ކޮވިޑް-19 ގެ ސަބަބުން ހީނަރުވެފައިވާ ކުދި ވިޔަފާރިތަކަށް އެހީވުމަށް މާލޭގައި ކޮންމެ ހަފްތާ ބަންދަކު "ވީކެންޑް މާކެޓް" ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވި، ކޮވިޑް-19ގެ ސަބަބުން އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާ ކުރާ އާއިލާތަކަށް ވަރަށް ބޮޑެތި ތަކުލީފުތަކެއް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށެވެ.

އަދި ވީކެންޑް މާކެޓް ވެގެންދާނީ މެދުފަންތިއާއި އަންހެނުންނާއި، ގޭގައި ތިބެގެން އާމްދަނީ ހޯދަން ކުދި ވިޔަފާރި ކުރާ މީހުންނާއި އާއިލާތަކާއި ގުޅިގެން އާމްދަނީ ހޯދާ ފަރާތްތަކަށް އާމްދަނީއެއް ލިބޭނެ ޕްލެޓްފޯމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑަސްޓްރިއަލް ސަރަހައްދުގައި ޖާގަވެސް އޮތުމާއި އެކުގައި މިތަންވަޅަށް ރައްޔިތުންނަށް ފައިސާ ހޯދޭނެ އެންމެ ފަސޭހަ އެއްގޮތް ކަމަށް އަޅުގަނޑުމެން ދެކެން ވީކެންޑް މާކެޓް ހުޅުވޭނެ ގޮތް ވުން" ސިފާ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، ވީކެންޑް މާކެޓަކީ މާލޭގައި ތިބި ބޮޑެތި މުއްސަނދިން އެތަނަކަށް ގޮސް އެއްޗެހި ވިއްކަން ބާއްވާ ހަރަކާތެއް ނޫން ކަމަށާއި އެކަމަކީ އެއީ ދިވެހި އާއިލާތަކަށް އާމްދަނީ އެއް ހޯދައި ދިނުމުގެ ގޮތުން ބާއްވާ މާކެޓެއް ކަމަށެވެ.

މިފަދަ ދުވަސްވަރެއްގައި މިފަދަ ތަނެއް ހުޅުވާއިރު، ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ) އާއި މަޝްވަރާ ކުރާނެ ކަމަށް ސިފާ ވިދާޅުވިއެވެ.

އަދި ކައުންސިލުން އެކަމާއި ބެހޭ އުސޫލުތައް ހަދަމުން އަންނަ ކަމަށްވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޒާ

  ތިވެސްދޭނީ ލޯކަލްމާރުކޭޓުގެ ގޮޅިދިންގޮތަށް. ބުނާނެ ދޭނީ ގިރުއަތުންނޭ. އޭރުއޮންނާނީ ދޭންވާމީހުންނަށް ދީ ނިންމާފަ. ނަމުގަ މެދުފަންތިޔަށް އެކަމަކު ދޭނީ ބައިމީހުންނަށް ބޮޑުވިޔަފާރިއަށް. ޝިފާހީކުރީ ލޯކަލް މާރިކޭޓުން ގޮޅިނުދިނީމާ މީހުންނަށް ތަރުކާރީއާމޭވާ ވިއްކާނެ މާރުކޭޓު ނުހެދޭނޭ. މިހާރު މުޅިމާލޭގާ މާރުކޭޓް. ފެނޭތަ؟

 2. ސޮމެޮނެ

  އުގުޅޭ ބާޒާރެއް، ވީކު އެންޑް މާރކެޓެއް،
  ދެނަންކިޔަސް ކަމުދާނެ....

 3. މާމީ

  ކޮވިޑު ފަތުރަން އެންމެން އުނގުޅެން ކަމެއްކުރަން ވެގެ ތިއުޅެނީ