ލަވަ އާއި މިއުޒިކް އަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ނުބުނެވޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓުގައި ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު، އޭގެ ފަހުން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މާތްﷲ އިންސާނުންގެ ހިސާބު ބައްލަވަނީ އެ މީހެއްގެ ނިޔަތުގެ މައްޗައްކަން ދީނުގައި ޙިލާފެއް ނެތި ދަންނަ ބޭކަލުން އެއްބަސްވާ ކަމަށާއި، ކިޔާ ލަވައެއް، ދައްކާ ވާހަކަ އެއް ނުވަތަ އަޑުއަހާ އެއްޗެއް އަޑު އަހަނީ ކޮން ނިޔަތެއްގައިތޯ ބެލުންވެސް މުހިއްމު ކަމަށެވެ.

މިފަހަކަށް އައިސް އަލްހާންގެ ވާހަކަތައް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު، މީގެ ދެ ހަފްތާ އެއްވަރު ކުރިން އަލްހާން ވަނީ ރާއްޖޭގައި ސިއްހީ ބޭނުންތަކަށް މަރުވާނާ (މަރިޖުވާނާ ނުވަތަ ވީޑް) ހުއްދަ ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކޮށްފައި އަލްހާން ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ ސިއްހީ ބޭނުންތަކަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި މެދު ޤާނޫނު ހަދާ މަޖިލީހުން ވިސްނަން ޖެހޭ ކަމަށް އެބޭފުޅާ އަށް ގަބޫލު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން، އަލްހާން ވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އަނެއްކާ ލަވަކިޔަން ފަށަންވީ ކަމަށްވެސް ދާދި ފަހުން ވިދާޅުވެފައިކަން ފާހަގަކޮށްލެވެއެވެ. އަލްހާންގެ މިފަދަ ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަންނަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. ނަންނު

    މިކަލޭގެއަށް އިސްލާމްދީނުގެ ހިދާޔަތް ދައްކަވާހުށި

    106
    6
  2. މޮޔަގޮލާ

    ތިޔާ ތާކު ހުރި ބޮޑު ގަމާރެކޭ. ހުން ކޮސް ގޮވާނީ. ވަގުތު ކުދީންނަށް އެވަރު ނޭނގުނު ދޯ؟

    72
    4
  3. ރަކުއަތް

    ފަރުޟު ފަސްނަމާދުގެ ރަކްޢަތްތަކުގެ އަދަދު ނޭނގުނު މީހަކަށް ލަވަޔާއި މިޔުޒިކާމެދު ދީނުގައި އޮތްގޮތެއް ނޭނގޭނެ.

    104
    3
    • ތުނިޔަ

      ތީހަމަ ތެދެއް!

      27
      1
  4. 🤔

    ދެން ކީއްވެބާ ފޮތް ތަކުގަ އެކަން ހަރާން ކަމެއް ކަމަށް ވަނީ؟

    22
    4
  5. ސުވަރުގެ އެދޭ މީހުން

    ރަނގަޅު، އަލްހާން މެންގެ ދީނުގަ ހުރިހާ ކަމެއް ވެސް ހުއްދަ ވާނެ. އިސްލާމް ދީނުގަ ހަރާމް އަދި މުސްލިމަ ކު ނު ކުރާނެ ކިތައްމެ ކަމެއް އަލްހާން މެންގެ ދީނުގަ ހުއްދަ ވާނެ ކަމީ ދިވެހިނަށް އިނގޭ ހަގީގަތެއް

    30
    1
    • ބޭކާރު އަނގަ ތަޅާ އަލްހާން

      ރަނގަޅު ވާހަ ކަ އެއް ތި ބުނީ.

      12
  6. ކީކޭ ބުނާނީ

    ދެން ކީއްވެބާ ފޮތް ތަކުގަ އެކަން ހަރާން ކަމެއް ކަމަށް ވަނީ؟

    18
    2
  7. ބުއްޅަބޭ

    ސަލްމާން ޜުޝްދީކަމަށް ހެދިގެން އިންޑިޔާގެ ސަޕޯޓް ހޯދަން އުޅޭ ޕަޕެޓެއް! ޔާމީނުގެ ޝަރިޔަށް ކުރިޔަށް ދިޔައިރު ގާޒީ ހައްދައިގެން މައުލޫމާތު ހޯދާފަ އައްނިޔަށްދިނީ މީނަ!

    16
    2
  8. ކާފަރުވި އަލްހާން

    މި މީހުން ބޮއެގެން ތިބޭއިރު ކޮންމެ ފަދަ އެއްޗެކޭވެސް ކިޔާފާނެ، 24 ގަޑިއިރު ތެރެއިން ދުވާލަކު 23 ގަޑިއިރު ބޮއެގެން ބިތްޖެހިފަ، އަނެއް 1 ގަޑިއިރު ސަހަލު އެއްޗެއް ކިޔަސް ކިޔާނީ،

    21
    1
  9. ސައިފް ބިން ޒީއަޒަން

    މިބޭޅާ އަކީ އަނެއްކާ އެވިދާޅުވާ ކަހަލަ އެޗެއްތޯ ވެސް ބަލަން އެބާޖެހޭ ނޫންތޯ ރައިސް ނަޝީދު ވެރިކަމުގަ އެމަނިކުފާނަށް މަގު އޮޅުވާލުމުގެ އެންމެ އިސް މޭސްތިރި މީ

