އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިންގި ގްރޫޕް މާރާމާރީގައި ޒަހަމްވި މީހާ އޮތީ "ކޮށާލާފައި" ކަމަށް މަންޒަރު ދުށް މީހުން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި ހިންގި މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިރޭ 12:30 ހާއިރު ކަމަށެވެ. މި މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެކަމަކު، މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

މަންޒަރު ދުށް ބައެއް މީހުން "ވަގުތަށް" މައުލޫމާތު ދެމުން ބުނީ މާރާމާރީގައި ޒަހަމްވި މީހާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އާއި ޝަހާދަތް އިނގިލި ބުރިކޮށްލާފައިވާ ކަމަށެވެ. އަދި ކަތިވަޅިއަކުން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ.

"ވަގުތަށް" ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޒުވާނާ އަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުއްޓެވެ.

އެއް ފޮޓޯ އިންއަނިޔާވެފައި އޮތް މީހާ ވެއްޓިފައި އޮތީ ޒަހަމްވި އަތުގައި ހިފަހައްޓާލައިގެންނެވެ. އެ ޒުވާނާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އާއި ޝަހާދަތް އިނގިލި ވެސް ފެންނަން ނެތް އިރު، އަތް ތިލައިގެ ބޮޑު ބައެއް ވަނީ ބުރިކޮށްލައިފައެވެ.

ދެ ވަނަ ފޮޓޯގައި ފެންނަނީ ވެއްޓިފައި އޮތް މީހާގެ ބުރަކަށްޓަށް ލިބިފައި ހުރި ފުން ޒަހަމްތަކެވެ. ބުރަކަށީގެ ހަތަރު ތަނަކަށް ކަތިވަޅިން ހަމަލާ ދިން އިރު، އެންމެ ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރީ ކޮނޑާ ދިމާލުންނެވެ. ފޮޓޯ އިން ފެންނަ ގޮތުގައި އެމީހާ އޮތީ ލެއިން ތަތްތެޅިފައެވެ.

އެ ޒުވާނާ އަށް އެއްވެސް ހަރަކާތެއް ނުކުރެވޭ އިރު، ދެން ފެންނަ ފޮޓޯ އިން ކައިރީގައި އަންހެނަކު އިށީނދެގެން އިނދެ އެމީހާ އަށް އެހީތެރިވާ ތަން ފެނެއެވެ. އެ ފޮޓޯގައި އެ އަންހެން މީހާ އެހީތެރިވެ ދިނީ ފޮތިގަނޑެއް ބޭނުންކޮށްގެން ޒަހަމްވެފައިވާ ޒުވާނާގެ ލޭ މަނާ ކުރެވޭތޯއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ޒަހަމްވި މީހާގެ މޫނު މަތި ވެސް އޮތީ ލެއިން ތަތްތެޅިފައެވެ.

އައްޑޫގައި ދެ ގްރޫޕެއް ދެމެދު ބޮޑު މާރާމާރީއެއް ހިންގި އިރު، މާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ. މި މާރާމާރީގައި ޒަހަމްވި މީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މީގެއިތުރުން މިރޭ އިރާކޮޅު ށ. ފޯކައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށް މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ގެދަބުޅި

    މީ އިންސާނުންތަ؟ ނޫނީ އިންސާނުންގެ ސިފއިގަތިބި އެހެންވައްތަރެއްގެ ބައެއްތަ؟ ރަޙުމެއް ހަމްދަރުދީއެއް ބިރެއް ލަދެއް ހަޔާތެއް ނެތް ތަޢުލީމާ ތަރައްޤީ ދަސްވެފައިވާ ރަށްރަށުގަ މިކަހަލަ ޖަރީމާ ހިންގާނީ މިކަހަލަ މީހުންގެ ރުހުން ހޯދަން ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ ބަޖެޓު ކޮންމެ އަހަރަކު މިފަދަ ރަށްތަކަށް ޚަރަދުކޮށް ބޭތިލްމާލު ހުސްކޮށްނިންމަނީ

