ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އަކީ އިސްލާމީ ތައުލީމާއި ބީރައްޓެރި ތަނެއް ކަމުގައި ހެދުމަށް ހީލަތްތަތެރި މަސައްކަތްތަކެއް ކުރަމުން އެބަގެންދާ ކަމަށް މިސަރުކާރަށް ތާއިދުކުރާ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ޔުނިވަސިޓީއަކީ އިސްލާމި ތައުލީމާއި ބީރައްޓެރި ތަނެއް ކަމުގައި ހެދުމަށް އެތަނުގެ ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހީލަތްތެރި މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށެވެ. ނަމަވެސް ޔުނިވަސިޓީގެ ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރައްވާ "ހީލަތްތެރި މަސައްކަތުގެ" ތަފްސީލެއް ޑރ.އިޔާޒް ހާމަ ކުރައްވާފައެއް ނުވެއެވެ.

ގައުމީ ޔުނިވަސިޓީ އިސްލާމީ ތައުލީމާއި ބީރައްޓެރި ތަނަކަށް ހެދުމަށް ކުރަމުން ގެންދާ ހީލަތްތެރި މަސައްކަތްތައް ހުއްޓުވައި ދިނުމަށް ޑރ.އިޔާޒް ވަނީ ރައީސް ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުން އެދިވަޑައިގެންފައެވެ. ޑރ.އިޔާޒްގެ ޓްވީޓްގައި ރައީސް ޞާލިހާއި ނައިބު ރައީސް ފައިސަލް ވެސް ޓެގް ކުރައްވާފައި ވެއެވެ.

ޑރ.އިޔާޒަކީ ގައުމީ ޔުނިވަސިޓީގެ ބައެއް ކޯސްތަކުގައި ކިޔަވައި ދެއްވަމުން ގެންދަވާ ލެކްޗަރާއެކެވެ.

ގައުމީ ޔުނިވަސިޓީ އިސްލާމީ ތައުލީމާއި ބީރައްޓެރި ތަނަކަށް ހެދުމަށް ހީލަތްތެރި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ޑރ.އިޔާޒް ވިދާޅުވިއިރު ރައީސް ޞާލިހްގެ ވެރިކަމުގައި ބައެއް ކަންކަން ހިނގަމުންދާ ގޮތުން ދީނީ އިލްމުވެރިން މީގެ ކުރިން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ. ހާއްސަކޮށް އިސްލާމްދީނަށް ފާޑުކިޔާ ފަރާތްތަކާއި މެދު ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅުއްވަމުން ނުގެންދަވާތީ އިލްމުވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގައުމީ ޔުނިވަސިޓީ އިސްލާމީ ތައުލީމާއި ބީރައްޓެރި ތަނަކަށް ހެދުމަށް ހީލަތްތެރި މަސައްކަތްތަކެއް ކުރަމުން ގެންދާކަމުގެ ތުހުމަތު ކުރިއިރު އަމިއްލަ ކޮލެޖެއް ކަމަށްވާ މަންދު ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރަކު މޫނު ބުރުގާ އަޅާތީ އޭނާ ކޯހުން ވަކިކުރަން އެކޮލެޖުން ނިންމި މައްސަލައެއް ވަނީ ހޫނުވެފައެވެ. ނަމަވެސް އެދަރިވަރުގެ ދިފާއުގައި އަދި މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  އިޔާޒު ބުރައުފުއްލަވަން ނުހައްދަވާ ރސޯލިހާ ބައްދަލު ކޮއްލާފަ ރައީސްއޮފީހުގެ ބޭރުގަ މީޑިއާއަށް ބުނެލާ ރސޯލިހަ ކީ ނަންފުޅާ އެއްގޮތަށް ސޯލިހު މީހެ ކޭ..ރަސޫލާ ދުޢާ ދެންނެވިފަދަ އެއްވެސް ބޭފުޅެ މިހާރު ދިވެހިރާއްޖޭގަ ވެރި ކަން މި ކުރާގޮތަށް ވެރި ކަން ކުރި ކަމުގެ އެއްވެސްމީހެއްގެ ނަންފުޅެ ފެންނަން އެބައޮތްތަ..ޒިންމާނަގަންޖެހޭ އިޔާޒު އިލްޔާސް ޒައިދު އަނިލް މިއީ މިސަރު ކާރަށް ސަނާ ކިޔާ މިސަރު ކާރު ގެންނަން މަސައް ކަތް ކުރި ޝޭޙުން..

