ގައުމީ ދުވަސް ފާހަގަ ކުރަން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ހާއްސަ އިހްތިފާލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާގުޅޭ ހާއްސަ ދުއާއެއް ކުރިއެވެ.

މި ދުއާކޮށް ދެއްވީ މަސްޖިދުއްސުލްތާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމުގެ އިމާމު ޝައިޚް ނަސްރުﷲ އަލީއެވެ.

މި އިޙުތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ ޢިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގައުމީ ދުވަސް ފާހަގަ ކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންވުމުގެ ފަޚުރާއި ހަނދާން އާކުރުމުގެ ގޮތުންނެވެ. މި މަތިވެރި ޖިހާދުގެ ފަޚުވެރި ބަތަލަކީ، ހއ.އުތީމު ޙުސައިން ހަތީބު ތަކުރުފާނުގެ ދަރިކަލުން އަލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާނު

    މިސޮރު މިއަދު ސްޓަންޓްނުޖައްސާތަ؟

  2. ނަސީދު

    ބޮޑު ވަގު އިބޫ

  3. ގެރިކުޑޭ

    2023ގެ ފަހުން އިންޑިޔާގެ އަޅުވެތިކަމުން މިނިވަންވީ ދުވަސް ފާހަގަ ކުރާނަން!

  4. ޑައެލޯގް

    ކީއްކުރަން ގައުމީދުވަސް ކަލޭމެން ފާހަގަކުރަނީ މިހެންމިބުނީ ގައުމީ ދުވަހަކީ ޕޯޗްގީޒުންގެ އަތުން އުތީމު ބަތަލުން ރާއްޖެ ސަލާމަތްކުރިދުވަހެވެ. އެކަމު ކަލޯމެން ތިއުޅެނީ އަނެއްކާ އިންޑިޔާއަށް ވިއްކާލައިގެންނެވެ. ވީއިރު ކަންދެއްކުމަށް ގައުމީދުވަސް ފާހަގަކުރާނެކަމެއްނެތެވެ.