އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން އިސްވެ ތިއްބަވައި، "އިންޑިއާ އައުޓް" ނަމުގައި ކެމްޕެއިން ހިންގަމުން ދަނީ ކޮރަޕްޝަންގެ ތުހުމަތުން ސަލާމަތްވުމަށް ކަމަށާއި އެ ބޭފުޅުންގެ ތަހުގީގުތައް ކުރިއަށްދާ ކަމަށް ވިދާޅުވެ، ބައެއް ބޭފުޅުންގެ ނަންތައް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު އާންމު ކުރައްވައިފިއެވެ.

އެމްޑީޕީން ނެރޭ ޚަބަރު ސިޓީ އަށް "ތިޔަ ފަރިހި ބާވެއްޖެ" ނަމުގައި ލިއުއްވި ލިއުމުގައި އާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ކުރަން އެއްވެސް އަސާސެއް ނެތި ގޮވަމުން ދަނީ އެހެން މަގްސަދެއްގައި ކަމަށެވެ. އެބޭފުޅުން އެގޮތަށް ގޮވާލައްވަނީ ހުވަފެނީ އުންމީދެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި އެބޭފުޅުން ބޭނުން ވަނީ ސަރުކާރު ކޮންމެވެސް ގޮތަކުން ބަދަލުކޮށްލުމަށެވެ.

އަމިއްލަ ޕާޓީގެ މެމްބަރުން ވެސް ގުނބޯ ހެއްދުމަށް ފަހު، "އިންޑިއާ އައުޓް" ކުރީ ސަފުގައި އެތުރިފައި ތިބި މީހުންނަށް ވިސްނާ އިރު، މީގެ ތެރެއިން ގިނަ މީހުންގެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް މިހާރު ބަލަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އާއްމުކުރެއްވި ނަންތަކުގެ ތެރޭގައި އިދިކޮޅުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނާއި ސްރީ ލަންކާގެ ކުރީގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ޖޭޕީ އަށް ބަދަލުވެވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ތަމްސީލްކުރެއްވި ތިން މެމްބަރުން ކަމަށްވާ އަހްމަދު ނިހާނާއި އަލީ އާރިފާއި ރިޔާޒް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.

މިކަމުން ސަލާމަތްވާން ވެގެން ގައުމު ހަލަބޮލިކޮށް، އެކުވެރި ގައުމުތަކާއި ރާއްޖެއާ ޖައްސައި، ވެރިކަމުގެ މިސްރާބު ބަދަލުކޮށްލެވޭތޯ އެބޭފުޅުން "މަރުފަލި" ޖަހަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"މިއުޅެނީ އިންޑިއާ އައުޓް ނުވެގެންނެއް ނޫނެވެ. މިއުޅެނީ ކުށް ސާބިތުވެ ޖަލުގެ ތޭރިތަކުގެ ތެރެއަށް އިން ވެދާނެތީ އެކަމާ ގަންނަ ބިރަކުންނެވެ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ނަންތަކެއް އާންމު ކުރެއްވި ނަމަވެސް ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީކޮށް މި ބޭފުޅުންނަށް ތުހުމަތުކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކެއް ބަލަމުން އަންނަ ކަަމަށް އާއްމުކޮށްފައެއް ނުވެއެވެ.

"އިންޑިއާ އައުޓް ކިޔާ ފަރާތްތަކަށް ހެޔޮ ނަސޭހަތެއް ދިނުމުގެ ގޮތުން ބުނެލަމެވެ. ތިޔަ ކިޔާ ފަރިއްސަށް ދިވެހިން މިއަދު ހޭނިއްޖެއެވެ. ފޫހިވެއްޖެއެވެ. އެހެން ފަރިއްސެއް ކިޔުން ބުއްދިވެރި ވާނެއެވެ. ހެޔޮ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާށެވެ." އާޒިމް ލިޔުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. މާމީ

  އާޒިމްގެ ތަޙްގީގު މާބާރައް ކުރިއައް އެބަދޭ ހީކުރީތަ ތިމާނެގި ލާރީގެ މައްސަލަ ހުދުކާފޫރައްވިކަމައް..

