ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް ދިވެހި އާއިލާއަކަށް ނިސްބަތްވާ، ދިވެހި ޕާސްޕޯޓް އޮތް އަންހެން ބޭކަނބަލަކު އިންތިހާބުވެއްޖެއެވެ.

ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް އާއިލީ ބޭފުޅެއް ކަމުގައިވާ ޑރ. އައިޝާ ވެރާލްއެވެ.

އައިޝާ ވެރާލް އަކީ ނިއުޒިލެންޑްގެ އިންތިހާބު ކާމިޔާބު ކުރި ލޭބާ ޕާޓީގެ ކެންޑިޑޭޓެކެވެ. ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލޫީހުގެ އިންތިހާބުގައި ވާދަކުރައްވައި އޭނާ ކާމިޔާބު ކުރެއްވީ ވެލިންޓަން ދާއިރާގެ ގޮނޑިއެވެ. އަދި މިއީ އެ ގައުމުގެ އިންތިހާބެއްގައި ޑރ. އައިޝާ ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.

ޑރ. އައިޝާއަކީ ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅުގެ ކޮއްކޯފުޅުު، ލަތީފާ އަަހުމަދުގެ ދަރިކަނބަލެކެވެ. ރައީސް ނަޝީދާއި އައިޝާއަކީ ދެބެއިންގެ ދެދަރިންނެވެ. ޑރ. އައިޝާގެ ބައްޕާފުޅަކީ ނިއުޒިލެންޑްގެ ބޭފުޅެކެވެ.

އައިޝާގެ ނަންފުޅު އެކަމަނާއަށް ދީފައިވަނީ ވެސް އެކަމަނާއާއި ރައީސް ނަޝީދުގެ މާމާފުޅު އައިޝާ ދީދީގެ ނަންފުޅަށެވެ.

ނިއުޒިލެންޑްއަށް އުފަން ޑރ. އަައިޝާގެ އަތްޕުޅުގައި ނިއުޒިލެންޑްގެ ޕާސްޕޯޓްގެ އިތުރުން ރާއްޖޭގެ ޕާސްޕޯޓް ވެސް އޮވެއެވެ.

ނިއުޒިލެންޑްގައި އުޅެބޮޑުވި ޑރ. އައިޝާއަކީ އެ ގައުމުގެ ޔުނިވާސިޓީ އޮފް އޮޓާގޯގެ މެޑިކަލް ސްކޫލް އިން ސިއްހީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އިންޑޮނޭޝިއާއާއި ސިންގަޕޫރް އިން ވެސް ސިއްހީ ދާއިރާގެ ތަމްރީންތައް ހޯއްދާފައިވާ ޑރ. އައިޝާ ނިއުޒިލެންޑްގެ މަޖިލީހަށް އިންތިހާބުވުމުގެ ކުރިން މަސައްކަތް ކުރެއްްވީ ވެލިންޓަން ހޮސްޕިޓަލެއްގައި ޑޮކްޓަރެއްގެ ގޮތުގައެވެ.

ނިއުޒިލެންޑްގެ އިންތިހާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން، ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ވަނީ ލޭބާ ޕާޓީން ކާމިޔާބު ކޮށްފައެވެ. މިއީ ވޭތުވެދިޔަ 50 އަހަރުގެ މުއްދަތުގައި ލޭބާ ޕާޓީ އިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ނިއުޒިލެންޑުގެ ސިޓީ އެއް ކަމުގައިވާ ލޯވާ ހަޓްގެ ކައުންސިލް އިންތިހާބުގައި ވާދަކޮށް، އިންތިހާބު ކާމިޔާބު ކުރައްވައި، އެ ސިޓީގެ ކައުންސިލަރެއްގެ ގޮތުގައި ޑރ.ޝަޒްލީ ރަޝީދު ކިޔާ ދިވެއްސަކުވެސް މިހާރު މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ހަމްދު

    ސުވާލަކީ އޭނައިކީ މުސްލިމެއް ހެއްޔެވެ. އޭނަ އަކީ މުސްލިމެއް ނަމަ ވަރަށް ފަހުރުވެރި ވަމެވެ، އޭނާއަކީ މުސްލިމެއް ނޫންނަމަ އޭނައަކީ އެމީހުންގެ މީހެކެވެ. އަދި ފަހުރުވެރި ވުމުގައި ކަނޑާހަމައެވެ.

