މާލޭގެ މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 އޮއްވާ ކަރަންޓީންނުވެ އަތޮޅުތެރޭގެ ރަށްތަކަށް ދަތުރު ނުކުރެވޭ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލް ރަފީގް ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ޓެސްޓް ކުރި 1500 ސުންކު (ސާމްޕަލް) އިން 24 މީހުން ފައްސިވި ނަމަވެސް މިއީ އަދި ބަލި ނެތިގެން ދިޔައީ ނޫން ކަމަށެވެ.

"މާދަމާ ޕޮޒިޓިވްވާ އަދަދު އިތުރުވެގެން ވެސް ދިއުމުގެ ފުރުސަތު އޮންނާނެ. އަދި އެކި ގައުމުތަކުގައި މިބަލި ފެތުރެމުންދާ ގޮތައް ބަލާއިރު ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ އެއްކޮށް ޒީރޯއަށް (ސުމަކަށް) ވެއްޓިގެން ދިއުމަކީ އަވަސް ފުރުސަތެއްގައި ވެދާނެ ކަމެއް ކަމަކަށް." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ހާލަތު މިހެން އޮތް އިރު މާލެ އިން އަތޮޅުތަކަށް ދަތުރުކުރާ މީހުން ފުރަބަންދު ކަރަންޓީންނުވެ، ދިއުން އެއީ ރައްކާތެރި ގޮތަކަށް ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓީން ނުވެ މާލެ އިން ރަށްތަކަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމާއި މެދު ވިސްނާނީ މާލޭގެ މުޖުތަމައުގެ ތެރެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިނުވާ ހިސާބަށް ހާލަތު ރަނގަޅުވުމުން ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ވެސް މަސައްކަތް ކުރަމުން މިއައީ މާލޭގެ މުޖުތަމައުގެ ތެރޭގައި ބަލި އޮތް ނަމަވެސް އަތޮޅުތެރޭގެ އެހެން ރަށެއްގެ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނަނުދިނުމަށް. އެގޮތައް އަދިވެސް އޮތީ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މާލެ އިން އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކޮވިޑް-19 ފެނުނު ފަހުން މާލެ އިން އަތޮޅު ތެރެއަށް ދަތުރު ކުރުމުގެ ކުރިން ކަރަންޓީން ވާން ޖެހެއެވެ. ފުރަތަމަ ސަރުކާރުން ހަމަޖެއްސީ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް ވަންދެން މީހުން ކަރަންޓީން ކުރުމަށްފަހު ރަށްތަކަށް ފޮނުވާށެވެ. ނަމަވެސް ފަހުން ވަނީ ރަށަށް ގޮސް އަމިއްލަ ގޭގައި 14 ދުވަސް ވަންދެން ކަރަންޓީން ވާގޮތައް ހަމަޖައްސާފައެވެ. އޭގެ ފަހުން ބައެއް ރަށްތަކުން ކޮވިޑް-19 އަށް މީހުން ފައްސިވަމުން ދިޔަ ނަމަވެސް އެއްވެސް ރަށެއްގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ވަކިވަޔަކުވީމަ ދެވޭ ކަރަންޓީނު ނުވެވެސް. އެޗްޕީއޭގަ ތިބޭ ޖަނަވާރުން ގަދާ މޮޅެތި އުސޫލު

    20
    4
    • ބޯހަލާކު

      އަލިފުށީ ދާއިރާގެ މެމްބަރު އަލިފުއްޓަށް އަރާފެއިބީ ކަރަންޓީންވެގެންތޯ..؟!ތީއެމްޑީޕީގެ އައްޑާއެއް...؟؟!

