ދާދި ފަހުން 130 ކިލޯގެ މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ބަޔަކު ފުލުހުން އަތުލައިގަނެފައި ވާއިރު، މިކަމުގައި އިސްކޮށް ހަރާކަތްތެރިވި ހއ. ހޯރަފުށީ ވައިލެޓް ވިލާ، އަހްމަދު މޫސާގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ޖަހައިދީފިއެވެ. މީގެ ކުރިން އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހައިދީފައެވެ.

ހުޅުމާލޭ ކައިރީ އޮތް ދޯންޏަކުން މަސްތުވާތަކެތި ރާއްޖެ އެތެެރެކުރަން އުޅުނު މައްސަލާގައި ޖުމްލަ 7 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަހްމަދު މޫސާގެ އިތުރުން ގއ. ވިލިނގިލި ލައިޓްހައުސް، ޝަހީބް އިބްރާހިމް ކަމަށް ވިދާޅުވެ، ފުލުހުން ވަނީ އެ ދެމީހުންގެ ވަނަވަރު އާއްމު ކޮށްފައެވެ.

ފުލުހުން އިތިރަށް ވިދާޅުވީ މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވާކަން ފުލުހުން ކަށަވަރު ކޮށްދެވެ. ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

މި ދެމީހުންގެ ތެރެއިން ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއް ކަމަށާއި އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާއިރު، މައްސަލާގައި ހައްޔަރުކުރި އެންމެންވެސް ތިބީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފްރޭމް

    ޝަހީބުއަކީ ތިކަމާ ގުޅުން ހުރު މީހެއް ނޫން. އޭނާވަނީ ސިޔާސީ ގޮތުން ފްރޭމް ކުރެވިފަކަން ވަރަށް އަވަަހަށް އެންމެނަށް އެނގި ހާމަވާނެ. ބަލަން ތިބޭ..!

    1
    2
  2. ބެހޭ ކަމެއް؟

    އޫހް، ބަރާބަރު އިންގޭ

  3. ސޯޓޭ

    ކިޔާ އަޑުއިވޭ މާބޮޑު ފެރީއަކުން ގެނައި ތަކެްޗޭ

    • ޖިންނި

      އެތަކެތި އަމިއްލެއައް ފަތާފަ އަންނަނީ ކާކުމައްސަލަ ؟ މޫދު މައްސަލަ ނެތީ ދޯނި މައްސަލަ ނެތީ މީހާ މައްސަލަ ނެތީ ދެންކާކު މައްސަލަ؟