  34
 2. ޥިސް

  ތިޔައީ ފޭކު ތިވާހަކަތަށް އަޑުއަހަން ފޫހި މިހާރު

  28
 3. ކޮވިޑްވަގުދޯ

  ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ކޮވިޑް ވަގު

  25
 4. މޯޑް

  ކަލޭ ތީކާކު ރައްޔަތުންނޭ ކިޔާ ވާހަކަދައްކަން މިހާރު ތިޔަބައިގަޑް ވާހަކަ މިހާރު އަޑްއަހަނީ ހަމައެކަނި ކަަނުމީި ހުން

  32
 5. ގލ

  ފަރިހި ބާނުވާ ކަން އެނގޭނީ 2023 ގައެވެ. ބޮޑެތި ވައްކަމާއި ޚިޔާނަތްތައް ހިންގާފައިވަނީ ކޮންބައެއް ކަމާއި
  އެމީހުންނަށް ދ އަދަދަދ ދަބު ކަ ނޑައެޅިގެން ދނީވެސް 2023 ގައެވެ.

  25
 6. ކާފަބޭ2020

  ތިޔައީ ބަޔަކުބިރުގަންނަވަންދަމާހާސަރެއް އެކަމަކުމީހުންތިބީ ބިރުފަހަނައަޅާގޮސް ހެއްދެވިފަރާތެއްވާކަންވެސްނޭގޭހާލުގަ ވީމާ ތެދުވެރިކަމާއެކުވާހަކަދައްކާނަމަ 270އެތަކެއްމީހުންހިމެނޭ އެމްއެމްޕީއާރުސީގެ ރިޕޯޓުހާމަކޮށްލާފަ އިސްތިސްނާއެއްނެތި ހުރިހާއެންމެނަށްދައުވާކުރަންގޮވާލަބަލަ ކެރޭނެތަ؟ނުކެރޭނަމަ އިސްތިއުފާދީފަ ބައްޕަގެވިޔަފާރިކުރިއަރުވާ ޙަލާލުފައިސާއިން ގެދޮރުހެދޭތޯބަލާބަލަ ރީނދޫޓައީއެއްއެޅުމަކީ އަސްލުއޮޅުވާލަން މަސައްކަތްކުރަންޖެހޭސަބަބެއްނޫން!

  21
  1
 7. ސްޕައިޑާ

  އާޒިމްގެ ތިޔަ ވާހަކަޔަށް ވަރަށް ތާއީދު. އެވެރިން އެއުޅެނީ މިހާރު ސިމްޕަތީ ކާޑު ކުޅެގެން ރައްޔިތުންގެ ފޯކަސް މުޅިން އެހެން ދިމާލަކަށް ގެންދެވޭތޯ. އަޅުގަނޑު ހަމަ އަޖައިބްވޭ މިބޭބޭފުޅުންގެ ނުހައްގު މުއްސަދިކަން ފޮރުވާ މަތިއެޅުމަށްޓަކައި މިބޭފުޅުން މިކުރާ މަސައްކަތް. އަގުބޮޑަތި އެޕާޓްމެންޓްތަކާ ރީތި ކާރުތަކާ އެތަކެއް ވިޔަފާރި ތަކެއް ކުރާއިރުވެސް މިބޭފުޅުންގެ ފަގީރުކަން ދެއްކުމަށް ލޯޔަލްކާޑްތަކާ ނުވިތާކަށް ޔާމިންގެ ހިތޯބްތަށް ސީޑީތަކަށްއަޅާ މެމްބަރުންނަށް ވިއްކުމާ ހިތޯބްތަށް އަޅުވާފަ ފޭކު ރުއިން ރޮއިފަ ފިލްމު ކުޅޭތީ. ހުރިހާ އެންމެން ޔާމީން ކާރިޔަށް ފޮނުވާލަ.

  2
  35
 8. ޙަހަހަ

  ވަގު އާޒިމް

  28
 9. Anonymous

  ކަލެއަށްވެސް މިދުވަސް އަރާހަމަ ކުރާނެ ކަން ހަނދާން ކުރައްޗޭ، މިއީ ވަރަށް ހަރާން ކޯރު މީހެއް.