    110
    6
    • ޖިންނި

      ވ ރަނގަޅު ވާހަކައެއް ހަމަ “ ކޮންމެ ސަރުކާރަކުން “ ވެސް

      67
      2
    • ޭެ

      މާލޭގަ މާރާމާރީއާ ވައަކަމާ ފޭރުމާ ކޮރަޕްޝަން ހިންގަނީ މާލެއަކީ ތަުލީމެއް ނެތް ނިކަމެތި ތަނަަކަްވާތީތަ. ނިއުޔޯކުގަ ފްރާންސްގަ ބޯބުރިކުރަނީ ތަުއލީމު ލިބިފަނެތަތީތަ. އައްޑޫގަ ކަމެއް ހިނގީ ތިމީހުނަް ފެންނަނީ. މާލޭގެ ތައުލިމު ލިބިފަ އާރާބާރު ތިބޭ އަދި ތައުލީމު ހުރި ދައުލަތުގެ ވަޡީފާގަ ތިބި މީހުން ހިންގާ ޖަރީމާ ނުފެނޭ. އައްޑޫގަ އެްަމަލި ހިންގީ ތައުލީމު ލިބިފަ ތިބިބައެއް ނުން. ރަށް ތައުލީމު ރަށަކަށްވިޔަސް

      11
      8
    • އިންސި

      އިންސާނާއަކީ އެއިންސާނާ ބިރުގަންނަ ވަކިފަރާތެއް، ވެރިއެއް، ގާނޫނެއް، ގަވާއިދެއް، ދުނިޔެއްއް އަދި އާޚިރަތެއް ނެތި ނިކުމެހުންނައިރު އެންމެ ނުރައްކާތެރި ޖަނަވާރު. އެފަދަ ނުރައްކާތެރި ޖަނަވާރު އުފަން ވިޔަނުދިނުމަށް ހަދަންޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދި އެތަންފީޒު ނުކުރެވެމުގެ ހިތިނަތީޖާ މިފެންނަނީ.

      18
  2. ލަޔާން

    😭😭😭😭.... މިހިރީ ނުރައްކާތެރި ގޭންގުތަށް.... ރަގަޅަށް ވިއްޔާ މަސްތުވާތަކެތި މައްސަލައެއް.... ފުލުހުން މީހަކު ހައްޔަރު ނުކުރަނީ، ހުރިހާ ފުލުހުން ނިދާފަތަ؟؟ ޑްރަގީއިން ދޫކޮށްލީ ކީއްވެ؟

    84
    • ކޮށާމަށާ

      ފުލުހުން އެމީހުން ހައްޔަރު ނުކުރަނީ ފުލުހުން ކޮށާލަފާނެތީ.

      15
      1
  3. ކިޔުންތެރިޔާ

    އަޅުގަނޑު ހީކުރީ ވައްކަމާ، ފޭރުމާ، މާރާމާރީއާ، ގޭންގު ކުށްތަކާ، ޒިނޭއާއި، ރަލާއި އަދި ރޭޕް ފަދަ ކުށްތައް ރަސޫލާ ދުޢާ ދެންނެވި ވެރިން އައުމުން ހަމަ އެއްކޮށް ފުލުސްޓްޕް ޖެހުނީ ކަމަށް. ހަމަ މައުމޫނަކަސް، ނަޝީދަކަސް، ވަހީދަކަސް، ޔާމީނަކަސް އަދި އިބުރާހީމަކަސް، މިފަދަ މިފަދަ ކަންކަން ހުއްޓުވުމަކީ މުޅިން ވާނޭ ކަމެއް ނޫން. އޭރުގަ ގޭގެ ފާޚާނާތެރެއަށް ކަހާލައިގެން ވެއްޓުމުންވެސް ޔާމީނު ބޮލުގަ އިލްޒާމް އެޅުވި މީހުންނަށް އެނގޭނެ މިއީ ކިހާވަރުގެ މަކެއްކަން.

    20
    1
  4. ބުއްޅަބޭ

    ސަބަބަކީ ޒުވާނުން ބާކީވެފައި ތިބެންޖެހުމުން ވާގޮތެއް.
    އިންޑިއާގެ 200 މީހުން ބޭރުކޮށް ޒުވާނުންނަށް އެހީތެރިވޭ

    20
    1
  5. ޑައެލޯގް

    ރާއްޖެއަށް ހުޅަނގުގެ ޑިމޮކްރަސީއޭކިޔާ ރާއްޖެބައިބައިކޮށް ކުއްވެރިންނަށް ހިތްވަރުދޭން އެމްޑީޕީ ނިކުތީ 2003 ގެ އީވާންނަސީމުގެ މަރަށްފަުއެވެ. އެއަށްފަހު ރާއްޖެއަކަށް ރައްކާތެރިކަމެއްވެސް އަދި މިނިވަންކަމެއްވެސްނެތެވެ. އޭގެއަޑީގައިތިބީ ޔަހޫދީންނާއި ކެނެރީގޭ އަންނިއެވެ.