    އެންމެ ފުރަތަމަ ﷲ.

    223
    15
    • ބަލަ

      އޭނާގެ ނަމަކ އައިޝާއޭ. އަދި އޭނާގެ ބައްޕައާއި މަންމައަކީ ވެސް މުސްލިމެއް. ދުނިޔެ މަތީ ކުރާ އެހެން ނުބައިތަކުގެ އިންސާފު ކުރާނީ ވެސް މާތް ﷲ. އަދި އެކަލާނގެ ދީނުގައި ކަނޑައަޅާފައިވާ ހައްދުތަކުން. އަހަރެމެން އިންސާނުންނަށް ނޭނގޭނެ ދޯ އެހެން މީހެއްގެ އެތެރެ ފަރާތެއް. އެންމެ ފުރަތަމަ މާތް ﷲ. ދެއްތޯ

      96
      18
      • ބަލަމާ

        ތި ކޮމެންޓުން އަދިވެސް ސުވާލަކަށް ޖަވާބެއް ނުދެވޭ 'ދެއްތޯ'. އޭނާއަކީ މުސްލިމެއް ހެއްޔެވެ. އަރަބި ނަމެއްކިޔަސް މުސްލިމަކަށް ނުވެދާނެ.

        76
        8
        • ގޯ

          ކޮންމެހެން އޭނަގެ ދީން ބަލަން ޖެހޭ ތަ؟ އޭނަ ކޮންމެ ދީނެއް ވިޔަސް ކޮންކަމެއް

          4
          6
          • ވެއަރ

            ބަލަންޖެހޭ، ދިވެއްސެކޭ ކިޔާތީވެ. ދިވެހި ރައްޔިތެެއް ނޫންނަމަ އަހަރެމެން އެކަމަކާއި ނުބެހޭނަން. ދިވެހި ނަމަށް ކުރަފި އަރުވަން ބޭނުން ނުވާތީ. ގާނޫނު އަސާސީ ކިލަނބު ކުރަން ނޫޅޭ.

            4
            2
      • ާއާދަމް

        ޖަޖް ކުރީީކީ ނޫން. ތިވާހަކަ ވެސް ރަނގަޅު
        އެވާހަކަ ވެސް ރަނގަޅު

        23
        1
      • ނާހަމަތެދެއް

        މުސްލިމެއްކަން ނުވަތަ ނޫންކަން ކަނޑައަޅަނީ މީހާއަށް ކިޔާނަމުން އެކަންޏެއްނޫން! ބައްޕައާއި މަންމައަކީ މުސްލިމެއްކަން ނުވަތަ ނޫންކަން ދެނެގަތުމަށް އެބަޔަކު އެހެން ދީންތަކުގެ ޝިޢާރުފާޅުކުރަމުންދޭތޯ ނުވަތަ ނޫންތޯ ބަލައިލެވިދާނެ. ފޭސްބުކް ޕޯސްޓްތަކުން ފެންނަން އެބަހުރިކަމަށް ބުނާ މީހުން މާމަދެއްނުވާނެޔޭ ބުނާ މީހުން ބައިވަރު.

        19
        6
    • ޓުކުރިޔާ

      އިންސާފާއި ހުކުމް ކުރެއްވުން އަދި ނިޔާ ކަނޑައަޅުއްވާ ފަރާތަކީ ހުސްތޯހިރުވަންތަ ހަކީމްވަންތަ ﷲ އެވެ. ތިބާއަކަށް މި ކުޅަދާނަކަން ނުދެއްވަނީސް އެކަމަށް ވަކާލާތުކޮށް ކޮމެންޓް ނުކުރާށެވެ. ޢައިޝާއާއިމެދު ފަހުރުވެރިވުމާއި ނުވުން އެއީ އިންސާނީ މަންސަފާއި ފިލޯސަފީ. ޢިސްލާމްދީނަކީ ﷲ ހަޒްރަތަށް ދާން ގަސްދުކުރާމީހާގެ މަގެވެ. ޢެއީ އެތެރޭގެ އީމާނެވެ.