    16
    1
  10. ސައިފް ބިން ޒީއަޒަން

    ތެޔޮބިޑިވެސް

    16
  11. ޙަސަން

    ނޭގޭޙާލު ދީނުގެވާހަކަދެއްކުން ރަގަޅުވާނެބާ ތިއީ ރަގަޅުވާހަކައެއްކަމަށް ނުބެލެވޭ އެއީ ތިކަމުގެ
    ހުއްޖަތެއްދެއްކިފައިނުވާތި އަލްހާން ފަހުމީއަށް ވަރަވަށްއާދޭހާއެކު ދަންނަވަން މިނޫންދުވަހެއް
    (ހުރިހާކަމަކަށް އެންމެއިންސާފުވެރިދުވަހެއް) އަންނާނެކަން ހަނދުމަފުޅުބަަހައްޓަވާށޭ މަޝްހޫރު
    ވެލަން ދީނީކަންކަން ބޭނުންނުކުރައްވާށޭ ( ފުރިހަމައަށްނޭގެ ، މީހަކަށްޒާތީވުމަށް )

    14
    1
  12. މުހައްމަދު އަންޖުމް

    ކިހިނެތްވެގެންތަ މީއްޗަކު މިއުޅެނީ އެ،އުޅޭ ރާއްޖެމޯދީ އެކޭ ފާޑުފާޑުގެ އަނގަތެޅުވުމުގަ ތަފާތެއްނެތް ފަހެ އެއްޗެކޭ ނުކީއްޔާ އަނގައިގަ ފަހެ ދަބަރުޖަހަނީތަ ނޫނީ ގައިކަހަނީތަ ތިކަހަލަ ނުހޮރައްޕާން ކުރާމީހުންދެކެ ރައްޔިތުން އިންތިހާ ޔަށް ރުޅިއަރާކަން ދަންނަންޖެހޭނެ

    12
    1
  13. ޙިބަރު

    މި ސޮރުވެސް މި ބުނަނީ ބޯށޭ ބޯން ޖެހޭނެޔޭ ބޮއިގެނޭހުންނަން ޖެހޭނީ...

    16
    1
  14. ޢަދުރޭ

    ލަވަޔާއި މިއުޒިކް ހިމެނެނީ އިސްލާމްދީނުގައި ދީނީ ޢިލްމުވެރިންގެ މެދުގައި ޚިލާފް ހުރި މައްސަލަތަކުގެ ތެރޭގައި ދިވެހި އިސްލާމީ ދީނުގެ ބޮޑެތި ފިޤްހު ޢިލްމުވެރިން ވަނީ މި ކަމާއިމެދު ވަރަށް ޞަރީޙަކޮށް ދިވެހިންނަށް އޮޅުންފިލުވައިދެއްވާފައި. މެލޭޝިޔާ އިން ޝަރީޢާ އާއި ފިޤްހުން ޕީއެޗްޑީ ނަންގަވާފައި ހުރި ބޭފުޅެއް ޑޮކްޓަރ އަފްރާޝީމް އަކީ ވިދާޅުވި ޙަރާމް ކަމެއް ނޫނޭ. މައުމޫން ޢަބްދުލް ޤައްޔޫމް އަދިވެސް އެބަހުންނެވި ދުނިޔޭގައި ، އަދިވެސް ވިދާޅުަވަނީ ޙަރާމްކަމެއް ނޫނޭ . ފިޤްހު ޢިލްމުގައި މިއުޒިކް ފަދަ ޚިލާފްހުރި ކަމެއްގެ ޙުކުމެއް ނިންމަންޏާ . ބަލާ ގޮތަކީ . قطعي الثبوت . قطعي الدلالة މި އުސޫލަށް ފެތޭތޯ ބަލަނީ . މާނައަކީ ސީދާ ޞަރީޙަކޮށް ޤުރްއާނުން އެކަމަކާއިމެދު ޙުކުމް ކަނޑައަޅުއްވާފައިވޭތޯ އަދި އެއަށް ބާރުދޭ ދަލީލު ޚިލާފެއްނެތި އެއްގޮތަކަށް މުތަވާތިރްކޮށް އައިސްފައިވޭތޯ ބަލަނީ .. މިއުސޫލަށް ނުފެތެންޏާ އެކަމަކީ ޚިލާފްހުރި މައްސަލައެއްގެ ގޮތުގައި ނިންމަނީ . ހަމައެކަނި ޙަދީޘުން ކަމެއްގެ ޙަރާމް ޙަލާލް ކަނޑަ އެޅުން އެއީ ފިޤްހު ޢިލްމު ޤަބޫލް ކުރާ ކަމެއް ނޫން . އެހެންވެ ފިޤްހު ޢިލްމުގައި ޙަދީޘް އަށް ދީފައިވާ މަޤާމްއަކީ ظني الثبوت . ظني الدلالة. .. ظن އަކީ ޔަޤީންނުކުރެވޭ ކަންކަން . އެމަޤާމް ޙަދީޘް އަށް ޢިލްމު ވެރިން ދެއްވާފައިވާ ސަބަބަކީ ޤުރްއާނާ ޚިލާފް އަށް މާތް ރަސޫލާ ޔާއި 4 ޚަލީފާވެރި ބޭކަލުން ޙަދީޘް އިލްމު ލިއުއްވާފައި ނެތުމާއި އަދި ލިއެ ރައްކކާ ކުރުމަށް އަމުރު ކުރައްވާފައި ނެތުމާއި ، ޤުރްއާނާއި ޚިލާފްއަށް އެތައް ބޭކަލެއްގެ ބުންޏޯ ބުންޏޯ ރިވާތަކަކަށް ފަހު ރަސޫލާ ޙަދީޘް ކުރެއްވިއޭ ބުނާތީ .. ނަމާދު ކުރާގޮތް އައީ ޙަދީޘް ތަކުން ނޫންކަމަށް ފިޤްހު ޢިލްމުވެރިން އިއްތިފާޤްވޭ . އެބޭކަލުން ވިދާޅުވަނީ ސުއްނަތަކީ فعلية سنة އަމަލުފުޅުން ދެއްކެވި ސުއްނަތްކަމަށް. ހެއްކެއްގެ ގޮތުން ޢިލްމުވެރިން ވިދާޅުވަނީ އެއްވެސް ޙަދީޘް ފޮތެއްގައި . ރުކޫޢު ކުރާ ގޮތާއި ސަޖިދަ ކުރާ ގޮތް ކުރެހުމާއި އެކު ދައްކާފައި ނެތް ކަމަށް އަދި ކުރަންވީގޮތްވެސް ބަޔާންކޮށްފައި ނެތް ކަމަށް .އެހެންކަމުން އެއީ ކުރާގޮތް ބަލައިގެން ދަސްކޮށްފައިވާ ކަން ކަން ކަމަށް . ދެން. صلوت ނެގިފައިވަނީ ސިރިޔާނީ ބަހުން صلُوت މި ބަހުން ކަމަށާއި މިބަހުގެ މާނައަކީ ކަލާންގެއާ ކުއްތަންވުމަށް ކިޔާ ޒކްރުތަކާއި ތަކްބީރް ތަހްލީލްތައް ކަމަށް .އެހެން ކަމުން މާތް ރަސޫލާ އެތަކެތި ނަމާދުގައި ކިއުއްވީ ކީރިތި ޤުރްއާނުން ނަންގަވައިގެން ކަމަށް ޢިލްމުވެރިން ވިދާޅުވެ. މިޘާލް އަކަށް . سبح اسم ربك الاعلي . . މިހެން އަންގަވާފައި އޮތީމާ ރަސޫލާ ނަމާދުގައި ކިއުއްވީ . سبحان ربي الاعلي وبحمده .އަދި سبح اسم ربك العظيم މިހެން ޤުރްއާނުގައި އަންގަވާފައި އޮތީމައި ކިއުއްވީ . سبحان ربي العظيم وبحمده .ޢިލްމުވެރިން ވިދާޅުވާ ގޮތުން ނަމާދު ގައި ބޭނުން ކުރާ ބައެއް ކަލިމަ ތައް މީހުންނަށް އޮޅިގެން ހަމައެކަނި އިމާމް މީހާ ކިއަންޖެހޭ ތަންތަންވެސް ކިޔާ ކަމަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވޭ މިޘާލް އަކަށް ނަމާދުގެ އެއް ޙަރަކާތުން އަނެއް ޙަރަކާތަށް ނަޤުލް ވާއިރު ﷲ أكبر ނޫން އެއްޗެއް ނުކިއުމަށް އޮންނައިރު . ރުކޫ ކޮށްފަ ތެދުވަމުން ގިނަމީހުން ކިއަނީ سمع الله لمن حمده މާނައަކީ އެ ކަލާންގެ އަށް ޙަމްދު ކޮށްފި މީހެއްގެ އަޑު އެކަލާންގެ އަށްސަވައިފިއެވެ. މީ ތެދުވާހަކައެއް ނަމަވެސް ތަޞްބީޙަ ތަހްލީލް ކިއަން ޖެހޭ މަޤާމް އެއްގައި ކިއޭ ބޭކާެު އެއްޗެއް ކަމަށް ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ . އެހެން ކަމުން ސީދާ ޤުރްއާނުން ވާރިދުވެފައިވާ ތަކެތި ނޫނީ ނަމާދުގައި ނުކިއުމަށާއި ޤުރްއާނުން ކަނޑައެޅިގެން ޙަރާމް ނުކުރަށްވާ ކަމެއް ޙަރާމް ކަމެއްގެ ގޮތުގައި ނުބެލުމަށް ޢިލްމުވެރިން ވިދާޅުވޭ .. އަލްޙާން އަކަށް ނުއެނގޭނެ.