    18
    1
  6. އަލި

    އަހަރެމެންގެ މި ގައުމު މިހާލަތަށް ގޮސްފައިވާ އިރުވެސް އިންޑިއާގެ އިސްތައްޓޭ ކިޔައިގެން ވެރިންތައް ދުވެ ނަގަނީ ...... އިސްލާމްދީން މިގައުމުގައި އޮވެގެން ބިރުން އުޅޭ ލާދީނީ ތައް ބޭރުކޮށް ދީނީ ގޕތުން ކަނޑއެޅިފައިވާ ހުކުމް ތަންފީޒު ނުކުރެވޭހާ ހިނދު އަދި ލާދީނީތައް ބޭރު ނުކުރެވޭހާ ހިނދު މިގައުމު ރަނގަޅެއް ނުވާނެ...

    14
    1
  7. ތައުބާ

    މިއީ ހަމަހޭގަ ތިބެގެން އެއްވެސް އިންސާނަކު ކުރާނެ ފަދަ އަމަލުތަކެއްނޫން. ދިވެހިރާއްޖޭގެ ޒުވާން ޖީލުތައް އެ ދަރަިންގެ މައިން އެތަކެއްގުރުބާނީއަށްވެގެން ކިޔަވައިދީ ނިމި އޭގެ ފޮނިމީރުކަން އެ މައިމީހާއަށް ލިބުމުގެ ކުރީން އެކުދިން ހަލާކުކޮށްލާފަދަ ކުއްތާތަކެއް ބައިބައިގަނޑެއް ހެން ތަމްރީނު ދީ ވަނީ މަގުތަކަށް ނެރިފައެވެ. މިއީ ގާނޫނަށް ނުގުޑާފަދަ ބާރުލިބިފައިވާ ބަޔަކު އަޑީގަ ތިބެ ހިންގާ ޖަރީމާއެވެ. އިއްޔެ އައްޑޫއިން އަތުލި މަސްތުވާތަކެތި ގޮސްނިމޭ ހިސާބު ހޯދައިނުގަނެވޭހާ ހިނދަކު މި ޖަރީމާތައްއޮތީ ކުރިޔަށެެވެ. ތަހުގީގު ނިމިގެންދާނީ އަތުލައިގަތް މީހުންނާ ހިސާބުންނެވެ. އަޑިހޯދައިގަނެވޭނެ ޒަމާނީ ފޮރެންސިކް ގޮތްތައް އެނގެއެވެ. ނަމަވެސް ތިލަކުރެވޭނީ ތިލަކުރަންބޭނުންނަމަ ތާއެވެ. މިގައުމަށްއޮތީ މިގޮތަށް ނިމިދިއުމެވެ. އުނގެނޭނެ ކަމެއްނެތެވެ. ވިހޭތަނުން ޖަންގައްޔަށް ދޫކޮށްލަންވީއެވެ. ކޮންމެ ގޮތަކަށް ގެންގުޅުނަސް ބޯނީ ހަކުރެވެ، ކުރާނީ ޒިނެއެވެ، ނަގާނީ މަންމަގެ ފައްޓަރެވެ. ކުރާނީ ވައްކަމެވެ، ތިބޭނީ ބަރަހަނާ ކަންމަތީގައެވެ. އުހުގަތިބޭނީ ގޭންގްމާސްޓަރުންނެވެ. ދެންތިބޭނީ އެމީހުންގެ ގުލާނުންނެވެ.

    11
    1
  8. ލޮލްލް

    ކުށުގެ ވެއްޓަކީ ރިސްކެއް. އަލިފާނާ ކުޅެންޏާ ބައެއްފަހަރު ފިހޭނެ..އެހެންވެ މި ކިޔަނީ ކުށްތަކާ ދުރުވާށޭ...

    7
    1
  9. ރަދީފް

    ހާދަ ދެރައޭ.އެއްވެސް މީހަކަށް މިގޮތަށް ހަމަލަދީ ޒަހަމްކޮށްގެން ނުވާނެ.