      21
      10
    • ކެނެޑީ

      ތިކަހަލަ ރޯނުއެދުރުންނޭ އެންމެ ފުރަތަމަ ﷲ ކިޔާފަ ގޯސްކަންކަންވެސް ކުރަނީ ނޫނީ ކުރެވެނީ

      6
      16
      • ޖޯން އެފް

        ސަދޫމް ބައިގައިގެ މީހުންނަށް ނަށް ވާގިވެރި ވި ލޫތުގެފާނުގެ އަނބިމީހާވެގެން ދިއައީ ސަދޫމްގެ މީހެއްގޮތުގައި. އަލިފާންގަނޑަށް އެއްލާލެވުނު ބައެއްގެ ގޮތުގައި.

        ކީރިތި ޤުރުއާން 66 ސޫރަތް 10 އާޔަތް.

    • އައިޝް

      މި ބުރާންޗަކަށް ނޭނގޭތަ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭކަން.

      6
      14
    • އަލީ

      އާބާދީގެ ނިސްބަތުން އެންމެ ގިނައިން ހަނގުރާމަތަކުގައި ބައިވެރިވާން ދަނީ ދިވެހިން: މީ މުސއލިމުންނަކީ ދޯ ހަހަަހ ލަދު މުސްލިމުން

      2
      1
      • ވަހީދު

        ހަނގުރާމައަށް އެން

      • ވަހީދު

        ހަނގުރާމައަށް އެންމެ ގިނައިން ދިޔަމީހުން ގެ ތެރޭގައި ގިނައީ އެމްޑީޕީ މީހުން ނުވަތަ އެމްޑީޕީ މީހުންނަށް ނިސްބަތްވާ އާއިލާ ގެ މީހުން. ދީނީ އަދި ލާދީނީގޮތުން އަދި ކާފަރުވުމުގެ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން އެންމެ ގިނައީ އެމްޑީޕީ ތެރޭ.

  2. ހުސައިން އިބްރާހީމް

    މަރުހަބާ ޑރ.އާޝާ އަށް

    22
    50
  3. ޙަސަން

    މިޤައިމުގައިބެސް ބޭރު މީހުނަށް މަޖިލީހަށް ވަދެވެންޖެހޭނެ

    13
    150
    • ބުޅި

      ޢަންނަ ދައުރަށް މަޖިލީހުން ބަނގުލަދޭޝް ޗައިނާ އަދި އިންޑިއާ ތަމްސީލުކުރާ 3 ގޮނޑި އިތުރުކުރަން ސްޕްރީމް ކޯޓުގެ ލަފާހޯދުމަށް އެދި އަންނަ ހޯމަދުވަހު މަޖިލީހަށް ހުށަހަޅަން ގަސްދުކުރާވާހަކަ ދަންނަވަން.

      10
      17
    • ބުޅި

      ޢަންނަ ދައުރަށް މަޖިލީހަށް ބަނގުލަދޭޝް ޗައިނާ އަދި އިންޑިއާ ތަމްސީލުކުރާ 3 ގޮނޑި އިތުރުކުރަން ސްޕްރީމް ކޯޓުގެ ލަފާހޯދުމަށް އެދި އަންނަ ހޯމަދުވަހު މަޖިލީހަށް ހުށަހަޅަން ގަސްދުކުރާވާހަކަ ދަންނަވަން.

      5
      10
  4. ޖަމީލު

    އަންހެނަކާ ކައިވެނި ކޮއްގެން އުޅޭ ދިވެއްސެއް

    43
    21
    • ޝައްފަ

      އޯ މައި ގޯޑު !!!😄

      20
      3
  5. ހމމމ

    އަންހެނަކު ޕާރޓްނަރ އަކަށް ހަދައިގެން އުޅޭ މީހެއް

    23
    8
  6. ބުއްޅަބޭ

    މިކޮޅުގައި މަޖިލިސް ގެންދާގޮތަށް ތި މަންޖެވެސް ތިކަން ކުރާނީ.

