ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެއަށް އައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެއަށް އައުމުން ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އާއި އެނޫން ޤައުމުތަކުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކާއި ދިވެހިން ގުޅޭ ގިނަ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ. އޭގެތެރެއިން ބައެއް މީހުން ހަނގުރާމައިގައި މަރުވެފައިވެސް އެބަހުއްޓެވެ.

ފުލުހުން ކުރިން ހާމަކޮށްފައިވާގޮތުން ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް 173 ދިވެއްސަކު ގޮސްފައިވާކަން މިހާތަނަށް ކަށަވަރުކުރެވިފައި ވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާ މީހުންވެސް ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ.

ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވެ ނިރުބަވެރި ޖަމާޢަތްތަކާއި ގުޅިގެން ހަރަކާތްތެރިވުމަށްފަހު ރާއްޖެއަށް އެނބުރި އަންނަ މީހުން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.

ހަނގުރާމަ ކުރުމަށް ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދާން އުޅުމާއި ދިއުމާއި ހަނގުރާމައަށް މީހުން ފޮނުވުމަކީ ވެސް ރާއްޖޭގެ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ކުށެކެވެ. ޓެރަރިޒަމްގެ ޤާނޫނުގައި މިހާރު އޮންނަނީ ހަނގުރާމައަށް ދާ މީހުންގެ އަދަބަކީ ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޒާ

    ތިފަދަ މީހުން ދޫވުމަކީ ނުރައްކަލެއް. ދޫނުކުރާތި.

    48
    8
  2. Anonymous

    ދެން ކީއްވެޔޯ މިއައީ .އެތާތިބޭ ކުދިންނަށް ޢާއިލާއިން ގުޅާފައި އަންނާށޭ ބުނީމަ ބުނެޔޯ މުނާފިޤުން ނަށޭވާނީ ދިއައީމަ.

    43
    4
    • ނިފާގު އހބ

      ދިޔަމީހަކު ނާންނާނެ.. ނުދެވުނީކަމައްވާނީ

      11
      3
      • ޢަ

        އެވަރަށް މައިންޑްވޮޝްކޮށްފައޭ ފޮނުވަނީ. ފަލަސްތީނަށް ކީއްވެތަ އެއްވެސް މީހަކު ނުދަނީ؟ އެތަނަށް ފޮނުވީމަ ފޮނުވާބަޔަކަށް ލާރިއެއް ނުލިބެ ދޯ؟

  3. ޥިސްނުން

    ﷲ އިރާދަފުޅުން އެމީހުން އެ އައްނަނީ ހެޔޮ ވިސްނި މައިންބަފައިން ދިން ނަސޭހަތް ހިތައް އައިސްރަނގަޅުވެގެން ކަމައްވެސް ވެދާނެ ... މޮޅައްދެނެވޮޑިގެންވާނީ ﷲ

    18
    1
    • އެޑަމްބެ

      އެމީހުން އަންނަނީ އިތުރު މީހުން ރެކުރޫޓް ކުރަން، އަދި ޖަރީ މާ ހިންގަން، ފިކުރު ފަތުރަން، އިންޓެލް ހޯދަން! ޥިސްނޭނެ ބައެއް ނޫން ތީކި!!!
      ތާއްޖެޔަށް ނުރައްކަލެއް!

  4. ބަރުލަމާނިއަމް

    އަސްލުގަ ދާކަށް ނުޖެހޭ މުސްލިމުންނާ މުސްލިމުން ތަޅާ ގައުމު ސުންނާފަތިކޮށް ކުޑަކުދިން ޔަތީމުކޮށް ޒުވާނުން ނުކުޅެދޭ ބަޔަކަށްހަދާ މުސްކުޅިން ބިކަކޮށް އަންހެނުން މުދާގަޑެއްހެން ވިއްކުމަކީ ޖިހާދެއްނޫން ކީއްވެތަ ފަލަސްތީނަށްނުދަނީ

    19
  5. އައްޑޫ ލެއި

    ބަލަ ތިވަރު މީހެއްގެ ނަން ހާމަ ނުކުރަނީ. ތީ މުޖުތަމައައް ދޫކުރާވަރަށްވުރެން ނުރައްކާބައެއް. ތިއެއްޗެހިތައް މިހާރު ތިކަމުގެ ތެރެއަށް ވައްދަމުންދަނީ ފައްބޯ ޕާޓޭންތައް

    11
    2
  6. ތަންދޮރު

    ކިހާދެރަކަމެއް މިދެން ދާޙިލީހަނގުރާމައެއްނޫނޭ ތީ'
    ސީރިއާގެ އަސަދު ވައްޓަން އެމަރިކާ ނޭޓޯ ޢަރަބި ކޯލިޝަން އަދި އިޒްރޭލުން ހަނތިޔާރާއި ފައިސާ ދީގެން އައިއެސްއުފެއްދީވެސް...އެންމެ ސަބަބަކަށްޓަކާ ސީރިއާގެ މަގުން ލުބުނާނައް މިސައިލާއި ބަރުހަނތިޔާރު ސަޕްލައިކުރަން ހުއްޓުވުމަށް..އިޒްރޭލުގެ ސަލާމަތައް އީރާނައް ބިރުން ފެއްޓިހަނގުރާމައެއްތީ

  7. ފޮނިބާސަ

    ދިވެހިންގެތެރޭ އުޅޭ ވަރަށް ވެގަނެގެން އުޅޭބައެއް
    ހިތުން މާގަދަވެގެން...އެންމެފަހުން ސީރިއާއަށްގޮސް އަޑުންއަޑުނަގާ ތަރަތަރަޖަހާރޯންޖެހެނީ...މަދެކުނިން ރިއަލްވީޑިއޯއަކުން އައިއެސްޖަމާއަތުގެފައިޓަރުންތަކެއް ރުއިތަން އީރާނުގެ ފިދާއީޖަމާއަތް ހިޒްބުﷲ ރޭޓްކުރުމުން...

    7
    1
  8. ނީހާކު

    ސަރުކާރުން ދެބޯގެރި ދުއްވަނީ ދެންއްނާނީ ތިވާހަކަ މުޅި ހަބަރުގަ

    9
    3
    • ޙުދުހުދު

      ހަމަރަގަޅަށް ތިޔަވިދާޅުވީ..... ކަ މެއްވާކަން އަންގާލީ.
      ކޮބާދީނަށް ފުރައްސާރަކުރާމީހުން.

      4
      2
  9. ލޮލްލޮލް

    ތިވެދާނެ ސްލީޕަރ ސެލް އަކަށް

  10. ޅޮލ

    ޢަނެއްކާ ފޮނުވާލާ. ޢެެއީ މިހާރު އެތާ މީހެއް