      14
  2. ސަހީމް

    ނޫސްވެރިއަކު މި ސުވާލު ކޮއްލަބަލަ ޕްލީޒް. މީހާގެ ހަށިގަނޑުން 2 ނުވަތަ 3 ދުވަހުން އަލާމާތް ތަށް ފެންނަ އިރު ކަރަންޓީން މުއްދަތު 14 ދުވަސް ކުރަނީ ކީއްކުރަންތޯ؟ ކަރަންޓީން މުއްދަތު މި އަށްވުރެން ކުޑަކުރެވޭނެ ކަމަށް ފެނޭ. މި އަށްވުރެން އާބާދީ ބޮޑެތި ގައުމު ތަކުގަވެސް 8 ދުވަސް ކަރަންޓީން ކޮއްފަ ޓެސްޓްގެ ނަތީޖާ ނެގަޓިވް ވުމުން ރިލީޒް ދޭ.( މިސާލަކަށް: ތައިލޭންޑް) 14 ދުވަސް ވީމާ ޗުއްޓީގެ ހާފް އެބަދޭ ކަރަންޓީން އަށް.

    12
    2
  3. ފާތުމަ

    ނުރައްކާ ކުޑަވީކީ ނޫންތަ ތި ހުރިހާ ލުއިތަކެއް ދީ ނިންމަނީ؟

    12
    2
  4. ޞގފ

    ރަނގަޅު ނިންމުމެއް

    3
    9
  5. މުކި

    އެހެންވީމަތަ މުޅި ކުޅުދުއްފުށި މި ހަލާކުގެތެރެއަށް މި ވެއްޓުނީ... އެންމެން ކަރަންޓީނުވެފަ އައީމަ ވީ ގޮތެއްތަމި މަންޖޭ.... ކަރަންޓީނު ވެފަތަ 2 ދުވަސްކުރިން މިތަނަށް މެންބަރުން އައިސްފަ އެދިޔައީ... އެމީހުން ނައީއާ އިމާރަތްނުކުރެވެނީތަ.. އެމީހުންތަ ސިމެންތި ގަސަނީ.....

    12
    1
  6. ނުހާ

    ނަމުގަ ގަވައިދު... ހޮޓާތައް ފުރިފަ ޕާކުތައް ފުރިފަ ބަންގާޅިން މުޅި މައިޒާންތައް ހަތަރެސްފަރާތުން ސޯޓުތެރޭން ކަރަންޓީން ޖައްސައިގެން... ސަރުކާރުން ހާއްސަކޮށް ބިރުގަންނަބައެއް ބަންގާޅިންނަކީ... ޓެގްޓީމްވެސް ޕްރެސް ނިންމާފަ މޭޒުދަށުން ހަތަރެސް ފަރާތުން ސޯސަލްޑިސްޓެންސިން ބާރަށް ޖައްސައިގެން އެކަކު އަނެކަކަށް... ކޮންވާހަކައެއް ދައްކާކަށް؟ އެހެންގިނަ ގައުމުތަކުގަ ފިޔަވަޅުތައްއަޅާ އަދި އަމަލުކުރޭތޯވެސްބަލާ ، މިތާގަ ނަމުގަ.... މުސާރަ ހޯދަން ދެން އަރާތިބެ ކޮންމެވެސް އެއްޗެކޭ ކިޔަނީދެން...

    11
  7. ސީކޯ

    ޔެސް ޔެސް ޔެސް ނަަޒޫ

    2
    3
    • ޥަޙީދު

      ވަކިބަޔަކައް އެރިފަ އަނެއްބައިމީހުން 14 ދުވަސް މިއީ ވަކިބަޔަކައް ޖެހޭ އެއްޗެއް ؟

  8. Happy

    ތި 14 ދުވަހަށް އޮފީހުން ރިލީސް ނާޅަދޭތީ.. ތިއީދެވޭ ވަރަށް ބޮޑު އަނިޔާއެއް... ޗުއްޓީއަށް ރަށަށް ގޮސްގެން 14 ދުވަސް އެބަގެއްލޭ ކަރަންޓީނަށް 😡

  9. އިންސާފް

    ރިޝޯޓްގެ ގޮތުގައި ތަރަށްޤީ ކުރުމަށް ދޫކޮށްފައިވާ ބައެއް ރަށްރަށަށް، ކޮމިއުނިޓީ ސްޕްރެޑްއޮތް ރަށްރަށުން މީހުން ނާންނަތާ މިހާރު އެތައް މަހެއް ވެއްޖެ. ނަމަވެސް އެތަންތާ ތިބިމުވައްޒަފުން ކަރަންޓީނު ނުވެ ރަށްރަށަށް ދިއުމުގެ ހުއްދަ އެޗްޕީއޭ އިން ނުދިން. އެޕީއޭގެ އުސޫލް........... މިއީ ބޮޑުވަރު...