    11
    5
  7. ޑޭންޖުރެސް

    ނިއުޒިލެންޑްގެ މަޖިލީހަށް ދިވެއްސަކު އިންތިހާބުވެއްޖެއޭ ބުނި ނަމަވެސް މަމެން އުފަލެއް ނުކުރަމޭ ތިޔާއިން ސަބަބަކީ އެއީ ނިއުޒިލެންޑް މީހެކޭ ދިވެއްސަކާއި އިނދެގެން ގޮސް އުމުރު ބޭރުގައި ހޭދަ ކޮށް އެގައުމެއްގެ މަޖްލީސް މެމްބަރަކަށް ވުން އެއީ ދިވެއްސެއް ކަމަށް މަމެން ނުދެކެމޭ އައި ކެނޮޓް އެކްސެޕްޓް އިޓް އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...

    44
    4
    • ހަސަނުގެ ދަރި ލަތީފް

      ދިވެހި ޕާސްޕޯޓްވެސް އޮވޭ އެކަމަކު އޭނާއަކީ ފުރިހަމަ ނިއުޒިލެންޑް މީހެއް އޭނާގެ މައިމިހާ ލަތީފާ އެތަނުގެ މީހަކާ އިދެގެން ދިރިއުޅުން ހޭދަކުރީ އެތަނުގަ މުސްލިމް ނަމެއް ކިޔުމަކުން މުސްލިމުންނަކަށް ނުވާނެ ، ދެކިބަލަ ފިލްމްސްޓަރ ސަލްމާން ޚާންވެސް ނަން މުސްލިމް ސެޓްފިކެޓްގަ އޮންނަނީ ދީނަކީ ހިންދީ މުސްލިމް ކަމަށް ، ބުދަށް އަޅުކަން ކުރުމުގައި ބައިވެރިވޭ ، އެކަމުގައި ބައިވެރިވާނި އެއިވެސް އަޅުކަންކުރުން ހައްގު ފަރާތެއް ކަމަށް ގަބުލުކުރާތީ ތާ ، އެހެން ފަރާތަކަށް އަޅުކަން ކުރުމުން ޝަރީކް އެކުރަނީ އެފަދަ މީހުނެއް މުސްލިމުންނަކަށް ނުވާނެ .

      30
  8. ނިއުޒިލެންޑު

    ކޮބާދިވެއްސަކައްވެފަ އުފަންވީ ނިއުޒިލޭންޑައް ބައްޕައަކީ ނިއުޒިލޭންޑުމީހެއް އުޅެބޮޑުވީ ނިއުޒިލޭންޑުގަ ދަރިދާނީ ބައްޕައައް ތީޔަކީ ދިވެއްސެއްގެނަމުގަ ނޫހުގަ ލިޔަންޖެހޭ ވާހަކައެއްނޫން ތީ ފަޚުރެއްވެސްނޫން

    66
    5
  9. ހުވަދޫ

    އޭނަ އަކީ ކޮންމެ އެއްޗަކަސް އެއީ ދިވެހި ދަރިއެއްގެ ދިވެއްސެއް.. މަރުހަބާ ޑރ އައިޝާ...
    މީ ދެން ކޮން ބައެއް ތިމާމެން ނޫން ބަޔަކު ނޫޅޭކަން އަންގަން.. އިސްލާމުންނަކީ ހަމަ އެކަނި ތިމާމެން ކަން ދައްކަން އަޅެ ތީ ކާކު މިރާއްޖޭގައި...

