ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއްގައި އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ޖާބިރަކީ ވިޔަފާރީގެ މުއާމަލާތްތަކާއި މަދަނީ މައްސަލަތަކުގައި އެންމެ ގިނައިން ކޯޓަށް ވަޑައިގަންނަވާ އެއް ބޭފުޅަކަށް ވާނެއެވެ. ކޯޓު މަރުހަލާގައި ހުރި ޖާބިރުއާ ގުޅުން ހުރި މައްސަލަތައް މި އަހަރާއި މިދިޔަ އަހަރުވެސް ކޯޓުން ވަނީ ނިިމިފައެވެ.
ޖާބިރު "ވަގުތަށް" ވިދާޅުވީ އިންސާފު ހޯދުމަކީ ރާއްޖޭގައި ވަރަށް ދިގު އިންތިޒާރެއް ކުރަން ޖެހޭ ކަމެއް ކަމަށެެވެ.
އެގޮތުން މިދިޔަ ހަފްތާގައި އޭނާ އަށް ކާށިދޫ އިން ބައްލަވައިގަތް ގޯއްޗެއް މިލްކުކޮށްދޭން ކާށިދޫ ކޯޓުން ހުކުމް ކުރި އިރު އެ ގޯތި ބައްލަވައިގަތީ 2014 ވަަނަ އަހަރުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
" އެސްޓީއޯ ކަހަލަ ތަންތަނާ ދެކޮޅަށް ވެސް މިޖެހެނީ ކޯޓަށް ދާން. ގޯއްޗެއްގެ މައްސަލައިގައިވެސް އެހެން. އިންސާފު ހޯދުން މިއީ ވަރަށް އުނދަގޫ ކަމެއް. ކޯޓުގައި އެހާ ގިނަ ދުވަސް. އެހެން ނޫނީ ރައީސް އަށް އާދޭސް ދަންނަވަން. ދެން ރައީސް ނަޝީދުގެ ވެރިކަމެއްގައި އިންސާފު ލިބޭނެ ކަން ޔަގީން. އެމަނިކުފާނަކީ އިންސާފަށް ވަކާލާތުކުރައްވާ ބޭފުޅެއް." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު، ރައީސް ނަޝީދަށް ތައުރީފް ކުރައްވާފައި މިވަނީ މަޖިލީހުގައި ވެރިކަމުގެ ނިޒާމުގެ ބިލް ބަރުލަމާނީ ނިޒަމަށް ބަދަލުކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނިކޮށެވެ.
އެ ބިލްގައި ވަނީ، ވެރިކަން ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބިދޭ ގޮތަށް ވުމަށެވެ. ބޮޑު ވަޒީރަކަށް ވެގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް މެޖޯރިޓީ ހޯދާ ޕާޓީގެ ލީޑަރެވެ. މަޖިލީހަށް ރިޔާސީ ބަޔާން އިއްވުން ފަދަ ރައީސްގެ މަސްއޫލިއްޔަތުތައް ވެސް ބޮޑު ވަޒީރަށް ލިބިގެންދާ ގޮތަށް ބިލްގައިވެއެވެ.
އެ ބިލްގައި ރައީސްގެ މަގާމު ވެސް މަޖިލީހުން އިންތިހާބު ކުރާ ގޮތަށް ހަމަޖައްސަން ހިމަނާފައިވާ އިރު، މަޖިލީހުން އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި މަޖިލީހުގައި ނަގާނީ ސިއްރު ވޯޓެއް ކަމަށް ވަނީ ބުނެފައެވެ.
އަދި ރައީސްގެ މަގާމަށް އިންތިހާބު ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިގެންދާ ފަރާތެއް ކަމަށް ވެސް އެ ބިލްގައިވެއެވެ.
ހަމައެހެންމެ އެ ބިލް މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރުމާއެކު އޭރަކު ހުންނަވާ ރައީސްއާއި އެމަނިކުފާނުގެ ކެބިނެޓް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
އަދި، ބަރުލަމާނީ ނިޒާމެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބޭއްވެން ދެން އޭރެއްގައި ހުންނަ މަޖިލީހުގެ ރައީސް ވަގުތީ ގޮތުން ގައުމު ހިންގުމާއި ހަވާލުވާން ވާނެކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.
