ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމާއި، ފަނޑިޔާރުކަން ކުރުމުން، އިސްލާމިކް ޝަރީޢާ ކިޔަވާ ފަރާތްތައް އެއްކިބާކުރުމަކީ ޝަރުޢީ ނިޒާމުން ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބަވާ ހުރިހާ ޢިލްމުވެރިން ދުރުކޮށް ފޭކުރުމަށް މާކުރިން ރޭވިގެން ހިންގާ ލާދީނީ އެޖެންޑާގެ ކުޑަ މިންވަރެއް ކަމަށް ސަލަފް ޖަމިއްޔާ އިން ބުނެފިއެވެ.

މިއަހަރުގެ ޖޫން މަހު އަމަލު ކުރަން ފެށި ޤާނޫނީ ފަންނުގެ ޤާނޫނު ބުނާ ގޮތުން ޤާނޫނީ ވަކީލަކަށް ވެވޭނީ ޤާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތްތަކަށެވެ. ނަމަވެސް ކުރިން އުސޫލު އޮންނަނީ ޤާނޫނީ ނުވަތަ ޝަރުއީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތްތަކަށް ވަކީލުކަމުގެ ހުއްދަ ދޭގޮތަށެވެ.

ސަލަފު ޖަމިއްޔާ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުވަހުން ދުވަހަށް އެކި ފަރާތްތަކުގެ އަމިއްލަ މަޞްލަޙަތުގެ މައްޗަށް ބަދަލުކުރަމުން ގެންދާ ވަޟަޢީ ޤާނުނުގެ މައްޗަށް އަޅުވެތިކޮށްގަތުމަށް ކާފިރުންނާއި، އެމީހުންނަށް ތަބާވާ މީސްތަކުންދަނީ ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

އެގޮތުން ދައުލަތުގެ މުއައްސަސާތަކުން އެކަށައަޅާ ޤާނޫނާއި ޤަވާޢިދުން؛ އިސްލާމީވަންތަކަމާއި، އިސްލާމީ ޝަރީޢަތާ އެކީއެކަށް ގުޅުންކަނޑާލުމަށް ދަނީ މަކަރުވެރި ރޭވުންތައް ރާވަމުންކަމަށް އެޖަމިއްޔާ އިން ބުންޏެވެ. މިއީ ތަޢުލީމީ ދާއިރާއިން ދީނީ ޝަރުޢީ ޢިލްމު ފުހެލުމަށް ކުރަމުންގެންދާ މަސައްކަތެއް ކަމަށާއި އަދި މިއީ މުސްލިމް ޢާއިލާތައް ރޫޅާލުމަށް ތުއްތު ކުދިންނާއި އެކުދިންގެ މައިން ވަކިކޮށް ފޭކުރުމަށް ކުރި މަސައްކަތެއް ކަމަށް ވެސް އެޖަމިއްޔާ އިން ބުންޏެވެ. މީގެ އިތުރުން މިއީ އިސްލާމީ މުޖުތަމަޢުތަކުގައި ބަދުއަޚްލާޤީ ކަންތައްތައް ފެތުރުމަށް ޒާތްޒާތުގެ ނަންނަމުގައި ފާޙިޝް ކަންތައްތައް ފަތުރައި، އިސްލާމް ދީނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފައްދާ ރާވައިފައިވާ ޕްލޭންތަކެއް ކަމަށް ވެސް ސަލަފުން ބުންޏެވެ.

އިސްލާމީ ޔުނިވަރސިޓީތަކުން ހަމައެކަނި ކީރިތި ޤުރްއާނާއި ނަބަޥީ ސުންނަތުގެ ޢިލްމު އުނގެނިވަޑައިގެން އިސްލާމީ ޝަރީޢާގެ ރޮނގުން މަތީ ތަޢުލީމު ފުރިހަމަ ކުރައްވާފައިވާ ދީނީ ޢިލްމުވެރިން، ރާއްޖޭގެ ޝަރުޢީ ދާއިރާގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން ވަކާލާތުކުރުމުން ވެސް މަޙްރޫމްކޮށް، އެކަހެރި ކުރުމަކީ ބިރުވެރި ލާދީނީ އަޑުފަށްގަނޑެއް ކަމަށް ސަލަފުން ބުންޏެވެ.