    8
    13
    • ތުނިޔަ

      ހާދަ އެނގިގެނޭ ތިއުޅެނީ!!؟ ބަލަ ﷲތަޢާލާ ފަރުޝުކުރެއްވި ނަމާދު ކުރާނެގޮތްވެސް އޮތީ ޤުރާނަކުނޫން...ނަމާދު ކުރާނެ ގޮތްވެސް އެނގެނީ ސުންނަތުން..މާނަޔަކީ އަހަރުމެންގެ ޝަރީއަތަކީ ޤުރުއާނާއި ސުންނަތޭ!

      18
      1
    • ފެކްޓް

      މީހަކު ޕީއެޗްޑީ ނެގުމަކީ އޭނަ ދޮގުނަހަދާނެ ކަމެއް ނޫން. އޮޅުވާނުލާނެ ކަމެއްވެސް ނޫން. އަދި އިލްމުވެރިޔަކަށް ވާނވީ ސަބަބެއްވެސް ނޫން. މީގަކަށް ދީނުގެ މަޢުލޫމާތުގެ މިންވަރެއް އެނގުން އެއީ ދީނީޢިލްމުވެރިއެއް ކަމަށް މިންމަނީ އމިއްލަ އަމިއްލައަށް. ތަންދޮރު ނުފިލިޔަސް ތިއީބޮޑުވަރު. ތިބުނާ ޕއެޗްޑީ މީހުންނަށް ވުރެ އިބިލީސް ވަކިން ދެރަވެގެންތޯ އޭތި ރަހްމަތުން ބޭރުކުރެވުނީ! ތިމާމެންގެ ސިކުނޑިއށް ފެންނަގޮތް ތިމާމެންހިތް އެދޭގޮތް ތިފާޢުކުރަން އުޅުނަސް ބޮޑުވަރު. ޓިބުނާ މީހުންނާ ހަމައަށް އެ ޢިލްމު އައި މަގުމަތީގަ މެދުވެރިއަކަށް ވީމީހުން ނެތްކަމެއްތޯ ތިބުނާ އެއްޗަކާމެދު! އާޔތްތަކުގެ ތަފްސީރާއި ބާވާލެއްވުނުސަބަބާަި ހަދީސް ގެ ތަފްލީލު ކިޔާނުދެވި ވަނިކޮށްތޯ ތިވިދާޅުވާ ބޭފުޅުންނާ ހަމައަށް ދީނުގެ ޙުކުމްތައް އައީ. ތިބުނާއެއްޗަކީ ހުއްދައެއްޗެއް ކަމާމެދު ޙިޔާލު ތަފާތުވާންފެށި ކޮންޒަމާނަކުން ފެށިގެންކަން އެނގިލައްވާތޯ؟ ރަސޫލް ޞ ގެ ޒަޟަނުގައި އަދި އެފަހުންއައި 3 ޤަރުނުގައި އުފެދިފައި އޮތް ޚިޔާލު ތަފާތުވުމެއްގެ ވާހަކަތޯ ތިދައްކަނީ؟ އެހެންނަމަ އެކަމަށްއތް ދަލީލަކީ ކޮބައިތޯ؟؟