  37
  1
  • ބއްޅަ

   ބަލަ އިޔާޒޫ ހޭބައްޔާ މިހިރަ ހިމާރާ ކޮން އިރަކު މިގައުގް އިސްލާމީ ތައުލީމެއް ﷲގެ ޝަރުއީ އަސާސް ކިޔަވަދިދީ. ކަލޭމެން ތި ތިބީ ދީން ވިއްކައިން ޣައިރުމުސްލިމު ކިޔަން ދަސްކޮއްދޭން. (ކާފަރު) ކިޔުން މަނާ

  • ސަމްކުޅިބޭ

   ޝޭޚުންތަ ނޫނީ ސޭކުންތަ؟ ބޮޑަށް ވައްތަރީ ސޭކުންނާ.

 2. Anonymous

  ބައްލަވާ ހޭފުޅު އެރީތޯ ކޮބާ ޝެއިޚް އިލްޔާސް
  ރާއްޖޭގެ ރައްޔިތުން ނަށް ދުޢާދެއްވި ސޯލިޙް ކަމަށް އެންގި. ވޯޓްލާން. މަނިކުފާނު މެން ގުނބޯ ހެދުނަސް ނިކަމެތި ދިވެހި ރައްޔިތުން ގެ ގިނަބަޔަކަށް އެނގޭ އެމްޑީޕީގެ ފިކުރަކީ ކޮބައިކަން. ހުރިގޮތް މައެއްގެ ބޮޑުކަމާއެވެ. ވޯޓްލާން ދުވި މީހުން ޒިންމާވާންޖެހޭ.

  32
  1
 3. ރަބަރޭ

  ތިމާފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް !

  35
  1
 4. Anonymous

  ޑޮ ކްޓަރ އިޔާޒު ކިޔަނީ ކީ ކޭތަ؟ ދެއިރު ދެއަނގައިން ވާހަ ކަ ނުދައް ކާ ކެރިގެން ތި ކަން ހުއްޓުވަން ނި ކުންނަންވީނުން.

  32
  1
 5. ކެނެރީ

  ކަލޭ ތިވާހަކަ ދައްކާކަން ތާހިރެއްނޫން ކަލޭމެއް މޮ ވެރިކަން ހިމާޔަން ކުރަނީ މިހިރަ ގޮތް ކުޑަޔާ

  25
  1
 6. މޫސަ

  އަތުން ފައިސާ ކޮޅެއް މަދުވީދޯ އަނެއްކާ ވެސް ފައިސާކޮޅެއް ލިބުނީމަ ރާގު ބަދަލުވާނެ. ތިޔައީ ދެފުށްކެހެރި ސޭކުން.

  20
  3
 7. ސޭކްސްތާން

  މާތްވެގެންވާ އިސްލާމް ދީނަށް ލޯތްބެއް ނެތް ބަޔަކަށް ވެރިކަން ހޯދައިދޭން ޑރ. އިޔާޒް މެން ކެމްޕޭން ކުރި އިރު އަހަރެމެން ބުނަމުން ދިޔައީމު ކޯލިޝަން ދަޅަދައްކައިގެން ވެރިކަމަށް އައިސް ވެރިކަމުގެ ހުރިހާ ބާރެއް ދަމައިގަނެ ދީނާ ކުޅޭނެޔޭ. މިކަހަލަ ދީނާ ދުރު ދީނާ ބީރައްޓެހި ބަޔަކު އިސްލާމީ ތަޢުލީމާގެ ވަސްވެސް ދުއްވާލާނެ އިނގޭތޯ. މުޅި މަޖިލީހުގައި ލާދީނިއްޔަތުގެ މީހުން ލީޑް އެ ކުރަނީ. ހަމަ މީގެ މީހުން ޖޭއެސްސީގައި. ހުރިހާ ބާރެއް މުށުތެރޭގައި ބާއްވައިގެން ހާވާހަޑި ތިޔަ ފެންނަނީ. މިކަމުގެ ޒިންމާ އިޔާޒް ވެސް ނަގަން ޖެހޭނެ. މީގެ އަގު ދައްކަން ޖެހޭނެ.