  29
  1
 10. ވެރިން

  ބިރުދެއް ކުމުގެ ނިޔަތިގެ ބުނި އެއްޗެއްވެއްޖެއްޔާ އާޒިމައް ބުނެލަން އޮތީ ކުޑަކޮއްވެސް ޖެހިލުމެއް ނުވެޔޭ އަޒުމެއްވެސް ނުގުޑާ ނެޔޭ، އަދި ހަމ ބުނަލަން ބޭނުން މިނޫން ވެރިކަމެއްގަ ކޮޅު ބަދަލު ކުރަން އާޒިމު ހިޔާލު ވެސް ނުކުރައްޗޭ ހިލާ އަހަރުމެން ބަލައެއް ނުގައްނާނަން ލައްކަ ގޭސް އަބުރާފަ ހުރީމަ އެކަން ތައް ބަލަން ބޭނުން ވޭ

  28
 11. ބޯހަލާކު

  ކަލޭ ލޯބިވާ ނަޝީދު ވެރިކަމުގަ އޮޑިޓްރިޕޯ ވަރައްސަޅި...އެކަމަކު އެކަކަށްވެސް އަދިއަދަޢްދާންދެން ހުކުމެއްނުކުރޭ "ކޭއަދަދު ވަރައްބޮޑު" ޔާމީން ވެރިކަމުގަ އެއްމެބޮޑައް ކޭމީހާއެހެރީގޭގަ....!؟ޔާމީން ސަރިއްޔަތް އަތައްގޮވީމަ އިންސާފުންބޭރުން ޖަލައް...ހެހެހެ
  މޮޅުވާހަކަ ނުދައްކާ ބިޑިބޮވޭތޯބަލާ ނަޝީދާއެކު...

  26
 12. އަލީ

  މި އަށްވުރެން ކަރެއްޕުޓް މީހެެއް މި ދިވެހިރާއްޖޭގަ ނުހުއްނާނެ...

  21
 13. ޒާ

  ދައްޖާލުންގެ މައްސަލަތައްވެސް ބަލާނެދުވަސް އަންނާނެ

  19
 14. އައްޑޫ މީހާ

  އިދިކޮޅު ގިރައިގެން ބޯންވީނުން ދޯ؟ ކަލޭމެންނަށް ނިގައުމަށް ކަމެއް ކޮށްނުދެވުނީމަ އިދިކޮޅަކުން ނުނެއްޓިގެން މި ސަރުކާރު ހިތި ގޮތަކަށް ނިމިގެން ދިއުމަކީ ވަރަށް އުފާވާނެ ކަމެއް

  22
 15. އިންޑިއާއައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  20
 16. ނަސްރީނާ

  ދުނިޔޭގަ ތިބިބަޔަކަން ފެންނާނެ އަދި ކަލޭމެއްވެސް ޖަލިގެ ކުޑަގޮޅީގަ ތިބޭތަން

  24
 17. ލޫޓުވާ

  އިންޑިޔާ އައުޓް ކިޔާތީ އާޒިމް އިދިކޮޅަށް ބިރުދައްކަނީތި. އެމްއެމްޕީއާރުސީގެ ތަހުޤީޤު ހިންގަންކެރޭނެތަ. އެލިސްޓުގައި އާޒިމްގެ ނަން އެބައޮތް. އިބޫގެ ނަން، އިމްރަނުުގެ ނަން ނަޝީދުނަން ކުރީގެ އެމްޑީޕީގެ އެމްޕީންނާއި މިހާރުގެ ގިނަ އެމްޕީން އަދި މިހާރުގެ މިނިސްޓަރުން ހިމެނޭ. ތަހުޤީޤުކުރަންކެރޭނެތަ. އަދީބު ގޭގަ ބަހައްޓައިގެން ތިއުޅެނީ ކީއްވެގެންކަން ރައްޔިތުންނަށް އިނގޭ.