    12
    47
  10. ޕުތުރީ

    ޥެރި ކަމަަށް އައުމަ ކީ އާއިލާއިން ވާރުތަވާ ކަމެއްދޯ

    7
    19
  11. ވިސްނާލުމަށް އެދެމޭ

    ދިވެއްސެ ކޭ ތިބުނަނީ ރނަޝީދާ ތިމާގެ ބޭފުޅެއްވީމަތަ..އުފަންވީ ނިއުޒިލޭންޑަށް..ބޮޑުވީ ނިއުޒިލޭންޑްގަ..ބައްޕަޔަ ކީ ނިއުޒިލޭންޑް މީހެއް...ނަމުގެފަހަތަށްއޮތީ މުސްލިމު ނަމެއްނޫން..ދިވެހި ޕާސްޕާޓް ނެތް ކަމެނޭގޭ މިހާރު އިންޑިއާ ސިފައިންއަތުގަވެސް...މިއީ ލައް ކަ ވާހަ ކަ އަހަރެން ފަޙުރުވެރި ވާނެ ކަމެތީގަނެތް..ދިވެހިންނަށްލިބޭނެ މޮޅެވެސް..

    26
    2
  12. މާން

    އަމައްޔާއި!އެމަންޖެ ދިވެއްސަކާ ވައްތަރެއްވެސް ނޫން

    17
    2
  13. ކަބަޑު

    ނިއުޒިލެންޑުގެ ދުވަސް ތިދިޔައީ.

    22
    1
  14. ތެދެއް

    ދިވެހި ޕާސްޕޯޓެއް އެބަ އޮތް. އުޅެ ބޮޑުވީ ނިއުޒީލެންޑްގައި. ދިވެހި ބަސް ނޭނގޭ.

    20
    2
  15. ކައުންސެލަރު

    ކަލޯ ނޫނޭވާ ފޯރިއެއް އެބަހަރި. އެންމެފަހަރަކުވެސް ޝަހާދަތް ކިޔާލަބަލަ

    16
    2
  16. ޅޮލޮ

    ސާބަހޭ ކުުދިންނޭ

    10
  17. ޢަފްލާ

    މުސްލިމުންގެ ބޭރުފުށުންނާއި ޢަމަލުންވެސް އަނެކާއަށް އެއީ މުސްލިމެއްކަން އެނގެންޖެހޭ ހިތުގަ މުސްލިމެއްކަމަށް އޮވެފަ ޢަމަލުން އެސިފަ ނުފެންނަންޏާ އެވާނީ ކޮންކަހަލަ މީހަކަށް އިސްލާމީ ޝަރީޢަތަކީވެސް ހުކުމްކުރަނީވެސް ބޭރުފުށުން ފެންނަ ކަންތަކާއި ފެނުކަންކަަށް ބަލާފަ އިއްވާ ޙުކުމެއް އޭނަގެ ހިތަކަށް ނުބަލާނެ ނުވެސް ބެލޭނެ ސަބަބަކީ އިންސާނާގެ ހިތުގައިވާ އެއްޗެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ

    12
    1
  18. ރަނާ

    ހާދަ މޮޅޭ، ނިއުޒިލެންޑްގެ ރައްޔިތެއްކަމަށް ހަދާފަ ނިއުޒިލެންޑްގެ ޕާސްޕޯޓެއް ދީފަ، ރާއްޖޭގެ ރައްޔިތަކަށް ހަދާފަ ރާއްޖޭގެ ޕާސްޕޯޓެއް،

    16
    1
  19. އިދި ކޮޅު ޓިނު ބޭބެ

    މަރު ހަބާ އައިޝާ

    7
    17
  20. ނިއުޒީލެންޑ

    ތިޔަ ކިޔާ މީހާ ހޮވުނީމަ މިގައުމައް ވަނީ ކޮންފައިދާއެއްތޭ ތިޔައީ އެމެންނައް އެއްކޮޅައް ވާހަކަ ދެއްކުމުގެ އިނާމަކައް ވާނީ އަނެއްކޮޅުން ތިޔަ ވިދާޅުވަނީ ކައިވެނިހެޔޮވާ މީހެއްގެވާހަކަ ބޭބެއޔާ އަކީ ކޮބާތޯ މަސް އަލަޔަކީ ވޯލްޑް ބެންކުގަ ވަރއް ގިނަ ފައިސާހުރޭ ދެން ދިވެހިންނައް އޭގެން ފައިދާވާނެތޯ ކޮބާތޯ ތަފާތަކީ

