އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އަވަށްޓެރި އިންޑިއާގެ ސަރުކާރާއި ދިވެހި ސަރުކާރަށް ތުހުމަތުކޮށް ދައްކަމުންދާ އަސާސެއް ނެތް ވާހަކަތައް ދިވެހިން މިއަދު ގަބޫލު ނުކުރާ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާކޮށް ނެރެމުންދާ "ޚަބަރު ސިޓީ" މަޖައްލާގެ މިއަދުގެ ކޮލަމްގައި އާޒިމް ލިޔުއްވާފައިވާ މަޒުމޫނެއްގައި ވަނީ އިންޑިއާއާ ގުޅުން ބަދަހިކޮށް އެ ގައުމުން އެތައް އެހީއެއް ރާއްޖެއަށް ދިން ނަމަވެސް، ދެ ގައުމުގެ ސަރުކާރުން ވެސް ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ގޮތަށް އަމަލު ނުކުރާ ކަމަށެވެ.

"އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރާކަށް ނޫޅެއެވެ. އުޅެންވީ ސަބަބެއް ވެސް ނުމެ ނެތެވެ. މިލިޓަރީ ބޭސް ހަދާކަށް ނޫޅެއެވެ. ރާއްޖެ ހިފާކަށް ވެސް ނުމެއުޅެމެވެ. އެ ފުރުސަތު ދީގެން ބަލާކަށް ދުނިޔޭގެ އެހެން ގައުމުތަކަށް ނުވެސް ތިބެވޭނެއެވެ." ރައްޔިތުންގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އާޒިމް ލިޔުއްވާފައިވެއެވެ.

މިއަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ހަރުދަނާ ކަމަށާއި ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވާ ގައުމުތަކާ ގުޅުން ބަދަހި ކަމަށް އާޒިމް ވިދާޅުވިއެވެ. އިންޑިއާއާ ގުޅުން ބަދަހި ކުރަމުންދާ އިރު، ޗައިނާއާ ވެސް ގުޅުން ރަނގަޅު ކަމަށާއި މެދުއިރުމައްޗާއި ޔޫރަޕާއި އެމެރިކާއާ ވެސް ގުޅުން ބަދަހި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް "އިންޑިއާ މިލިޓަރީ އައުޓް" ޝިއާރުގައި ހަރަކާތްތައް ހިންގާ އިދިކޮޅު ފަރާތްތަކުގެ ސަރުކާރުގައި ޗައިނާ ފަދަ މަދު ގައުމެއް ފިޔަވައި އެހެން ގައުމުތަކާ ގުޅުން ހީނަރުވެ، އެ ގައުމަށް އެކަނި ބަރޯސާވެެގެން ގައުމު ހިންގަމުން ދިޔަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ގައުމުން ބޮޑެތި އިންޓެރެސްޓްގައި ލޯނު ނަގައި، އެތައް ހާސް ގަނޑެއްގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ ސަބަބުން އޭރުގައި ދިވެހި ގައިމުގެ މިނިވަން ކަމަށް މާ ބޮޑަށް އަސަރު ކުރި ކަމަށް އާޒިމް ލިޔުއްވާފައިވެއެވެ.

އާޒިމް ލިޔުއްވާފައިވާ ގޮތުގައި، އިދިކޮޅު ފަރާތްތަކުން ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ގުޅުވައި އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ދަނީ އެ ސަރުކާރުގައި ހިނގި ހިޔާނާތުގެ މައްސަލަތައް ތަހްގީގް ކުރެވެމުންދާތީ ސަރުކާރު ބަދަލުކޮށް އެ ކަން ހުއްޓުވުމުގެ ބޭނުމުގައެވެ.

"އިންޑިއާ އައުޓް ކިޔާ ފަރާތްތަކަށް ހެޔޮ ނަސޭހަތެއް ދިނުމުގެ ގޮތުން ބުނެލަމެވެ. ތިޔަ ކިޔާ ފަރިއްސަށް ދިވެހިން މިއަދު ހޭނިއްޖެއެވެ. ފޫހިވެއްޖެއެވެ. އެހެން ފަރިއްސެއް ކިޔުން ބުއްދިވެރި ވާނެއެވެ. ހެޔޮ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާށެވެ." އާޒިމް ލިޔުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ރޯދަމުބާރަކް!

  މަހޭ އަދި ރޯޒޭގެ ސަލާމް އިއްޒަތްތެރި މެމްބަރު!