"މިއީ މިފާއިތުވެގެން ދިޔަ ޤަރުނުގައި އިސްލާމީ ޢަރަބި ޤައުމެއްކަމަށްވާ މިޞްރުން ވެސް ޝަރުޢީ ކޯޓުތައް އުވާލާ ޝަރުޢީ ދާއިރާއިން މުސްލިމް ޢިލްމުވެރިން އެކަހެރި ކުރުމަށް އޭރު އެ ޤައުމުގައި އޮތް އިނގިރޭސިވިލާތުގެ ގޮނޑިކޮއްކޮ ސަރުކާރުން ކަންތައްކުރި ގޮތެވެ. މަޝްހޫރު ޖާމިޢުލްއަޒްހަރުން ކިޔަވައިގެން ނިކުމެވަޑައިގަންވާ ޢިލްމުވެރިންނަށް މަޤާމުތަކަށް ނާދެވޭ ގޮތް ހަދައި، ވިލާތާއި އެނޫން ކަރަކަރައިން ކާފިރުންގެ އުނގުން އެދުރުވެގެން އަންނަ ފަރާތްތަކަށް ދަޢުލަތުގެ މަތީ މަޤާމުތަކާއި ޝަރުޢީ ދާއިރާއަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ނަތީޖާ ޤާހިރާއިންނާއި އިސްކަންދަރިއްޔާއިން މިއަދު އަޅުގަނޑުމެންގެ ހަމަލޮލަށް އެހެރީ ދިމާލަށް ފެންނާށެވެ." ސަލަފުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިސްލާމްދީނުގެ މަތިވެރި ނޫރުގެ އަލިކަމުން ދިވެހިންނަށް ދީނަކާއި ތާރީޚަކާއި ޘަޤާފަތަކާއި ބަހެއް ލިބިދިން ދުވަހުން ފެށިގެން ދާދި މިދާކަށް ދުވަހާއި ޖެހެންދެން ދިވެހިރާއްޖޭގެ ފަނޑިޔާރުކަމާއި ކޯޓުތަކުގައި މުޅިންހެން ތިއްބެވީ ހަމައެކަނި އިސްލާމީ ޝަރީޢާ އުނގެނިވަޑައިގެން ތިބި ޢިލްމުވެރިންކަމީ ފެންނަށް އޮތް ޙަޤީޤަތެއް ކަމަށާއި އެއީ މިދައުލަތް އިސްލާމީ ވަންތަކަމާއި ޝިރުކާއި ކުފުރުގެ އަނދިރިކަމުން ސަލާމަތްވެ 800 އަހަރު ވަންދެން ދެމިއޮތް އެންމެ ބޮޑު ސަބަބު ކަމަށް ވެސް ސަލަފު ޖަމިއްޔާ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ބާކައުން ސިލުގަ އަނާރާ އިނުމުގެ ބޭނުމެ އެބައޮތްތަ..އެއްވައްތަރެއްގެ މީހުން މިތިބެނީ ހުރިހާ ތަނެއްގަ..މައުމޫނުހަމީދު އި ސްލާމީ ޝަރީއަތް ނޭގެންޏާ މައުމޫނުއަބުދުލްގައްޔޫމު ކުރެން އޮޅުންފިލުވަބަލަ..ދިވެހިމައިންބަފައިންގެ ބުރަ މަ ސައްކަތްކޮއްގެން ކިޔަވާދެނީ އި ސްލާމީ ތައުލީމާ އި ސްލާމީއަގީދާ..ކިޔަވާނިމިގެން ވަޒީފާއެއް އަދާކުރަން ފަށާއިރަށް އި ސްލާމްދީނާ ދުރު ބީރައްޓެހި ސިޔާ ސަތެހިންގަން ފޫގަޅަނީ ކޮންފަދަ މަތިވެރި މަގާމެލިބި މަތިވެރިކަމެލިބިގެންބާ...

    20
    2
  2. Anonymous

    ޝުކުރިއްޔާ ސަލަފް ޖަމިއްޔާ.
    ތިބޭފުޅުން މާތްވެގެންވާ އިސްލާމް ދީނަށްޓަކައި،
    މިލޮބުވެތި ފަސްގަނޑަށް ޓަކައި ތިކޮށްދެއްވާ މަސައްކަތް ޕުޅުގައި ﷲ ބަރަކާތް ލައްވާށި އާމީން. ކޮބާތޯ ޝެއިޚް އިލްޔާސްމެން ޢިމްރާންމެންނަށް ހަމަ އޯކޭތޯ މިފަދަ ނިންމުންތައް ނިންމާ އިރުވެސް. ހުރިހާ ކަމަކަށް އިންޑިޔާގެ އަތްބާނުވައިގެން ވެރިކަން ކުރަން ތިޔަދެއްވި ދުޢާގައި އޮތްކަމަށްވާނީ

    35
    3
  3. ޚިޔާލު 3

    ދިނީ ޢިލްމު އުގެނި ތިއްބަ ސް ވަޟްއީ ގާނޫނަށް ހުކުމްތައް ކުރަންޖެހުމަކީ ރާއްޖޭގައި ޒަމާނުންސުރެ ކުރަމުން އަންނަކަމެކެވެ. ނަމުގައި މު ސްލިމު ކަމުގައި ކާފަރު ވުމަކީ އި ސްލާމުންގެ ގޮތެއްކަމަށް މިވަނީ ހަދާފައެވެ.

