ރާއްޖެއަކީ ސައްްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީނަމަވެސް މޫނުބުރުގާ އެޅި މީހުންނަށް ވަޒީފާ އާއި ތައުލީމީ ގޮތުން ތަފާތުކުރުންތައް ދިމާވަކަމީ މި މުޖުތަމައުގެ ހަގީގަތެވެ. އެގޮތުން ސަރުކާރުގެ އެއްވެސް ސްކޫލެއްގެ ވަޒީފާ އަދާކުރާ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެ ކަމަށާއި އެއީ ސިވިލް ސާރވިސްގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާ، މޫނު ބުރުގާ އަޅައިގެން ތިބޭ މުދައްރިސުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އޭގެ ފަހުން އެ މުދައްރިސުންނަށް ވަޒީފާ ލިބުނީ މި ސަރުކާރު އައި ފަހުންނެވެ.

އެހެންނަމަވެސް މި ހާރުވެސް ކުރިއެކޭ އެއްގޮތަށް މޫނު ބުރުގާ އަޅާ މީހުންނަށް އުނގެނުމާއި، ވަޒީފާގެ މާހައުލުގައި އެތައް ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން ވަޒީފާ އާއި ކިޔެވުމުގެ ފުރުސަތު ލިބުން އުނދަނގޫ ވުމާއި، ވަޒީފާގެ ކުރިއެރުން ނުލިބުން ފަދަ އެތައް ކަމެއް އެފަދަ ކަނބަލުންނާއި ދިމާވެއެވެ. ދާދިފަހުން މަންދު ކޮލެޖުގެ ދަރިވަރަކަށް ވެސް ވަނީ މިފަދަ ހިތްދަތި ކަމަކާއި ކުރިމަތިލާން ޖެހިފައެވެ.

ސިމާނާ އަލީ ކިޔާ ދަރިވަރަކަށް މަންދު ކޮލެޖުގެ ރެޖިސްޓްރާ ފޮނުއްވި އީމެއިލްގައި ވަނީ އޭނާ އަށް މަންދު ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދިން އިރު އޭނާ އަކީ މޫނު ބުރުގާ އަޅާ މީހެއްކަން ނޭނގޭ ކަމަށެވެ.

އަދި މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީގެ އުސޫލުގައި ބުނާގޮތުން ދަރިވަރުންގެ މޫނު ކުލާސް ގަޑީގައި ފެންނަން ހުރުމަކީ ލާޒިމު ކަމެއް ކަމަށް އެ އީމެއިލްގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ފޯނު މެދުވެރިކޮށް ސިމާނާ އަށް އަންގާފައި ވާނެ ފަދައިން، އޭނާ ކުލާހުގައި ހުންނަން ބޭނުން ނަމަ މޫނު ނަގައިގެން ހުރުން ނޫން ގޮތެއް ނެތް ކަމަށް އެ ލިޔުމުގައިވެއެވެ.

އެހެން ނޫން ނަމަ އޭނާ ކުލާހުން ވަކި ކުރަން މަޖުބޫރުވާނެ ކަމަށް ބުނެ އެ ލިޔުމުގައި ވަނީ ސިމާނާ އަށް އިންޒަރު ދީފައެވެެ.

އެ ލިޔުމުގައި ކުލާހުން ވަކިކުރުމުން ސިމާނާ އަށް ދޭން ޖެހޭ ރީފަންޑު ދޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ކޮލެޖުން އޭނާ އަށް ދިން ސްޓަޑީ ކިޓު އަނބުރާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ އަށް ވަނީ އަންގާފައެވެ.

މަންދު ކޮލެޖުން ސިމާނާ އަށް މިގޮތަށް އެންގުމުން އޭނާ ވަނީ އެކަމާއި މެދު މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

" ކިކޭދޯ ބުނާނީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ކިޔަވާދޭ ތަނެއް. އެކަމު ދެރަކަމަކީ އެހެން ހުރިހާ ޔުނިވަރސިޓީ ތަކުގައިވެސް މޫނު ބުރުގާ އަޅައިގެން ކިޔެވޭނެކަން މަންދު ކޮލެޖުގައި ތިބި ބަޔަކަށް ނޭނގުނުކަން. " އޭނާގެ ފޭސްބުކް އެކައުންޓުގައި ލިޔެފައިވެއެވެ.