  37
 2. ވެރިން

  ގަބޫލު ނުކުރާނީ ކަލެޔާ ކަލޭގެ ރީނދޫ ވަބާ ޖެހިފަތިބީ ބީތާއިން

  74
  • ބިންގޯ

   ހުރިހާ ދހިވެހިންގެ ނަމުގަ ވާހަކަ ނުދައްކަބަލަ.

 3. ފިޔަވަޅު

  އެއީ ތެދެއް.
  ދހިވެހިންނަކީ އެމްޑީޕީ .
  ޢެފިކުރު ނޫން މީހަކަށް ފްލެޓްގަނޑެއް ލިބުނަސް އެ ދަމައިގަނެ އެބަ.
  ވަޒީފާއެއްގަ ހުރިއްޔާ ވަކިކުރެ.

  67
 4. ގުއިދައިތަ

  އޭ މިހިރަ މީހާ ގަނޑާ!! ކަލޭ ތިބުނަނީ އަހަރެމެންނަކީ ދިވެހިންނެއް ނޫނޭތަ؟ ޤައުމު ވިއްކާލާފައިވާ ކަމަށް ކަލޭ ތިއުޅޭ ފާދިރީ ޕާރޓީގެ ހެޔޮ ވިސްނޭ އަދި ޤައުމު ދެކެ ލޯބިވާ މީހުންވެސް ޤަބޫލު ކުރޭ. ކަލޭ ހީކުރަނީ އަހަރެމެންނަކީ ކަލޭމެން ހެން ލިބޭ ލާރިކޮޅަކަށއ ޤައުމު ވިއްކާލާނެ ބައެއް ކަމަށްތަ؟ މޮޔަވޭ ކަލޭ!
  #އިންޑިއާއައުޓް

  64
 5. ގައުމު

  ހަމަ ހިނި އަންނަނީ އަތު ޖެހުނު އެއްޗެއް ނެގުން މިފެންނަނީ

  44
 6. ތަމެންދޯ

  އިދިކޮޅު އިސް ބޭފުޅުންގެ ކޮރަޕްޝަން ތަހުގީގު އެބަ ހިނގާ ކަމަށް އެމްޑީޕީގެ އާޒިމް ތިޔާ ވިދާޅުވަނީ އެއީ އިދިކޮޅު ސިޔާސީ ހަރަކާތް ތައް ފުނޑާލުމުގެ ބޭނުމުގައި ނުވަތަ ބިރު ދައްކަންތޭ ތަމެންގެ ވެރިކަމުގައި ކޮވިޑް އިން ވައްކަން ކުރި މިނިސްޓަރުންނަށް ސަރުކާރުން މުސާރަ ދީގެން އެމެން މިނިސްޓަރުންގެ ގޮތުގައި ބައިތިއްބަނީ ކިއެއްވެތޭ އެންޑީއެމްއޭ އަށް ހަކުރު ކިލޯ އެއް 1600 ރުފިޔާ އަށް ގަނެގެން ކުރި ވައްކަން ނުބަލަނީ އެއީ ކޮރަޕްޝަން ނޫން ރަތްލާޖެހި ވައްކަމަށްވީމަތޭ...

  43
 7. އަޅުވެތިކުރި ސަރުކާރު

  ދިވެހިން ގައުމުވިއްކުމާ ދެކޮޅުކަން އާޒިމު ގަބޫލުކުރާނީ ކީއްކުރީމަބާ...ދިވެހިންގެ ޝުއޫރު ފާޅުކުރަން ފުރުސަތު ދީބަލަ ދިވެހިންތިބިގޮތް ސާފުވާނެ..ގައުމު ވިއްކާ ވާހަކަޔަކީ ހަމައެކަނި ވާހަކައެއްނޫންކަން ހޭހުރި ދިވެހިން ހެކިވާނެ.. ސައު ދީއިން ފއަތޮޅުގަ 1ބިލިޔަން ޑޮލަރުގެ މަޝްރޫއެއް ހިންގަންއުޅުމުން މޑޕ ދެކޮޅުހެ ދީ ގައުމުވިއްކަނީއޭބުނެ މިއަ ދު ރާއްޖޭގެ ތިން ސަރަހައް ދުގަ އިންޑިއާ ސިފައިން މިތިބީ އެއާރޕޯޓުއަޅާ ދޭންށޯ..އިންޑިއާސިފައިންނަ ނޫނީ ނޭގެނީތަ އެއާރޕޯޓުހަ ދަން..އިންޑިއާސިފައިން ނެތިއްޔާ އެއާރޕޯޓެ ނުހެ ދޭނެތަ...މޑޕ އިސްތިއުފާ..