      9
      2
      • ޢަދުރޭ

        ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ އިސްލާމީ ޝަރީޢާ ގައި ޝަރުޢު ނެގެނީ 4 މަސްދަރުން ކަމަށް. އެއީ 1 ޤުރްއާން 2 ޙަދީޘް 3 އިޖްމާޢު 4 ޤިޔާސް. މި 4 މަސްދަރުގެ ތެރޭން ކަމެއް ޙަރާމް ޙަލާލް ކަނޑައަޅަންޏާ ފުރަތަމަ މަސްދަރުން ބާރު ލިބެންޖެހޭ ކަމަށް ފިޤުހު އިލްމުވެރިން ވިދާޅުވަނީ .އެކަމުގެ ޙުއްޖަތް ފިޤުހު ޢިލްމުވެރިން ދައްކަވަނީ ހަމައެކަނި ޤުރްއާނަކުން ނޫން ޙަދީޘުންވެސް ދައްކަވާ.. ޢާއިޝަތުގެ ފާނު ރިވާކުރެއްވި ޙަދީޘް އެއްގައި އޮންނަ ކަމަށް ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ ( وكان خلقه القراآن ) މާނައަކީ މާތްރަސޫލާ އުޅުއްވީ ޤުރްއާނުގައި އަންގަވާފައި އޮތްގޮތަށެވެ. ޤުރްއާނުގައި މާތް ﷲ ޙަރާމް ނުކުރައްވާ ކަމެއް މާތް ރަސޫލާ ޙަރާމެއް ނުކުރައްވާނެ ކަމަށް ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ ޤުރްއާނުން އެކަމުގެ ހެކި ދައްކަވަމުން ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ تحريم ސޫރަތުގެ ފުރަތަމަ އާޔަތުގައި އަންގަވާފައި ވަނީ މި ފަދައިންކަމަށް ( يا ايها النبي لم تحرم ما احل الله ) މާނައީ އޭ ނަބިއްޔާއޭ الله حلال ކުރައްވާފައި ވާކަމެއް ކަލޭގެފާނު حرام ކުރައްވަނީ ކިހިނެއްވެގެންތޯއެވެ. އެހެންކަމުން ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ ޤުރްއާނާއި ޙަދީޘުން އޮޅުމެއް ނެތްވަރަށް ޘާބިތު ކުރެވޭ ކަމަށް ޤުރްއާނުގައި قطعي دليل އާއެކީ حرام ކަމެއް ކަމަށް ބަޔާން ކުރަށްވާފައި ނެތް ކަމެއް މާތް ރަސޫލާ ޙަރާމް ނުކުރައްވާނެކަން އެއީ
        އޮޅުމެއް ނެތް ކަމެއް ކަމަށް! . އަދި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެކަމަށް އިތުރު ތަފްސީރަކަށް އަދި އަސްބާބުއް ނުޒޫލް އަކަށް ވެސް ބޭނުން ނުވާކަމަށް ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ . ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ މާތްރަސޫލާ އަވަހާރަވުމުން ސަލަފުން އުޅުއްވި ހުރިހާގޮތަކަށް އުޅެން ހެޔޮ ނުވާނެކަމަށް . ރަސޫލާ ފަސްދާނު ލެވުމުން ސަލަފުން ފުރަތަމަ ކުރެއްވި ކަމަކީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކޮށް އެތައް ސަޙާބީންނެއް ޝަހީދު ކޮއްލި ކަމަށް އެ ހަނގުރާމައަށް ޖަމަލު ހަނގުރާމަ އޭ ކިއުނު ކަމަށް އަދި އެއަށްފަހު ހަމަ ސަލަފުން މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ޞިއްފީން ހަނގުރާމަ ކުރި ކަމަށް އަދި އެއަށްފަހު ސަލަފުން މާތް ރަސޫލާއަށް ކާފަ ވިދާޅުވާ ދެބެން ޙަސަންގެފާނަށް ޒަހަރު ދީގެން އަދި ޙުސެއިންގެފާނު ބޯބުރިކޮށްލާ ޝަހީދުކޮށްލި ކަމަށް އަދި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަހުލުބައިތުންގެ ތެރޭ ތިއްބެވި އަންހެން ބޭކަލުންގެ ޢިއްފަތްނަގާލިކަމަށާއި ޙައްޖާޖު ބުނު ޔޫސުފު ކިޔާ ބޭކަލަކު ފޮނުއްވައިގެން އަބޫބަކްރުގެފާނުގެ ދަރިކަލުން ޒުބޭރު ބިން ޢައްވާމް ބޯ ބުރިކޮށް ބޮޑެތި ސާޅަނގަ ބަހައްޓައިގެން ހިލާ އުކާ ގެފުޅު ތަޅާލިކަމަށް އަދި ހަމަ އަބޫ ބަކްރުގެފާނުގެ އެހެން ދަރިކަލެއް މުޙައްމަދު ބިން އަބޫބަކްރު ޝަޙީދު ކުރުމަށްފަހު ޖަމަލެއްގެ ބަނޑުފަޅާ އެ ޖަމަލުގެ ބަނޑުތެރެއަށްލާ އަންދާލީވެސް ސަލަފުންކަމަށް ފިޤުހު ޢިލްމުވެރިން ވިދާޅުވޭ . والله اعلم

        1
        3
        • Anonymous

          ފިގުހު އިލްމުވެރިންނަށް ނިސްބަތް ކުެި ވާހަކަތަކަށް އެ ކޮން ފިގުހު އިލްމުވެރިއެއްކަން އެނގޭނެހެން ބަޔާންކޮށް ރިފެރެންސް ދީ

        • ާަފެކްޓް

          އެހެންވީމާ ތިއިން އެނގެނީ އެއަމަލު ހިންގި މީހުންނަނީ ސަލަފުންގެ މަންހަޖާއި ޚިލާފުވެގެންވާބައެއް ކަން. އެޖަމާޢަތުން ބޭރުވެގެންވާ ބައެއްކަން. ވީމާ މުސްލިމުންނޭ ކިޔާ އެންމެންނަކީ އަހްލުއްސުންނާ ގެ ޖަމާޢަތަގުއި ވާ މީހުންނޭ ބުނޭކަށްނެތް.

        • އޭނާ

          އަދުރޭ! ކޮންތަނެއްގަ ތިބި ކޮންޒަމާނެއްގެ ޢިލްމުވެރިންތަކެއް ކިޔުއްވާގެން އުޅޭ ވާހަކަތަކެއްތޯ ތިޔަ ދަންނަވަނީ؟؟ ތިމާގެ ބުނުމަށް ބާރުދޭން މީހުންނަށް ތިމާގެ ބުނުން ރަނގަޅުކަމުގެ ވިސްނުންދޭން ޢިލްމުވެރިން ވިދާޅުވިއޭ ތިޔަ ބުނަނީ މީސްތަކުން މަގުފުރައްދައި އޮޅުވާލުމަށެވެ. الَّذِينَ أُخْرِجُوا مِنْ دِيارِهِمْ އާއި وَالَّذِينَ تَبَوَّءُوا الدَّارَ وَالإيمَانَ مِنْ قَبْلِهِمْ އަދި وَالَّذِينَ جَاءُوا مِنْ بَعْدِهِمْ ގެ ތެރޭގައި ނުހިމެނޭ ޢިލްމުވެރިންނޭ ބުނާބައެއްގެ ބަސް އަހަރެމެން މުސްލިމުން ގަބޫލުކުރާނީ ކިހިނަކުން ހެއްޔެވެ؟ ތިޔަ ދަންނަވާ ޢިލްމުވެރިން وَالَّذِينَ جَاءُوا مِنْ بَعْدِهِمْ ގެ ތެރޭގައިވެސް ނުހިމެނޭކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ތިޔަ ދަންނަވާ ޢިލްމުވެރިން ވިދާޅުވާކަމަށް ބުނެފައިތިވާ ބަަސްތަކުން ސާބިތުވެއެވެ. އިޖުމާޢު އާއި ޤިޔާސްއަކީ ތިޔަ ދަންނަވާ ގޮތުންނަމަ އިސްލާމީ ޝަރީޢާގައި ޝަރުޢު ނެގޭނެ ދެމަސްދަރެއްނޫނެވެ. ސަބަބަކީ ތިޔަ ވަކާލަތު ކުރަމުންދަނީ ޙަދީޘްއަކީ އިސްލާމީ ޝަރިޢަތުގައި ޝަރުޢު ނެގޭ މަސްދަރެއް ނޫންކަމާއި މެދުއެވެ. ތިޔަ ދައްކަވާ ހުރިހާ ވާހަކައެއް ނުދައްކަވައި ލަވަޔާއި މިއުޒިކާއިނެދު ޢަލްމުވެރިންގެ މެދުގައި ޚިލާފުވެ ބަހުސް ގެންނަވާފައިވާ ގޮތްތައް ބަޔާން ކޮށްލާނަމަ މާރަނގަޅުވީސްއެވެ.

      • މޯލްޑިވިޔަން

        ރަނގަޅަށް އިލް މީ ގޮތުން ކިޔަަ ދިނީމަ ވެސް ގަމާރު ކަމުން ގަބޫލު ނުކުރާނީ

    • ފދހހ

      سبحان الله! ބައެއްފަހަރު އުނދަގޫ ގަބޫލު ކުރަންވެސް މިފަދަ ގޮތަކަށް ދީން ފަހުމްވެފަ ތިބޭ ބަޔަކުވެސް އުޅޭ

    • ގަދީރު

      މިއުޒިކަކީ ކަނޑައެޅިގެން ޙަރާމް އެއްޗެއް. އެއީ ޝައިޡާނާގެ ދުންމާރި.

  15. ޢިއްރަތްތެރިއަލުހާން

    ކަލޭ ގާތު ކާކޫތަބުނީ އަހަރުމެންނަށް ހަރާމްކަންތަކާއި ހަލާލް ކަންތައް ކިޔައިދޭށޭ. ނޮފޮރެއްޕާނެއް ހުރިގޮތަށްހުރި .

    13
    4
  16. ހުސޭނުބޭ

    ކަލޯގެޔާ މީނަ މީ ކޮން މުއައްސަސާއަކުން ޑިގްރީ ނަގައިގެން ޝައިޚަކަށްވެގެން ފަތުވާދޭ މީހެއް! ނަންވަނީ ޢަލީ ރަމީޒު! އެކަމަކު ތިމާ މީހާ ބޮލުރޮދިކެނޑިފައި ހުންނައިރުވެސް ނޭގޭ!

