ގްރޭޓާ މާލެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ)ގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމަށް އަޑު ފެތުރިފައި ވަނިކޮށް އެއީ ގަސްދުގައި ހިނގި ކަމެއް ނޫން ކަމަށް އޭނާއާ ހަވާލާދީ ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މީހަކު އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދަން އައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ 11 ޖަހާކަން ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އިބޫ އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ އިބޫ އަށް އަނިޔާވީ އޭނާގެ ސައިކަލްގައި ދުއްވަން އިންދަ ކަމަށެވެ. ސައިކަލް ދުއްވައި އިންދައި އޭނާގެ އަނބިމީހާގެ އަތް ދަބަހުގައި އޮތް ކަޓަރަކުން އޮޅިގެން ގައިގައި އެޅުނީ ކަމަށް ވެސް ފުލުހުންގެ މެސެޖްގައިވެއެވެ.

އެއީ ވަޅީގެ ހަމަލާއެއް ނޫން ކަމަށް އަނިޔާވި ބޭފުޅާ ވިދާޅުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އިތުރަށް ބަަލަން ޖެހޭ ކަންކަން ކުރިއަށް އެބަދެއެވެ.

މާލޭގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު ރޭ ދަންވަރު އައްޑޫ ސީޓީގައި ވެސް ވަނީ މާރާމާރީގެ ބޮޑު ހާދިސާއެއް ހިނގައިފައެވެ. މި ހާދިސާގައި މީހެއްގެ ދެ އިނގިލި ބުރިކޮށް ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފާއި ވަނީ ކަތިވަޅިއެއް ބޭނުން ކޮށްގެންނެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް މިހާރު ވަނީ ފަރުވާދޭން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އެމަންޖެ

    ސައިކަލް މަތީ އިނދެ އަންހެން ވެރިންގެ ދަބަސްތެރެޔައް އަތް ފޯރު ކުރަންޔާ ތިޔައްވުރެ ބޮޑުވަރު ވުންވެސް ގާތް.

    38
    3
    • ޕާޓޭ

      އިބޫ ހަދަނީ ދޮގެއް! މިކަމުގަ މަސްތުވާއެއްޗެއްހީގެ ވިޔަފާރިޔާ ގުޅުމެއް އޮތީމަ އެކަން ފޮރުވުމަށް އިބޫ ދޮގުހަދަނީ!

  2. ރަބަރޭ

    ސައިކަލް ދުއްވައި އިންދައި އޭނާގެ އަނބިމީހާގެ އަތް ދަބަހުގައި އޮތް ކަޓަރަކުން އޮޅިގެން ގައިގައި އެޅުނީ ކަމަށް ވެސް ފުލުހުންގެ މެސެޖްގައިވެއެވެ.
    މިހާރު އޮޅިގެން ކަޓަރު އެއްޗެހިވެސް އައިސް މީނުންގެ ގާއިގާ އެޅެންފެށީދެއްތޯ؟

    73
    3
  3. އޮޅިއޮޅި

    މިހާރު މީ ހުރިހާ ކަމެއްވެސް "އޮޅިގެން" ވާ ޒަމާން😴

    61
    1
  4. ތ

    ނުގަބޫލު ވެގެން ހަމަލާ އެއް ދިނީ ހެން ހީވަނީ ސައިކަލުގައި އިނދެގެން ވެސް ޒުވާބުކުރާ ދެމަފިރިން ފެނޭ ކުއްޖަކަށް ބަލާއި ލެވުމުން ނުވަތަ އެހެން ކަމެއް ވެގެން ހެ ހެ ހެހޭ

    27
  5. ދިދަ ދަނޑި

    ހުސް ދޮގު...މީގެ އެތައް އަހަރެއް ކުރިން އެއްލި ކަޓަރަކުން ޖަހާ މީހަކު މަރާލީއޭ ކިޔައިގެން މަރުގެ ހުކުމް އިއްވާފަ ހުރި ކުއްޖާ އެބަ ބުނޭ އޭނަގެ ކޮއްކޮއާ ބެހޭތީ މަގުމަތިން ކުރި ޒުވާބެއްގަ އެމީހާ ދުވެ ފިލަން އުޅުނީމަ ކަޓަރެއް އެއްލީމޭ.. ކަމެއް ކުރިއަސް ނުކުރިއަސް މީހަކު މަރުވެދާނެ.. އެކަމަކު މީހަކު ނުމަރަނީސް އެމަރު ބޮލުގަ އަޅުވައިގެން މަރަން ހުކުމްކޮށްފަ އެހުރީ ދެރަ ނިކަމެއްޗެއްގެ ދަރިއަކަށް ވީމަ.. ސުވާލަކީ އަންހެން މީހާގެ ދަބަހުގަ ކީއްކުރަން ގެންގުޅޭ ކަޓަރެއްހޭ؟؟ އެ ހުޅުވާފަ އޮތީ ކީއްވެހޭ؟؟ ނުކުރާ ކުށުގަ އެހެންމީހުން ކުއްވެރިވަންޏާ މި އަންހެން މީހާ ކުއްވެރިވާން ޖެހޭނެ.. ވަކި މީހަކު ވީމަ އޮޅުމަކުން ކަޓަރެއް ދަބަހަށް ލެވި ތިލަ ނުކުމެ މީހެއް ގައިގަ އެޅުނީ... މިދެން ބޮޑުވަރު

