ގެސްޓްހައުސްތަކުގެ ރަސްގެފާން، ބާނީ، ޒައީމް ނުވަތަ ދޮންބެގެ ލަގަބު އެއްވެސް ބޭފުޅަކަށް ދޭނަމަ އެލަގަބު ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސް ނަޝީދަށް ކަމަށް ޓްއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ މައުސޫމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ އަބްދުﷲ ރަޝީދަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ސްޓްރެޓެޖިސްޓް ކަމަށެވެ.

"ގެސްޓްހައުސް ވިޔަފާރިއަކީ އާއްމު ރައްޔިތުންނާއި ރަށްރަށުގެ މުޖުތަމައަށް ފަތުރުވެރިކަމުގެ ފައިދާ ސީދާ ގޮތެއްގައި ލިބިގެންދާ ވިޔަފާރިއެއް." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު އިއްޔެ ވަނީ އަލުން ހުޅުވާފައެވެ.

ގެސްޓްހައުސް ވިޔަފާރި އާއި ގުޅިގެން ކޮންމެ ލަގަބެއް ދެއްވި ނަމަވެސް އެލަގަބެއް ލިބިވަޑައިގަންނަވާނެ ބޭފުޅަކީ ރައީސް ނަޝީދު ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގައި ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ވާތީއެވެ.

ރާއްޖޭގެ ރަށެއްގައި ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހުއެވެ. އެއީ ލ.ގަމުގައި ހުޅުވި ގެސްޓްހައުސްއެކެވެ. އެގެސްޓްހައުސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ވެސް ރައީސް ނަޝީދެވެ. ނަމަވެސް ގެސްޓްހައުސް ހުޅުވިތާ ހަތްވަނައަށްވީ ދުވަހު ރައީސް ނަޝީދު ވަނީ ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ.

އެހެންކަމުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތައް ހުޅުވާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ނިމުނު ފަހުންނެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަން ފަށައި ގެންފައި ވާއިރު ގެސްޓްހައުސް ވިޔަފާރިތަކާއި އެކު އަނެއްކާވެސް ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވެގެން ދާނެކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ކެލާ

    ކަލޯ ތިޔަމަގާމެއް ދެންނުގެއްލޭނެ ދުވަހަކުވެސް. ފުކެއް ބޮޑުވަރު ދެފުއްކެހެރި

    39
    1
  2. ހަސަނު

    މީނާވެސް މިހާރު އަލީ ވަހީދަށް ވާން ފެށީ ދޯ ! ދެން އަޑުއިވޭނީ ސެކެރެޓަރީ ގައިގަ އައިލި ވާހަކަ

    27
    1
  3. ސޭކްސްތާން

    ވަޒީފާގެ ޔަގީންކަން ހޯދަން ބޯކާލީ.

    33
    2
  4. ރަބަރޭ

    ތިޔާސަލާމަތްވީ އިތުބާރު ނެތްކަމުގެ ވޯޓަކުން ނަޝީދަކީ އިސްތިއުފާދެއްވި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދުލު އިންސާފުގެ މަންމަ، ދީންމުގުރާތީ ނިޒާމުގެ ބައްޕަ، ދޮގުހެދުމުގެ ބައްޕަ، ތިމާވެށީގެ ބަޢްޕަ، މޯދީގެ ބައްޕަ، ލާދީނިއްޔަތުގެ ބައްޕަ، ހުރިހާ މުއަށްސަސާތަކެއް އަންބޮނޑިޔަށް ޖެހުމުގެ ލާމަސީލު ބައްޕައެއް، ދަރަނި ދަންތުރާއިގެ ރައީސް، އާއިލީ ވެރިކަމެއް ހިންގުމުގެ ރަސްގެފާނު
    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    30
    1
    • މޯލްޑިވިޔަން

      ރުޅި އައިސްގެން ކިޔޭ ނުކިޔޭ ދޯ؟؟؟؟؟؟؟

  5. ކަނަމަނަ

    މަގާމުގަދެމިހުންނަންބޭނުމިއްޔާ ވައިޖަހަންޖެހޭނެ

    32
    2
  6. ހުސޭނުބޭ

    މީނައަށް މިނިސްޓަރުކަން ލިބުމުން ކިޔޭނުކިޔޭވެސް ނޭގޭ! ބަލަގަ ތި ރަސްގެފާނަށްވުރެ ކުރިން މާފުށީގައި ގެސްޓުހައުސްތައް އަޅާފައި ހުންނާނެ!