    14
  17. ގުއިދައިތަ

    ކަލޭތީ ޖުވާ ކުޅޭ މީހެއް. ޖުވާއިން މުއްސަނދި ވެފަ ހުރިމީހެއް. އޮންލައިން ޖުވާ ކުޅުމުގަ ދުނިޔޭގަވެސް އަރާހުރި މީހެއް.

    11
    1
  18. ުއުނދުޅި

    ކަލޭހުރޭ ހުއްދަކޮއްގެން

  19. ގެނބުރު

    މިކަލޭގެ މިކިޔާއެއްޗެއް ނޫސްތަކައް ލައި އިސްތިހާރުކުރުމަކީ މިކަލޭގެ އަށްވުރެ ނޫސްވެރިންގެ ގަމާރުކަން ދޭހަވާ ކަމެއް.

    16
  20. ޢަހު

    ކަލޢގެ ރައްބަކީ ކޮބާ؟ ޚަލޢގެ ދީނަކީ ކޮބާ؟ކަލޭގެ ގިބްލައަކީ ކޮބާ؟ ކަލޭގެ ގާނޫނަކީ ކޮބާ؟ބްރާންތާ

  21. ޔިއާ

    މިޔުޒިކް ހަރާމް ނޫން ކަމަށް ގަބޫލު ކުރާކަށް ނުވާނެ
    ރާ ބުއަން، ޒިނޭ ފަދަ ކަންކަމަށް މަގުފަހިވާ މިޔުޒިކް އަކީ ހިރާމް ކަމެ
    އެހެން ނޫނަސް މާ ގިނައިން އަޑުއެހުން ﷲ އާއި ދުރުވޭ. ހަމަ މިހެން ވިސްނާލިޔަސް އިނގޭނެ.
    އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤުޞަދާ މެދު ވިސްނާލާ. ގިނައިން ހޮކަންކަމުގައަ އުޅޭ.
    އަލީ ރަމީޒު ބުނީ ހަމަ ރަނގަޅަށް
    އަލްހާން ކައެ މަޑުން ހުންނަން ވެއްޖެ އެއްނުން

    9
    1
  22. ވޭޓަރުމީހާ

    ރ.ނަޝީދުއާ ވިއްދާލީމަ ކަޑަގޮތަކަށް މ.ޑ.ޕ ބޭރުކޮށްލީމަ އޭގެއަސަރު މުޅިއުމުރަށް ކޮށްފިތާދޯ؟! އަރެމެން މީގަމާރުންނެއްނޫން މޭޔަރަކަށް ކަލޭހަދާކަށް! ކޮންމެ އެއްޗެކޭކިއަސް ނުދޭނަން މ.ޑ.ޕ އެންމެ ވޯޓެއްވެސް!

    11
  23. ފެކްޓް

    މީހާއަށް ޢަރަބި 2 އަކުރު ކިޔަން އެނގިގެން މިނޫނިއްޔާ މާބޮޑު ރޯނު އެދުރެއް ނެތްކަމަށް ހެދިގެން އުޅޭމީހަކުމަ ދެކެފިން
    ލަވައޯ ..މިއުޒިކޯ ..ކަނޑައެޅިގެންނޯ.. މިދެން ކޮން ގޫރަކިއެއް މިވަނީ އަމިއްލަ އަމިއްލައަށް..
    މީނަގެ އއތްމަތިްނ ވިއްޔާ ދީން އައިސްފައި އޮތީ ..ކިހާ ދަންނެތާ ދޯ..އަލަގަހަކުން ފަޅާނީވެސް އަލަގަހެއްދޯ

  24. Anonymous

    އަލްހާން ތިބުނަނީ އެހެންވީމާ ޒިނޭކުރުމާއި ރާބުއިމާއި މީހުންމެރުމަކީވެސް ހަރާމްކަމެއް ނޫނޭ ދެއްތޮ؟ ކުރާކަމެއްގެ ނިޔަތޭ މުހިންމީ.
    ﷲ އަލްހާނަަށް ހެޔޮވިސްނުން ދެއްވާށި. އާމީން

    11
  25. މުހައްމަދު

    މިސޮރު މިހާރު ހަމަކަމާއި މެދު ސުވާލު އުފެދޭ

  26. މުހައްމަދު

    ކީކޭ ދޯ ދެން ބުނާނީ .. މިހާރު މޮޔަވެސް ގޮވަން ފެށީ.. ދުވަސް ކޮޅަކުން އަންނި މެންގެ ތަރުހީބު ލިބިދާނެ ތިކުރާ މަސައްކަތް..

    10
  27. އަނެއް އަންނި

    އިސްލާމް ދީނުގައި މަސްތުވުމަކީ ކިހާވަރެއެގެ ކަމެއްތޯ ވަގުތު ނޫހުން ތިޔަ އަލްހާނުއާއި ސުވާލުކުރަން ވީނޫންތަ މަސްތުވުމަށް ނުވާގޮތައް ނިޔަތްގަނެފައި މަސްތުވީމަ އޯކޭ ދެއްތޯ؟

  28. މޫސާ

    އަލްހާން ކަލެޔަ ދޫދެވީކާކު؟ ކިލެޔަ ލޯދެ ދެވީކާކު؟ކިލެޔަ ހިގާބިގާވެ އުލުމަ 4ރެސްފާދެވީކާކު؟ ކަލެޔެ ޖިންސިޖުނަވަންދެވިކާކު؟ ކަލެޔަ އޮކްސިޖަން ދެވިކާކު؟ އޭމިހިރަ ހަމާރާ ކަލޭ ތީﷲގެ އަޅެ ކަލެޔަމިކަން ނެގެނީތަ ކަލެޔަ ވަގުތުއޮވާ ﷲގެ މަގަރުޖޫވަވެ ތައުބާވޭ ހަޑިކޮނޫލެ
    ތިޔަބޭފުޅާ އަކީ މީގެކުރިން މިގައުމު ފަރުވެރިވި ޒުވާނެ މިހާރު ތިހުރީ މަގުއޮލިފަ ﷲގެ ނިޔުމަތަ ސުކުރުވެރިވޭ މީވވވވ ވާހަކަ

  29. މުހައްމަދު

    މިއީ ފައްކާ ލާދީނީ މީހެއް.

  30. ޭއަހްމަދު

    ޢަލްހާނަކީ ދީނުގެ އެއްވެސްކަމެއް ދަންނަ މީހެއްނޫން.މާނަޝީދުވެގެން މިދުވަސްވަރު އެއުޅެނީ ވަންނާނެ ރަނގަޅު ގުރޫޕެއްނެތިގެން .ނަޝީދަށް އެނގޭ އޭނާގެ .މުނާފިގުކަން.

    8
    1
  31. ޚ

    ކުރިންވެސް މިހެން އުޅެން ހަދައިގެން ބޮނޑިއެއް ލިބުނީ
    ޢަނެއްކާ އަނެއް ބޮނޑި ލިބި އެނދުމަތި ކޮށްފާނެ
    ބަސްމަދު ކުރޭ އަމަލު ގިނަކުރޭ

  32. ފަރީދާ

    އަލްހާނު އައުޓް މީ ކޮންއެއްޗެއް އިގެގެއް އުޅޭ ބީތާއެއްތަ ރޯނު އެދުރު

  33. އަހްމަދު

    وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَـٰئِكَ لَهُمْ عَذَابٌ مُّهِينٌ: މާނަ: ނުދަނެތިބެ، ﷲގެ މަގުން މީސްތަކުން އެއްކިބާކޮށް އަދި މާލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކީ ފާއިދާއެއްނެތް ވާހަކަ ގަންނަމީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނާތްތެރިކަން ދެނި ޢަޒާބް އެއުރެންނަ ހުއްޓެވެ.

    މިއާޔަތުގެ ތަފްސީރު ހޯދާފައު ފާޑުފާޑްގެ ވާހަކަދައްކާ!

    • އަލްޙާން

      ތި އާޔަތް ވަރަށް ބޮޑަށް އާޔަތުގެ މަފްހޫމުން ބޭރުން މާނަކޮށްގެން މިއުޒިކާ ގުޅުވާފަ ތިއޮތީ . ކަމުގެ ހެއްކަކީ . ( بغير علم ) ( ޢިލްމަކާއި ނުލައި އެ އާޔަތުގައި އަންގަވާފައި އޮތީމާ /. މިއުޒިކަކީ ޢިލްމަކާ ނުލާ ކުޅެވޭނެ އެއްޗެއް ނޫން .ޢިލްމަކާ ނުލާ ތަޅާ ހުސްވައި އަނގަ އެއީ އަސްލު لهو الحديث އަކީ . އެވެސް لهوالحديث އަށް ވާގޮތް އެއޮތީ އާޔަތުގައި އަންގަވާފައި
      ( ليضل عن سبيل الله ) ﷲ ގެ މަގުން މީސްތަކުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއްކިބާ ކުރުމަށްޓަކާ . އެހެންވެގެން މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ ޤުރްއާން ތަފްސީރަކީ ޙުއްޖަތެއް ނޫނޭ . ސަބަބަކީ އެކި ތަފްސީރުގައި އޮންނަނީ އެކި ގޮތަށް .

      • އަޙްމަދު

        އެ އާޔަތުގެ ތަފްސީރުގައި އިބްނު މަސްޢޫދް ވިދާޅުވެފައިވެއެވެ. މި އާޔަތު ގައި ވާ لهو الحديث އަކީ ލަވަޔާއި މިއުޒިކް ކަމަށް. އިބްނު މަސްޢޫދް އަކީ ރަސޫލް ﷺ ގެ މާތް ސަޙާބީ އެއް.

        ވީމާ ލަވަޔާއި މިއުޒިކް ޙަރާމް ކަން ކީރިތި ޤުރުއާނުން ސާބިތު ވޭ.

        އަދި ފަހު ޒަމާނުގައި ލަވަޔާއި މިއުޒިކް ހުއްދަ ކުރާނޭ ބަޔަކު އަންނާނޭ ކަމަށް ރަސޫލް ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

      • ޢަބްދު ﷲ

        لهو الحديث އަކީ ލަވަޔާއި މިއުޒިކް ކަމަށް އިބްނު މަސްޢޫދް ވިދާޅުވެފައިވެއެވެ. އިބްނު މަސްޢޫދް އަކީ ރަސޫލް ﷺ ގެ މާތް ސަޙާބީ އެއް.

  34. އެޑްމުންޑޯ

    ތިކަލޭގެ މޮޔަބަލި ޖެހެނީހެން ހީވަނީ ، މަރުޖުވާނާ ގިނައިން ބޭނުންކުރަންޏަވެސް ސިކުނޑި އުނިވާނެ

  35. ބަކުރުބޭގެ ސުބުހު

    ކޮމެންޓު ތަށް ކިޔާލި އިރު # އަދުރޭ # އޭ ކިޔާ މީހަކު ބޮޑު ހުތުބާ އެއް ލިޔެލީ ކޮން އެއްޗެކޭ ކިޔަން ބާއޭ ހިތައްއެރި.
    ބަލަ އަދުރޭ ލަވަ ކިޔާ ހިތްވަންޏާ ލަވަ ކިޔާބަލަ! މައުމޫނު ބުނި ބުރުގާ އެއީ ލާޒިމް ކަމެއްނޫނޭ މަރުހޫމު އަފްރާާޝީމް ގެ ވާހަކަ ދައްކާކަށް ނެތިން.
    އަދުރޭ ކަލެޔާ އަލްހާނު ތީ އަހަރެމެން ކައުންޓު ކުރާ މީހުނެއްނޫން. ތި މީހުން އަންނި ގޮވައިގެން މޯދީ ކައިރި އަށް ދޭބަލަ!

