ތިން ކެޓެގެރީއަކުން ޕީޕީއެމްއިން މެމްބަރުންނަށް ލޯޔަލްޓީ ކާޑުތަކެއް ތައާރަފްކޮށްފިއެވެ.

މި ކާޑުތައް ތައާރަފްކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި މި ކާޑުތައް ތައާރަފްކޮށްދެއްވީ އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީޕީއެމް/ޕީއެންސީގެ ހަވާލުވެ ހުންނެވި އަބްދުއް ރަހީމް އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައިެ އެފަދަ ފުރަތަމަ ކާޑު އަރުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ އަށެވެ. އެ ރަމްޒީ ކާޑާއި އެމަނިކުފާނުގެ ފަރާތުން ހަވާލުވެލެއްވީ، ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ.

ލޯޔަލްޓީ ކާޑެއް ވިއްކަން ޕީޕީއެމް އިން ނިންމާފައި ވަނީ، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ކަމުގެ މަގްސަދުގައި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލަށް ތައާރަފްކޮށްފައިވާ ލޯޔަލްޓީ ކާޑަކީ، އިދިކޮޅުގެ އެކި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފައިސާ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ކާޑެކެވެ. މި ކާޑު މެދުވެރިކޮށް 100 ރުފިޔާއިން ފެށިގެން ކޮންމެ މަހެއްގެ މައްޗަށް ފައިސާ އިދިކޮޅުގެ ފަންޑަށް ހަދިޔާ ކުރެވޭނެ އެވެ.

ލޯޔަލްޓީ ކާޑުގެ ޖުމްލަ ހަތަރު ގިންތިއެއް މިއަދު ވަނީ ތައާރަފްކޮށްފައެވެ. އެ ހަތަރު ގިންތީގެ ކާޑުތަކުގެ ތެރޭގައި، މެޖެންޓާ، ސިލްވަރ، ގޯލްޑްގެ އިތުރުން ޕްލެޓިނަމް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިދިކޮޅުގެ ފަންޑްރައިސިން ހަރަކާތްތަކާއި ހަވާލުވެވަޑައިގެން ހުންނަވާ ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މި ކާޑުތައް ތައްޔާރުކޮށް އާންމު މެންބަރުންނާއި ހަމަޔަށް މިއަދު ފޯރުކޮށްދެވިފައި ވަނީ، ގިނަ ބައެއްގެ ހިޔާލާއި އެކު ކަމަށާއި، މިއީ ރާއްޖެއިން ބޭރުގައި ވެސް އާންމުކޮށް، ބޮޑެތި ސިޔާސީ ޕާޓީތަކުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން ޑިމަކްރަސީގެ ގޮތުން ކުރިއަރާފައިވާ އެއްގައުމު ކަމަށްވާ އެމެރިކާގެ ބޮޑެތި ސިޔާސީ ޕާޓީތަކުންވެސް އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ލޯޔަލްޓީ ކާޑު ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ކާޑުތައް މިއަދު ތައާރަފް ކުރެވިގެން ދިއުމާއި، އެކު އިދިކޮޅުން ވަނީ ކާޑު ސެންޓަރެއްވެސް ގާއިމްކޮށްފައެވެ.

"މިހާރުވެސް މަސްދޯނިތަކުގައި މަހަށްދާ ފަރާތްތަކުން ވެސް އަޅުގަނޑުމެންގެ އެކި ލީޑަރުންނާއި، ހިއްސާކޮށްފައި އެބަވޭ ހަމައެކަނި މި ދެޕާޓީގެ ކުރިއެރުމަށް ފައިސާ ހަދިޔާ ކުރުމަށް ދޯނި ފަޅުވެރިން ގޮވައިގެން މަހަށް ނިކުންނަ ވާހަަކަ ވެސް. ހަމަޔަގީނުން ވެސް މި ކާޑު ތައާރަފް ކުރެވިގެން ދިއުމާއި އެކު މަސް ދޯނިތަކުގައި ތިއްބަވާ ފަރާތްތަކަށް ވެސް ވަރަށް ފަސޭހަ އެބަވޭ ކާޑު މެދުވެރިކޮށް އަޅުގަނޑުމެންނަށް އެފަރާތްތަކުން ބޭނުންވާ ފައިސާ ދެއްވުމަށް" ސައީދު ވިދާޅުވިއެވެ.

އިދިކޮޅުން ވަނީ މި ކާޑު ނެތިގެންް ނުވަތަަ، ކާޑު މެދުވެރިކޮށް ފައިސާ ޖަމާނުކޮށްގެން އެއްވެސް މެންބަރަކު ބާކީ ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ަައާރިފް

    މެންބަރުން ބައިވެރިކުރުވަންށޭ ކިޔާފަ ޕީޕީ އެމް މެންބަރުން ފެލަން ފޫގަޅާލާފަ އެތިބީ އަދުރޭމެން. ދެން ތިބޭނެ އަތްތަޅަން ޕާޓީގެ ދޮށީ އުމުރުގެ މީހުން. އެމީހުނަކައް ނޭނގޭނެ މިވާނުވާއެއް

    8
    17
  2. ރާގޮޑިރާޖަ

    ޢަދުރޭ އަނެއްކާ ތިކާޑް ވިއްކައިގެން ލިބޭލާރިކޮޅު ވަގައްނުނަގާތި.

    10
    12
  3. މޫސަ

    ޢަދިވެސް ވައްކަން ކުރަންދޯ ފޫގަޅައިގެން

    7
    17
  4. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    19
    7
  5. އަލްޖިބްރާ

    ޔާމީނު ދިވެހިރައްޔިތުންގެ ލާރިގަޑު ކާލީމާ ޖޫރިމަނާ ދައްކާނެ ގޮތެއް ހޯދަނީ !

    10
    18
  6. ސަހަލުލ

    އަދިވެސް ރައްޔިތުން އަތުން ގެންދިޔަ ލަަރިގަންޑު މަދީތަ

    5
    5