އިއްޔެ ލައިވް ސްޓްރީމް ކުރި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރަކު ރޭޕްގެ ޝިކާރައަކަށްވި ކުޑަކުއްޖެއްގެ ނަން ހާމަކުރެވެމުން އެކަމަށް ޕީޖީ ހުސައިން ޝަމީމް މައާފަށް އެދިވަޑައިގެންފިއެވެ.

އިއްޔެގެ ކޮމިޓީ ބައްދަލުވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރުންތަކެެއް ހާޒިރުވީ، ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށް ފޮރެންސިކް ތަހްލީލް ކުރަން ލާޒިމު ކުރާ ގޮތަށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ދައުލަތުގެ އެހެން ބަައެއް މުއައްސަސާތަކާއި މިނިސްޓްރީތަކުން ވެސް މަންދޫބުން ހާޒިރުވެ ތިއްބެވި އެ ކޮމިޓީގައި ޕަބްލިކް ޕްރޮސެކިއުޓަރ ފާތިމަތު ނަބާހާގެ ހިޔާލެއް ދެއްވަމުން މިސާލެއްގެ ގޮތުގައި ރޭޕްގެ ޝިކާރައަކަށްވި ކުޑަކުއްޖެއްގެ ނަން ވިދާޅުވެ، އެ މައްސަލައިގެ ތަފުސީލުތައް ދެއްވިއެވެ.

މިކަމާ ގުޅިގެން ނޫސްތަކުގައި ފާޑުކިޔާފައި ރިޕޯޓް ކުރުމުން، ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ އެ ކޮމިޓީ ލައިވް ސްޓްރީމް ކުރަމުންދާ ކަން ޕްރޮސެކިއުޓަރަށް އެނގިވަޑައިނުގަންނަވާ އެ ކަންކަން ވިދާޅުވެވުނީ ކަމަށެވެ.

"އެ ކަމަށް މައާފަށް އެދެން، އެ ފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ކަން ޔަގީން ކުރަން އިންތިޒާމުތައް ހަމަޖައްސާފަައިވާނެ،" ޝަމީމް ލިޔުއްވާފައިވެއެވެ.

https://twitter.com/HuShameem/status/1316719759925207041?s=19

އާންމު ގޮތެެއްގައި ވިކްޓިމްގެ ނަން ހާމަކުރަން އެޅެފިނަމަ ކޮމިޓީގެ މުގައްރިރު އެ ކަން ހުއްޓުވައެވެ. އަދި އެފަދަ މައުލޫމާތުތައް ކޮމިޓީއަށް ހިއްސާކުރުމަށް މީޑިއާއަށް ނުވަދެވޭ ގޮތަށް ނޫނީ އިދާރާއިން ލައިވް ކުރަމުންދާ އަޑު ކަނޑާލުމަށް ފަހު، ސިއްރު ކޮމިޓީއެއް ގޮތުގައި ކުރިއަށް ގެންދެއެވެ.

އެކަމަކު އިއްޔެގެ ކޮމިޓީ ބައްދަލުވުމުގެ އޯޑިއާ ލައިވް ސްޓްރީމް ކޮށްފައިވެއެވެ. އަދި އެ ވާހަކަތައް ހާމަ ކުރަމުން ދިޔައިރު ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު އެ ވާހަކަތައް ހުއްޓުވާފައެއް ނުވެއެވެ.

އިއްޔެގެ ކޮމިޓީގެ އަޑުއެހުން ލައިވް ސްޓްރީމް ކޮށްފައިވާއިރު، ޖިންސީ ކުށުގެ ގާނޫނުގައި ބުނާ ގޮތުން ރޭޕް ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހުގީގެއް ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެެއްގައި ހާމަކުރާއިރު، ކުށުގެ ޝިކާރައަށްވީ ފަރާތަކީ ކާކުކަން ދެނެގަނެވޭނެ އެެއްވެސް ކަމެއް ހާމަކުރުމަކީ އެ ގާނޫނު މަނާ ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ުތރ

    މާފަށް އެދުމަކުން ނުފުދޭ. އެއީ ކުށެއް، އަދަބު ލިބެންޖެހޭ. އަދަބު ނުލިބޭނަމަ، އެހެން މީހުން މީހުން ކުށްކުރީމަ މާފަށް އެދުމުގެ ފުރުސަތު ލިބެންޖެހޭ. ރޫލް އޮފް ލޯ ނަގަހައްޓަންވެސް ޖެހޭ

    12
    4
  2. ހުސޭނުބޭ

    ކަލެޔަށް ވާނީ ތިވަރު! މަތީ މަޤާމެއް ލިބުމުން އަބަދު ތި އިންނަނީ ދެގަޑިބައިވެފައި!

    7
    3
  3. ޅަބޭ

    ތި ވެސް އެހެން ބަޔަކު ކުރިނަމަ ތިޔަ މީހުން ފޯރިއެއް ހުރީސް. މިހާރުވެސް އޭ.ސީ.ސީ. ގެ މަސައްކަތް ހުއްޓުވާ އެމީހުންގެ ތަހުޤީގުތކުގައި ބުރަދަނެތް ނެތްކަން ދައްކަން މީނަ ކުރާ މަސައްކަތް ރައްޔިތުންނަށް ފެނޭ.

    7
    2
  4. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މި މައްސަލަވެސް ބެލެންޖެހޭނެ. ސޮރީ ބުނީމަ ނިމުނީކީނޫން

    9
    2
  5. ޕަނީނޯ

    މިމީހުން ވީމަ ޖެނުއިން މިސްޓޭކް.. އާންމު ރައްޔިތެއްނަމަ ހަންނޮޅާފަ ދޫކޮށްލާނީ

    6
    2
  6. ހަސަނާ

    ދެން ތިހެންމާފައް އެދިލީމަ ނިމުނީތޯ ތަންތަނައްބޯކޮއްޕާއިގެން ތިބޭނީ ހަސަދައާއި ނަފުރަތު އުފެއްދުންނޫންކަމެއްކުރޭތޯ ...

    8
    2
  7. އަހްމަދު

    މަޢާފައް އެދުމަކުންނުފުދޭ އިސްތިޢުފާދީ މަގާމުންދުރަށް ވަޑައިގަންނަވާ މަޢާފަށްއެދުމުން އެކުޑަކުޑަ ކުއްޖާގެ ހައްގު ލިބޭނެތޯ؟

  8. ގަމާރު

    ޕީޖީވެސް ގަމާރު ސަރުކާރުވެސަް ގަމާރު މީޓިންއަށްދިޔަ އެންމެންވެސް ގަމާރު ގަމާރުވުމަކީ ކުށެއް ވީމާމަށްސަލަ ބަލަންޖެހޭ އެހެންނޫނީ ދެންވެސްގަމާރު ވެދާނެ.

  9. އައްޑޯ

    ތީ އާކަމެއްތަ ތިޔައީ ސަ މީމ މު