ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކަމަށް ބުނެ އެޗްޕީއޭއިން އަޅަމުންދާ ފިޔަވަޅުތަކުގައި ހަމަހަމަ ކަމެއް ނެތް ކަމަށާއި އެޗްޕީއޭއަށް ވެސް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުން ބޭނުން ގޮތަކަށް ދަތުރު ކުރުމުގެ ފުރުސަތު ދިނުމަށް އެޗްޕީއޭގެ ޕަބްލިކް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ހުއްދަ ދެއްވާ ކަމަށެވެ.

އެހެން ނަމަވެސް އާންމު ރައްޔިތުން އަމިއްލަ އުފަން ރަށަށް ކުއްލި ހާލަތެއްގައި ދަތުރު ކުރަން ޖެހިގެން ގޮސް އެތައް ދުވަހެއްގެ މުއްދަތަކަށް ކަރަންޓީން ކުރާ ކަމަށާއި އެގޮތަށް ކަރަންޓީނު ކުރުމުން އާމްދަނީ ނުލިބި ވަރަށް ހާލުގައި އުޅެމުންދާ ކަމަަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަންޓީނުގެ މުއްދަތު މިހާރު ވެސް ދަމަހައްޓަމުން ދަނީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ދަތުރުކޮށް ސަރުކާރުން ގައުމުގެ މިނިވަންކަމަށް އަސަރު ކުރާ ގޮތަށް ހިންގާ މުއާމަލާތްތަކާ ދެކޮޅަސް ހަރަކާތްތައް ބާއްވާނެތީ އެ ކަން ހުއްޓުވަން ކަމަށެވެ.

އެހެން ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށާއި ބޭނުން ތަނަކަށް ދަތުރުކޮށް އެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކުރަން ޖެހޭ ކަންކަން ކުރަން ރައްޔިތުންނަށް ގޮވާލައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަދި ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕް ވެސް ދެން އެ އިރުޝާދުތަކަށް އަމަލު ކުރެވެން ނެތް ކަމަށާއި ސަރުކާރު ބަލި ކުރަން ހަރަކާތްތައް ހިންގަން ދެން ދަތުރުތައް ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މައިމޫނާއަށް އަޅުގަނޑުމެން ވާނެ ރަސްމީކޮށް ސިޓީއެއް ފޮނުވާފައިވާ، ބައްދަލު ކުރަން، ޖަވާބު ނުދިނަސް އަޅުގަނޑުމެން އަަމިއްލައަށް ބައްދަލު ކުރަން ދާނަން، ހުއްދަ ނުދިނަސް ހަރަކާތްތައް އޮންނާނެ،" ޝުޖާއު ވިދާޅުވިއެވެ.

ޖަލްސާގައި ތިބި ކޯލިޝަންގެ ސަޕޯޓަރުން ޝުޖާއުގެ ވާހަކައަށް ފޯރިދެމުން ދިޔައިރު، އެޗްޕީއޭގެ އެންގުމާ ހިލާފުވެގެން ޖޫރިމަނާ ކުރާ ރައްޔިތުންނަށް އެ ކޯލިޝަންގެ ވެރިކަމެއްގައި ޖޫރިމަނާތައް މައާފު ކޮށްދޭނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން އިން މީގެ ކުރިން ވެސް ބޭއްވި މަގުމަތީ ހަރަކާތްތަކެއްގައި މާސްކް އެޅުން ފަދަ އެޗްޕީއޭގެ އިރުޝާދުތަކާ ހިލާފުވެގެން އެ ކޯލިޝަންގެ ލީޑާޝިޕްގެ ގިނަ ބަޔަކު ފުލުހުން ޖޫރިމަނާކުރިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ވަނީ މި ކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީވެސް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙަހަ

    ބަރާބަރު

    15
    6
  2. ސީގަލް އޮން އެއަރ

    "އެޗްޕީއޭގެ ގައިޑްލައިންތަކަށް ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށާއި...." އެއްވެސް ޕާޓީއަކަށް ނޫޅޭ މީހެއްގެ ހައިސިއްޔަތުން ސުޖާއު އަށް ދަންނަވާލަން އޮތީ... މިސާލަކަށް ތިޔަބޭފުޅުންގެ ވެރިކަމެއްގައި އެޗްޕީއޭ ގައިޑްލައިން ހިލާފުވުމަށް ގޮވާލަށްވާނުތޯ؟ މިސުވާލު އަޅުގަނޑު ކުރަން ބޭނުމެވެ.
    އެޗްޕީއޭ އިން އެހުރިހާ ގައިޑްލައިން ތައް ނުހައްދަވާ ބޭނުންގޮތަކަށް އެއްވެސް ކޮންޓްރޯލް އެއްނެތި ދޫކޮށްލެއްވި ނަމަމި ޤައުމުގެ ހާލަތު ވަރަށް ނީޒުކުވީސްކަން ކަށަވަރެވެ. ކޮރެލާ ނޫނީ ޝިގެއްލާގައި ރައްޔިތުން މަރުވި ވަރު ވިސްނާލައްވާށެވެ. އަދި ކޮންޓްރޯލް އެއް ނުބާއްވާ ޤައުމުތަކުގައި މީހުން ކޮވިޑް ބަލީގައި މަރުވަމުން މިދާވަރުވެއް ކޮންމެދުވަހަކު އެބައިނގެއެވެ.
    ވީމާ ތިޔަފަދައިން ވާހަކަފުޅު ނުދެއްކެވުމަށް ސުޖާއު އަށް ނަސޭހަތްތެރިވަމެވެ.
    ދެން ބަޔަކު ޤަބޫލު ކުރިއަސް ނުކުރިއަށް ހަޤީގަތަކީ ފި ޕެންޑަމިކްގައި ދަރުމަވަންތަ ހޮސްޕިޓަލް އެޅިފައި ހުރިކަން އެއީ ހަމަ ވަރަށްބޮޑު ނަސީބެކެވެ. އެފަދަ ފެސިލިޓީއެއް (ހުރިހާ މެށިނަރީ އާއި އެކު) ގާއިމްވެފައި ނެތްނަމަ އަޅުގަނޑުމެން މިފަދަ ބަލިމަޑުކަމެއް ކުރިމަތިވިހިނދު ވަރަށް ދެރަ ހާލަތަކަށް ވެއްޓުނީސްކަން ކަށަވަރެވެ.

    6
    2
  3. ލޮލްލޮލް

    މި ގެޔާ ދިމާލުން ނުދާތި ހަނދާންކޮށް.. ފަހަރުގަ ތަލަ އަށް ގަސްއިންދާ ޕޮޓެއް ފޭބުން އެކަށީގެންވެއެވެ.

    13
    7
  4. ފަޔާ

    ޢެކަމަކުވެސް މި ބައިގަނޑު ކިޔާހާ އެއްޗަކަށް އަތްޖަހަން ތިބޭނެ މިގައުމުގެ ބައެއް ގަމާރުން.. ފަސް ކުޅަނދު ހަމަ ނުވަނީ ރާއްޖެތެރެ މީހުންނެއް ނޫން.. މިކަހަަލަ ބޯގަމާރުންނާއެކު އުޅޭ ދެބަންދިހާރުންގެ. މިމީހުން މިހިންގާ ޖަރީމާތަކާހެދި ހަފުސްވަނީ ނިކަމެތި ރައްޔިތުން.