    28
    1
  6. ބަކުރުބެ

    މިޢީ މާނަ ފުން ޙަބަރެއް . ޤައުމުގެ ޙާލަތު އެނގޭކަމެ. ޙަޤީގަތަކީ ހަމަލާވެސް ދީފައި ވާނީ . ނުފޫޒު ތަކެއްގެ ސަބަބުން ނުވާކަމަކަށް ވީ .

    23
    1
  7. ކާފަ

    ނަސީބެއްނު ނުބައިތަނެއްގައި ކަޓަރު ނޭޅިކަން.. ޔަޤީނޭ ވަގު ބިޓް ފަޅާއެރީކަން އަނބިގޮތްޔެއަށް.. އެހެންވެ ފައިޓްކޮއްލީ..

    26
  8. ޢާރިފާ

    ކޮންފަދަ ބޮޑު ދޮގެއް

    22
  9. ގެވެ

    "އޮޅިގެން" އަބިމީހާ.... 🤔

    13
  10. ކަޓަރު

    އަބިކަބަލުން ބަދިގޭގައި ގެންގުޅޭ ކަރަޓަކާއި ވަޅިއާއި ތޫނު ތަކެތި ލިޕްސްޓިކް ލާންގެންގުޅުއްވާ ދަބަހުގައި ރައްކާކުރަންޖެހުމުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ ސުވަލު އުފައްދަންޖެހޭ ...

    11
  11. ނުރަބޯ

    އިބޫ އަންހެނުން އެއްފަހަރު ބޭނުންކޮށްފަ ދަބަހުގަ ބާއްވާފައޮތް ރޭޒަރަކުންނޭ ނުބުނީ ކީއްވެ.

  12. ހާމިދު ޝާހިދު

    އަންހެނުން ތިޔައޮތީ ރަނގަޅަށް ހަސަދަ ފިލުވާލާފައި.

    5
    1
  13. ބުއްޅަ

    ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރާ ޤާނޫނުގެ ދަށުން އަނބިގޮއްޔެ ކުއްވެރި ނުވޭތޯ.؟ ތޫނު ހަތިޔާރު ދަބަހަށް ލައިގެން މިއުޅެނީ

  14. ދަރަނި ދަންތުރަ

    މިވެރިކަމުގައި ހުރިހާކަމެއްވާނީ އޮޅިގެން އަނެއްކާ އިބޫ އަނބިގޮއްޔެ ވަރިނުކުރާތި އޮޅޭގޮތަށް

  15. ނަސޭހަތް

    އެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 11 ޖަހާކަން ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
    އަދި މިރޭ 11 ނުޖަހާ.

  16. ޢާދަނު

    ޥަރަށް ތާކުން ތާކު ނުޖެހޭ ހަބަރެއް ..އެއްގޮތަކީ އިބޫއަށް މަގުމަތިން ދިން ހަމަލާ އަބިމީހާގެ ބޮލުގަ މިކަން އަލުވާ އަސްލު ހަމާދިން ބަޔަކާ ސަބަބު އުލުވާލުން، ،ނޫންނަމަ 2ވަނަ އަންބޭ ކިޔައިގެން ގެންގުލޭ އަންހެނާގެ ޖެއްސުން ބޮޑުވެގެން ދޮށީ އަންބާ ދެމެދު ހިނގި ދެބަސް ވުމެއްގައި ދިމާވި ކަމަކަށް ވުން ގާތް

  17. އައްޕަ

    ތީ ދެމަފިރިންގެ މަރާމާރީއެއް، ދެކެވޭ ވާހަކަޔާ އަންހެންމީހާ އެކަންވީއިރު ހުރިތަނާ އޭނަޔަށް އެހަބަރު އެކުވެރިން ދިނުމުން އަޅާނުލުމާއި މިހިރަ މިހިރަ ކަންކަމަށް ބަލާއިރު ތިޔައީ އޭގެ ފައިޓެއް ކަމަށްވެއެވެ. ފުލުހުން ތީގެން ކުއްވެރިވާ މީހެއް ބަލާފައި ހައްޔަރު ކޮއްފާނެތީވެ އެކަން ދެމީހުން އޮއްބާލީއެވެ. ތިޔަ ފިރިހެން މީހާޔަކީ ވަރަށް ބިޓިން މީހެކެވެ. އެކަމާ އަބަދުވެސް ފައިޓް ކުރާކަމަށް އަޑު އަރައެވެ.

  18. ކެޔޮޅު

    އެކަމަކު ސަރުކާރުން ވިދާޅުވަނީ މިހާރު ޤައުމު މުޅިން އަމާންވެއްޖެކަމުގަ!!!

    4
    1