މާލޭ އިންޑަސްޓްރިއަލް ޒޯންގައި ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ޒުވާން ފިރިހެނަކަށެވެ.

ފުލުހުން ވިދާޅުވީ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިރޭ 21:58 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަނިޔާވި މީހާ ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އައިޖީއެމްއެޗް އިން ސާފެއް ނުވިއެވެ.

އިއްޔެ ރޭ ވެސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  މިވެސްވާނީ މިސަރުކާރުގެ ބަލާވެރިކަމަށް

  3
  6
  • ރާގޮޑިރާޖަ

   ކެހެރިނުފަޅާ ޖަނަވާރަކަށް ތިހެން ހީވެދާނެ.

 2. ބަކަރި

  އެޖެންޑާ 19 އައިފަހުން މުޅިންވެސް ރައްޔިތުންނަށް އަނިޔާލިބެނީ

  1
  7
 3. ޅަބޭ

  ރަގަޅު ހަމަ.

  1
  1