  42
 8. ވަގުންނޭވަގުންނޭ

  އޭއި ކަނޑުކޮސް އާޒިމް ކޮރަޕްޝަނޭ ވައްކަމޭ ކިޔަން އެމްޑީޕީ ތާހިރެއް ނޫނޭ އެމްޑީޕީގައި ތިބީ މުޅިން ވެސް ފަސްމާމުލު ފަސްވަގުންނޭ ފެނަކަ ވެސް ދަވާލި ތަން އެއޮތީ އެއް ނޫންތޭ އެތަނުގެ މުވައްޒަފުން އޭސީސީ އަށް ހުށައަޅާފައި ދެން ފެނަކަ އެމްޑީ އޭސީސީގެ ރައީސަށް 1 މިލިއަން ރުފިޔާގެ ކަޓެއް ދީގެން އެކަން އޮތްބާލަން އުޅޭ ކަން ނޭގިގެން މަމެން ނޫޅެމޭ މުޅިން ވެސް ވަގުންނޭ މިއުޅެނީ ދެން ކޮވިޑް އިން ވެންޓިލޭޓަރުން ވައްކަން ކުރި ވަގު ހެލްތް މިނިސްޓަރު އަދި ވެސް ސަރުކާރުން މުސާރަ ދީފައި ބައިންދަނީ އެއީ ރައީސް އޮފީހުގެ މިނިސްޓަރުންނަށް އެއިން ބައި އެޅި އަދި ފޮރިންގް މިނިސްޓަރު ޝާހިދުއަށް އެއިން ބައި އެޅި ދުބާއީން ވެންޓިލޭޓަރު ގަންނަން ހެލްތް މިނިސްޓަރު އަމީން ރިކޮމެންޑް ކުރި ކުންފުންނަކީ އެއީ ފޮރިންގް މިނިސްޓަރު ޝާހިދު ދިން ކުންފުންނެއް ނޫންތޭ މުޅިން ވެސް ވަގުންނޭ ކެބިނެޓް ގައި ވެސް ތިބީ އެމްޑީޕީ މީ މުޅިން ވެސް ވަގުން ހިންގާ ވަގު ސަރުކާރެކޭދޯ...

  25
 9. ރުންޑ

  ގަބޫލުކުރަން. ހަމަ ބޮޑުކޮށް ގަބޫލު ކުރަން.
  ރަޢްޖޭގައި ތިބީ އިންޑިއާ ކިތައް ސިފައިނތޯ ކަލޭ ސާފުކޮށްދީބަލަ.

  27
 10. މިއަދު

  މަށަކީ ޕާލިމަންޓްރީ މެމަބަރެއްނޫން އެކަމު ދިވެއްސެއް އިންޑިޔާއިން ރާއްޖެއަށް އަތްގަދަކުރޭ ސަރުކާރުން އުޅެނީ ރަޢިއްޔަތުންނަށް އެކަން އޮޅުވާލައިގެން، ސިއްރުކޮށްގެން ހަޤީގަތް ނުބުނަން އިންޑިޔާއިން ރާއްޖޭގެ މައްޗަށް އަތް ގަދަނުކުރާނަމަ އަދި ސަރުކާރުން އެކަން ކުރުވަން ބޭނުންނޫންނަމަ އިންޑިޔާސިފައިން ރާއްޖޭގަ ތިބި ޢަދަދާއި ތިބި ބޭނުން ބުނެބަލަ ނުކުރޭނެ

  31
 11. ފިތުނުނިގޫ

  ތިޔަކަހަލަ ނިގޫފިތިފަހުރި ޢައްދާރަކު ގައުމު ވިއްކައެއްނުލައޭ ގައުމުއޮތީ އަމިއްލަ ބާރުގެދަށުގައޭ ކިޔަކަސް ތިޔަކިޔަންއުޅޭލަވައަކީ މިހާރު ދިވެއްސަކު ތިލަވައައް ބެރުޖަހާނެލަވައެއްނޫން ތިޔައްބެރު ޖަހާނީ ހަމަނޭންގޭ ބެރުވެރިން އެއީ ތިޔަކަހަލަ ޢައްދާރުން

