ކޮވިޑް-19 ގެ ބަލިމަޑުކަމުން ކުރިމަތިވި ފަހުން ފުރަތަމަ ފަހަރަށް ގެސްޓް ހައުސްތައް ހުޅުވައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ފަށަށް ހުއްދަ ދޫކުރަން ފެށިއިރު، ރާއްޖެ އަންނަ ޓޫރިސްޓުންނެކޭ އެއް ގޮތަކަށް މާލޭގައި އުޅޭ ދިވެހިންނަށް ވެސް ފުރުސަތުތައް ދިނުމަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ޓޫރިޒަމް މިނިސްޓްރީގައި އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލް ކުރައްވާ ޖާބިރުގެ ޑީއާރުޕީ އިން ކުރި ޓްވީޓެއްގައި ވަނީ ރާއްޖޭން ބޭރުން އަންނަ ޓޫރިސްޓުންނެކޭ އެއް ހަމައެއްގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކުރުމަށް ދެވޭނެ ގޮތެއް ހަމަޖައްސައިދޭން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ އަރިހު ދަންނަވާފައިވާ ކަމަށެވެ.

ޖާބިރު މި ގޮތަށް އެދިވަޑައިގެންނެވިއިރު މާލޭގައި އުޅޭ މީހުނަށް އެހެން ރަށްރަށަށް ދަތުރު ކުރެވެނީ ކަރަންޓީނު ވާނެ ތަނެއް ހޯދައި 14 ދުވަހުގެ މުއްދަތަކަށް އެ ދާ ރަށެއްގައި ކަރަންޓީނުވާ ގޮތަށެވެ.

ދެން މާލެއިން ރަށަށް ދެވެނީ މާލެ ސަރަހައްދުގައި އަދާ ކުރާ ވަޒީފާ ގެއްލޭ ފަރާތްތަކަށާއި، ބޭސްފަރުވާއަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ ފަރާތްތަކަަށާއި މާލީ ހާލަތު ދަށްވުމުން ރަށަށް ދިއިރުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށެވެ.

މާލޭގައި އުޅޭ ފަރާތްތައް ރަށު ބަންދެއްގައި ތިބިއިރު ގެސްޓް ހައުސްތަކަށް ޗުއްޓީ ހޭދަކޮށްލަން ދެވޭނެ ގޮތެއް ހަމަޖައްސަން ޖާބިިރު އެދުނުއިރު، މިހާތަނަށް ޓޫރިޒަމް މިނިސްޓްރީއިން ހުއްދަ ދިނީ ނުވަ ރަށެއްގައި ހިންގާ 29 ގެސްޓް ހައުސްއެއް ހުޅުވުމަށެވެ.

އަލުން ގެސްޓް ހައުސްތައް ހުޅުވަން ހުއްދަ ދިން ރަށްތަކަކީ، ނ. ފޮއްދޫއާއި، ކ. ހުރާއާއި، ކ. މާފުށްޓާއި، ކ. ގުރައިދޫއާއި، އއ. މަތިވެރިއާއި، އއ.އުކުޅަހައި، އއ. ތޮއްޑޫއާއި، ވ.ތިނަދޫއާއި، ވ. ފުލިދޫއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހ

    ލާރި ހޯދަން ރަށް ރަށް ބިރުވެރިކަމަށް ވައްޓަން މި ޖާބިރު އުޅެނީ

  2. ކޮވިޑް

    ޗުއްޓީތަ ނުލިބިގެން މި އުޅެނީ؟ ޖާބިރު ބަލަ މި އުލެނީ އަނގަޔާ އަތާ ދިމާނުވެގެން ދިވެހި ރައްޔިތުން.މިކަމަށް ހައްލެއް ހޯދަދީބަލަދޯ؟ގައިމް ކިޔާ އަޑު އިވޭ ތީ ރައްޔަތުންގެ މަންދޫބުންނޭ.ހަމަ މަޖިލީހައް ގޮސް މީރު ކެއުން އެތަނުން ކާލަިގެން އޭ.ސީ.ގަ ތިބެ މީހުންގެ އަބުރު ކަތިލާ ކަސޯޓީ ކުޅެކުޅެފަ ކާރުކޮޅުގަ ކޮންމެ މެމްބަރެއްވެސް ތިދަނީ ހަމަ،ދެން ކޮން ޗުއްޓީ އެކޭ ގެސްޓް ހައުސް އެކޭ ކިޔާކަށް..... ބޮއި ހަލާކު.....

    • ވަހިސު

      ދިމާވާ މީހުންނަށް ދެވެންވާނެ އެއްނު