    11
    4
  4. ބަކުރުބޭ ގެ ސުބުހު

    މ މީ ލާދީނީ ސަރުކާރެކޭ ކިޔަނީ ކިޔަން ވެގެން. އެ މް ޑީޕީ ގަ ތިބޭނީ ލާދީނީ ފެތުރުމަށް މަސައްކަތް ކުރާމީހުން. މި ދައުރު ގަ ސަލަފު އުވާލާނޭ ކަ މުގެ ބިރުބޮޑު.

    33
    5
  5. ޖަނާޒާ

    ކުރީގެ ރައީސް މަޢުމޫނުގެ ބަސްފުޅަކީ ކޮބައިތޯ ؟ ދެން ޤާސިމުވެސް ދެއްތޯ ވިދާޅުވާ އެއްޗެއް؟ ދެއްތޯ ދެއްތޯ

    20
    1
  6. ގޮހޮރޭ

    އަދިވެސް އެލާދީނީ ބައިގަޑަށް ބައިއަތުހިފާތި...މޑޕ އަކީ ކޮންބައެއްކަން ނޭގޭ މީހަކު މިރާއްޖޭގަ މިހާރުނޫޅޭނެ، އެމީހުންގެ ސިހުރު ބޮނޑިބަތް ކައިގެން އަވާމެންދުރު ފެންނަމީހުންނޫނިއްޔާ. ޔާﷲ އިސްލާމް ދީނާއި މިގައުމުގެ އަދުއްވުން (ގައްދާރުން) ގެ ކިބައިން މި ލޮބުވެތި ދިވެހިރާއްޖެ ސަލާމަތް ކުރައްވާންދޭވެ. އާމީން

    23
    4
  7. ޝަބައްޑި

    ކޮންމެ ކަމަކަށް އިސްލާމްދީން ލައިގެން ތިޔަ ކުރަން އުޅޭ ހަރާމް ބަގާވާތް އަހަރުމެންނަށް އިނގޭ! މި ގައުމުގެ ކަންކަމާއި ފާޑުކިޔަން ބޭނުންނަމަ ސިޔާސީ މައިދާނަށް ފާޅުގައު ނުކުމެ ސިޔާސީ ވާހަކަ ދައްކަބަލަ. ފިލާ ބޮނދާތިބެ އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން މިގައުމު ޓެރަރައިޒް ކުރަން ނުލިބޭނެ ފުރުސަތެއް. ރަށުތެރެ ފަސާދަކުރަން ތަންދޮރު ބަލާނުލާ އެމް.ޑީ.ޕީއާއި ސަރުކާރުގެ ބޮލުގައި ލާދީނީއޭ ކިޔައިގެން އުޅޭ އިރު.. ބާކައުންސިލަކީ ސަރުކާރާއި ބެހޭތަނެއްނޫން. ޙެހެހެހެ.. ތިޔަ ކަހަލަ ފިތުނަ އުފެއްދުން އެއީ ހަމަ އިސްލާމްދީނާއި ސުންނަތުގައު އޮތްގޮތްދޯ؟ ސަލާމްބުނި ސެލެޑު ޖަމިއްޔާއަށް

    6
    34
    • ޚަލަޮ

      ތިބާގެ ލޯ ކަނީތޯ

      6
      2
      • މޮޔައެނޮނިމަސް

        ރަނގަޅު ވަހަކައެއް ބުނީމަ ވެސް ތީ ބުނި އެއްޗެއް

  8. ދެކޮޅު ޖައްސަނީ ކިހިނެތް ؟

    ކަލޭމެން ކޮންމެ އެއްޗެއްކިޔާ އިރަަށް މިހާރަކު މީހުންނެއް ޤަބޫލެއް ނުކުރޭ! ކޮބާ ދީނީ އިލްމުގެ މީހުން ޝަރުޢީ ދާއިރާގަ ނެތިފަ
    ހައިކޯޓް ފަނޑިޔާރުން ، ފައިސަލް ، ޝަހީދު ، ޝުޢައިބް ، ޖުވެނައިލް ކޯޓުން އީސާ ފުޅު
    ކްރިމިނަލް ކޯޓުން ސަމީރު ، ހަސަން ސަޢީދު ، އަލީ އާދަމް، މިސްބާޙް
    ޑްރަގް ކޯޓުން ، އާދަމް އާރިފް ، ނަޢީމް
    އަދިވެސް ކީދާނެ !

