އިންޑިއާގެ ފޮރިން ސެކްރެޓަރީ، ހާރްޝް ޝްރިންގްލާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުގައި މިކަން ހާމަކޮށް ބުނެފައި ވަނީ، އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މި ދަތުރުފުޅާއި ގުޅޭ މަޢުލޫމާތެއް ނޫސްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ މަޤާމާއި ޙަވާލުވަވަޑައިގަތް ފަހުން ރަސްމީ ދަތުރުފުޅެއްގައި ހާރްޝް ޤައުމަކަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ބަންގްލަދޭޝް އާއި މިޔަންމާއަށް ވަޑައިގެންފައެވެ.

ހާރްޝް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަން ހަމަޖެހިފައި މިވަނީ، ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުން އަންނަނީ މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރަމުން އަންނައިރު ދެޤައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތައް ވެސް ވެވިފައި ވެއެވެ. ހަމައެހެންމެ ދެޤައުމުގެ ދެމެދުގައި ފެރީ ދަތުރުތައް ވެސް ދާދިފަހުން ވަނީ ފަށާފައެވެ. އިންޑިއާއިން އަންނަނީ ރާއްޖޭގައި ހިންގާ މަޝްރޫޢުތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެޤައުމުގެ ސިފައިންވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ނަމަވެސް އެކަމާއި ގުޅޭ މާގިނަ މަޢުލޫމާތެއް ހާމަކުރަން އިދާރާތަކުން ފަސްޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހިންނަވަރު ކުޑަ މޯދީ

    ޢިންޑިޔާ ޢައުޓް....

    36
    2
  2. ފާއިޒު

    އެހިސާބަށް ދާއިރު އެހެންމީހުންބކަރަންޓީނު ކުރަންޏާ އޭނާވެސް ޖެހޭނީ ކަރަންޓީނު ކުރަން.

    31
    1
  3. ބޭޗާރާ

    ދިވެހިންނަށްވެސް ދިވެހިރާއްޖެއަށްވެސް މުހިންމު މީހެއް ނޫން. ދިވެހިން ބޭނުންވާ މީހެއްވެސް ނޫން. އަމިއްލަ އެދުން ބޮލަށް އަރައިގެން އުޅޭ ބޭޗާރާއެއް.

    13
  4. އަހުމަދު

    މީނާ ދޯ އަންނި އިންޑިޔާ އެންބަސީގައި ފިލާ ހުރި އިރު ސަރުކާރާ ވާހަކަ ދައްކަން އައީ މިފަހަރު ކާކު މިނިވަން ކުރަން ބާ މިއަންނަނީ ޖުމްހޫރީ ދުވަހާ ދިމާކޮށް ކޮންމެ ވެސް ބޮޑު ކަމެއް އެބަ ހިގަން އުޅޭ ... ބަލަން ތިބޭ

    11
  5. Alibe

    އިންޑިޔާއިން ކުނިގަނޑެއް އެއްލާލިޔަސް އޭތި ރާއްޖެ އެތެރެކުރަންވާނެ.

    15
  6. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    14
  7. އަމީ

    މިކަމާ ދެކޮޅު. ހިނގާ އެންމެން ނުކުމެ މިކަން ހުއްޓުވަން. އޯއެޓްލީސްޓް މެސެޖެއް ދޭން މީނައަށް ރާއްޖޭގެ ރައްޔިތުން ވެލްކަމް ނުކިޔާނެ ކަން މިމީހުންނަށް

  8. ޢަދުރޭ

    ރާއްޖެ ދެމިލީ ތި . ހުރިހާ ކަމެއް ޙައްލުވީ

  9. ސިޔާސަތު

    ސިޔާސަތު އަންނަނީ އިންޑިޔާ އައުޓް

  10. މއކލ

    ކަލޯ ސޫލިހު އާއި ސޮނިބޭ ވަރަށް އުފާވަނެ ކިބުލަށް ކާންދޭން ފައިސާފޮއްޗެއް ގެނެސް ދިނީމަ ރާއްޖޭގެ ކޮންމެވެސް ތަނެއް ހިބަކޮށްދޭނެ މިއީ މުލު ވަގުންގެ ވެރިކަމެއް