ކ. ގާފަރު ގެއަކުން ވަގަށް ނެގި 12،900 ރުފިޔާއަށް ވުރެ ގިނަ ފައިސާތައް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅީ=ިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައިވަނީ ގާފަރު ގެއަކުން 12،995 ރުފިޔާ ވަގަށް ނެގި ކަމަށް މިދިޔަ ހަފްތާގައި ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅީގެން ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ މިމައްސަލާގައި ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަމަތެދެއް

    ވައްކަންކުރަނިކޮއް ކެމެރާއައް އަރާފަ ހުރެގެން ވަގުގެ މަންމައައް ދެއްކީމަ މިބުނަނީ މަގޭދަރި އެއް ވައްކަމެއްނުކުރާނެއޭ ކިޔާ ޒުވާބު މިކުރަނީ ކިހާތާހިރު

  2. ބަތްގަނޑު

    ތިޔަ ވައްކަންކުރި ސިނާޒް ބަތްގަނޑު އަކީ ގާފަރުގަ މަސްތުވާތަކެތި ބޮއެވިއްކާ މީ ހުންގެ ޅަދަރިންނައްދީ މަގުފުރައްދާ އިބިލީ ހެއް ސަތޭކަ ފަ ހަރަކައްނޫން ހައްޔަރުކުރާނީ ހަމަ ގެންގޮއްސަދޫކޮއްލަނީ ހަމަ ދޫކޮއްލާއިރައް ރަށައް ގޮސް ކޮންމެވެސް މީ ހެއްގެ ގެއެއްފަޅާލާ ހަތަރެސަފައި އެކީގަ ކަނޑަންވެފަ ހުރި ... ..ކާޅެއްތިޔައީ ތީގެ ބޮޑު ގުރޫޕެއް ގާފަރުގަ މި ހާރު އެބައޮތް އަދި މިކަމެއްކުރަނީވެސް މީ ހެއްގެ 12 ވަރަކައް އަހަރުގެ ފިރެ ހެން ސޮރެއްލައްވާ އެސޮރައް ސިނގިރޭޓެއްގެ ފިލްޓަރު ބުރިއެއްދިނަސް އެސޮރައްހ ހަމަ ހެޔޮވަރު އެސޮރުވެސް ގެންގޮސްގެން ހަލާކުކުރީ މިފުރޭތައެއް ރައްޔިތުންނިކުމެ މިމީ ހުން މައިތިރިކުރަން އެބަޖެ ހޭ މާދަމާ އައިސް ފަޅާލާނީ ކޮންތަނެއް ކަނެއްވެސް ނޭންގެ ކުރިންރެޔަކު ފަޅާލީ މީ ހެއްސެ ކެފޭއެއް މިވަރުވާއިރުވެސް ރައްޔިތުން ހެވިފަ ދުފާގެން ރަތްކުޅުތަޅަން ބަނދަރުގަތިބެނީ

  3. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މިސަރުކާރުން ވައްކަން ކުރަން ދަސްކޮށްދެނީ. ކާޕެޓެއް ކީއްކުރަން ފައިފުއްސެއް އޮތަސް ކާލާ

  4. ކާޕެޓް

    ކޮބާތަ ކާޕެޓްވަގު.