    މަދުތަ ؟
    ދެން ތިބުމާ އުސްތާޒުން ސުޕްރީމް ކޯޓަށް ލައިގެން އިހަށް ހިންގީ މަހަކު 2 މައްސަލައޭ މިހާރު ސުޕްރީމް ކޯޓުން ދުވާލަކު 2 ނުވަތަ 3 މައްސަލަ ހިންގާ

    ޝެއިހުންނޭ ބުނުމަކުން އަދި ނުވޭ ، ކޮބާ ޒިންމާ އަދާވެފަ
    މިއީ އިލްމީ ވަަހަކަ މިދެކެވެނީ
    ދެކޮޅު ޖައްސަނީ ކިހިނެތް

    ތިބުނާ ޝަރީއަތުގެ އިލްމު އުގެނިގެން ތިބި މީހުން ނަށް ޤާނޫނީ ޑިގްރީ އެއް ނަގަން މަނާ ވީތަ ؟
    ޥިލާ އިން 3 އަހަރުން ލިބޭ
    ހުސްވާހަކަ އަކުން ހާސިލް ވަަނެ ކަމެއް ނޯންނާނެ
    ޢަމަލު ހިކްމަތުގެ ތެރެއިން ޒީނަތް ތެރިކޮށް ބުއްދި ބޭނުންކޮށްގެން ހިދުމަތެއް ކޮށްބަލަ
    ބަޔާންތަކާ ނޫސް ކޮންފްރެންސް ބާއްވަން އެއީ އުދަގޫ ކަމެއް ނޫން

    5
    25
  9. ޝޮކްތެރަޕީ

    އަދާލަތު ޕާޓީގެ ސަބަބުން މި ބައިގަނޑަ ވެރިކަން ލިބުނީ. އެބައެއްގެ ހާލަތު އެބަޔަކު ބަދަލު ނުކުރާހިދަކު ބަދަލެއް ނުކުރައްވައެ

    25
    4
  10. Anonymous

    ތިޔަ ވިދާޅުވާ ނުރައްކާތެރި ރަނގަބީލަކީ ކޮބާކަން ސާފުކޮށް ދެއްވާށެވެ.
    އިސްލާމީ ނޫރު ފޮހެލުމަށް ތިޔަ ވިދާޅުވާ އަލްމާނީ ފިކުރުގެ ބައިގަނޑާ އެކު އިލްމުވެރިންނާ އެކު ދީނީ ފަރުދާގެ ފުރަގަހުން ވެސް ފަރިތަ ދޫތަކެއް ވެސް ވަނީ ނެރެފައެވެ. މުއުމިނުންނާ ދިމާލަށް ފްރޭމް ކުރަން ވެއްޖެނަމަ ފްރޭމް ވެސް ކުރާނެ ކަމަށް ބުނަމުން މުއުމިނުން ބަދުނާމު ކުރަމުންނެވެ. މި ރަނގަބީލުގެ އަޑުގެ ނުރައްކާ ވަކި ކުޑަތޯ އެވެ.

    14
    3
  11. މުހައްމަދު އަންޖުމް

    ތީ އެންމެންދަންނަ ހަޤީގަތެއްނޫންތޯ ތިޔަހުރިހާކަމެއް އެނގިތިބެ އެކަމުގެ އިސްސަފު ނިކަން ބަލާލަބަލަ އެންމެ ކުރީގަ ހުސެންރަޝީދު / އިލިޔާސް / އިމްރާން / ނައުމޫނު ޣުޔާސް / އަނާރާ މިހެންގޮސް އެތައް އެތައް ބައެއް އެތިބީ ކޮންމެކަމެއް ވަރިހަމަ ކޮށް ތިޔަބުނާ ލާދީނީ ބައުގަނޑަށް ބައިއަތު ހިފައި މުޅިގައުމު ފުނޑާލުމުގަ ހައްދުންނެއްޓިފަކާ ނޫންތޯ ކާކުތޯ ކަންބޮޑުވީ އެންމެންވެސް ދީންކިޔަވައުގެން ވާނުވާ އިނގިގެން އެކަމަކު ކަހާތަން ހިރުވާވެސްނުލާ ރޭޕްކުރުން އިންތިހާ ފާހިޝް އަމަލުތައް އެވަރު ވައްކަން ހައްދުންނެއްޓިފަ ލޫޓުވުމާ މާރީ އެވަރު ކުފުރުވެރިން އެހާމެ ގިނަ ކޮބާތޯ އިސްލާމީ ޝަރީއަތް ކާކުތޯ މިކަންކަން ބޮޑުވެގެން އުޅެނީ އަދި ފެންނަމީހަކު އެބަހުރިތޯ ވާހަކަ ދެއްކުމަކުން ނެތް ހައްލެއް އަމަލުކުރުން ބޭނުންވަނީ