  29
 12. އެގިއްޖެ

  ދިވެހިންނޭ ތިކިޔަނީ ކޮން ބަޔަކަށް ނިސްބަތްކޮށް ކަމާއި ގަބޫލުނުކުރުމޭ ތިކިޔަނީ ކޮންކަމަކަށްކަން ސާފުކޮށް ދޭން އެބަޖެހޭ. އެހެނީ ގައުމު ވިއްކައި ރައްޔިތުން އަޅުވެތިކުރަން ހެސްކިޔާފައި އެބަމަސައްކަތްކުރާކަން ދިމާޔަށް ސާބިތުވެ ފެނިފެނި ހުރި އިރު އެކަން އެހެންނުވާކަމަށް ދެތިން ކެނަޔަކު ބުނާނަމަވެސް ތިކިޔާ އެއްޗެއް ގަބޫލުކުރާނެ ބަޔަކު ނުއެއް ތިބޭނެ.

  26
 13. ދަންނާށޭ

  އިންޑިއާ އައުޓް ޝިއާރު ހުއްޓުވާނެ ކަމަށް އާޒިމަށް ހީވެގެން ބަޔަކު ޖަލަށްލާނަމަ ލާން ޖެހޭނީ 2 ލައްކަ ދިވެހި ރައްޔިތުން ޖަލަށް އެނޫން އެއްވެސް ގޮތެއް ނޯންނާނެ މިއަދު އިންޑިއާ ސިފައިން ޖެހޭނީ ހަމަ މިގައުމުން ބާލަން އަދި ސަރުކާރުގެ ބަޖެޓުން އިންޑިއާ ސިފައިންނަށް ކުރަމުންދާ ޚަރަދުގެ ތަފްސީލް ޖެހޭނީ ހާމަ ކުރަން މިކަން ކަން ހާމަ ނުކޮށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއޭ އެއްވެސް މީހެއްގެ މައިންބަފައިންގެ ތަރިކަ މުދަލެއް ނޫނޭ ސަރުކާރުގެ ފައިސާ އަކީ އެކަން ދަންނާތި ދަންނާށޭ ދަންނާށޭ ދަންނާށޭ ބާޣީންނޭ ދަންނާށޭ...

  28
 14. ކަނަމަނަ

  ކަލެއައް ތިކަންތައް ވަރަން އަވަހައް ފެއްނާނެ ދިވެހިން މަޑުޖެހިފަތިބީ މިބަލިމަޑުކަމުގެސަބަބުން މާތްﷲ ކަލެމެނައް ވަރަންއަވަހަ ތިކަންތައް ދައްކަވާނެ އާމީން

  31
 15. ރާފިޢު

  ކުރަން އެއީހަމަތެދެއް މިހިރަ ބީތާޔާ!!!

  17
 16. ދުންތަރި

  މީ ކޮން ދުންމާރިއެއްތަ؟ މި ކަލޭގެ ހީކުރަނީ ހުރިހާ ދިވެހިންނަކީ ލާދީނީ އެމްޑީޕީއަށް ތާއިދުކުރާނެ މީހުންކަމަށްތަ؟ މިޤައުމު ވަނީ ލާދީނީ އެމްޑިޕީން އިންޑިޔާއަށްވިއްކާ ނިންމާފަ އިތުރަށް ވިއްކާނެ ތަނެއްނެތް މިނިވަންކަންވެސް ވިއްކާލައިފި ތިޔަ ލާދީނީކަލޭގެ ދައްކާވާހަކަ އަޑުއަހާނެ މީހުން މަދުވާނެ ކަލޭގެ ދައްކާ ވާހަކަ އަޑުއަހާނީ ލާދީނީ އެމްޑީޕި ގުންޑާއިން

  19
 17. ސިއްތި

  އެކަން ޤަބޫލު ކުރެވެއި އެއީ މިޤައުމުގައި އެބަތިބި އިންޑިޔާސިފައިން. ދޮގެކޭ ބުނެބަލަ

  19
 18. ބޮޑުބެ ބެ

  ތިވާހަކަ ގަބޫލު ނުކުރާނީ އަމިއްލަ އެދުމައިގެން ފޯވެ ތިބި އެމް ޑީ ޕީ އައް މަރުދޭ (ބޯގަންވިލާ) ބީތާ އިން

  19
 19. ތޯތާ

  ގައުމު ވިއްކާލާއިފި އެއީ ޙަގީގަތެއް

  20
 20. ޢަލީ

  ކަލޯ ބީތާޔާ މަށަކީވެސް ދިވެއްސެކޭ އަދި ހަނިމާދޫ ރައްޔިތެކީމެވެ މަވެސް ގަބޫލުކުރަމޭ ގައުމު އަޅުވެތިވެފާވާކަމައް އިންޑިޔާސިފައިންނާ ދެކޮޅައް ކުރާ ކޮއްމެޖިހާދެއްގައި ފުރާނައިން ގުރުބާންވާން ތައްޔާރައް ހުރީމެވެ. ބޭނުން ވަނީ ހިއްވަރުގަދަ ލީޑަރެއް.

