23:00

ކޮވިޑް-19 އާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓަށް އަރައި ފޭބުން އަނެއްކާވެސް މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފި.

22:34

މާލޭގެ މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 އޮއްވާ ކަރަންޓީންނުވެ އަތޮޅުތެރޭގެ ރަށްތަކަށް ދަތުރު ނުކުރެވޭ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ.

22:11

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 24 މީހުން.

14:49

އެމެރިކާގެ ނިއު ޔޯކްގެ ކޮލެޖް ސަނީ އޮނިއޮންޓާ ގައި ތައުލީމް ހާސިލް ކުރަމުން އަންނަ 700 ދަރިވަރުން ކޮވިޑް-19 އަށް ފައްސިވުމާ އެކު، އެ ކޮލެޖްގެ ރައީސް ޑރ. ބަރްބަރަ ޖިން މޯރިސް އިސްތިއުފާ ދެއްވައިފި.

12:37

ކޮވިޑް-19: ހާއްސަ ހުއްދައެއްގެ ދަށުން ޗައިނާގައި އާއްމުންނަށް ވެކްސިން ދޭން ފަށައިފި.

11:31

ކޮވިޑް-19 އަށް ވެކްސިން ލިބޭނީ ކޮން ދުވަހަކުން؟

10:44

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެ.

08:49

ކޮވިޑް-19 އަށް ފަރުވާ ލިބޭނެކަމަށް އުއްމީދުކޮށް ތަހްލީލްކުރި ބޭސްތަކުން ރަނގަޅު ނަތީޖާއެއް ނުފެނުނު!

05:41

05:02

04:51

އެމެރިކާއިން އިތުރު 69454 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 903 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 8286045 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 223619 މީހަކު ވަނީ މަރުވެފައި.

04:51

އިންޑިއާ އިން އިތުރު 65126 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 886 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7430635 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 113032 މީހަކު ވަނީ މަރުވެފައި.

04:50

ބްރެޒިލް އިން އިތުރު 30574 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 716 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5201570 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 153229 މީހަކު ވަނީ މަރުވެފައި.

04:50

ފްރާންސުން އިތުރު 25086 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 178 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 834770 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33303 މީހަކު ވަނީ މަރުވެފައި.

04:50

އާޖެންޓީނާ އިން އިތުރު 16546 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 381 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 965609 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 25723 މީހަކު ވަނީ މަރުވެފައި.

04:49

އިނގިރޭސިވިލާތުން އިތުރު 15650 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 136 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 689257 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 43429 މީހަކު ވަނީ މަރުވެފައި.

04:49

ރަޝިޔާ އިން އިތުރު 15150 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 232 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1369313 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 23723 މީހަކު ވަނީ މަރުވެފައި.

04:49

ސްޕެއިން އިން އިތުރު 12169 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 222 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 982723 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33775 މީހަކު ވަނީ މަރުވެފައި.

04:48

ބެލްޖިއަމް އިން އިތުރު 10448 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 49 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 191959 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10327 މީހަކު ވަނީ މަރުވެފައި.

04:48

އިޓަލީން އިތުރު 10010 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 55 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 391611 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 36427 މީހަކު ވަނީ މަރުވެފައި.

04:48

ކޮލަމްބިއާ އިން އިތުރު 8372 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 159 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 945354 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28616 މީހަކު ވަނީ މަރުވެފައި.

04:47

ނެދަލޭންޑްސް އިން އިތުރު 7984 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 16 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 211938 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6708 މީހަކު ވަނީ މަރުވެފައި.

04:47

ޖަރުމަންވިލާތުން އިތުރު 7964 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 26 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 356780 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9836 މީހަކު ވަނީ މަރުވެފައި.

04:46

ޕޮލޭންޑުން އިތުރު 7705 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 132 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 157608 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3440 މީހަކު ވަނީ މަރުވެފައި.

04:46

ޔޫކްރޭނުން އިތުރު 5992 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 106 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 287231 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5408 މީހަކު ވަނީ މަރުވެފައި.

04:46

މެކްސިކޯ އިން އިތުރު 5514 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 387 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 834910 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 85285 މީހަކު ވަނީ މަރުވެފައި.

04:45

03:53

01:38

01:21


ޔޫރަޕްގެ ގައުމުތަކުން މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު އެތައް ބަޔަކު ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ޖެހިގެން މަރުވެ، ބޮޑު ކާރިސާއަކާއި ޔޫރަޕްގެ ގައުމުތައް ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދީފިއެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން ޔޫރަޕަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ހެންސް ކްލާގް މިރޭ ވިދާޅުވީ އޭޕްރީލް މަހު ޔޫރަޕްގެ ގައުމުތަކުން ކޮވިޑް-19 އަށް ފައްސިވި އަދި މަރުވި މީހުންނަށްވުރެ ގިނަ ބަޔަކު ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވެ، އަދި މަރުވެގެން ހިނގައިދާނެ ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ޔޫރަޕްގެ ގިނަ ގައުމުތައް ފުރަބަންދު ކުރުމަށްފަހު އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނެވެ. ނަމަވެސް ފުރަބަންދަށް ލުއިތައް ދޭން ފެށުމާއި އެކު ގިނަ ގައުމުތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރު ހާލަތު ގޯސްވަމުންދާ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް، އަދި ޗެކްރިޕަލިކް ހިމެނެއެވެ.

"ޔޫރަޕްގެ ގައުމުތަކުން މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދާއި އަދި ކުރިއަށް އޮތް ފިނި މޫސުމުގައި ހާލަތު ބަދަލުވެގެން ދާނެ ކަމަށް ލަފާކުރެވޭ ގޮތައް ބަލާއިރު ކޮންމެ ދުވަހަކު މަރުވާ މީހުންގެ ނިސްބަތް އޭޕްރީލް މަހަށްވުރެ މާބޮޑަށް ވެސް އިތުރު ވެގެންދާނެ ކަމަށް ލަފާކުރެވޭ." ހެންސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއި އެކު ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، އެތައް ބަޔަކު މަރުވާން ދޫކޮށްލަން ޖެހޭ ހިސާބަށް އަނެއްކާވެސް ކަންތައްތައް ހިނގައިދާނެ ކަމަށެވެ. މީގެ ކުރިން ވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރިގެން ސްޕޭނާއި އިޓަލީ އަދި އިނގިރޭސިވިލާތުގައި ވެސް ވަނީ ބައެއް މީހުން މަރުވާން ދޫކޮށްލަން ޖެހިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު