ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކުޑަކުއްޖަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މެއި މަހުގެ 19 ވަނަ ދުވަހު މާލެއިން ފުރައިގެން ނައިފަރަށް އައި ބޯޓަކުން އެރަށް ފޭބިތަނުން ކަމަށެވެ.

ފުލުހުން ވިދާޅުވީ، ނައިފަރަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ކުއްޖާ ހައްޔަރުކޮށް، އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި ގެންގުޅުނު ދަބަސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ހުރި ރަބަރު ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން މި ކުއްޖާ ބަންދުގައި ބެހެއްޓުމަށް 8 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުމަރުމަނިކު

    ކުޑަކުއްޖަކު މަސްތުވާތަކެތި އެތެރެނުކުރާނެ.... ރަގަޅަށް ބަލައިފިއްޔާ ތިވާނީ ބޮޑު ކުއްޖަކަށް. ރާއްޖޭގެ ޤާނޫނޫ އަސާސީ އިސްލާހު ކުރަންވީ...