    11
    1
  12. ހަސަންތަކުރު

    އިލްމުވެރިންނޭ ކިޔައިގެން ތިޔައުޅޭ ޝޭޚުންނަށް އަދިކިރިޔާ ބަހެއްތުނެވެނީ! ގައުމުގައި ލާދީނީ ހަންފަތުރައި މުޅިގައުމު ހަލާކު ކުރިއިރު ފިލައިތީ! މިގައުމުގެ ޢިލްމުވެރިންގެ ކަމަކީ މިސްކިތުގައި ސަރުކާރުގެ މައިކު ބަހައްޓައިގެން ދީނީ ވާހަކަ ދެއްކުން! ތިޔަކަހަލަ ޢިލްމުވެރިން ބޭނުމެއްނޫން1

    3
    5
  13. ޙހހހ

    ތިޔަބޭފުޅުންވެސް ތިޔަ ޖައްސަވަނީ ދަމަކުން ބަޑިއެއް ، ބައްލަވާ މުޅި ދިވެހި އުއްމަތަށް މިއޮތީ އިސްލާމީ އުޞޫލުތައް އުގަންނަދޭން ޖެހިފައި ، ވަކި ކަންކަމަކުކޫން ތެދުވާންވީ ، މިއަދު ފިލަަތިބެގެން ބަޔާންނެއް ނެރެގެން ޒިންމާއެއްނުނިމޭ ، އުޞޫލުތަކާއި އެއްގޮތަށް ދީން އުގަންނާދީ ، އިސްލާމީ ޝިއާރުތައް ގަދަކުރަން ނުކުންވީ އަވަަހަށް

    6
    6
  14. ކުޑަކާށި

    ރާއްޖޭގެ ނިޒާމުގޯސްކުރުމުގައި ކޮންމެފަހަރަކުވެސް އަދާލަތުގެ ދައުރުވަރަށް ބޮޑު ......

    11
    1
  15. މުއްލާ

    މިތަންއަފްގާނިސްތާނަކަށް ނުހެދޭނެ އަހަރުމެން ދުނިޔޭގަ ތިއްބަކާ

    6
    10
  16. ޢަފްލާ

    ދިވެހިރާއްޖެ މިދެކޭ ފަނޑު ކަމުގެ ޒިންމާ ހުރިހާގޮތަކުން އަދާލަތު ޖޕ ނަގަނޖެހޭ

    4
    1
  17. ޛ

    ތިކަން ނޭގިތަ ޔާ މީނު ، ވެރިކަމުން ބާލާފަ އ މޑޕ އަށް ވޯޓް ދިނީ...ކޮބާ ދަންނަ އި މްރާން..ކޮބާތަ ދަންނަ އިލޔާސް..ދެން ޝެކހ ހުސެން ރަޝީދަށް މިހާރު ސައްތައިން ސައްތަ އިސްލާމް ދީން ފެންނާނީ...ހައްހައް

    3
    2
  18. ދދ

    ޕާކިސްތާނުގެ ވެރިކަން ކުރާ ޢިމްރާން ހާނުގެ ނުބައި އެޖެންޑާ މިގޮތަށް ފަޅައި އެރުމާއި އެކު ދީނީ ލީޑަރު މައުލާނާ ފަޒުލުއް ރަހުމާން އެހުރީ އިމްރާން ހާނާއި ދެކޮޅަށް ބަސްބުނަން ނިކުމެފައި ކޮބައިތޯ މިއަދު ދިވެހި ރާއްޖޭގެ އިލްމުވެރިން ޤައުމު އިސްލާމް ދީނާއި ދުރައްގެން ދާއިރު ބަހެއްވެސް ބުނެވެނީ މަދުބަޔަކަށް !

    3
    3