ބަރުލަމާނީ ނިޒާމަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވަކާލާތުކުރައްވައެވެ. މީގެ ކުރިން 2007 ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައީސް ނަޝީދާއި އެމްޑީޕީ ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.
ނަމަވެސް މިހާރު އެމްޑީޕީގައި މި ކަމާ މެދު ޚީޔާލު ތަފާތުވުން ހުރިކަން މެމްބަރުންގެ ވާހަކަތަކުން އެނގެއެވެ. ރައީސް ނަޝީދު ބުދަ ދުވަހު މަޖިލީހުގައި ވިދާޅުވީ މިއީ ވެރިކަން ކުރުމުގެ ނިޒާމުގެ ބަހުސް ހިންގަންވީ ދަނޑިވަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ނަސީދަކީ ވަރައް ފިންޑިބޭފުޅެއް އަބްލޯގާޒީ ހައްޔަރުކުރުމުގެ ހުރިހާކަމެއްރާވާ ތަންފީޒުކުރުވީނަސީދު އަދި ޓީވީތަކައްއަރާ ތިމަބްނާކުރިކަމެކޭގޮވާހަދާފަ ސަރިއްޔަތާކުރިމަތިލާންޖެހުމުން އެހެންމީހުންގެ ބޮލައް އެހެންމީހުންގެބޮލައް ކަންޑާލަންމަސައްކަތްކުރި އެންމެފަހުން ޖަލުހުކުމައް ފިލައިގެން އުޅްވިބޭފުޅެއް
މީނާގެ އަތުގައި ހުންނާނީ ކޯޓްތެރެއިން ހޯދި ދައުލަތުގެ ފައިސާއާއި ބިންތައް. މިހާރު އެއުޅެނީ ރައްޔިތުންގެ ރުހުން ނުލުބޭނެތީ ނަޝީދުއާ މީނާއާއެކުވެގެން. ދައުލަތް ފޭރިގަންނަން.
ހެލޯ... ޖާބިރު ވެރިކަމަށް ގެންނަން ޖެހުންސް ތިކަމެއް ނުކުރެވޭނެ
ލަނޑަޔާވާނީ ލަނޑާ
މިއީއޮޔާދާ ބޮނބިގަނޑެއް. އިރުންވައިޖެހޭއިރު އިރައް، ހުޅަނގުންވައިޖެހޭއިރުހުޅަނގައް. މާކަންތައް ބޮޑުވެއްޖެއްޔާ ކޯޓުއަމުރައް ނޫނީ ނުގުޑާނެ . ހަނުހުރުމާ ދޮންވެލިކެއުން
އެއްވަނަ.
ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ
ޖާބިރު އަކީ ބޯގަޅިއެއްކަން ހަމަ ޔަގީން..!!
ޓެރަރިޒަނަށް ހިތްވަރުދޭ ލާދީނީމީހަކު އިންސާފު ހޯދާދޭނީ ކިހިނެޔ.ް .ވިދާޅުވީ ޕާޓީ މީހަކު ކަމަކަށް އެދުނީމަ ކޮށްދީފަ އެހެންމީހުނަށް ނުލަފާކަން ދައްކާނަމޭ.ކަނާތުން ކުރާކަން ވާތަކަށްވެސް ނޭގޭނެޔޭ.ވީ އިރު؟
ރައީސް މާދަމާ ގައުމާ މުޚާތަބުކުރައްވާ އަނެއްކާ ވިދާޅުވާނީ ރާއްޖޭގެ އިގްތިސާދު އޮތީ ފުނޑިފައޭ އަދި ވެސް އިތުރަށް ފުނޑޭނީއޭ ގެސްޓަކު ވެސް ނާދެއޭ ދެން ސަރުކާރުން ކުރާނެ ކަމެއް ނެތޭ ރައްޔިތުން ބަނޑަށް ޖެހުނަސް އެކަން އޮންނަން ޖެހޭނީ އެެހެން ނޫނޭ މަމެން ކޮސްވަނީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ކުއްޔަށް ނުދީ ތިމާވެއްޓޭ ކިޔައިގެން ޕްރޮޕެގެންޑާ ފަތުރާ 10 ވަރަކަށް މީހުންގެ ހައްގުގައި ރައްޔިތުން ބަނޑަށް ޖައްސަނީ އެއީ ކިއެއްކުރަންތޭ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ކުއްޔަށް ދޭށޭ ނުދެވެންނާ ރައީސް އިބޫ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާއޭ...
