މުޅި ރާއްޖެއަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ، ގަޑިއަކު 19 މޭލާއި 24 މާލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަަމަށެވެ.

އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް އެ ސަމާލުގައި ލިޔެފައި ވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 21:00 އަށެވެ.

މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަަމަށާއި، ދެކުނުގެ އެކިހިސާބަށް ކެރިއާއެކު ގުގުރުން އެކަށީގެންވާ ކަަމަށް ބުނެފައި ވެއެވެ.

އަދި ރާއްޖެތެރޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަ ވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.