  27
  1
  • ޞޮބާޙު ޙަސަން

   ޢިޔާޟު ތިހަދަނީ ބޮޑު ދޮގެއް. ތިޔަ މައްސަލައަކީ ޝަރީޢާ ފެކަލްޓީގެ ނަން ކުރިން އޮތްގޮތަށް "ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ" އަށް ބަދަލު ކުރާތީ ދައްކާ ބަހަނާއެއް. ތިމާމެނަށް ލޯ ކިޔަވައިދޭން ނޭގޭޙާލުގަ ފެކަލްޓީގެ ތެރެ ގަޑަބަޑު ކުރަން ވާނުވާގަ އަނގަތަޅަނީ. ފެކަލްޓީގެ ޑީންއަކަށް ލޯ ކިޔަވާފަހުރި ފަރާތެއް މިއިން ޒަމާނަކު ނައާދޭ. މިހެން ވުމުން ތަނުގެ ކުރިއެރުން ވަނީ މަޑުޖެހިގަ. ހަރުކަށި ފިކުރުގަ ތިބި 2ތިން އަނގަ އެތަން ހިސޯރުކުރަން ކުރާ މަސައްކަތް ކުއްވެރިކުރަން.

   1
   8
 8. ޑަރޭ

  ޝޭހު މެންގެ ހީލަތްތެރި ރޭވު މުން ގެނައި ސަރުކާރެއް މީ....އަދި ޝޭހު މެންގެ ސަރުކާރުންވަނީ އެހައި މެ ހީލަތްތެރިކޮށް އިސްލާ މްދީނާއި ދެކޮޅަށް މަސައްކަތް ކުރާނެބަޔަކެ ޔުނިވަރުސިޓީއާ އެހެންވެސް މުހިއް މު އިދާރާތަކަށް ލައިފަ އަދި ބޮޑެތި ބާރުތައްދީފަ.

  25
  1
 9. ގޮނޑި ކޮއްކޮ ސަރުކާރު

  ލާދީނިއްޔަތުކަން ހުއްޓުވަން ރަމްޒީ ވެރިމީހާ އާއި އޭނާގެ ނައިބަށް ޓެގް ކޮށް ބުންޏަކަސް މިހިރަފެންނަ ސޭކާ ދެލޯފުޅާ ތިޔަ ކަމެއް ނުހުއްޓުވާނެ. މިއީ ސީދާ އެވެރިން ނުބައި އެޖެންޑާއެއްގެ ދަށުން ރާވައިގެން ކުރަމުންދާ ކަމެއް. މިކަން ކަލެއަށް ވެސް ރަނގަޅަށް އެނގޭނެ. މިވެރިންނަށް ދީނަކީ މުހިންމު އެއްޗެއް ނޫން. ސޭކުމެން މޮޔަވެ ބޯގޯސް ވީމާ ނުވިސްނެނީ.

  21
  1
 10. ނ

  ބަލަ އިޔާޒޫ ތީ ރައީސް އާއި ނައިބު ރައީސް އަށް ނޭނގި ހިނގާ ކަމެއް ނޫން...ތިޔަބޭފުޅުން މިކަމުގެ ޒިންމާ އުފުލަންޖެހޭނީ....ޔާމިން ވެރިކަމުން ދުރު ކުރީ މޮޅުތަކެއް ވާނެ ކަމަށް ދޯ...ޔާމިން އިރުގާ ތިޔަކަހަލަ ކަންކަން ކުރެއްވިތަ...އަމިއްލަ ހިތާ ސުވާލު ކޮށްލަބަލަ

  21
  1
 11. ޣައްދާރު

  އިޔާޒް މެންހީނުކުރާތި މިލާދީނީ ބައިގަނޑު ކޮންޓުރޯލް ކުރެވޭނެކަ މަށް އަދި ކަލޭމެންގެ ބަސް އެމީހުން އަހާނެކަމަށް. ކަލޭމެންގެ ބޮލަށް ހުތްޖަހާފަ އެމީހުންބޭނުން ކަންތައް އެތިބީކޮށްގެން. ދެންތިބޭ އަނގަހާވައިގެން. ދުނެޔެއަކީ އިންތިހާނުތަކެއް ލައްވާފައިވާ ތަނެއްކަން އެންބެބޮޑަށް އެނގެންޖެހޭނެ ބަޔަކީވެސް ތިޝޭހުން . ޔާމީންދެކެ ކިތަންމެ ރުޅިއަޔަސް ނުކުރަންވާވަރުކަންތައްހުންނާނެ. ވ.ސަލާމް