  21. އަލި ރަސްގެފާނު

    މީނަ ދިވެއްސަކަށް ވަނީ ކިހިނެއް؟ ދިވެހިން ވާހަކަ ދައްކަން އެނގޭތަ؟ ދިވެހިރާއްޖެ އޮންނަ ތަން އެގޭތަ؟

    8
    1
  22. ދިވެއްސެއްނޫން

    ދަރިން ނިސްބަތްވަނީ ބަޕަޔަށް އެހެންކަމުން އޭނާއަކީ ދިވެއްސެއްނޫން

    9
    3
  23. އަލީ

    އޭނާޔައް އެންމެ ކުޑަމިނުން ދިވެހިން ވާހަކަ ދަށްކަންވެސް ނޭނގޭ.މީ ވަރަށް ވާހަކަ

  24. ުބްރިޓިޝް

    އަހަރެން ދަންނަ އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާތާ 40 އަހަރު ވެފައިވާ އިނގިރޭސި ޕާސްޕޯޓް ގެންގުޅުއްވާ ދިވެހި ފިރިހެނެއްގެ 35 އަހަރުން މަތީގެ ފިރިހެން ދަރިއަކާއި އަންހެން ދަރިއަކަށް ޝަހާދަތުގެ 2 ކަލިމަ ވަރަށް އުނދަގުލުން ކިޔަން އެނގުނީވެސް އުމުރުން 30 އަހަރު ވީ ފަހުން. އެއީވެސް ޗުއްޓީ އަށް މާލެ އައި ފަހަރެއްގައި މާލޭ ގައި ތިބި އެ އާއިލާގެ މީހުން ޕްރެޝާ ކޮށްގެން. މިހާރު 2 ކުދިން ބުނަނީ ބައްޕަ ވަރަށް ފަޚުރުވެރިވާނޭ ތިމަންނަމެންނަށް ކުޑަކޮށް ޝަހާދަތުގެ ދެކަލިމަ ކިޔަން އެނގުނީމާ. ޢެދެކުދިން ގެ ނަމަކީވެސް އެންމެ އާންމު ދިވެހި ނަންތައް. މިހާރު ދިވެހި ޕާސްޕޯޓުވެސް ގެންގުޅޭ. މިކުދިންނަކީ ދިވެހީން. މާލޭގައި ބިން ވެސް އެބައޮތް. އެކަމަކު ފުރިހަމަ މުސްލިމަކަށްވާނެތަ؟.

    11
    • ޓެކްނިކް

      ފުރިހަމް މުސްލިމަކަށްވޭތޯ ނޫންތޯ އެއީ ތިބޭފުޅާ ބަލަން އޮތް ކަމެއްތޯ؟

      • މެތޮޑް

        ބަލަން ޖެހޭ. އެއީ ދިވެއްސއކޭ ކިޔާތީވެ. ގާނޫނު އަސާސީގައި އޮވޭ މުސްލިމިކަށް ދިވެހިން ވާންޖެހޭކަށް. މުސްލިމަކަށް ވުމުގައި ސަދޫމް ފިކުރެއް ނުގެންގުޅޭނެ.

  25. ބޯޖަލީލު

    ނަސީދު މިއީ މުސްލިމުންނަށް ކިޔާ ކަހަލަ ނަމެއް ، ކެނެރީގޭ ނަސީދަކީ އިސްލާމްދީން ގަބޫލުކޮށްގެންހުރި އިސްލާމެއްބާ ﷲ ގެ ދީނަން ތަކުރާރުކޮށް އޭނަ ފުރައްސާރަ ކޮށްފި ؟

  26. ހަސަދު

    ބައެއްބޭފުޅުން ސުވާލު އެބަ އެފައްދާ އޭނާއަކީ މުސްލިމެއްބާއެވެ. އޭނާގެ މައްމަ އަދި ބައްޕަ އަކީ ދެމުސްލިމުން. ދެން އޭނާ. އުޅެ ބޮޑުވީ މުސްލިމެއްގެ ގޮތުގައި. އިސްލާމުންގެ ރީތި އާދަކާދައާ އެކީ. އެއްވެސް މީހެއްގެ ދީން އެއީ އެގޭނެ އެއްޗެއްނޫން. ދިވެހި ރާއްޖޭގައި އިސްލާމުންނޭ ކިޔައިގެން އުޅޭ ކިތައްމީހުން އުޅޭބާ. ޑރ. އައިޝާ އަށް މަރުހަބާ!!!