  20
 21. ދދދދދދ

  ވިކިފަ ތިބޭ މީހުނަށް ވާނުވާ ނޭނގޭނެ.

  20
 22. ވެރިން

  ކަލޭމެން ހަދާން ކުރާތި ކްރެޑިޓް ފެސިލިޓީ އޭ ހިލޭ އެހީޔޭ ޕްރޮޖެކްޓޭ ކިޔާއިގެން އިންޑިޔާ އިން ތިނަގާ ހާ ލާރި މިނޫން އެހެން ވެރިކަމެއް އައްނަ އިރަށް ދައްކަން ބުނާނެ އޭރުން ކަލޯމެންގެ ހަރުމުދަލާ ގޯތިގެދޮރު ސަރުކާރަށް ނަގާފަ އެވިއްކާފަ ވިޔަސް އެލާރި ކަލޯމެން އަތުން ނަގާފަ ދައްކާނީ

  22
 23. ކޮވިޑް ވަގު

  ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު

 24. ވަހީދު

  ގަޅިބޭ، އެހެންވީއިރު އދ ގެ އުސޫލުތަކާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ޚިލާފަށް އެއްބަސްވުން ފޮރުވައިގެން ރަށްޔިތުންނަށް ނުދައްކަން އުޅެނީ ކީއްވެކަން ބުނެދީބަލަ.؟؟ ަަަަަ

  10
 25. ވާގޮނުސްކޮ

  ކޯންޗެކޭކިޔާކަށް؟ ގައުމުގެ ރައްޔިތުންނައް ވެސް ވަގައް ގައުމުވިއްކާލާގެން ތިބިވަގުންތިޔައީ.. ރައްޔިތުންނޭކިޔާގެން
  އަނަގަފޭކުރާނެކަމެއްނެތް. ތިޔަތިބީ ހަމަމަދުފައިސާކޮޅެއްގެ ދަހިވެތިކަމަުގަ ގައުމުވިއްކާލާގެން.

 26. ބޮލި މުލައް

  އެހެންނުވާނީ ރ ޔާމީނުގެ ވެރިކަމުގައި އެހެންގޮވާ ރައްޔަތުންނަށް ދޮގުހަދާ އޮޅުވާލީމަ ވާނީ އެހެން

  3
  1
 27. ކެނެރީ

  މަ ޤަބޫލުކުރަން ލާދީނީ ޤުރޫޕް އިންޑިޔާ އައުޓް

  12
 28. ޢަލަމާ

  ޢަސްލުވެސް ނުކުރޭ ، ދެން އަނެއްކާވެސް ގަބޫލުކުރަން ފަށާނީ އާޒިމް މެން އަތުން ވެރިކަންގެއްލި ބާރުތައްގެއްލި ބަލިކަށިވީމަ، މިހާރު އޯކޭ

 29. ކަންނެއްރާޖޫ

  މިނިވަންކަުގެ ރަހައަރުތެރެޔައް ލައްވައިގެން ކިތައްބޭފުޅުންތޯ އުޅެނީ މިގައުމުގައި ލަވަހަދައިގެން ޓީވީތަކުންޖެހީމަ މިނިވަންވީތޯ ދިވެހިބިންމީ މަގޭއުފަންބިން އެބިމަކައް އެންމެފަހުގެނޭވާ ދޫކޮއްލާމަގޭބިން މިހާރުކިޔާހެންހީވަނީ އެބިންތައް ދޫކޮއް އިންޑިއާ ޔައް ދޭމަގޭބިން އެބިމުގައި އަޅުވެތި ކަމުގައި އުޅެންޖެހޭ މަގޭއުފަންބިން ދޫކޮއްފަދާ ފުރާނަ އަޅުވެތި މަގޭބިން އުފަން މަގޭބިން

 30. މަރީ

  ލަދުހަޔާތުގެ ކަންފުޅެއް ހުރި ނަމަ ވެސް މި މުނާފިގު އާޒިމަށް އަނގަހުޅުވާލަން ވެސް ނުކެރުނީސް. #އިންޑިއާއައުޓް