ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެކެވެ. އެއީ އުމުރުން 80 އަހަރުގެ މީހެކެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ. އިއްޔެ ހެނދުނުވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޮވިޑް-19 ބަލީގައި ނިޔާވެފައެވެ.

އެޗްއީއޯސީން މިއަދު ވިދާޅުވީ، ކޮވިޑް-19 ޖެހިގެން މިއަދު 3:50 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެފައިވާ ކަަމަށެވެ.

މިއީ ކޮވިޑް-19 ޖެހިގެން ނިޔާވި 30 ވަނަ ދިވެހި މީހާއެވެ. އަނެއް ހަތް މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ، 11178 އަށް އަރާފައެވެ. އަދި މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10,097 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1,038 މީހަކަށެވެ. އޭގެ ތެރެއިން 43 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކާއި، ފެސިލިޓީތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަލް

    ޜައީސް ޔާމީން އެ ތޭރިތަކުން ނިކުމެ މި ލޮބުވެތި ވަތަން ސަލާމަތްކޮށް ތަރައްގީގެ އާއުސްމިންތަކަކަށް މިގައުމުގެންދިއުން އަޅުގަނޑުގެ ދުއާއަކީ. ޢިންޑިއާ މިލްޓަރީ އައުޓް

    12
    2