މިކަމާއި ގުޅިގެން މަންދު ކޮލެޖުގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ. އަދި ސިމާނާ އާއި ގުޅިފައި ނުވާތީ މިކަމުގެ އިތުރު ތަފްސީލްވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. އިއްބެ

  މަންދު ކޮލެޖް ،ބަންދު ކޮލެޖައް ހަދާ، ވަގުތުން ވަޤުތައް، ބަންދުކުރޭ!

  59
  6
  • ކޮރ ޖިންނި

   މި ޖިންނި އަކީ ދައްޖާލު އާއިލާގެ ނުބައި ނުލަފާ ޝައިތާނެއް. އިންސާނުންގެ ސިފައިގަހުންނަ ޖިންނި ޝައިތާނެއް. ދީނެއް ރައްބެއް ގަބޫލުކުރަނީއެއް ނޫން އެންމެހާ މުސްލިމުންނައް ދުއްތުރާކުރުން ކަމަކީ

   12
   2
 2. އަހުމަދު

  ތިއޮތީ ފެށިފަ

  44
  5
 3. Anonymous

  ބައްލަވާ މިއަދު މުޅި ދުނިޔެވެސް މިއޮތީ މޫނުނިވާކޮށްގެން ނޫނީ ނޫޅެވޭ ޙާލަތުގައި ނޫންތޯ. އަނެއްކޮޅުން މާތްވެގެންވާ އިސްލާމްދީނުގައި އަންހެނާއަށް ދެއްވާފައިވާ މަތިވެރި މަޤާމް ގެއްލުވާލަން ތޯ ތިއުޅުއްވަނީ. ޣައިރު މުސްލިމުން ގޮތަށް ހެދުން އަޅައިގެން އުޅުމަށް ހިތްވަރު ދިނުންބާމީ. މަންދު ކޮލެޖްގެ އަގު ވެއްޓޭ ކަހަލަ ކަމަކަށް މިކަހަލަ ކަންތައްވާނީ . މިކަން އިސްލާޙް ކޮށްލެއްވުން އެދެން. އަޅުގަނޑު ވެސް ކިޔެވިތަނަކަށްވާތީ މަންދު ކޮލެޖަކީ ވ. ލޯބިވާތަނެއް.

  52
  5
 4. ތިހާވަރިއްޔާ

  އޮޅުވާލުން ގިނަ މިޒަމާނުގައި ކާކުކަން ނޭނގޭ ގޮތަށް، މޫނު ވެސް ނިވާކޮށްގެން ތަންތަނަށް ދިއުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހާވަރަށް ފޮރުވެން އިސްކަން ދޭނަމަ ގޭގައި އިނދެގެން އޮންލައިން ކޯސްތައް ހެދުން ބުއްދިވެރި އެވެ. މުޖުތަމަޢަށް ނިކުންނަން ޖެހޭނީ، މުޖުތަމަޢުގެ މަޞްލަޙަތު ނުގެއްލޭ ގޮތަށެވެ. ދޫކޮށް ދިގު ކަޅު ހެދުންލައިގެން، ބޮޑުކޮށް ބުރުގާ އެޅުމަކުން ހާމަވާނެ އައުރައެއް ނޯންނާނެ އެވެ.

  20
  76
  • ހޭބުރާންތި

   ރަނގަޅަށް ލިޔުން ކިޔާލަންވީނު އަލުން ފަށައިގެން....

   6
   1
  • ގޭގަ

   ގޭގަ އިނދެގެން ޒޫމް ކުލާސް އަށް ދިޔައިމަވެސް މަންދު ކޮލެ ޖުން މައްސަލަ ޖައްސާނެއޭ އެބުނާގޮތުން. ތަންކޮޅެއް ވިސްނާލާފަ ކޮމެންޓު ކުރާނަމަ.