    11
    1
  10. އާނަ

    މާތްކަލާކޯ، ތީހަމަ އިންސާނުންތަކެއް ކުރި ކަމެއްތަ؟

    8
    1
  11. ޕިސްޕިސް

    ދަރިން ތަރުބިއްޔަތު ކޮއްފަ ހުރިލެއްރަގަޅީ ތީގެ ބުނާނެ އިތުރުވާހަކައެއްނެއް

    10
    2
  12. ނަސީދު

    ލަފާކުރެވޭ ގޮތުގައި މީ އެއްކަލަ މޫދުން ނެގި ޑްރަގް ގެ ކަންތައްކަމައް

    7
    2
  13. ކޮސްބެ

    މިގައުމުގަ ރައްޔިތުން ޖުރުމާނާކުރުން ނޫންކަމެއް ފުލުހުންނަށް އެބަކުރެވޭތަ؟ އިއްުޔެވެސް ހިވަނީ ބުރިޖުން އަރާ ސަރަހައްދުގެ އެކްޕެރިމެންތެއް ހަދާހެން. ޓޭޕްދަމާނެ ކޯން ބަހައްޓާނެ.. ބުރިޖުން ފައިބާފަ މޫންލައިޓު ހިނގުމަށް ދެވެނީ ބައެއްވެހިކަލްތަކަށް..މީގެތެރޭގަ ހުޅުމާލެ ބަހާއި، ޓްރާންސްއެއަރ ބަހާއި މިކަހަލަ އުޅަނދުތަކަށް ދެވޭ..ކާރު ޓެކްސީ ސައިކަލަކަށް ނުދެވޭ... މީކޮންކަހަލަ އުޞޫލެއް ގެންގުޅޭތަނެއްބާވައޭ ހިތައް އަރާ.. އޮޅިގެން ސައިކަލަކަށް ވަދެވުނަސް ފުލުހުން ތިބެނީ ހަމައިންނައްޓާފަ...

    6
    3
  14. ކިޔުންތެރިއެއް

    އަދުލު އިންސާފު ޤާއިމުވެފަ ނެތްތަނެއްގަ ހުރިހާ ކަމެއްވެސް ހިނގާނެ. ޤާނޫނެއް ޤަވައިދެއް އަދުލުވެރިކަމާ އެކު ހިންގާނެ އިދާރާއެއް ނެތް. ހުސް ސިޔާސީ އަނގަތަޅާ ސޯޝަލްމީޑިއާގަ ތިމާ އިސްތިހާރުވާން އުޅޭމީހުން އުޅެނީ.

    8
    1
  15. ރައްޔިތު މީހާ

    ކިހާ ދެރަ 😢

    6
    1
  16. ތިމަންނަ

    ދިވެހި ސަރުކާރަށް ގޮވާލަން! މިފަދަ ކަންތައްތައް ހުއްޓުވޭނީ ސަރުކާރު މިހާރަށްވުރެ ބޮޑަށް "ލޮނު ގަދަ ވެގެންނެވެ" ނޫންނަމަ މުސްތަގުބަލްގައި މުޅި ގައުމު ހަލާކުވެގެން ހިގައިދާނެއެވެ.

    10
    2
  17. ދީ ދީ

    ކުކުޅު ތަ؟

    1
    2
  18. އަބްދުﷲ

    ޕޮލިސް އަށް ނުހުއްޓުވޭ ދޯ މި ގްރޫޕް ތަކެއް

    10
  19. ދެރަ

    ހާދަ ނުބައި މީހުން އުޅޭ ސިޓީއެކޭ. މިއީ އިސްލާމްދީނާ ދުރުވެ މަސްތާ ކައިރިވުމުގެ ނުބައިކަން.

  20. ޙގފ

    މައްސަލައަކީ ވަޒީފާ އެކައްޏެއްނޫން ދޯ؟..މައްސަލައަކީ މިކަހަލަ ގޭންގުތައް އުފެދި، އެގޭންގުތައް ރޫޅާނުލާ އެވެރިން ހިތުހުރިގޮތަކަށް އުޅެން ފުރުސަތުލިބުން..މައްސަލަތައް ބައިވަރު، މިކަންހައްލު ކުރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިޔާސީ ވެރިންނަށާއި ސަރުކާރުތަކަށް..މީ އެއްވެސް ކަމެއްނޫން، މިކަން ހިންގާ މީހުން މާދަންވެސް އުޅޭނީ ބޭނުންގޮތަކަށް..ދިވެހި ރާއްޖޭގެ ކޮންކަހަލަ ވަރުގަދަ ޝަހުސިއްޔަތެއް ކޮށާލީ..ޑޜ އަފްރާޝީމް..ކޮބާ އިންސާފު ލިބިއްޖެ؟.ދެން ވިސްނާ ނިކަމެތި ރައްޔަތު މީހާޔަށް ލިބޭނެ އިންސާފު...