  21
 18. ލާދީނީ

  އިންޑިޔާ އައުޓް ކިޔާތީ އާޒިމް އިދިކޮޅަށް ބިރުދައްކަނީތި. އެމްއެމްޕީއާރުސީގެ ތަހުޤީޤު ހިންގަންކެރޭނެތަ. އެލިސްޓުގައި އާޒިމްގެ ނަން އެބައޮތް. އިބޫގެ ނަން، އިމްރަނުުގެ ނަން ނަޝީދުނަން ކުރީގެ އެމްޑީޕީގެ އެމްޕީންނާއި މިހާރުގެ ގިނަ އެމްޕީން އަދި މިހާރުގެ މިނިސްޓަރުން ހިމެނޭ. ތަހުޤީޤުކުރަންކެރޭނެތަ. އަދީބު ގޭގަ ބަހައްޓައިގެން ތިއުޅެނީ ކީއްވެގެންކަން ރައްޔިތުންނަށް އިނގޭ.

  19
 19. މުހައްމަދު

  ކަލޭގެ އަނެއްތާ އެތެރޭގާ އޮންނާނެ .
  ބޮޑު ކޮރަޕްށަން ގަނޑެއް.އޭތި ކުރިޔަށް ގެންދެބަލަ.
  ބުރާންތި

  20
 20. ޢާކް

  ޢެމްޑީޕީ ގެ ކަރޮޕއޝަނޯ ، މިސަރުކ ކާރުން މާހަޑި ކޮށް މާގިނަ އިން ރައްޔިތުން ބަޑަށްޖައްސާފަ ކަނީ...

 21. ތަކުރު

  ދިވެހިރާއްޖޭގެ އެންމެ ކޮރަޕްޝަނާއި،ޢައްދާރުންނާއި،ވަގުންވެސް އެންމެގިނަޕާޓީ އެމްޑީޕީ އެޕާޓީތެރޭހުރެ އެހެންމީހުންނައް ވަގައްގޮވާނީވެސް ވަގެއް ބުނެއުޅޭ ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމާއޭ

 22. ގޮނޑި ކޮއްކޮ ސަރުކާރު

  މި ދެބަންދިހާރަ މޮޔަ މީހާ މިހާރުން މިހާރަށް ހިފާ ހައްޔަރުކޮށް މައްސަލަ ބަލަންޖެހޭ. ބަލަގަ އިންޑިއާ އައުޓްވާން ގޮވުމަކާ ތޭރިތަކަކާ އޮތީ ކޮން ގުޅުމެއް. ކަލޭމެންނަކީ ދުވަހަކުވެސް ތެދެއް ހަދާނެ ބައެއް ނޫން. ދީނެއް މިއްލަތެއް ގަބޫލުނުކުރާ ބަޔަކު ކޮންމެފަދަ ދޮގު ވާހަކައެއްވެސް ފަތުރަފާނެ. ވައްކަން ކުރީ ކޮންބައެއް ކަމާއި ކުރަމުންދަނީ ކޮން ބައެއްކަން ރައްޔިތުންނަށް މިހާރު ވަރަށް ސާފުކޮށް އެނގޭ. އާޒިމް ކަލޭ ޖަލަށް ދާން ތައްޔާރުވޭ މީހުންގެ ބޮލުގައި ބޮޑެތި އިލްޒާމްތައް އަޅުވާފައި ހީނުކުރާތި ތިޔަ ކުރެވުނީ މާމޮޅު ކަމެކޭ. ކަލޭމެންގެ ގޮތާއިފޮތް އެންމެންނަށް އެނގެ. އަނގަ ނަރުވާ ބާކީ އޮތް 2 އަހަރު ބައިގައި ރައްޔިތުންނަށް ކަމެއްކޮށްދެވޭތޯ އުޅުނިއްޔާ މާތާހިރުވާނެ

 23. ސާހުބޭ

  ފީފާ އިން އެފް.އޭ.އެމް ދިން 25 މިލިޔަން ޑޮލަރު ބަނޑު އަޅާލި ބަޔަ ކު ތަހްގީގު އަދި އޮތީ 2023 ގައި ބަލާނަން . ކަލޯ އަށް އެނގޭތަ އެ ޑޮލަރު ކާލި ބަޔަ ކު💰

