ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 32 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު 18:00 ން މިއަދު ހަވީރުގެ 18:00 އާއި ހަމައަށް ރާއްޖެ އިން މުޅިން އަލަށް މި ވައިރަަހަށް ފައްސިވެފައި ވަނީ 27 ދިވެހިންނާއި 5 ބިދޭސީ އެކެވެ.

އެޗްޕީއޭ އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ފައްސިވި މީހުންގެ ތެރެއިން 21 މީހަކު ފައްސިވެފައި ވަނީ ގްރޭޓާ މާލޭ އޭރިއާ އިންނެވެ. އަދި ދެން ތިބި 11 މީހުން ފައްސިވެފައި ވަނީ ރާއްޖޭގެ އެހެނިހެން ރަށްތަކުންނެވެ.

މިއަދު ފައްސިވި މީހުންނާއި އެކު މިހައިތަނަށް ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،210 އަށް އިތުރުވެފައެވެ. މީގެ ތެރެއިން މިހައިތަނަށް 10،164 މީހަކަށް ފަރުވާ ދީގެން ރަނގަޅު ކޮށްފައިވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ 37 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން ބަލީގެ ޝިކާރަ އަކަށްވެ، މިއަދު ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭގައި ކަމުގައި ވާއިރު، އިއްޔެވެސް އެތަނުން ދިވެހި ފިރިހެނަކު ބައްޔަށް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މިވަގުތު ރާއްޖޭގައި 1002 މީހަކު ފައްސިވެފައި ތިބިއިރު، ސިއްހީ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި ވައިރަސް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް އެފަރާތްތަކުން 1،252 ށް ވުރެން ގިނަ ސާމްޕަލްތައް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަންނާނު

    އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިކަމަށް ޝިފާލިބި އަލިމަގެއް ދައްކަވާނެ..... އިންޝާ ﷲ

  2. ދިރާސާ

    ނޮވެމްބަރ 3 ގެ ފަހުން ފެންނާނާނީ 10 ން ދަށުން. ޑަބްލިޔު، އެޗް، އޯ. އިން އިއުލާން ކުރާނެ ޕެންޑަމިކު ނިމުނީކަމަށް. ކޮވިޑަކީ ގައުމުތަކުގެ އިގްތިސާދު ހުއްޓުވަން ޖެހޭ ވަރުގެ ބައްޔެއް ނޫން. އިޓަލީ އާއި ފުރާންސާއި، އެމެރިކާއިން ދުނިޔެއަށް ދެއްކީ ދަޅަޔެއް.. މިހާރު އެމަންޒަރު ނުފެންނަނީ ކީއްވެ..؟