    1
    1
  27. މަހަށްދޭބަލަ

    ތީ ދިވެއްސެއް ކަމަށް މަމެން ގަބޫލެއް ނުކުރަމޭ މަމެން ތިޔާ ދިވެހި މީހާ ގާތުން އަހާލަން ބޭނުންވަނީ ތަމެން އިސްލާމް ދީނުގެ ރުކުން ތައް ރަނގަޅަށް ދަންނަންތޭ ތަމެން ނަމާދު ކުރަންތޭ ނޫން ނުދަންނަމޭ ދެން ތަމެން ދިވެއްސަކަށް ވާނެ ގޮތެއް މަމެންނަށް ގަބޫލުކުރަން ދަތިއޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  28. ފެއްސޭ

    ދިވެއްސެއް ކަމަށް މަމެން ގަބޫލުކުރަނީ ދިވެހިރާއްޖޭގައި އަހަރަކު 340 ދުވަހު އުޅުން އަދި އިސްލާމީ ސަގާފަތުގެ ތެރޭގައި އެމީހެއްގެ ހެދުން އެޅުމާއި އަދި އެމީހެއްގެ އުޅުން ބައްޓަން ކުރުން އެނޫން މީހުން އުމުރު ރާއްޖޭން ބޭރުގައި ހޭދަ ކޮށްފައި ދިވެހި ޕާރސްޕޯރޓެއް އޮތަސް އެއީ ދިވެއްސެއް ކަމަށް މަމެން ނުދެކެމޭ ސަބަބަކީ އެފަދަ ދިވެއްސަކު ރާއްޖެ އަށް ދެއްކި ޓެކްސް އެއް ނޯންނާނެއޭ ރާއްޖޭގެ ތަރައްގީ ގައި އެފަަދަ މީހަކު ބައިވެރިވެފައި ނުވާނެއޭ ހިއްސާ އެއް ނޯންނާނެއޭ ތަމެން ދެން ދިވެހިންގެ ލޭބަލް ބޭނުން ކޮށްގެން ޕްރޮޕެގެންޑާ ފަތުރަން ނޫޅުނިއްޔާ މާތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ ތަމެން ފެއްސޭ ދެން ރާއްޖޭން ތަމެން ތީ ދިވެހިިން ކަމަށް މަމެން ގަބޫލެއް ނުކުރަމޭ ތަމެން ފެއްސޭ މިގައުމުން ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ

  29. ސަންގުމަރުމަރު

    ނަމުން ދިވެއްސެއް. ކަމުން ފަރަނޖީއެއް.

    1
    1
  30. ސޯފީ

    މުސްލިމެއްނުުނަސް އިންސާނެއް ނޫންބާ

  31. ބޯހަލާކު

    ކިހިނެއްތަ ދިވެއްސެކޭ ކިޔާނީ... ބައްޕަ ނިައުޒިލެންޑް، ވިހެއީ ނިއުޒިލެންޑަށް، އުޅެބޮޑުވެ ތައުލީމްހާސިލުކުރީ ނިއުޒިލެންޑްގަ،،،،، ދިރިއުޅެނީ ނިއުޒިލެންޑްގަ....ސިޔާސީ ކެރިޔަރ ފެށީ ނިއުޒުިލެންޑްގަ... ދިވެހި ޕާސްޕޯރޓެއް އޮތަސް މިމީހުންގެ ޚިދުމަތެއް މި ގައުމަކަށް ނުލިބޭ... ދެން ކިހިނެިތް ދިވެއްސެކޭ ކިޔޭނީ.... ދިވެހި ދަރިކޮޅު މީހެކޭ ކިއިދާނެ ތޯއްޗެއް....

    1
    1
  32. ދައްތަ

    އައިޝާއަކީ ދިވެއްސަކަށް ނުވާންވީކީއްވެ