މިކަލޭގެމިއުޅެނީ އެލައިޑުންހޯދަންއުޅުނުލާރިކޮޅުގަޑުނުލިބިގެން ކޯޓައްނުފުޒޫފޯރުވަންވެގެންނޫންބާއޭހިތައްއަރާ
ޖާބިރޫ..... ކާށިދޫ ރައްޔިތުން ކަލޭ އެބަ ހޯދާ!
އަންނިއަށް މިރާއްޖޭން %50 އިން ވޯޓުނުލިބޭނެކަން ޔަގީންވީމަ މިހާރުއެއުޅެނީ ފައިސާއިން ރާއްޖޭގެ ވެރިކަންހޯދާށެވެ. އެކަމު މައުމޫނަކީ ޚުދުމުޙުތާރުވެރިޔެކޭ އޭރުގެ ވެރިކަމަކީ ރައްޔިތުން ވޯޓުދީގެން ހޮވާވެރިކަމެއްނޫނޭކިޔާ، މިހާރު މިވާގޮތުން ރައްޔިތުންނަށް ނުލިބޭނެ ވެރިޔަކު ހޮވަން ފެންނަ ނުފެންނަ ޖަހަންވެސް ފުރުސަތެެއް ގައިމު އޭރު ލިބުނު ފެންނަ ނުފެންނަޖަހަން ފުރުސަތު މިވަރުންވެސް މިރީދޫކުދިންނަށް ހަމަނުވިސްނެނީބާވައޭ މަހިތައްއަރައެވެ.
މަޖިލީހުން ފާސްކުރެވޭ ގާނޫނަކުން ނިޒާމް ބަދަލެއްނުކުރެވޭނެ. ރައިސް އިންތިހާބު ކުރާގޮތްވެސް ބަދަލެއްނުކުރެވެނެ.
މިކަހަލަ ދެއުޅިއެއްނުވާ ދެއިރު ދެދަޅައަށް އެއްކަމެއްގައި ދެގޮތަށް ވާހަކަދައްކާ މީހެއްގެ ވާހަކަތައް ނޫހުގައި މިލިޔަނީ ލިޔާނެއެއްޗެއް ނެތީމަބާ؟
އެކޮޅުން ރިލޯޑުކޮށްލީދޯ.
މިވެސް ނޮހޮރޮއްޕާނެއްކަހަލަ އަނގައެއް ތާކުންތާކު ނުޖެހޭ ވާހަކަތައް ފެތުރުމުގަ މިހާރުމިއުޅެނީ ކުރާކަމެއް ކުރެވޭކަމެއް އެއްގޮތަކަށްވެސް ނެތް ދުވާލަކު ގޮތަކަށް ވާހަކަދައްކައިގެން ފަލަސުރުހީތަކެއް އަޅައިގެން މޮޔަގޮވުންކަމަކީ މޮޔައިން ބަލަހައްޓާ ތަނުން ގޮޅިއެއް މިކަލޭގެއަށް ހުސްކޮށްފައި ބަހައްޓަން އެބަޖެހޭ
ތިޔަ ނިންމުން ނިންމާފަ އާދެބަލަ އަހަރެމެން ރައްޔަތުންނާ ހަމައަށް ރީތި ގެއެއްގެ ސޮލަވާތަށް އަރުވަދޭނަން
އޭ ޖާބިރާއެވެ. ކަލޭ ދޫ ރައް ކާތެރި ކުރާށެވެ. އަދި ދުލުން ބުނެވޭ ބަސްތަ ކުން ރައް ކާތެރިވެ ހުށިޔާރުވާށެވެ. އެގޮތަ ކީ އިންސާނާ ސަލާމަތްވަނީ ދުލުގެ ސަބަބުންނެވެ. އަދި ބައެއްފަހަރު ދުލުގެ ސަބަބުން އިންސާނާ ދެ ދުނިޔޭގެ ނަސީބު ގެއްލި ހަލާ ކުވެސް ވެދެތޭ. އަދި ދޫ ރައް ކާތެރި ކުރުމާއި އެ ކަމުގެ އަހައްމިއްޔަތު ކަން ޤުރުއާނާއި ސުންނަތުގައި ވަރަށް ގިނައިން ފެންނަން އެބަހުރި. އެ ކަންތައް ދަސް ކޮށް ﷲ ތަޢާލާގެ ދީން ދަސް ކޮށް އެ މަގުން ހިނގަން ދަސް ކޮއްގެން މެނުވީ ސަލާމަަތްތެރި ކަމެއް ނެތޭ. މަރުވުމުގެ ކުރިން މާދަމާ ﷲ ގެ ހަޟްރަތުގައި ކޮޅަށް ހުންނަންޖެހޭ ދުވަހަށް ތައްޔާރުވާށޭ ބޭފުޅާއޭ.
