ޝިރުކު ކުރި މީހާއެވެ. ނަޝީދު ވަނީ ކީރިތި ރަސޫލާގެ ސުންނަތަށް ޖޯކު ޖަހާފައެވެ.

  41. ހާދީ

    ނުން ނަޝީދަކީ ދިވެހިން ދަންނަ ޝައިތާނެއް އޭނަޔަކަށް ވޯޓެއް ނުދެވޭނެ، ވެރިކަން ދިނީމަވެސް ނުލަފާކަން ދެއްކީ ، އެހެނވީމަ ދެން ދުވަހަކު ކޮޅުންވެސް ދިވެހިރާއްޖޭގެ ވެރިކަމަކަށް ނަޝީދު ނާންނާނެ ، ކޮންމެސް އެހެންކަމަކާ އުޅުން ބުއްދިވެރި

  42. ރަށްދު

    އަނިޔާވެރިޔަކަށް ވޯޓް ލައިގެންއަނިޔާވެރިކަމުން ސަލާމަތް ވާނެގޮތެއް ނުވިސްނުނު

  43. ވަޒީފާ

    މާތްރަސްކަލާނގެއައް ބިރުވެތިވެގެނެއްނޫންތަ؟

  44. އެނގޭތަ

    ވޯޓް ދެވިދާނެއެވެ. އެކަމަކު ރައީސްކަން ލިބޭތާ ދެތިން ދުވަސްތެރޭ، ސިފައިން ގޮސް ބަޑިދައްކާ އިރަށް، އާއިލާއަށް ޓަކައި، ދަރިންނަށް ޓަކައި، ރައްޔިތުން ހަވާލުކުރައްވާ މަޤާމް ދޫކުރަވާފައިވާކަން އެއީ ތާރީޚު ހެކިދޭ ކަމެކެވެ. ޚުދު ނަޝީދު އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައިވާ ކަމެކެވެ. އެހެންކަމުން، މިފަހަރު މެނިފެސްޓޯގެ ފުރަތަމަ ވަޢުދަކަށް ވާންވާނީ، ވެރިކަން ލިބިވަޑައިގެންފިނަމަ، 5 އަހަރު ވަންދެން މަޤާމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަމެވެ. ރައީސްކަމަށް ކުރިމަތި ލައްވަން ވާނީ ރައްޔިތުންނަށް ޓަކައި، އާއިލާ ޤުރުބާން ކުރެވޭ ބޭފުޅުންނެވެ. ޤައުމުގެ ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރެއްވޭނެ ނަމައެވެ.

  45. ފަޤީރު ކަލޯ!

    އަނިޔާވެރިކަން އެއްވަރެއްގައި، އެއްވާނަކަށް އޮތުމަށްފަހު އަނިޔާވެރިކަން ހައްދު ފަހަނަ އަޅައި ދިޔައީ ތިކަލޭގެއަށް ވޯޓުދީ ވެރިކަމަށް ގެނައުމުގެ ސަބަބުންނެވެ. އެހެންވީމާ އެ އަނިޔާވެރިކަމަށްވުރެ ބޮޑު އަނިޔާވެރިކަމެއް ގެނުވިގެން ކުރިން ގެނެވުނު އަނިޔާވެރިކަން ފުހެލެވޭނީ! އެހެންވީމާ ލަންބާ ޗޯޅާ ވާހަކަ ނުދައްކައި ހިމޭނުން ތިބެވޭތޯ ބަލާ!

  46. ޕޮފުބާ

    ޖަރީމާ ނަސީދަށް ވޯޓް ލުމަކީ ޓެރެރިސްޓް އަމަލެއް

  47. ހަމީދު

    ނަޝީދަށް ވޯޓް ދެވޭކަށްނެތް

  48. ރަށްދު

    އަނިޔާވެރިކަމުން ސަލާމަތްވާނީ އީވާ ދެފައިދޭތެރެއަށް ވޯޓް ލީމަ

  49. ޒިދާން

    ހަމަ ނޭވާލާހިނދެއްގައި ހުރި ހިނދަކު ދުވަހަކުވެސް ނުދޭނަން

  50. ޟަ

    ޢާޢިލީ މީހެއް ވީމަތަ...ކަލޭ މެންގެ އަވާއިގައި ޖެހި ނިކަމެތި ރައްޔިތުން މި ފުޑި މަރުވަނީ...އައްނި ގެ ނަމެއް ނޯން ނާނެ އިރާދަކުރެއްވިއްޔާ

  51. ޟަމޮ

    ޢާޢިލީ މީހެއް ވީމަތަ...ކަލޭ މެންގެ އަވާއިގައި ޖެހި ނިކަމެތި ރައްޔިތުން މި ފުޑި މަރުވަނީ...އައްނި ގެ ނަމެއް ނޯން ނާނެ އިރާދަކުރެއްވިއްޔާ

  52. ނުރަބޯ

    މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ ނުދާނަމޭ. ކެރަފާ ނަޝީދަކީ މިގައުމުގެ މިނިވަންކަމާ އިސްތިގުލާލާ ، އެއްބައިވަންތަކަމާ، ތަރައްގީ އާއި، ފާގަތިކަމާ، ތަނަވަސްކަމުގެ އިތުރުން މާތްވެގެންވާ އިސްލާމްދީނަށް ހުރި ބޮޑު ބިރެއް. އަހަރެމެން ދިވެހިން އެއްފަހަރު މިކަންކަން ތަޖުރިބާ ކޮށްފިން. ދެން އަލުން ތިޔަ ރީނދޫ ލާދީނީފިކުރުގެ އެކަކުވެސް ބޭނުމެއް ނޫން.

  53. ޒާހިރު

    ނަޝީދުގެ ނަމެއް ވޯޓްކަރުދާހަކު ނޯންނާގެ ދެން ކިހިނެއް ނަޝީދުއަށް ވޯޓްލާނީ؟

  54. ފައިޒް

    ބަލާ މުސީބާތުން ސަލާމަތް ވުމަށް ކެނެރީގޭ ނަޝީދަށް ވޯޓް ނުދޭތި....

  55. ޕަކާސް

    މިފަހަރު އެކަލޭގެ އަށް ވެރިކަމަށް ބައިވެރިނުވެވިއްޖެއްޔާ ދުނިޔޭން މޮޔަވާނެ. އެވަރު ވެފަ އެހެރީ.