ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެއަށް އައި ދިވެހި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.
ރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެއަށް އައުމުން ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުންގެ މިީޑިއާ އޮފިޝަލް މިއަދު "ވަގުތު"އަށް ވިދާޅުވީ، ނިރުބަވެރި ޖަމާއަތަތްތަކާއެކު ސީރިޔާގައި ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއަށް ދަތުރު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށްގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އާއި އެނޫން ޤައުމުތަކުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކާއި ދިވެހިން ގުޅޭ ގިނަ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ. އޭގެތެރެއިން ބައެއް މީހުން ހަނގުރާމައިގައި މަރުވެފައިވެސް އެބަހުއްޓެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާގޮތުން ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް 173 ދިވެއްސަކު ގޮސްފައިވާކަން މިހާތަނަށް ކަށަވަރުކުރެވިފައި ވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާ މީހުންވެސް ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ.
ކާކުތަ އައީ. އެމީހާގެ ނަމެއް ވެސް އޮންނާނެ އެންނު. ފޮޓޯ ވެސް ހުންނާނެ އެންނު. އޭރުންނު އަހަރެމެންނަށް ވެސް އިގޭނީ
ތިކަން މި ސަރުކާރުން ފިސާރި ގަޔާވެގެން ބަލާނެ ނަމަވެސް އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ކޮންމެ ފަދަ ވާހަކައެއްދެއްކިއަސް އަދި އަމަލެއްހިންގިއަސް އަޅައެއްނުލާނެ
ކިބާ ކިހާވަރެއްވި މީހަކު ތަނަކަށްގޮސްފައިމަ ގައުމު ނާމާން ކަމަކަށްހަދައި ފިސާރިވަރެއް އެބަހުއްޓެއްނު ހަމަކީއްވެތަ ތިގޮތަށް ރަށުތެރޭގައި ހިންގާ ލޫޓްމާރާއި ވައްކަމާ ރޭޕް ކުރުމާއި މަސްތުވާތަކެތިން ވިޔަފާރިކުރުވުމާ ރަލުގެވިޔަފާރި އަދި ޤާނޫނަށް ތަބާނުވުމާއި އިސްލާމްދީންނަށް ފުރައް ސާރަކުރާ ގުރޫޕްތައްވަކި ނުހުއްޓުވެންވީ ކީއްވެގެން ވީމާ މިހުރީ މިމީހުންގެ ކަންތައްހުރި ގޮތަކީ ރަށުތެރޭގަ މިހިނގާ ހުރިހާ ނުބައިކަންތަކަކީ އަޑީގަ މިމީހުންތިބެގެން ކުރުވާކަން ތައްތަކެއްކަން ޔަގީން
ހަނގުރާމައިގެ މެދުތެރެއިން ފިލާމީހުންނަކީ ކޮންކަހަ ބައެއް