އޭރުން ކަލޯގެ ދޫ ވެސް ހުންނާނީ ރައް ކާތެރިވެފައޭ. އެހާރުން މިހާރު ތިޔަ ކިޔާ މަންތަރުތަ ކާއި މީހުންނަށް މަލާމާތް ކުރުމާއި ދެ ކޮޅުވެރި ބަސްތަ ކާއި ފުރައްސާރަ ކުރުންތައް ހުއްޓިކ ކަލޯގެ ނި ކަމެތި ކަން ޤަބޫލު ކުރެވޭނެއެެވެ.
ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ.
' އިންސާނާގެ ހިތް ސީދާވެއްޖައުމަށް ދާންދެން އޭނާގެ އީމާން ކަން ސީދާ ނުވާހުއްޓޭ އަދި އޭނާގެ ދޫ ސީދާވެއްޖައުމަށް ދާންދެން އޭނާގެ ހިތް ސީދާ ނުވާހުއްޓޭ.'
ރައީސް ނަޝީދުގެ ވެރިކަމެއްގައި އިންސާފު ނުލިބޭނެ ކަމައްބުނެ އެމްޑީޕީން ކެޑިގެން ޖޭޕީއަށް ދިޔަމީހަކު ރައީސް ނަޝީދުގެ ވެރިކަމުގަ އިންސާފު ލިބޭނޭބުނީމާ އެވާހަކަ ގަބޫލުކުރާނީކާކު ތީއެެްވެސް ޕާޓީއެއްގަ ހުރެވޭމީހެއްނޫން އެންމެފަހުން ޑީއާރުޕީވެސް ބޮލާލާޖަހާފަދަތަން ފެންނާނީ
އޭނަ ސޮލަވާތަށް އަރުވާމީހަކުވެސް ހުންނާނީ މޮޔަވެފަ ސޮލަވަތް ކިޔަވަންވެސް ނޭގޭނެ އޭނަރަގަޅުވާނެ ފުޅުތަކެއްގެ މެދުގަ ބައިންދަން
އަޅެ މި ޖާބިރަކީ ކިތެއް އަނގައިން ވާހަކަދައްކާ މީހެއް؟ހެނދުނު ނަޝީދަށް ހެއްދެވި ނެހެއްދެވިއަށްގޮވާނެ.ހަވީރު އެވަރެއް ނެތިގެން އުޅޭނެ.ރޭގަނޑު ރައީސް ސޯލިހު ގޯސްވެގެން ހޭބޯ ނާރާއިގެން އުޅޭނެ.އިރުކޮޅަކުން އެވަރެއްނެތިގެން އުޅޭނެ.މީނަގެ އޮންނާނީ ކާންދެންޏާ ބޮޑުބޭބެގެ އުސޫލު.ބޭނުންވާ ކަމެއް ގާނޫނުގެ ބޭރުންވެސް ނުކޮށްދިނިއްޔާ އެއްޗެހި ކިޔާނެ.މީނަގެ އަންހެނުންނަށްވެސް މަތީ މަގާމެއްނުދީގެން ހީވަނި މަޖިލިސް ވައްޓަފާނެހެން.ވެރިކަމަށް އައީ އޭނަގެ އަތުން ފައިސާ ނަގައިގެންނޭ ގޮވާއިރު މާތާހިރުވާނެ ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ދިނިއްޔާ.މިވަރުގެ މީހަކު އަދި ވެރިކަމަށް އަންނަން އެބައުޅޭނުން.ހެޔޮނުވާނެ މީނަ ވެރިކަމާ ގާތް ނުކުރާތި.ގައުމު ބަނޑު އަޅާނެ.