    32
    1
  7. Happy

    ސާބަހޭ ރައިސް ނަޝީދު👏👏👍

    52
    41
  8. ކަލޮ

    ވީ ޑޯންޓް ކެއަރ

    21
  9. ތޮރާ

    ސަނާކިއަން ތީބޮޑުވަރު ވާނީވެސްއެހެން މިނިސްޓަރު އަކަށް ހުރެވޭނީވެސް ސަނާކިޔާއިގެން

    30
  10. މުހައްމަދު އަންޖުމް

    ކާކަށް އަންގާދޭކަށް ތިކަންނުވެގެން ތިކަންކުރަންތަ މިނިސް ޓަރު ކަމުގެ މަގާމުގަ ބަގުޑިބެއްދީ މިގައުމުގެ އެންމެންދަނޭ ތިޔަތަންތަނަކީ އާމްދަނީހޯދާދިނުމުގެ ނަމުގައި ފާހިޝް ކަން ކަން ޕްރިމޯޓް ކުރަން ނާސިގެތައް އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ހުތުރު ކިއްލާތަކެއް ރެޔާދުވާލު ތިޔަތަން ތަނުގަ ފާހިޝްއަމަލްތައް ފަސޭހަކަމާއެކު އެތިބަ ކޮށްލަނީ އެހެންނުވާނީ ސަރުކާރުން ލަްިސަންސް ދީފައޮތީ ކުރަންވީނު އުސްލާމިކު މިނިސްޓަރު ހުރީނަމަކަށް ކުރާހާވެސްކަމަކީ ޒަކާތުފައިސާ އެކިނަންނަމުގައި ނަގާހުސްކުރުން

    22
    • މޯލްޑިވިޔަން

      އެކަމަކު މަޑު ކޮއްގެން ތި ހުންންނަނި އެ ތަން ތަނަށް ދޮން މީހުން އަންނަން ދެނ ދޯ

  11. އިއްސޭ

    އަންނިއަށްސަނާކިވަރަކުން މިސަރުކާރުގެ
    ސިޔާސީ މަގާ މެއްގަހިފެހެއްޓޭނީ، ގިނަގިނަ
    އިންސަނާާ ކިއުއްވާ

    23
  12. އަހުމަދު

    ތި އޮތީ ތާރީޚު މުޅިން އޮޅުވާލާފައި، ރާއްޖޭގައި ފުރަތަމަ ގެސްޓް ހައުސް ހުޅުވީ މާފުށީގައި. ގެސްްޓް ހައުސް ވިޔަފާރި ފެށީވެސް އަދި ކުރިއަށް ގެންދަނީ ވެސް އާއްމުން. އެކަމުގައި ރައީސް ނަޝީދު ކުރި އެއްވެސް ކަމެއް ނޯންނާނެ. ތާރީޚު ބައްލަވާ. ރައީސް ނަޝީދަށް ތާއީދު ކުރަން، ކިތައްމެ ރަނގަޅު ކަމެއް ކުރެއްވި، އެހެނަސް ގެސްޓްހައުސް ކަންތައް އޭގެ ތެރޭގައި ނުހިމެނޭ

    19
    1
  13. މޯދި

    މިއަދު މަގާމް ދިފާއުކުރެވެން އޮތީ ނަށީދައް ސަނާކިޔާއިގެން ނަމަ ރަގަޅު ވާހަކަފުޅެށް ނަމަވެސް އެދުވަހު ނަށީދު ގެސްޓު ހައުސް ރައްރަށު ހަދާތީވެ މަނިކުފާނު ނަށީދައް ވިދާޅުވި ފާޑުކިއުންތަށް މަތިން ހަދުމަކޮއްލާށެވެ.

    16
    1
  14. ތާރީޚު ފޮތުން

    ނަޝީދަށް ކިޔާފައިވާ ނަންތައް
    1- މުހައްމަދު ނަޝީދު
    2_ މާލޭ މެމްބަެރު ނަޝީދު
    3_ އެމްޑީޕީ ރައީސު
    4- ރައީސު ނަޝީ×ު
    5_ ފުލެޓު ދޮންބެ
    6'-އިސްތިއުފާ ދެއްވި ރައީސު
    7-ކުރީ ގެ ރައީސް
    8- ބުއްޅަބޭ
    9- މަޖިލީހުގެ ރައީސު
    10- ގެސްޓް ހައުސް ރަސްގެފާނު

    19
    1
  15. ޢަޒްރާ

    މިހިރަ ބްރާންޗާ ގެސްޓްހައުސް ރަސްގެފާނަކީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަބްދުﷲ މަޢސޫމް އެއްނޫންތަ؟ރަސްގެފާނު އުޅެނީ މަޖިލީހުގަ

    12
  16. ގެރި ބުއްޅަބޭ

    އެއްމެންވެސް މިއުޅެނީ ބުއްޅަބޭގެ ތާއީދު ހޯދަން،،،

    18
  17. ކޮސް މާތޫރު

    ކޮއްކޯ ކޮސްނުގޮވާ ހުރޭ...ތިގޮތަށް ލަގަބު ދެންޏާ މައު މޫނަށް ހުރިހާ ލަގަބެއް ލިބޭނެ..

    20
  18. ރަން ބިސް ކުކުޅޭ

    ރަނގަޅު ގޮތަކީ ދޮން ބަންޑާރަ އިން

    9
    2
  19. ޞަހީފާ

    މަޤާމަށްޓަކައި ކުފުރު ނުވާތި ތިހެން ކިޔަމުންގޮސް!!!

    25
  20. ޏަވިޔަނި

    ގިނަ ގެސްޓް ހައުސް ތަށް ހުޅުވުނީ ޔާ މީން ގެ ދައުރުގަ...

    23
  21. ފައްޔާޒު

    ގެސްޓްހައުސްތަކޭ ނުކިޔާ މި ގައުމުގެވެސް ރަސްގެފާނަކީ ކެނެރީގޭ ބުއްޅަބޭ.

    12
    4
  22. Anonymous

    މިޤައުމުގެ އިޖްތިމާއި ފޭރާން ހަލާކުކޮށްލި މީހަކީވެސް

    24
  23. ބޯހަލާކު

    އެތަންތަނުގަ ރާވިއްކުމާ އޮރިޔާން ހާލަތުގަ އުޅުމާ ގެސްޓްހައުސް ހުއްނަރައްތަކުގަ އަހުލާގީސިފަދައްވުމާ ދީނާދުރައްދިޔުން މީނަސީދުމެންގެ ބޮޑެތިރޭވުންކަން އެއްމެނައްއިނގޭއިރު ތިބޭފުޅާ ތިއުޅުއްވަނީ ކޯޗެއްހޯއްދަވަންތޯ..ޖޭޕީގެ ލީޑަރަކީ ދެފުއްދެގޮތްމީހެއް.؟! ދެންތިބޭފުޅާއޯ.؟

    21
  24. ޓިނު ވަގު

    ގޮސް ހުސްވެފަ ތިހުރީ ދެން ބޮއްވަވާ..

  25. ކުޑަކާށި

    ބަގުރާ ވިއްކުމުގެ ރަސްކަންތިލިބުނީ ، ލާދީނީ ރަސްކަން ، ހުޅުޖެހި ރަސްކަންވެސް ، ފުލުހުންގެ ގައިގަ ތަޅާނެ ކުދިންހޯދި ރަސްކަން ، އިސްތިއުފާދިން ރަސްކަން ، އިންޑިއާއަށް ޤައުމުވިއްކާލި ރަސްކަން .....

  26. މޯޑު

    ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގަ(2004-2007) ޑރ.އަބްދުﷲ މައުސޫމް މަސައްކަތް ކުރެއްވިއިރު އެތަނުގެ ޖޮބް އިންޓަވިއު އަކުން ޑރ.އަބްދުﷲ މައުސޫމް އާއި ދިމާވި. އެއީ މައުމޫނު ވެރިކަމުގަ. އޭގެ މާކުރރީގަވެސް މާލެ އާއި އަތޮޅުތެރޭ ގެސްޓްހައުސަ ވިޔަފާރި ކުރާކަން އެއްމެ ރަންގަޅަށް ދަންނާނެ އެކަކުތީ. އޭރު ތިޔަބުނާ ރަސްގެފާނު އުޅުވީ ވެރިކަމާހެދި މޮޔަފުޅުވެގެން. ވާހަކަ ދައްކަން ވާނީ ހަގީގަތަށް. ވަކި މީހެއްގެ ރުހުން ހޯދަން ހަގީގަތާ ޚިލާފު ވާހަކަ ދެއްކުމުން ތިމާގެ އަގުވެއްޓި ރައްޔިތުންގެ އިތުބާރު ގެއްލިދާނެ..

    2
    1
  27. ސއއ

    އޭނަ ބުނެގެން ކީ ސަނާއެއް ދޯ. މަގާމު ގެރެންޓީކުރަން

  28. ދެބަން

    ޑޮކްޓަރ ވެސް އެކަހަލަމީހަކަށް ރަސްގެފާނޭ ބުނުއްވުމުން ޑޮކްޓަރ ގެ ލަގަބު ހޯއްދެވި ގޮތާމެދު ސުވާލު އުފެދިއްޖެ!

  29. އިބްރާ

    ނަޝީދަކީ ރާއްޖޭގައި ކުރެވޭ ޓޫރިޒަމްގެ ހަލާކެވެ. ރާއްޖެއަށް މީހުން އަޔަނުދޭން ސިއްރާއި ފާޅުގައި މަސައްކަތްކުރި މީހަކު މީނާނޫނީ ނެތެވެ. އަދި ރާޢްޖޭގައި ޓެރެރިސްޓުން އުޅޭކަމަށް ވާހަކަދައްކައި ރާއްޖޭގެ އަގު ބައިނަލް އަޤްވާމީ ދުނިޔޭގައި ވައްޓާ ހަމައެކަނި ފަރާތަކީވެސް ނަޝީދެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ ރުޅިއަރުވަންވެގެން ބުހުތާނު ދޮގުވާހަކަ ދައްކަނީވެސް ނަޝީދެވެ.

    3
    1
  30. މަނާރު

    ބުރާންޗާ ކ މާފުށިގަ ނަޝީދުވެރިކަމަށް އައުމުގެކުރިން ގެސްޓުހައުސްތަށްހުރޭ އަދި މާލޭގަވެސް ގެސްޓުހައުސްތަށް ހުރޭ ހުޅުމާލޭގަވެސްހުރޭ ދެންކަލޭބަހުން އަންނިގޯނިފުލަށްލާން ނޫޅެ ތިލަގަބު ރައީސްމައުމޫނަށް ދިނުންވެސް މާރަނގަޅު.

    2
    1
  31. މިއަދު

    ކޮންމެދިމާލަކުން އަޔަސް ޓޫރިޒަމް މިނިސްޓަރުކަންލިބުނީމަ މިހިރަ ވާގޮތެއްދޯ؟

  32. އައިޗާ

    ކަލޯ ދެން ތިވަރަށް ހުޝާމަތު ނުކުރިޔަސް ތިހިރީ ބޮޑު މަގާމެއްލިބިފަ.ހެޔޮ ތިވަރަށް ވައި ނުޖެހިޔަސް. މި މީސްމީހުންނަކީ ހަތަރު އަގައިން ވާހަކަ ދައްކާ މީހުން.ހައްތާވެސް ޖާބިރު ކަހަލަ މީހުން.