އައްޑޫ ސިޓީ ހިތަދޫގައި މިރޭ ޒުވާނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

އެ ޒުވާނާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ގެންދަނީ ފަރުވާދެމުންނެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ ހާލު ސީރިއަސްއެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ވަޅިން ހަމަލާދީ އެ ޒުވާނާގެ އަތުގެ ދެ އިނގިލި ވަނީ ބުރިކޮށްލައިފައެވެ. އެމީހާގެ އުނަގަނޑާއި ފަޔަށާއި ބުރަކައްޓަށް ވެސް ހަމަލާދީފައިވާ ކަމަށްވެއެވެ. އަދި އެމީހާގެ ފައި ވެސް އޮތީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

އެނގިފައިވާ ގޮތުގައި ޒަހަމްވި މީހާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އާއި ޝަހާދަތް އިނގިލި ވަނީ ބުރިކޮށްލައިފައެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި ހިންގި މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިރޭ 12:30 ހާއިރު ކަމަށެވެ. މި މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާެހހ

    އަދިޔަސް ރީޖަނަލް ހޮސްޕިޓަލް ހިށެއި؟

    14
    1
  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ޖަޒީރާވަންތަވެފަ ތިއޮތީ. ދެން ރައްޔިތުން ރުޔަސް ކީއްކުރާނީ

    18
    8
  3. ލަޔާން

    😭😭😭😭.... މިހިރީ ނުރައްކާތެރި ގޭންގުތަށް.... ރަގަޅަށް ވިއްޔާ މަސްތުވާތަކެތި މައްސަލައެއް.... ފުލުހުން މީހަކު ހައްޔަރު ނުކުރަނީ، ހުރިހާ ފުލުހުން ނިދާފަތަ؟؟ ޑްރަގީއިން ދޫކޮށްލީ ކީއްވެ؟

    25
    • ހީވޭ ކަމެއްހެން

      ފުލުހުން ގޯސްކުރުމުގެ ސަބަބެއް ނެތް. ހައްޔަރު ކޮއްގެން ކޯޓަަށް ގެންދިޔައިމަ ކޯޓުން ދޫކޮށްލަނީ. މާބޮޑަށް ރޯޔަލް ވީމަ އެމިނިވަންކަންވެސް އޮންނަނީ. ދެވަނަ ފަހަރަށް ކުރަން ދެން ކޮން ޖެހިލުމެއް އޮންނާނީ.

  4. ފާތޭ.

    އައްޑޫ.އައްޑޫ އަޢްޑޫ އައްޑޫ.އައްޑޫ އައްޑޫ.އައްޑޫ އައްޑޫ އައްޑޫ އައްޑޫ އައަްޑޫ އައްޑޫ އައަްޑޫ އައްޑޫ އައްޑޫ އައްޑޫ. މީ މީހުން ނުބޭ ތަނެއް.އަޑޫ މީހަކައް ވީތީވެސް މަލަދު ގަންނަން. މަވެސް އިނީ އެން ރަށެއްގެމީހަކާ.މަގެ ދަރިޔަސް އައްޑޫ މީހަކާ ވައި އެޅުނަސް ނުދޭނަން. މަތި ފަސްގެޑަށް ފައިވެސް ނުލާނަން.... ހުރިހާ ނުބައި ކަމެއް ހައްދުން ނައްޓާ ފަތިބި ބަޔަކުނއުޅޭ ތަނެއް.

    8
    4
  5. ައަހަރެން

    ފުލުހުނވެސް ތި ހަބަރު ލިޔަާނެ، އެކަމަކު ތި މައްސަލަ އެއް ނުބެލޭނެ، މި ރާއްޖޭގަ މި އުޅޭ ފުލުހުން އެހާ ކުޅަދާނައެއް ނޫން.

    5
    4
  6. ައަހަރެން

    މި ރާއްޖޭގެ ފުލުހުން މީކީ ބޭނުމެއް ހިފޭބައެއް ނޫނޭ

    7
    4
  7. ހަވާސާ އިބޫ

    15 ހާސް މީހުން 6 ރަށުގެ މަތީގައި ބޮޑުމުސާރަ ލިބޭ ރީންދޫ މޭޔަރަކު ކައުންސިލްގެ މެންބަރުން ކައުންސިލްގެ އިދާރީ އަދި އެހެނިހެން މަސައްކަތްތަކަށް 300 މުވައްޒަފުންތިބޭ ނުވިތާކަށް ފެނަކަޔާއި އެސްޓީއޯ، ސްޓެލްކޯ ހައުސިންގ ރޯޑުކޯޕަރޭސަންގައި ރީދޫ ބޮޑަތި އެކްޓިވިސްޓުން މިވަރުންވެސް 15 ހާސްމީހުންގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ސައުތު އެފްރިކާއަށްވުރެން ބިރުބޮޑު މޭޔަރަށްސަލާމް

    9
    1
  8. ޏ

    ވަކި ވެރިކަމެއް ނުވަތަ ވަކި ދައުލަތެއް ދިނަސް ތިޔަ މޭޔަރުންނަށް ވާނެކަމެއް ހަރާމުން ހަރާން...މޭޔަރޭ ކިޔާފަ ލަގަބު ދީ ސިޓީ ހެދިޔަކަސް އަދި ކަމަކުނުދާނެ..ނަންބޯޑު ބަދަލުކުރުމަކުން ނުފުދޭ...އައްޑޫގެ ރައްޔަތުން ފުންކޮށް ވިސްނަވާ..ތީ ވަރަށް ގަދަރުވެރި ފަހުރުވެރި ރައްޔަތެއް..އައްޑޫ އަށް ހެޔޮގޮތް މެދުވެރި ކުރައްވާށިއެއވެ..އާމީން..