  10. އިންސާފް 100

    ރިޝޯޓްގެ ގޮތުގައި ތަރަށްޤީ ކުރުމަށް ދޫކޮށްފައިވާ ބައެއް ރަށްރަށަށް، ކޮމިއުނިޓީ ސްޕްރެޑްއޮތް ރަށްރަށުން މީހުން ނާންނަތާ މިހާރު އެތައް މަހެއް ވެއްޖެ. ނަމަވެސް އެތަންތާ ތިބިމުވައްޒަފުން ކަރަންޓީނު ނުވެ ރަށްރަށަށް ދިއުމުގެ ހުއްދަ އެޗްޕީއޭ އިން ނުދިން. އެޕީއޭގެ އުސޫލް........... މިއީ ބޮޑުވަރު...

  11. 14 30

    ރިޝޯޓްގެ ގޮތުގައި ތަރަށްޤީ ކުރުމަށް ދޫކޮށްފައިވާ ބައެއް ރަށްރަށަށް، ކޮމިއުނިޓީ ސްޕްރެޑްއޮތް ރަށްރަށުން މީހުން ނާންނަތާ މިހާރު އެތައް މަހެއް ވެއްޖެ. ނަމަވެސް އެތަންތާ ތިބިމުވައްޒަފުން ކަރަންޓީނު ނުވެ ރަށްރަށަށް ދިއުމުގެ ހުއްދަ އެޗްޕީއޭ އިން ނުދިން. އެޕީއޭގެ އުސޫލް........... މިއީ ބޮޑުވަރު...

  12. އަޅުވެތިކުރި ސަރުކާރު

    ކިހާދެރަކަ މެ..😡.ބަލަ 1އަހަރުވާން މިއުޅެނީ މާލެބަންދުކޮއްގެން ތިއިންނަނީ....ރާއްޖެތެރޭގަ މިތިބަ ނިކަ މެތި ރައްޔިތުން ބަލިވެގެން ޑޮކްޓަރަށްދައްކަން މާލެއާހަ މަޔަށް ނުދެވި ފަރުވާއެއްނުލިބި ތެޅެ މުންދާ ހާލެ ޑޮކްޓަރުންނަ ނޭގެނީތަ..0އަށް ގޮސްގެންތަ ރާއްޖެއަށް އިންޑިއާ މީހުން އަންނަނީ...😠😠😠ދުވަހަކު 0އަށްދާނެގޮތެ ބުނެބަލަ ބަންގްލަދޭޝުން އަންނަވަރަކަށް މީހުންއެބައާދޭ އިންޑިއާއިން އެބައާދޭ..ކޮވިޑްދުވަނީ ދިވެހިންފަހަތުން އެކަނިތަ..ހެޔޮނުވާނެ ރައްޔިތުންނަ ދަތުރުފަތުރު ފަސޭހައިންކުރެވޭނެ މަގެ ހުޅުވަބަލަ... އިންޑިއާ ބަންގުލަދޭޝުންއަންނަ މީހުން މާލެއަށް ނުގޮސް ރިސޯޓުކަށްތަކަށްތޯދަނީ.. މީހުން ނުއުފުލާ ހުސް ފްލައިޓެއްތޯ ބަންގުލަދޭޝުންއަންނަނީ..އައިިލެންޑް އޭވިއޭޝަން ދަތުރުއެބަކުރޭ ބަންގްލަދޭޝަށް..ކޮޗިންއިން ރާއްޖެއަށް ދަގަނޑުބޯޓުއެބައާދޭ..އިންޑިއާގެ ސިފައިންކިތައް މެ ފަހަރަކު އައިއްސި، އިންޑިއާއަށް ދިވެހިން ދަތުރުއެބަކުރޭ...ރާއްޖެތެރޭގަ ގޮތެނެތިފަ މިތިބީ އަހަރެ މެން ޑޮކްޓަރަށްނުދެއްކި.😭😭😭😭