   5
   2
  • އެހާވަރުންސް

   ހެޔޮކޮށް. އަލުގަނޑުމެން މި ކިޔަނީ ކީއްކުރަންހޭ މާސްކުވެސް އަޅަނީ.. މިހާރު ކޮން ދުވަހެއް ލިޕްސްޓިކް ކޮޅެއް ޖައްސާ ނުލެވޭތާ. އެހާ އަގުބޮޑުކޮށް ގަނެފަ ހުންނަ މޭކަޕްތައް މި ޖެހުނީ އުކާލަން. ކިހާ ބޮޑު ގެއްލުމެއް،، ތަންތަން ނިވާ ކުރީމާ އިގްތިސާދީ ގެއްލުން ކާކުހޭ ދެނީ.

   1
   5
   • 💄

    އަދިވެސް ފިރިހެނުންނަށް އޮޅުވާލެވޭތޯތަ؟ ބަލަ ކިތަންމެ ވަރަތް ގޮތް ދައްކާ ހިތްވިޔަސް މީހުންގެ ހިތަށް ބަލިޖެއްސުމާ ތިމާގެ ބަލި ބޮޑު ކުރުން ނޫން ކޮންކަމެއް ކުރެވޭނީ. މީހުންގެ ހަވާނަފުސުތަކޭ ތިހެން ލެއްބުވޭނީ. އެމީހުން ތިމާ ފަހަތުން އުޅުމެކޭ މަރުވެފަތިބި ބަޔަކު🧟‍♂️ ފަހަތު އެޅުވުން ކަހަލަވާތަން ފެންނާނީ. ސާލިހުންނެއް ނުބަލާނެ ތި ފަސާދައެއް އެއީ ބުއްދިވެރީން ވިއްޔާ. ފިތުނަ ފަސާދަ ފަތުރަނިކޮށް ތިމީހަކު މުޅީން ޝައިތާނު މޮޔަކޮށްލަފާނެ. އިތްފަތްތެރިވެ ނޫނީ މޫނުބުރުގާވިޔަސް އަޅާލާ މީހުންނަށް ދުނިޔެއާއި ސުވަރުގޭގެ އަރާމަށް މަގު ދައްކައިގެންވެސް ތިމާއަށްވެސް ހަގީގީ ހިތްހަމަޖެހުން ލިބިގަތުމަށް އުޅުމެއް ނޫންތަ މުހިންމީ. މި އުނި ދުނިޔެއަކީ ބުރިޖް އެއް ފަދަ ތަނެއް އަރާމު ކުރެވޭނީ ބުރިޖް ގައެއްނޫން. ޑެސްޓިނޭށަންގަ. އިންޝާﷲ 🤲 😘

  • ބުރާންތި

   އެއީ އޮންލައިން ކޯސް ހަދާ ކުއްޖެއް.

 5. ބޮތް

  އޭގައި އެއޮތީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އަންގައިފައި އޮއްގޮތޭ.. ތީގަ މަންދޫކޮލެޖުގެ ކުށަކީކޮބާ؟

  19
  8
  • ދެން

   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ވެސް އެހެންވިއްޔާ އުވާލާ

   5
   2
 6. Anonymous

  މަންދު ކޮލެޖު ބަންދުކުރަން ރައްޔިތުން ނިކުންނަންވީ. މިޤައުމުގައި އިސްލާމީ ޝިޢާރަކަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރުމުގެ ޖާގަ ދީގެންނުވާނެ.

  39
  8
 7. ސ

  މީއިސްލާމީގައުމެއް މޫނުބުރުގާ އެޅުމަކީމައްސަލައެއްނޫން ވެރިންނައްްތިބީ އަނެއްކޮޅައްޖަހާފަ ތިބިމީހުންވިއްޔާ މީދެން ކިހާދެރަކަމެއް.

