ދިވެހިންގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލު ނުވެއްޖެ ނަމަ މިނިވަންކަން ގެއްލުމުގެ ބިރު ބޮޑު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި ގައުމީ ދުވަހާ ގުޅިގެން އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިޒަމާނުގައި ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުން ތަކަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާއާ ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށީގަ އާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރައިގެ އަމަލުތައް ކަމަށެވެ.
މީގެއިތުރުން އިސްލާމްދީނަށް ތައުހީނު ކުރުމުގެ މައްސަލަތައް ދިވެހިންގެ ތެރޭގައި އިތުރުވަމުން އަންނަ އައުމާއި އަދި އިސްލާމް ދީނުގެ ސައްހަ އަގީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން ދިވެހިންގެ ތެރޭގައި އިތުރުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރު އިމްރާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ދުރުން ބޭރުން އަރައިގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ މިދެންނެވި އިޖުތިމާއީ އަހުލާޤީ ވަބާ ތަކަށް. އެހެންކަމުން އަޅުގަނޑު އެންމެހާ ފަރާތްތަކުގެ ކިބައިން މިއެދެނީ މިކަމާމެދު ވިސްނާ ފިކުރުކޮށް މިމައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ގައުމީ ޒިންމާއެއްކަމުގައި ގަބޫލުކޮށްގެން އެމަގަށް މަސައްކަތް ކޮށްދެއްވުމަށް" ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ދިވެހިން އަޒުމް ކަނޑައަޅަންވީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި ސިޔާސީ މައިދާނުގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ބަވަނަވަމުންދާ ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ފޯރަމުން ދިއުމާއެކުވެސް ދިވެހީންގެ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަޅާލުމާއި އޯގާތެރިކަމާއި މެހެމާންދާރީ އަދާކުރުމުގެ މަތިވެރި ސިފަތައް ބީވެގެން ދިޔަނުދީ ދެމެހެއްޓުން ކަމަށެވެ.
ކަލެއަށް މީހުންގެ ތެރޭގައި އަނގަހުޅުވަން ކެރޭ ކަމާމެދު ހައިރާންވަން. ލަދުޙަޔާތްވެސް ތިހުރީ އަރުއްވައިގެންފަ.
ބަލަ ކަލޭމެން ދޯ ކަރުން ހަންދާވަރަށް ހަޅޭލަވާގެން ރައްޔިތުން ބަައިބާ ކޮށްލަން ހަލޭލެވީ ، ފިތުނަފަސާދަ އުފެއްދީ ، އޭރު ކަލޭމެން މުނާފިޤުން ދެއްކި ވާހަކަތައް ރައްޔިތުން ޤަބޫލުވެސްކުރި ، ރައްޔިތުން އެކަންކުރީ ޤައުމަށް ހެޔޮއެދި ހެޔޮނިޔަތުގައި ، އެކަމަކު ކަލޭއޭރު ހަޅޭލީ ޤައުމަށް ހެޔޮއއދިގެން ނޫންކަން މިއަދު ހާމަވެއްޖެ ، އަންބޮނޑި ބޮޑުވީމަ ހަރާމް ހަލާލުވެސް ތިހިރީ އެއްވެފަ
ރާއްޖޭގައިހުރި އިޖުތިމާއީ މައްސަލަތަކަކީ ނުހައްގު ކޯލިސަން ސަރުކާރު އަދި އިމްރާނުމެންފަދަ ދޮގުހަދާ މީހުން
ކޮބައިތަ ޑޮކިއުމަންޓުތައް! އެހެންނޫނީ ޤަބޫލެއްނުކުރާނަން! ކަލޭ ވަރަށް މޮޅެއްނު ޑޮކިއުމަންޓް ދައްކަން!
މިހިރަ ލަދުހަޔާތުން އަރުއްވާފަ ހުރި އިންސާނާ ފުރަތަމަ ތިމާގެހުރި ނުބައި ނުލަފާކަމުން މިގައުމަށް ލިބިފައިވާ ފިތުނަ ފަސާދަ އަދި ގެއްލުވާލި އިންސާފްވެރިކަމާ އެކުވެރި ކަން ކޮބާ އެކަންތައް ރަގަޅުކޮށްފަ ތިޔަޒާތް ޒާތަށް ވާހަކަ ދައްކަ ބަލަ އެހެންމީހުންނަށް ކޮންމެހެން ނަސޭހަތް ދޭންހަދާނެ ކަމެއް ފުރަތަމަ ތިޔަވާހަކަތައް ތިމާ އަޑުއަހާފަ ކިޔަމަން ގަނެ އެތަން ދައްކާފަ ނަސޭހަތްދީ އެއީ އެކަންކުރާގޮތްކީ ދޮޅުރޯނާޔާ އަދި އެބަކުރިމައްޗަށް އަރަޔޭ މާފުއްޕާފަ ތީމިހާރު އެއްވެސް އުރަތްޕެއް ހުރި މީހެއްނޫން ބޮޑު ދިގުވެރިއެއް