ށ. ފޯކައިދޫގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިރޭ 19:10 ގައި ބިދޭސީ މީހާ އަށް ހަމަލާ ދީފައި ވަނީ ވެސް ބިދޭސީ އެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އެ ރަށުގަައި މަސައްކަތް ކުރާ ދެ ބިދޭސީ އެއްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށާއި، އަދި ހަމަނުޖެހުމުގެ ތެރެއިން އެކަކު ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައި ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ހަމަލާ ދިން 43 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެން މީހާ ހައްޔަރުކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލައިޝް

    ބަންގާޅީ މީހާ ހައްޔަރު ކުރެވޭ އިރު އައްޑޫ ގަ މާރާމާރީ ހިންގި އަނިޔާވެރި ގޭންގް އާ މާލޭގަ މާރާމާރީ ހިންގި މީހުން ހައްޔަރެއް ނުކުރޭދޯ!!!! 😡

    • ރަންނަމާރި

      ކޮބާތަ ގުރޫޕު ތަކަކީ؟ އެއީ ވެސް އާމުރައްޔަތުން

  2. ރިއާން

    ބަންގްލަދޭޝް މީހާ ހައްޔަރު ކުރާއިރު ޑްރަގީ މާރާމާރީ ގްރޫޕްތަށް ދޫކޮށްލާފަ 😡😡😡😡😡