  36
  7
 8. ހަސަނު ބެ

  ފޭސް މާސްކް އޯކޭ ދޯ.. ތީ ޖަހުލު އިބުރާ މެން ކޮލެޖް ނު... ތި ވާނީ ތިއަށް

  33
  5
 9. އިއްބެ

  މަަންދު ބަންދު ކުރާށޭ

  29
  8
 10. ސިނެކް

  ނުކިޔެވުނަސް މަގޭދަރިޔަކް އިސްލާމީ ގަ އުމެ އްގަ ހުރި ޔަހޫދީ ކޮލެޖަކަ އް ނޮފޮނުވާނަން މޫނުބުރުގާ
  ޢެޅިޔަސް ނޭޅިޔަސް

  36
  6
 11. އަދުރޭ

  މަންދު ކޮލެޖް ބަންދުކޮށް އިބްރާ މިރާއްޖެއިން ފޮނުވާލަން ވެއްޖެ. ނުބައި ނިޔަތެއްގަ ކޮލެޖް ހިންގާ މީހެއް.

  34
  5
 12. ގަމާރު

  ތޫނު ހަނދު ފާޅުވީހެން ހީވޭ ކޮލެޖުތެރޭން ،
  މޫނުބުރުގާ ނެގީމާ މިރޭ،

  21
  5
  • ާއަލާ

   ލޮލް

 13. Anonymous

  އަދި މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީގެ އުސޫލުގައި ބުނާގޮތުން ދަރިވަރުންގެ މޫނު ކުލާސް ގަޑީގައި ފެންނަން ހުރުމަކީ ލާޒިމު ކަމެއް ކަމަށް އެ އީމެއިލްގައި ބަޔާންކޮށްފައިވެއެވެ.
  ޢެހެންވިއްޔާ ދަރިވަރުން މާސްކު އެޅުމުގެ ނޭނުމެއްނެތް
  ސިމާނާއަށް ރަނގަޅު އެހެން ގޮތެއް ދައްކަވާށި، އާމީން

  22
  3
 14. ބޮއިކަޓު މަންދުނނ

  ތިތާގެ ބޮޑުމީހާއަކީ ދީނީކަންކަމަށް ވަރަށް ހަސަދަމީހެއްނު. ކަނބުލޮ އަވަހަށް އެހެން ކޮލެޖަކުން ފުރުޞަތު ލިބޭތޯބަލާ. އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަދމސައްކަތްކުރޭ. މަންދު ބޮއިކަޓް ކުރޭ!

  35
  5
 15. ލަޔާން

  ދިވެހި ރާއްޖޭގަ ގައުމީ ޔުނިވަރސިޓީ ގަ މޫނު ބުރުގާ އަޅައިގެން ކިޔެވޭ، ކުއަލިފިކޭޝަން އޮތޯރިޓީއިން ގަބޫލް ކުރާތީ ތާ ޔުނިވަރސިޓީ ގަ ކިޔެވޭނީ... މޫނު ބުރުގާ އަޅައިގެން ކިޔެވޭނެ....

  25
  3
 16. ބޮއިކޮޓް

  މަންދުކޮލެޖް ބޮއިކޮޓް މަންދުކޮލެޖް ބޮއިކޮޓް މަންދުކޮލެޖް ބޮއިކޮޓް މަންދުކޮލެޖް ބޮއިކޮޓް މަންދުކޮލެޖް ބޮއިކޮޓް މަންދުކޮލެޖް ބޮއިކޮޓް

  24
  5
 17. ރޯދަމުބާރަކް!