 24. ބޯލީރާ

  ދެނއ ޙުދު ތިމާ މީހުންގެ ކަރަޕްޝަންތައް ބަލަނީ ކޮންބައެއްތޯ ބޮޑުހިލައިންވެސް ވަނީ ޙިޔާނާތް ދެންކޯންޗަކުންތޯ ޙިޔާނާތް ނުވަނީ އެމްއެމްޕީއާރސީގެވެސް ގިނައީ ތިޔަޕާޓީކުދިންކޮޅޯ ކިޔާއަޑުއިވެނީ މުޅިގައުމުގެ ހުރިހާރަށަކުން ދެންކޮންކަމެއްތޯ ބެލޭނޭ ތެޅިތެޅިތިއްބާ 5 އަހަރު ހަމަވަންއެދަނީ

 25. ދުންތަރި

  މިހިރަ ލާދީނީ މުނާފިގުކަލޭގެޔާ ކަލެޔަށްކެރޭނެތަ 2008 ވަނަ އަހަރު ވެރިކަން ފޭރިގަނެފައި ޤައުމަށް ވެފައިވާ ޚިޔާނާތްތައް ބަލާ ގެއްލުނު ފައިސާ ހޯދަން ކެރޭނެތަ؟ ވެރިކަމުން އިސްތިއުފާދީފަ އަނެއްދުވަހު މުޅި ޤައުމުގަ ހުޅުޖަހާ އަންދާޅި މައްސަލަ ބަލާ ފިޔަވަޅުއަޅަންކެރޭނެތަ؟ ދައްލަތަށް ދިންގެއްލުމުގެ ބަދަލު ހޯދާދޭންކެރޭނެތަ؟ އިދިކޮޅެއް އެހެންކޮޅެއްނޯންނާނެ ޚިޔާނަތްވާނީ ޚިޔާނާތައް ގެއްލުންވާނީ ގެއްލުމަށް އޮޑިޓުރިޕޯޓުތައްއެހުރީ އެންމެންގެ ލޯމަތީ ޤައުމުގަ ހުޅުޖެހީ މައްސލަބަލާ ފިޔަވަޅުއަލަންކެރެންޔާ އެކަންވެސް ކޮށްބަލަ ވަކިބައެއްގެ މައްސަލަތަކެއްނޫން ބަލްންޖެހޭނީކީ ގެއްލުންލިބެނީ ރައްޔިތުންނަށް ޤައުމަށް ކެނެރީގޭ ނަޝީދަކަށް ލާދީނީ އެމްޑީޕީއަކަށްނޫން

 26. މަސްއޫދު

  މިއާޒިމު މިގޮތައް ވާހަކަ ދައްކާއިރު މީނަ ގެހަދައިފައިވަނީ ވަގުފައިސާއިން! ބަލަ ޢާޒިމު ނަޝީދެއްނުންތަބުނީ ތިމަންނަމެން ވެރިކަމަށް އައީ އިންޑިޔާގެ އެހީގައިކަމަށް! މިނިވަން ގައުމެއްގެ އިންތިޚާބު އެހެންގައުމަކުން ބަދަލުކުރުމަށްވުރެ ވަކިންބޮޑު އަޅުވެތިކަމަކީ ކޮބާ!

 27. ޖޮބޭ

  މިކަލޭގެ ލަދެއއ އްވެސް ނުގަނޭ ދޯ.

 28. ހަންނާނު

  އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް...އިންޑިޔާ އައުޓް... ކިތަންމެ ވަރަކަށް ފުންމިއަސް އާޒިމް ތީ މުނާފިގެއް..

 29. ސަނިއްޔާ

  ލަދުން ބޯހަލާކު.. ތި ކިޔާ މީހަކުވެސް ފާފަވެރި ވާނީ

 30. ފާއިޒް

  ގަމާރާ 172 ބިލިއަން ރުފިޔާ ދަރަނި އަރުވާލީ ކަލޭ ލާރިގަނޑު ކާލާގެން ...