  13. ފަނީ

    ޢުޅެނީ ރަޔިތުން ހިތަކައް ބިރުވެރިކަން ވަދަން ދެން ކިޔާ ބޮޑު ރާޅޭ

  14. ވެރިން

    14 އެއީ އާދާއިގެ ދެރަނިކަމެތި މީހާޔަށް އޮއްނަ އެއްޗެއް ރައްރަށުގަ ދަނޑުއަޅަން ދާ މީހުންނާ މަޖިލީސް މެމްބަރުންނާ މީ ކޮވިޑް ނުޖެހޭ މީހުން އެމީހުނގެ ފަރާތުން ނުވެސްފެތުރޭނެ މިހެން މިބުނީ ދަނޑު އަޅަން ދާ މިހުން އެޅެނީ ރެސްޓޯރެންޓުން ކާއިގެން ކޮފީބޮއިގެން މަސައްކަތް ކުރާތަނުގަ ވެސް އުޅެނީ އާއްމުންނާ އެއްކޮށް، ދެން މަޖިލީސް މެމްބަރުންވެސް ބެޖުޖަހަންވެގެން ރަށައްގޮއްސަ ބައްޔަތު ހިފާއިގެން އުޅޭ މީހުންނާ އެއްކޮށް އުޅެ އުޅެފަ ފުރާއިގެން ދަނީ

  15. ރާއްޖެތެރޭމީހާ

    ރަނގަޅު ގޮތަކީ "ކަލޭމެންނަށް ފައިސާގަނޑު ލިބޭހާ ދުވަހަކު މިހާލަތު އުވައެއް ނުލާނެ" ބަލަ ތި 14 ދުވަސް ނުތިއްބަސް މާސްކް އަޅައިގެން އުޅޭށޭ ބުނީމަ ނިމުނީއެއްނު! ބިރުދައްކާފަ ސްކޫކަށް ކުދިންގެންނާށޭ ބުންޏަކަސް ގިނަ ބެލެނިވެރިންނެއް ނުގެންދާނެ.

  16. ކެކެ

    މާލޭންރަށްރަށަށް އަންނަވަފު ދުތައް ކަރަންޓީނުވާކށްވ ނުޖެހޭ. ބަލިފަތުރަން އޯކޭ. އަން ދާގާނޫނު.

  17. ރީނާ

    ޕްލީޒް ކޮއްމެވެސް ނޫސްވެރިއަކު މިސުވާލު ކޮއްބަލަ އެއްވެސް ގޮތަކައް ކޯވިޑް ބަލިނުފެން ރިޒޯޓް ތަކުން މީހުން އުޅޭ ރަށްރަށަށް ދެވޭނީ ކޮން ދުވަހަކުން ތޯ އަދި މިސުވާލު މިކުރަނީ މިހާރު ވެސް ބައެއް ރިސޯޓް ތަކުން މީހުން އުޅޭ ރަށްރަށަށް ކައުންސިލުގެ ހުއްދަ ލިބިގެން ދެވޭ އިރުގައި ބައެއް ރައްރަށައް މިހުއްދަ ނުލިބޭތީވެ

  18. އަލީ

    ވަގުތުމީހުން އަޅެ މި ސުވާލު ކޮށްލަބަލަ. ގެސްޓުން ނާންނަ ރިސޯޓް ތަކުގެ މުވައްޒަފުން ރަށަށް ގޮސް ކަރަނޓީން ވާން ޖެހެނީ ކީއްވެތޯ. ރަށް ރަށަށް ވުރެ އެ ރިސޯޓް ތައް މާ ސޭފް ވާނެ. އަނބި ދަރިންނާ ދިމާނުވާތާ 5 މަސް ވަނީ މި. ރަށަށް ގޮސް ކަރަންޓީނަށް 14 ދުވަސް. އެނބުރި އައިސް ރިސޯޓްގަ 14 ދުވަސް. މިވަރުން ރިސޯޓް ތަކުން ވެސް އެމީހުންގެ މުވަޒަފުން ނުފޮނުވާނެ ދޯ ޗުއްޓީއަކަށް.