  ސަބަބިކީ ކޮލިފިކޭޝަން އޮތޯރިޓީ ގެ ގަވާއިދު ނޫނީ އުސޫލު! އެބަދަލުކުރުމުން މި ފަދަ ކަންކަމަށް އުސޫލު ނޫނީ ގަވާއިދުގެ ތެރެއިން ޖާގަނުލިބޭނެ! ކިޔަވަން ބޭނުންވާ ދަރިވަރަށް ކިޔެވެންޖެހޭނެ! މިފަދަ ދަތި ދުވަސް ވަރެއްގައި މި ކޮލެޖްއަށް ދަރިވަރަކު ފީދައްކައިގެން ކިޔަވަން ފުރުސަތުދީފައި އަނބުރާ އެފުރުސަތު ގެންދިއުމުން ކޮލެޖުން ދަރިވަރުން ތަރުބިއްޔަތު ކުރަން މި އުޅެނީ ކިހިނެއް؟

  20
  3
 18. އިބްރާހިމް

  އެއްވެސް ދިވެއްސަކު މި ސެކިއުލާ ކޮލެޖާއި ނުގުޅުމަށް ގޮވައިލަން. އިބްރާއަކީ ފާޅުގައި އިސްލާމްދީނަށް ހަޖޫޖަހައި ދީނީ ޝިޢާރުތަކަށް ފުރައްސާރަކުރާ މީހެއް.

 19. ނަމަ

  މަންދު ކޮލެޖު އުވާލާ އަވަހާ

 20. ދިވެހިކޮރަކަލި

  މިނީ ސްކާރޓަކާ އަތް ކުރު ޓޮޕެއްނަމަ ތި ކޮލެޖުން އަޅައެއްނުލިސް އަސްލު ބުނަންތަ ތެދެއް ލިޔާ ގަތާ ގާބިލިއްޔަތެއް މީހަކު އަޅާ ހެދުމަކުން ނޭގޭނެ މޮޅު ދެރަ ކިޔާ ކަށްވެސް ނޭގޭނެ މިހާރު އަލީ ރަމީޒް ފެނި އޭނަ ނުދަންނަ މީހަކަށް އެއީ ގައުމުގެ ރަން އަޑޭ ބުނެފިނަމަ ދޭނެ ޖަވާބު އެގޭތަ އިބްރާ ހާދަ ގަޅިޔޭ ދޯ

 21. މޫނު

  މޫނު ފެނުމާ ތައުލީމާއި އޮތީ ކިހާ ގުޅުމެއްބާ؟ ލޯފަން ޓީޗަރަކަށް ކިޔަވަނުދެވޭނެތަ މި ވިސްނުމުގަ؟

 22. ތެރޯ

  ޕެންޑަމިކާ ޖެހުނީމަ ތިބުނާ ސަލާމަތީ މައްސަލަތަކެއް ނެތް. ދީނާޖެހުނީމަ ސަލާމަތީކަންކަން މާމުހިއްމު. ލާދީނީ

 23. އިބުރޭ

  ލާދީނީ އިބުރާ ކަންތައް މީ. މަންދު ބަންދު ކުރޭ

 24. ހުސޭނުބޭ

  އިސްލާމްދީނަށް ހަޖޫޖަހާ މީހާގެ ކޮލެޖް ތިއީ! ދެން މިވަރުން ފުއްދާލާ ކުދިންނޭ!

 25. Anonymous

  އިސްލާމިކު މިނިސްޓަރު މިކަމާ ބަހެއް ވިދާޅުވުން ކީއްތޯ ނޫނީ ޝެއިޚް އިލްޔާސް މެންފަދަ ބޭފުޅުން.
  ޢިލްމަކީ އަމާނާތެއް. މިދަރިވަރުގެ ޙައްޤު ނިގުޅައި ނުގަންނަމާތޯ