    • ޢަދުރޭ

      ބަކުރުބޭ ކިޔާމީހަކު ހީކުރާގޮތުން މީނަ މީ މި ރާއްޖޭގެ އެންމެންގެ ފަރާތުން ވާހަކަ ދައްކާ ވަކީލު ؟ ހުރިހާ ދިވެހިން އަތަށް ކަހާލައިގެން މީނަޔާ ދެކޮޅުފިކުރުގެ މީހާ ކާފަރުކޮށް އެކަހެރިކޮށްލަން ވަރަށް ބޭނުންވޭ މީނަ... . ލިޔާ ކޮމެންޓްގައި މި ލިޔަނީ. އަހަރުމެންނޯ .ސަލަފީ ޖިހާދިސްޓުން ޢާއްމުކޮށް މުސްލިމުން މަރަންވެސް ހަދަނީ ތިހެން ، ތިއަށް ކިއަނީ ( ތަކްފީރިޒްމް ) . ތިމާޔާ ޚިޔާލްތަފާތު މީހާ ކާފަރު ކުރުމުގެ އުކުޅު . ތި އުކުޅު އެންމެނަށްވެސް ބޭނުންކުރެވޭނެ . ބަކުރުބޭ ކިއާމީހާ ތީ 5 ލައްކަ މީހުނެއް ނޫން ؟ ކައުންޓް ކުރިއަސް ނުކުރިއަސް . އެނގުމާ ނުއެނގުމާ އެއްވަރެއްނުވާނެ . އައްޔާއި އަނދިރިއާވެސް އެއްވަރެއް ނުވާނެ . އަހަރުމެން ޢިލްމުވެރިންނާ ވާހަކަ ދައްކަންޏާ އަދި ކޮމެންޓަށް ޖަވާބުދާރީ ވަންޏާ ޢިލްމީ ދަލީލުން ވާހަކަ ދައްކާ! .ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ ދީނީ ކަންކަމުގައި ތިކަހަލަ ބާޒާރު ބަހުރުވައިން ވާހަކަ ދައްކާ މީހުންނާ ވާހަކަ ނުދައްކާށޯ .ޤުރްއާނުގައި އަންގަވާފައި އޮންނާނެޔޯ . ( واذا خاطبهم الجاهلون قالوا سلاما ) މާނައީ އަދި އެބައިމީހުންނާއި ޖާހިލުން ދިމާވުމުން . ސަލާމް . އޭ ބުނެތެވެ. އެހެންވީމާ ފިޤުހު ޢިލްމުވެރީންގެ ފަރާތުން ބަކުރުބެގެ ނަމުގައި ތި އުޅޭ މީހާޔަށް ވަރަށް ސަލާމް

  36. ކިޔާމީހާ

    ދެން ތިބުނީ ހެޔޮނިޔަތުގައި ވައްކަންވެސް އޯކޭއޭތަ؟ 😆

  37. އަލިބެއްޔާ

    މީނާ އަކީ ރަނގަޅު ފެންވަރެއްގެ ދީނީ ޢިލްމުވެރިއެ.. މިސްރު ސައިބޯނީގެ އާދޭސް.. އަލްހާން އެއްޗެއް ގެޓް ވޭތަ ސައިބޯންޏޭ ބުނީމަ.. ހެހެހެހެހެ..

  38. ހުވަދޫ

    އޭ ފެކްޓް...
    ކަލޭ އިބިލީސް އާއި އެއްކޮށް ވެސް އުޅުނިންތަ، އިބިލީސްގެ ހުރި މޮޅު ދެރަ ވަކިކުރަން ކަލެއަށް އެނގުނީ.. ދެން ބުނޭ އެވާހަކަ ވެސް ގުރުއާނުގަ އެބަ އޮތޭ.. އެކަމް ބުނަން،
    ޤްރުއާނުގަ އޮންނާނީ އިބިލީހަކީ "އެކަލާނގެ އާއި ކުއްތަން ކުރެވިގެންވާ އަޅުންގެ ތެރެއިން ވީ" އެކަކު ކަމަށް..
    ދެން އޮތީ މިޔުޒިކުގެ ވާހަކަ.. އެއީ އެ މިޔުޒިކެއްގެ ބާވަތުން ޙަރާމް ހަލާލުވާ އެއްޗެއް..
    ބަލަ ކެއުން ބުއިމަކީވެސް އޭގެ ބާވަތުން ހަރާމް ހަލާލުވާ އެއްޗެއް. ހަށިގަނޑަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަންޏާ އެ ޙަރާމް ވާނެ މިތިބަ ބުރާންތީންނޭ

  39. ކިޔުންތެރިޔާ

    މުރުތައްދުވެ ނިމިފެއި އެކަލޯ އެ ހިށީ.. މާ ގިނައިން ލާރި ލިބެނެމެއި ވޭނެއި މެހެން

  40. އަލް ޖާހިލްހާން

    މިކަލޭގެ މަދީނާ ޔުނިވަރސިޓީން ކަނޑާލި ގޮތް އެނގޭ ސޮރަކު ބުނެލަދީބަލަ ކީއްވެތޯ ކަނޑާލީ

  41. Naala

    Kaey engey varun miulhenee.
    Thiah kiyanee gonjehun

  42. މުޙައްމަދު ބެ

    ކުރިން ހުރީ މި ސޮރަށް ވޯޓް ދޭ ގޮތަށް ދެން މަ ވަސްވެސް ނޭޅޭނަން މިސޮރަކަރަށް...

  43. ކަޅޭ

    ޢިބިލީހުގެ ވިސްނުން ލިބިފަ ތިހުންނެޥީ