  20
  1
 12. ޝުކުރިޔާ

  އެމްޑީޕީން އެވާހަކަ ދައްކާށޭ ބުނީތޯ ތިބޭފުޅާކައިރީ އެހެން ކަމައްވެއްޖެއްޔާ ތިވާހަކަ ތިބޭފުޅާއައް ދެއްކިއްޖެ ހެން ހީވަނީ ދެން މާދަމާ އަނެއްކޮޅައް އަނބުރާނުލާނެކަމައް އުއްމީދުކުރަން

  21
  1
 13. އަލީ މޫސާ

  ލީލާ ކަހަލަ މީހަކާ ދަރިވަރުންގެ ކަންތައް ހަވާލްކުރާނީ ކޮން މަގުސަދެއްގަކަން އިޔާޒް މެނަށްއަދި ނޭގިދާނެ. ވަޒީފާއިއުލާން ކުރު މުގެ ކުރިންވެސް ލީލާބުނި އެ މަގާ މަށް ހޮވޭނީ އޭނަޔޭ. މީ މާދުރާލާ ރޭވިގެން ހިންގާ ކަންތައްގަނޑެއް. ތިތާ އިސްކޮށްތިބި ހަސަން އަދި ޝަރީފް އޮތީ ސަރުކާރު ބޭނުންވާގޮތަށް ކަންކޮށްދޭން ބައިއަތުހިފާފަ. ދެންތިބޭ ޓުވީޓް ކުރަން.

  12
 14. މަޖިލިސް

  އިޔާޒް މީ މީނަގެ ބައްޕަޔައްވެސް ހުރި ހުތުރެއް.

 15. އަލި ރަސްގެފާނު

  އިޔާޒޫ ކަންކަން ކުރެވޭނެ މީހުން ކައިރީގަ އާދޭސްކޮށް ޓެގްކޮށް ހަދާބަލަ މިސާލަކައް އަންނި

 16. ލަމްހާ

  މި ޚަބަރުގަ ޢިޔާޒުއަކީ ކިޔަވައިދޭ މީހެއްކަމަށް ލިޔެފަ އޮތީމަ އެ ކިޔަވައިދޭ އެއްޗަކާއި ކިޔަވައިދޭ ގޮތެއްވެސް ބަލާލުން ރަނގަޅު. ހަމަ ގައިމުވެސް މިޒަމާނުގަ ޔުނިވަރ ސިޓީއެއްގަ ލެކްޗަރަރ އެއް ކިޔަވައިދޭ މިންގަނޑެއްގައި ޢިޔާޒު ކިޔަވައިނުދޭ. ދުވަހަކުވެސް ސްލައިޑެއްހާ މިންވަރެއްވެސް ނެތް ހަދާފަ. ގަޑިއަކަށް އެޓެންޑެއް ނުވޭ. އަމާ ބުނީތީ ފަރަށްދާ އުސޫލުން އިޔާޒުވެސް ގޮސްއުޅޭކަން މިއީ ސާފު ތެދެއް. މިކަމަކީ ސްޓުޑެންޓުން މެދުވެރިކޮށް ބަލައިލާ ޙަގީގަތް ހާމަކުރަންޖެހޭފަދަ ކަމެއް.

  5
  1
 17. ސަނީ

  ނޫނޭ ކަލޯ، އެއީ ހަމަ ރަސޫލާގެ ދެންނެވި ބޭފުޅުން. މަނިކްޕުޅު ދެން ތިޔަހެން ބުނީމަ ގަބޫލުކުރާނީ ކާކު؟ ޝައިތާނު

 18. Anonymous

  ހާހާހާ ގައިމު ނަމާއެއްގޮތަށް ސޯލިޙޯ.
  މީއޭރު ދެއްކިވާހަކަ. މިކަހަލަ ކިތައް ކަންތައްތޯ.
  ހަނދުމަފުޅު އެބަހުރިތޯ ސޯލިޙް ގެ ވާހަކަފުޅުތައް. ވ ރީތި ޖަލްސާ ތަކުގައި ދެއްވާ ޚިތޯބް. އެކަމަކު އެއަށް ޢަމަލުކުރޭތޯ އެބަ. މިސަރުކާރު ގެންނަށް މަރުފަލިޖެހި އެންމެން ޒިންމާ ނަންގަވާ.
  އިޔާޒް އުސްތާޒަށް މިވަރުވީ ކަމަށްޓަކައިވެސް ޝުކުރުކުރަން. އަދާލަތު ޕާޓީ ކޮބާތޯ. ޙައްޤު ބަސް އިއްވާ .

  13
 19. ތެދު

  ދެންވެސްނޮވޭ އެމްޑީޕީ ލާދީނީ ބައިގަނޑުގެ ފަހަތުންދުވަން..ހެހެހެ....!!! ޖަހާލަތު ޕާޓީތީ އަގެއްއޮތްބައެއްނޫ...!؟! ފެއްނަނީ މުނާފިގުސިފަތަ..!؟

  10
 20. ޖަޒީރާމަނިކު

  އެމްޑީއެން އިން އިސްލާްމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާގުޅިގެން ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ ރައްޔިތުންކަންބޮޑުވުން ފާޅުކޮށް އިޔާޒުމެންނަށް ބަވާ ލާނެތް ދޭން ފެށީމާ އިޔާޒު އިސްވެހުރެ މިސަރުކާރަށް ތާއީދުކުރާ އިލްމުވެރިންތަކެއް ގޮވައިގެން ގޮސް ރައީސް ސޯލިހާ ބައްދަލުކޮށްފާ ނިކުމެބުނީ ރައީސް ވަރަށް ރަނގަޅަށް ވާހަކަތައް އަޑު އަހާފިޔޭ.، ވަރަށްބޮޑު އުއްމީދެއް ލިބިއްޖޭ އެކަމާމެދު ފިޔަވަޅު އަޅުއްވާނަމޭ. އަދި އަދަށްވެސް އެބުނާ ފިޔަވަޅެއް ނާޅާ. އެކަން ހަމަރަނގަޅަށް އިޔާޒަށް ގަބޫލުކުރެވުނީމާ މިފަހަރު ތިޔަކަންތަކުގައި ރައީސާ ބައްދަލުނުކޮށް ޓްވީޓެއް ތިކުރީ ބައްދަލުކުރިއަސް ވާނެކަމެއްނޯންނާނެކަން އެނގޭތީ. މިފަހަރު ރައްޔިތުން ކިޔާފާނެ ފާޑު ތަކަކުން ސަލާމަތްވާން ވެގެން.

 21. ހަސަދު

  އިޔާޒަށް ދަންނަވާލަން އޮތީ ގައުމީ ޔުނިވަރުސިޓީ ދީނާ ބީރައްޓެހި ތަނަކަށް ހަދަން ކުރި ކަމެއް ވިދާޅުވެދެއްވާށެވެ. ޕީއެޗުޑީ ހައްދަވައިގެން ހުރެ ވިދާޅުވާ އެއްޗެއް ހެއްކާ އެކު ވިދާޅު ވެދެއްވިނަމަ ތިޔަވިދާޅުވާ އެއްޗެއް މީހުން ގަބޫލު ކުރުން ކައިރި. މިހާރު މިވާގޮތަކީ މަނިކުފާނުގެ އިލްމީ އަގު ވެއްޓެމުން ދަނީ. ދެން ވަކި ހިސާބަކުން މަނިކުފާނު ރަނގަޅު އެއްޗެއް ވިދާޅުވިއަސް މީހުން ގަބޫލެއް ނުކުރާނެ.

 22. އިބުރާހީމް:-

  މީތަ ގެންނަންއުޅުނު މިނިވަންކަމަކީ.

 23. ވީގޮތް

  ހަމަ ގަމާރީ. ޑަކުޓަރު ގަމާރު ވާނުވާ ނޭގޭ ކޮށްކަހަލަ ބައެންމީ.ކަލޭމެންގެ ސަބަބުން މުޅިމިގައުމު މިހަލާކުގެ ތެރެއަށް ވެއްޓުނީ އިޔާޒޫޫޫޫ.

 24. ނަޖްވާ

  ތި އިޔާޒު މެން ތަސައްރަފު ފުދެން އަދި ދުވަސް ކޮޅެއް ނަގާނެ ކަމަށް ބެލެވެނީ!