 26. ހައްޤުބަސް

  ﷲ އެއީ ޙުކުމްގެ ވެރިޔާ. އަމުރުގެ ވެރިޔާ. އެކަލާނގެ މުއުމިނު ކަނބަލުންނަށް އަމުރުކުރައްވާފައި ޤުރުއާނުގައި އޮތީ މުޅިހަށިގަނޑު ނިވާކުރުމަށް. ދެއްކުންތެރިކަމާއި އެދުންވެރިކަމާއި މީހުންގެ މަލާމާތުން ސަލާމަތްވުމަށް.
  އެކަލާނގެ ކުރައްވާފައި އޮތް އަމުރަކާއި ދެކޮޅަށް އަމުރުކޮށް ކިޔަމަންތެރިވުމަކީ ޝިރުކުގެ ތެރޭގައި ހިމެނޭ ބޮޑު ފާފައެއް. އަދި އެކަލާނގެ ކުރައްވާފައި އޮތް އަމުރަކާއި ދެކޮޅަށް ބަޔަކު ކުރާ އަމުރަކަށް ކިޔަމަންތެރިވެއް ޖެ ކޮންމެ ބަޔަކު ހިމެނޭނީ އެ އަމުރުކުރި ނުވަތަ ހެދި ފަރާތަށް އަޅުކަންކުރި ބަޔަކަށް.
  އޭ މަގޭ އިސްލާމީ ދިވެހި އުންމަތުގެ ދަރިންނޭ. ތައުހީދާއި ޝިރުކު ދަސްކުރައްވާ.
  މި ބިމުން ލާދިނީ ފިކުރުތަކާއި ލާދިނީ ދީނާ އިދިކޮޅު މީހުންނަށް ފުރުސަތު ނުދެމާ ހިންގަވާ.
  އޭ މި ގައުމުގައި އުޅޭ ލާދިނީ މީހުންނޭ. މި ބިމަކީ އިސްލާމުންގެ ބިން. މި ތަނުގައި ކަލޭމެން ބޭނުންވާ ލާދިނީ އަޤީދާއެއް ނުފެތުރޭނެ. އެކަމާ ދެކޮޅަށް އަޑުއުފުލާ ކަލޭމެންގެ ފަލްސަފާ އާއި ދެކޮޅަށް މި ޤައުމުގައި ތިބި މުސްލިމުން ނިކުންނާނެ. އެކަން ހަނދާން ބަހައްޓައިގެން
  ތިބޭތި
  ޖކަލޯމެން ކަލޯމެންގެ ދޫތަކުންނާއި އަމަލުން މިފަސްގަނޑުން ﷲ ގެ ނޫރު ފުމެ ނިއްވާން އުޅުނަކަސް އެއީ ވާނޭ ކަމެއްނޫން.

 27. ޒާ

  ކޮމެންޓް ކިރެއްވި "ތިހާވަރިއްޔާ" އަށް 100 އިންސައްތަ މަތާއީދު.

  1
  5
  • ނޭންގެ

   ތިހާވަރިއްޔާ އަށް ދެއްކޭ ވާހަކައެއް ނޭންގެ. ޢަދި ތިބޭފުޅާއަށް ކޮމެންޓް ތްރެޑް އަކަށް ޖަވާބުދޭކަށް ނޭންގެ.

 28. ބަބުރާ

  މި ލިޔުން ކިޔާލީމާ އެނގުނު އެކައްޗަކީ ކާކުކަން ނޭނގުނަސް އަދި އަންހެން ފިރިހެން ވަކިނުވިޔަސް ބުޅަލެއް ބަޅެއްކަން ހާމަނުވިޔަސް ތިޔަ ވިއްކާކޯސްތަކުން ފުރުޞަތު އެބަދެވޭކަން. އެހެންޏާފަހެ ކޯހަށްވަންނަ ފޯމުގާ ފޮޓޯއެއް ޖަހަންއޮންނާނެ. އެފޯމާއެކު އިއިޑީކާޑުވެސް ފޮނުވާނެ. އެކަމަކުވެސް މޫނުބުރުގާ އަޅާކަން އެނގުނީ އޮންލައިންވެ ކުލާހަށްވަނިމާ.

  • ހާދަ ފޫހި ކޮމެންޓެކޭތީ

   ފޮޓޯ އެއް ނުދައްކާ ވާހަކައެއް ނޫން. އަސްލަށް ފެނުނު ވާހަކަ. ކޮން ބަބުރެއް ކިޔާކަށް ތަ؟ މޮޔައެއްބާ؟ މާތްﷲ ޝިފާދެއްވަވާށި އާމީން

 29. ރަގަލު

  އަސްލު ރާއްޖޭގައި އޮތީ إسلامي شرعة ނުފެތޭ

 30. ާއަލާ

  ލޮލް