ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ހިމެނޭ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށް އާއްމުން ނުވަނުމަށް ސިޓީ ކައުންސިލުން އަންގަވައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ޝެޑިއުލް ކޮށްގެންނާއި، ޗާޓަރު ކޮށްގެން ކުޅުދުއްފުށީ އެއާޕޯޓަށް މަތިންދާ ބޯޓު ޖައްސާގަޑިތަކާއި، އެނޫންވެސް ގަޑިތަކުގައި ރަންވޭ ހިމެނޭ ސަރަހައްދަށް އާންމުން ވަދެ ނުކުމެވާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ރަންވޭ ހިމެނޭ ސަރަހައްދަށް ވަދެ ނުކުމެވާކަން ފާހަގަކުރެވިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މިފަދަ ކަންކަމަކީ ބައެއްގެ ފުރާނައަށް ގެއްލުން ލިބޭފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަކަށްވާތީ މިފަދަ ކަންކަން ނުކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އެދެއެވެ. އަދިި މަތިންދާ ބޯޓު ޖައްސާ ސަރަހައްދަށް ޢާންމުން ވަދެ ނުކުމެ އުޅުމަކީ މަނާކަމެއްކަމަށްވެސް އެ ރަށު ކައުންސިލުން ވަނީ ހަނދާން ކޮށްދީފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތައް މަދުކޮށްފައި ވާތީ މިހާރު ކޮންމެ ދުވަހަކު ކުޅުދުއްފުށީ އެއާޕޯޓަށް މަތިންދާބޯޓުގެ ދަތުރުތަކެއް ނޯވެއެވެ.
1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ 9 އޯގަސްޓް 2019 ގައެވެ.
ތިޔައީ އެމްޑީޕީ އަޑީގައޮވެގެން ހިންގާ ޖަރީމާއެއް ޔާމިނު އެޅިއެއާޕޯޓަކައްވާތީ އެތާލައިޓު ޖެހުމާ ޓަވަރުޖެހުމުގެ މަސަތްކަތެއްވެސްނުކުރޭ އަދި މާލޭކޮޅުން ފަސިންޖަރުން އަރުވަނީ ކުޅުދުއްފުއްޓައް ޖައްސާނެކަމައްބުނެ ފުލައިޓު ނައްޓާލާފަ ބުނަނީ ހަނިމާދޫއައް ޖައްސާވަހަކަ ދެންފަސިންޖަރުން ލޯންޗު ހިފަންޖެހެނީ އެއްހާސް ރުފިޔާދީފަ ކިހާ ޖެއްސުމެއް އެކުރަނީ ކުޅުދުއްފުއްޓައް ބަލާބަލަ ޓުވެރިޒަމައް 50 އަހަރުވާއިރު ނެތް އަތޮޅައް ރިސޯޓެއް ދީފަ
ޔާމީނަށް ކެރުނީ ތާރު ގަނޑެ އަޅާލަން އެކަނި ނޫންތޯ!!!
ދެން ކުރިކަމެ އް ކުރީ މި ސަރުކާރުން
އ އެހެންވީމާ ލަ އިޓުވެސް ޖަހާނެ
އަންގައި އިޢްލާން ކުރެއްވުމަކީ ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް! މީގެ އިތުރަށް ފެންސް/ޓްރެފިކް ލައިޓް/ނުވަތަ ވަދެނިކުމެހެދުން ހުއްދަނޫންކަން އެނގޭނެ ބޯޑު ތައް ބެހެއްޓުން، މިވެސް ކުރަންޖެހިވަޑައިގަންނަވާ ކަމެއް.
ކުޅުދުއްފުށީ މީހުންނަށް ވަދެވޭނެ. ތީ ކުޅިދުއް ފުއްޓޭނު. ނިކަން ގަދަވާނެ.
ރަންވޭއެއް ހަދާއިރު ތާރާހިލަވެއްޔާއޭ. ޔާމިނަށް ކެރުނީ ތާރޭ އެބަ ކިޔައެއްނު. ޔާމީން ހުރިނަމަ މިހާރު ތިތަނުގަ 5 ތަރި ހޮޓަލެއްވެސް ހުންނާނެ.
ރައީސް ޔާމީން ކުރެއްވި ވަރަކައް މަސައްކަތް ކުރެވޭނެ ސަރުކާރެއްނޫންމީކީ މިސަރުކާރައް ކުރެވޭނެ ކަމަކީ ކުރީސަރުކާރުގެމީން ފަހާދުވުން އެވެސް ވަކިބައެއްގެ ފަހަތުން