މުޅި މާލެއަށް ބަލާއިރު، ވެހިކަލްތައް ޕާކު ކުރުމަށް ދޫކުރެވޭނެ ވަރަށް ގިނަ ސަރަހައްދުތައް އެބަހުރި ކަމަށާއި އެކަމާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލޭގެ ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ބަސް ދަތުރުތައް ފަށަން ވާއިރަށް، ބޮޑެތި މަގުތަކުން ޖާގަ ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން އެންމެ ފުރަތަމަ ހީނާމާގެ ސަރަހައްދުން ކޮންމެވެސް ވަރަކަށް ސައިކަލުތަކާއި އެއްޗެހި އެއްކައިރި ކޮށްފަ މަޖީދީ މަގުން ޖާގަ ހެދުމުގެ ކަންތައްތައް އަޅުގަނޑުމެން ފެށީ. ހަމަ އެހެންމެ ސަހަރާ ކައިރިން މާފަންނުންވެސް މާފަނުންވެސް ޖާގަ ހެދިފައިވޭ. އަދި ސޯސަން މަގުންވެސް ޖާގަ ހެދިފައިވޭ" ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ، މީގެއިތުރުންވެސް ކުރިއަށް އޮތްތަނުގައި ހެންވޭރު ސަލްމާން މިސްކިތް ކައިރިން އިތުރު ޖާގަތައް އަންނަ ހަފްތާގައި އިއުލާނު ކުރާނެ ކަމަށާއި ބޮޑެތި ވެހިކަލްތަކަށް އިންޑަސްޓްރިއަލް ޒޯނުންވެސް ޖާގަވެސް ދޭނެ ކަމަށެވެ.

މީގެއިތުރުންވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީތަކާއި ގުޅިގެން މާލޭގެ ހަތް ސަރަހައްދެއްގައިވެސް ޕާކިން ޒޯންތައް ހެދުމުގެ ކަންކަން ރާވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެވެސް ވަރަކަށް ޕާކިންގެ ޖާގަތައް އިތުރު ކުރެވޭނެ. ސައިކަލުތަކަށް ކާރުތަކަށް. އަވަސްކޮށް މި މަސައްކަތް ނިންމައި ޖާގަ ދެވޭތޯ އަޅުގަނޑުމެން މި ބަލަނީ" ސިފާ ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، ޕާކު ކުރުމަށް މާލޭގައި 11 ޕާކިން ޒޯނެއް ވަނީ ހަދައިފަ އެވެ. މިދިޔަ އެއް އަހަރު ތެރޭ ހެދި ޕާކިން ޒޯންތަކުގެ ތެރޭގައި ހިމެނެނީ 80-400 އާ ދެމެދުގެ އުޅަނދުތައް ޕާކްކުރެވޭނެ ޖާގަ ހުރި ޒޯންތައް ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަމްދު

    ޔާމީނު ސަރުކާރުގައި މި ލާދީނީ ގުރޫޕު ތިބީ ލާރިނަގައިގެން ކަމެއް ނުކޮށް.

  2. މުހައްމަދު އަންޖުމް

    ތެދެއްތީ އެހުރީނު ޖަނަވަރީމާގެވެސް ނުވިތާކަށް ކެނެރީ ގެވެސް ވަކި ކުޑައެއްނުވާނެ މޮޔަވަނީ ހަމަ މާހެޔޮވެގަނެގެން އެއުޅެނީ ރައްޔިތުން ހައްދައިގެން ވައްކަންކުރާނެ ލާރި ގަނޑެއް މިހާރު ކައުންސިލައްވަންނާނެ ލަދުކޮބާ މާލޭގެކުނި ގޮނޑު މަގުމައްޗައް އުކާލި ހަނދާން އަދިނުނެތޭ ނުވި ތާކަށް ބިއްލޫރިޖެހިގޭ ކުރިމަތީގަ ރައްޔިތުންނަށް އުނދަގޫ ވާގޮތައް ކެއުންތައް ހަދަހަދައިގެން ކޭކަން މިވަރުގެ ނުބައި ނުލަފާމީހަކަށް ކުރެވޭނެކަމަކީ ވައްކަން އެކަނި

  3. ރަބަރޭ

    އިތުބާރު ނެތްކަމުގެ ވޯޓްނަގަން އުޅުމުން އެކަން ހިންދާލިގޮތައް ޝަރިޔަތައް ފޮނުވި މައްސަލަވެސް ވުޖޫދުން ފޮހެލެއްވީތޯ؟
    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް