އައްޑޫ ސިޓީ ހިތަދޫގައި ރޭ ދެގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ "ކޮށާލި" މައްސަލައިގައި އަދި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ނުކުރާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާކަން ކަށަވަރު ކޮށްދިނުން ފިޔަވައި އިތުރު މައުލޫމާތެއް މިއަދު ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް ފުލުހުން ރޭ ވިދާޅުވީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި ހިންގި މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިރޭ 12:30 ހާއިރު ކަމަށެވެ. މި މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މަންޒަރު ދުށް ބައެއް މީހުން "ވަގުތަށް" މައުލޫމާތު ދެމުން ބުނީ މާރާމާރީގައި ޒަހަމްވި މީހާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އާއި ޝަހާދަތް އިނގިލި ބުރިކޮށްލާފައިވާ ކަމަށެވެ. އަދި ކަތިވަޅިއަކުން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ.

"ވަގުތަށް" ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޒުވާނާ އަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުއްޓެވެ.

އެއް ފޮޓޯ އިންއަނިޔާވެފައި އޮތް މީހާ ވެއްޓިފައި އޮތީ ޒަހަމްވި އަތުގައި ހިފަހައްޓާލައިގެންނެވެ. އެ ޒުވާނާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އާއި ޝަހާދަތް އިނގިލި ވެސް ފެންނަން ނެތް އިރު، އަތް ތިލައިގެ ބޮޑު ބައެއް ވަނީ ބުރިކޮށްލައިފައެވެ.

ދެ ވަނަ ފޮޓޯގައި ފެންނަނީ ވެއްޓިފައި އޮތް މީހާގެ ބުރަކަށްޓަށް ލިބިފައި ހުރި ފުން ޒަހަމްތަކެވެ. ބުރަކަށީގެ ހަތަރު ތަނަކަށް ކަތިވަޅިން ހަމަލާ ދިން އިރު، އެންމެ ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރީ ކޮނޑާ ދިމާލުންނެވެ. ފޮޓޯ އިން ފެންނަ ގޮތުގައި އެމީހާ އޮތީ ލެއިން ތަތްތެޅިފައެވެ.

އެ ޒުވާނާ އަށް އެއްވެސް ހަރަކާތެއް ނުކުރެވޭ އިރު، ދެން ފެންނަ ފޮޓޯ އިން ކައިރީގައި އަންހެނަކު އިށީނދެގެން އިނދެ އެމީހާ އަށް އެހީތެރިވާ ތަން ފެނެއެވެ. އެ ފޮޓޯގައި އެ އަންހެން މީހާ އެހީތެރިވެ ދިނީ ފޮތިގަނޑެއް ބޭނުންކޮށްގެން ޒަހަމްވެފައިވާ ޒުވާނާގެ ލޭ މަނާ ކުރެވޭތޯއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ޒަހަމްވި މީހާގެ މޫނު މަތި ވެސް އޮތީ ލެއިން ތަތްތެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފައްޔާޒު

  މި ލާދީނީ ވެރިކަމެއްގަ މިގައުމު ދުވަހަކުން ދުވަހެއް ދާނީ ހަލާކު ވަމުން.

  15
  6
  • އިއްމަ

   ވެރިކަމަާ މިކަމާ އޮތީ ކޮން ކަމެއް؟ ގަމާރުވިޔަސް ފުކެއް ބޮޑުވަރުތީދެން.

   4
   8
   • ރޯނުއެދުރު

    ބަލަގަ އިބޫ ސޯލިހު ވެރިކަމަށް އައީ، ޢަދުލު އިންސާފާއި، އަމަން އަމާންކަމާއި، އަމޔއި ބފަޔއި ހޯދައިދޭނަމޭ ކިޔާފަޔޭ! އެހެންވެގެންނޭ އަހަރުމެން ވޯޓުލީ..!
    ކަލޭހަމަތަ! ވޯޓުކޮޅު ކަޅާލާފައި މިހާރު އަހަރުމެން މަތިން ހަދާން ނެތުނީތަ!

    2
    1
 2. ސޭކްސްތާން

  އެކަމަކު ލާދީނީ ސަރުކާރުން ބުނި މާރާމާރީ އާއި ގޭންގް ގުރޫޕް ފައިޓްތައް ހުރީ ހުއްޓުވާފައޭ. ކޮންތާކު މިޖެެނީ. ތަނބިކައްޓޭ ކިޔާބަަލަ.

  9
  3