    14
    3
  5. ވަހުތާނު އަހުމަދު

    އެކޮއެ ބުނަންތަރަނގަޅުވާހަކައެއް .. އޭރެއްގަވެރިކަންކުރާބަޔަކު ކުރާއަމުރަކަށް އަހަރެމެންޖެހޭނީ ކިޔަމަންވާން !! މިސާލަކަށްބަލާނަމަ އެއޮތްބޮޑު ސްޕްރިމްކޯޓުގެފުރާޅުން އެނެއްޓުވިޓިނު .. އަދިކޮބާ ނުވިތާކަށް އެންމެލީޑަރެއްފިޔަވާ ދެންތިބިހުރިހާ ސިޔާސީލީޑަރުންގެންގޮސް ޖަލަށްވެސްލީ ދެއްތޯ ؟؟

    14
    4
  6. ޙެހެ

    "އެޗްޕީއޭއަކަށް ނުބެލޭނެ، ބޭނުން ވަރަކަށް ދަތުރުކޮށް ހަރަކާތްތައް ބާއްވާނަން: ޝުޖާއު "
    ސިޔާސީ ނުފޫޒޭ ބަބުކޭލޭ ތިޔަ ކިޔަނީ މިފިޔަވަޅުތައް ސިޔާސީ ކޮށްފައެވެ. ތާކުން ތާކު ނުޖެހޭ ވާހަކަ ނުދައްކާ ތިބޭށެވެ. ތާއޫން ބަލީގެ ހަދީޘް ކިޔާލުމަށް ފަހު އަދި އެއްފަހަރު ތިޔަހެން ވިދާޅުވެބައްލަވާށެވެ.
    ހެހެ

    11
    1
  7. ބުރުމަާ ގާސިމް އެއީ މަގޭ ފިރިމީހާ

    މިކަހަލަ ހައްޕުޑި ޕޕމ ގަ އުޅެނީ.... މަ ނުވޭ މިކަހަލަ ހުތުރު ފިރިހެނުންނަށް ބަލާހިތެއްވެސް... މަގޭ ގާސިމް ލަވް އެެއީ މޮސްޓު ހެންސަމް

    4
    4
  8. މިނިކާވަގު

    މީނަ ހުފާ ހައްޔަރުކުރަންވެއްޖެ ދޯ މިހާރު

    9
    4
  9. ރާއީ

    އާން! އުތީމަށް ފޮނުވި ޓީމު އަންހެނުންހޯދަން މުޅިރަށުގައި ދާއަޅަމުން ދުވަނީ!

    5
    4
  10. އަންނި

    ސާބަހޭ.

    5
    3
  11. ހޯގުޅާ

    އަދިވެސް ރައީތުން ކުރިމަތީގަ ގަދަބަސް ބުނަނީ އަަށްޖަހާނެ ބަޔަކުތިބޭތީ ދެރައީ

    4
    1
  12. ބުޅާވަތީ

    ތީ ވަރަށް ދެރަގޮތެއް. ސަޕޯޓަރުންގެ އިތުބާރު ގެއްލެނީ މިހންވެ

  13. ދަތްދޮޅި އާދަނު

    ވާސަރީ، ތީ ޤާނޫނަށްވުރެއް މަތީގަހުރިމީހެއްތޯ؟ އަދިވެސް ހީކުރަނީ ތިމާމީހާ ބޭނުންގޮތަކަށް ޖަރީމާހިންގިއިރު އޮތްސަރުކާރުކަމައްތޯމީ؟ މީހާރުތިހެން މޭފުއްޕާފަކަ ނޫޅެވެނޭ، ޤާނޫނު ހަމަހަމަކަމާއެކު ތަންފީޒްކުރެވޭނެ، މާރުޅިގަދަވެގެން ތިއުޅެނީ ކަނޑުމަތިން މިފަހުން ސިފައިން އަތުލިސާމާނުތަގުގެ ސަބަބުން ގެއްލުންލިބިގެންނޭ ރަށުތެރޭކިޔާތީ އަޑުއިވޭ، ދެންމިހާރު ކަނޑުމަގުންވެސް އެތެރެއެއްނުކުރެވޭނެ، އިންޑިޔާ އައުޓޭމިކިޔަނީ ދެޤައުމުގެ ސިފައިން އެކުވެގެން މިތަކެތި އެތެރެވުން ހުއްޓުވާލީމަ ވިޔަފާރިދައްވެ ލިބޭއާމުދަނީ ދައްވީމަދެއްތޯ